ބްލޫ ލެގޫން ސަފާރީ ބ. ދަރަވަންދޫ ނެރަށް އަރާފައި -- ފޮޓޯ: އެމްއެންޑީއެފް
20 ނޮވެމްބަރ 2018 - 15:11
ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ސަފާރީއެއް ބ. ދަރަވަންދޫ ނެރަށް އިއްޔެ ރޭ ދަންވަރު އަރައިފި އެވެ.
"ބްލޫ ލެގޫން" ސަފާރީ ނެރަށް އެރުމުން، ކޯސްޓް ގާޑުން އެ ހިސާބުގަނޑުގައި ހަރަކާތްތެރި ވާން ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ދަތުރުކުރި 13 ޓޫރސްޓުންނާއި 14 ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެތަނުން ބުންޏެވެ.
"ފަތުރުވެރިންނާއި ފަޅުވެރިން އަޅުގަނޑުމެން ދަރަވަންދޫ އަށް ގެންދިޔައީ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ދަރަވަންދޫ ކައުންސިލް މެމްބަރު އަަލީ މާޖިދު ވިދާޅުވީ އެ ސަފާރީގައި ތިބި ޓޫރިސްޓުން އެ ރަށުގެ ގެސްޓްހައުސްތަކުގައި މަޑުކުރަމުން އަންނަ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި އެ ސަފާރީ އެ ތަނުން ފުންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމު
20 November 2018
ނެރަކަޢްނޫ ފުއްޓަރަޢް
ނެރު
20 November 2018
ނެރަކަށް ނޫން. ބޮޑު ފަރަކަށް އެރީ