ތިން އަހަރެއްހާ ދުވަހު، ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ނަޝީދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް އެމްޑީޕީ ސަޕޯޓަރުން ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ނޮވެމްބަރ 2018 - 17:53
ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވާދަކުރާނެ ދާއިރާތައް އަންނަ ހުކުރު ދުވަހު އިއުލާން ކުރުމަށް ނިންމައިފި އެވެ.
އެމްޑީޕީން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިއުލާން ކުރުމަށް ފަހު، އަންނަ މަހުގެ ހަތް ވަނަ ދުވަހު އެ ޕާޓީގެ ޕްރައިމަރީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވޭނެ އެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 18 ގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް ފަހުކޮޅުގަ އެވެ.
ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާ އިރު، އިންތިޚާބުގައި ކުރިމަތިލާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭނީ އަންނަ މަހުގެ ހަތަކާ ހަމައަށް މެމްބަޝިޕް ފޯމް ހުށަހަޅާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނި ގޮތުގައި އަންނަ މަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްބަސްވުމެއް އެކުލަވާލި އިރު، މަޖިލިހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވެ އެވެ.
ނަމަވެސް ވަކިވަކި ޕާޓީތަކަށް ދޭނެ ދާއިރާތަކެއް އަދި ނުނިންމަ އެވެ.
ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރަން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ބައެއް މެމްބަރުން ވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ރާޖާ
25 November 2018
ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ފެނޭ. އެހެން ޕާޓީތަކުން ވެސް އަދި އަމިއްލަ ގޮތުން ވެސް މީހުން ކުރިމަތިލާންވީ. ރައްޔިތުންނަށް ފެންނަ މީހަކަށް ވޯޓު ދޭނީ. އެންމެ ގިނަ ވޯޓު ލިބޭމީހާ މަޖުލިހަށް ވަންނާނީ. ހުރިހާ ޕާޓީތަކުން ވަކި މީހަކު އެދާއިރާއަކަށް ލާންޏާ ވޯޓަށް ދިއުމުގެ ބޭނުމެއް ނެތް. ރައްޔިތުންނަކީ ނެތް ބަޔަކަށް ނަހަދާ. ރައްޔިތުންނަށް އެމީހުން ބޭނުންވާ މީހަކު މަޖުލިހަށް ވައްދަން ފުރުސަތުދީ.
Fisaarikanbaleh
25 November 2018
އަހަރުން ވޯޓްލީ ލީޑަރުންނަކަށްނޫން، އަބަދުވެސް އެއގޮތަކަށް، އިސްލާހަށް އިންސާފަށް މަސައްކަތް ކުރާ އެމްޑީޕީއަށް، އެއްކޮޅުން ފަހާލީމަ އަނެއްކޮޅަށް ދުވާމީހުންނަކަށް ނޫން، އެމްޑީޕީން ހަމަ ހުރިހާދާއިރާއަކަށް ލާންވީ
މޯޑް
25 November 2018
ވަރަށް ރަނގަޅު ނިންމުމެއް. މިއީ، ޖޭޕީގެ ސަރުކާރެއްނޫން. އަދި، އެންމެ ގިނަ ވޯޓް އިބޫ ސޯލިހްއަށް ދިނީ އެމްޑީޕީ މެމްބަރުން. ދެން އެންމެ ގިނަ ވޯޓްދިނީ އިބޫ ސޯލިހަށް ވީތީ އަދި، ބަދަލަކަށް ދިން ވޯޓް. 35 ހާސް ވޯޓަކީ ސީދާ ބަދަލަކަށް އިބޫ އަށް ވީމަ ދިން ވޯޓް. އެހެން ދެވަނަ މީހަކު ޔާމީންއާއި ވާދަކުރިނަމަ މިކަމެއް ނުވީމުސް.
އެޔާމީނު
25 November 2018
ކޯލިޝަން ރޫޅޭނެ އެއީ ޔަގީން ކަމެއް. ރޫޅޭއިރު މަޖުލީހުގެ ގިނަ ގޮނޑިތައް ގާސިމާއި މައުމޫނަށް ލިބިފައި އޮތިއްޔާ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ރައީސުލް ޖުމްހޫރިއްޔާ އަޒަލުކޮށްލާނެ. ގާސިމާއި މައުމޫނަށް ބޭނުންހާ ގޮތެއް ނެހެދޭނެ ގޮތް ހޯދަން ޖެހޭ. ރައްޔިތުން އިބްރާހީމު ވެރިކަމަށް ގެނައީ 5 އަހަރަށް. 5 އަހަރަށް މަޖުލިސް އެމްޑީޕީއަށް ދިނުމަކުން ދިމާވާނެ އިތުރު މައްސަލައެއް ނެތް. ގާސިމުމެން ތިއްބަސް ހަމަ ވިއްކާ ތަނެއް ވިއްކާނެ.
ޝޮކްތެރަޕީ
25 November 2018
އެމްޑީޕީ ހޮވިއްޖިޔާ މި ރާއްޖޭގެ ދުވަސް ދިޔައީ.
އެޔާމީނު
25 November 2018
ކޮން ދުވަހެއް ދާނީ. އެވެސް ދިވެހިން ތިވެސް ދިވެއްސެއް.
ބޮއްތެރަޕީ
25 November 2018
ކެމްޕޭނުތެރޭ ބުނި އިބޫ ހޮވިއްޖިއްޔާ ދީންގެއްލުނިއްޔޭ. މިހާރު އިސްލާމީ މަރުކަޒު އެބަ ހުރިތަ؟ ބަންގި ގޮވާތަ؟
ސީނާ
25 November 2018
އެންމެ ނުރައްކާ ބޮޑީ ލާރިގެންގުޅޭ އިލްމުނެތް ކޮރަޕްޓް މީހުން ގޮނޑިއަށް ހޮވަން މަސައްކަތް ކުރާތީ
އެޔާމީނު
25 November 2018
އެއީ ރައްޔިތުންގެ ކަމެއް
ޑރ.ނަޒުނާ/ހިތަދޫ/ޔޫކޭ
25 November 2018
ލީޑަރުން ބުނާހާ ބަޔަކަށް ވޯޓު ރައްޔަތުން ދިންނަމަ ޔާމިނު 96000 ތުރެން ގިނަވޯޓު ނުލިބުނީސް، ޔާމިނުއަށް ރެކޯރޑު އަދަދަށް ވޯޓު އެލިބުނީ މައުމޫނު އާދެ! އެއްލީޑަރ، ގާސިމު އާދެ! އެއްލީޑަރ، އިމުރާން އާދެ! އެއްލީޑަރ މިތިން ލީޑަރުން އެބޭފުޅުން ގަބޫލުކުރާގޮތުގައި އެބޭފުޅުން ވިދާޅުވުމުން ވޯޓު ދޭނީ އެވިދާޅުވި ގޮތަކަށް . ކަން މިހެން ހުރިނަމަވެސް އެ ލީޑަރުންގެ މޫނުމަތީގައި ތައްޕާލު ޖަހައި ހަސަދަ ވެރިވުމާއި އެކު ޔާމިނުއަށްވޯޓުދިނީ.!މީހަގީގަތް.އެމްޑީޕީކުރިޔަށް
ކެކެކެ
25 November 2018
ހުރިިހާ ދާއިިރާއަކަށްވެސް ލާތި. ތަޅާލުންގަނޑު ރަނގަޅަށް ފެށޭނީ އޭރުން. ހާދަ މަޖާ ވާނޭ.
ސަމާ
24 November 2018
މޑޕ ޖެހޭ ހަމަ ހުރިހާ ދާއިރާއަކަށްވެސް ވާދަކުރަން. ކޯލިޝަންގެ މާނައަކީ ރައްޔިތުންނަށް އެބަޔަކު ބޭނުންވާ ޕާޓީއަކަށް ވޯޓު ދިނުމުގެ ހައްޤު ނެތުމެއް ނޫން. ހުރިހާ ޕާޓީއަކުންވެސް ހުރިހާ ދާއިރާއަކަށްވެސް ކުރިމަތި ލާންވީ. ހޮވޭނީ ރައްޔިތުން ބޭނުންވާ މީހަކު. މީ އެހާ ބޮޑު ކަމެއް ނޫން. ބިރުން މިއުޅެނީ ރައްޔިތުންގެ ތާއިދު ނުލިބިދާނެ ކަހަލަ މީހުން.
ފޫހި
24 November 2018
ލީޑަރުން ބުންޏަސް ނެރޭހާ މީހުންނަށް ވޯޓެއްނުލާނަން. އަހަރެމެން ރައްޔިތުންނަކީ ލީޑަރުންގެ އަޅުންނެއްނޫން. ކޮރޮޕްޓްމީހުން ނެރެގެން އަބަދު ދައުލަތުގެ ފައިސާއިން ބޮޑު މުސާރަ ހޯދަން ތިޔަ ނެރޭ ނުކިޔަވާ މީހުންނަށް ވޯޓެްއްނުލާނަން.