ކޯސްޓް ގާޑު އުޅަނދެއް.-- ފޮޓޯ: އެމްއެންޑީއެފް
25 ނޮވެމްބަރ 2018 - 14:27
އިންޑިޔާ އާއި ސްރީލަންކާގެ ސިފައިންނާ ގުޅިގެން ރާއްޖޭގެ ކަނޑުގައި ކުރިއަށްގެންދާ ތަމްރީނުތައް މާދަމާ ފަށާނެ ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
އެ ތަމްރީނާ ބެހޭ މައުލޫމާތު ދިނުމަށް ކޯސްޓްގާޑު ބިލްޑިންގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ "ދޯސްތީ" ނަމުގައި ކުރިއަށްގެންދާ ތަމްރީނުތަކުގައި ތިން ގައުމުން 200 އެއްހާ ސިފައިން ބައިވެރިވާނެ ކަމަށެވެ.
ދޯސްތީގެ ނަމުގައި 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު އަންނަނީ ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއީ އެގޮތަށް ކުރިއަށްގެންދާ 14 ވަނަ ތަމްރީނު ޕްރޮގްރާމެވެ.
ސަލީމް ވިދާޅުވީ ތަމްރީނު ޕްރޮގްރާމުގައި އިންޑިޔާގެ ދެ މަނަވަރާއި ހެލިކޮޕްޓަރަކާއި ސްރީލަންކާގެ މަނަވަރެއް ބައިވެރިވާނެ އެވެ. ސްރީލަންކާއިން އެ ތަމްރީނުގައި ބައިވެރިވަމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.
އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖެ އާއި އިންޑިޔާ އަދި ސްރީލަންކާގައި ހަރަކާތެއް އޮންނާނެ ކަމަށެވެ. އެ ކަމުގެ ފައިނަލް ހަރަކާތް އޮންނަނީ ދެ އަހަރުން އެއް ފަހަރު ރާއްޖޭގަ އެވެ.
ކޯސްޓްގާޑުގެ މޭޖަ ރިޒްމީ ވަލީދު ވިދާޅުވީ މާދަމާ ތަމްރީނުތައް ފެށިކަމުގައި ވިއަސް މައިގަނޑު ހަރަކާތް އޮންނާނީ އަންނަ އަންގާރަ ދުވަހު ހުޅުލޭގެ އިރުމަތީ ފަރާތުގަ އެވެ. އެ ތަމްރީނު އޮންނާނީ ކަނޑުފޭރުމުގެ ހާދިސާތަކާއި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ފަދަ ކަންތައްތަކަށެވެ.
ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި އިންޑިޔާ އަދި ލަންކާގެ ކޯސްޓްގާޑުގެ ޑިރެކްޓާ ޖެނެރަލް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކޯސްޓްގާޑުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފްރަތު
25 November 2018
ދޯސްތީ ހަރަކާތް ކުރީގަ ބާއްވަނީ ކަނޑުމަތީގަ މާލޭގައެނޫން. މިފަހަރު މާލޭގަ ބާއްވަނީކީއްވެ. އިންޑިޔާ ޖާސޫސުން މާލޭގެ ޗާޓުކުރަހަން. ދިވެހި ސިފައިންވެސް ސިޔާސީމީހުން ބުނާހާގޮތަށްނުހަދާ ގައުމުގެ ސަލާމަތަށް ވިސްނާ.
މަރިއްކޮ
25 November 2018
ލިޔުމުގައި ބުނާއެއްޗެއް ފަހުމްނުވެ ކޮމެންޓް ކުރާތީ މަ ހަމަ. އަންތަރީސްވޭ.
ކެޓް
25 November 2018
ވާނުވާ ނުބަލާ ކޮމެންޓް ކުރީމަ ކަމަކުނުދޭ! މިއީ ކޮންމެ ދެ އަހަރުން އޮންނަ އެކްސަރސައިޒްތަކެއް. ޔާމީން ސަރުކާރުގަވެސް ދެ ފަހަރު މި ބޭއްވި! ކޮންމެ ވެރިއަކު ވެސް ބޭއްވި! ބައެއް ހަސަދަވެރިކުރަން ނޫނީ ބާރު ފޯރުވަން އަލަށް ފެށިކަމެއް ނޫން. އާޓިކަލް ކިޔާފަ ކޮމެންޓް ކޮށްބަލަ!
މަރޭމިތުރާ
25 November 2018
އަވަށްޓެރިންނާއި ގުޅުންތައް އިތުރަށް ބަދަހިކުރަންވީ! އަވައްޓެރިންނާއި ވަކިނުވާން އބަދުވެސް ވިސްނަންވީ![ޔެދޯސްތީ ހަމްނެހީ ތޯޅެނގޭ]]
މާރަނގާ - އައްޑޫ ސިޓީ
25 November 2018
ރާއްޖެ އެބައެއްގެއަރިކަށިދަށުގައިއޮތް ސަރަހައްދުގެއެންމެބޮޑުބާރު އަދި ނިއުކްލިއަރހަކަތަހުރި އިންޑިޔާއާއިޖައްސާލައިގެން މާލޭގެ ބޮޑުންނާއި ހަބަރުފަތުރާވަސީލަތްތަކުގައިލިޔަނީ މީގެ 60 ހަކަށްއަހަރުކުރިން ދުނިޔޭގެ ސުޕަރ ޕަވަރ އިޤިރޭސިވިލާތާއިދެކޮޅަށް “މާލޭގައިއޮތް ވިރާސީ އަދި އާއިލީވެރިކަމުން އިސްނަގައި ސަރުކާރުހަބަރުގައިލިއުނުފަދަ ލިއުންތަކުން މާމޮޅުނަތީޖާއެއް ނިކުތްކަމަށް ހީކޮށް” ކަމުގައިވާނަމަ ތިކަންކުރުން ހުއްޓާލާ. ކުޅަދުރު ހަތައަތް ގާއުކަން ނޫޅޭ.
ޏ.ސިޓީ
25 November 2018
މި ވެރިކަން ގެނައިފަހުން އަޅާ ކޮންމެ ފިޔަވަޅަކުން އިހުސާސް ކުރެވެނީ ވަކިބަޔަކަށް ނޫނީ ވަކި ގައުމަކަށް ޖެއްސުން ކުރަން ކުރާ ކަމެއްހެން... ދޯސްތީއޭ ކިޔާފަ ތިފާޑަށް ނޫޅަެ
ާއަޙްމަދު ޢަލީ
25 November 2018
ތިޔށް ކިޔަނީ، އިންޑިޔާގެ ހީލަތްތެރި ހަންފެތުރުން.
ރާއްޖެ
25 November 2018
ރާއްޖޭގައި ބާއްވާ ހަރަކާތަކަށް ކިޔަން ޖެހޭނީ ދިވެހި ނަމެއް ނުވަތަ އިގިރޭސީ ނަމެއް ކަމުގައި ދެކެން.
ޗިއްލޫ
25 November 2018
ތިޔައްކިޔަންވީ ދޯސްތީއެއްނޫން ''ހިޔަޅުގެ އެރޭވުން''
ޓާޒަން / ބ.ހިތާދޫ
25 November 2018
ދޯސްތުންތައް އައީދޯ. އައިސް ރަށަށްނުދާން ބޮޑާނަހާކާނެބާއޭ މަގޭ ހިތަށްއަރަނީ.
ނުކިޔަވާ
25 November 2018
ރަށަށް ގޮއްސިޔާ ކިތަންމެހާވެސް ރަނގަޅު،،،