ގދ. ވާދޫ މަތިން ފެންނަ ގޮތް: މި ރަށުގައި ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ދަރިފުޅު ބާލިދީއަކަށް ލާފައި އޮއްވައި ފެނުނު މައްސަލައެެއް އަންނަނީ ތަހުގީގު ކުރަމުން.
29 ނޮވެމްބަރ 2018 - 19:17
ގދ. ވާދޫގައި، ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ދަރިފުޅު ބާލިދީއަކަށް ލާފައި އޮއްވައި ފެނުނު މައްސަލައިގައި އެ އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރަނީ ދަރިފުޅަށް އިހުމާލުވި ކުށުގެ ތުހުމަތުކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުރަތަމަ އެ ޚަބަރު ފެތުރުނީ ކައިވެނިން ބޭރުން ވިހެއުމަށް ފަހު އެ އަންހެން މީހާ ދަރިފުޅު މަރައިލަން އުޅުނު ކަމަށް ބުނެ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ އެ މީހާ ވިހެއި ތުއްތު އަންހެން ކުއްޖާއަށް ފަރުވާ ދިން ތިނަދޫ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުއްޖާއަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާ ކަމަށެވެ. އެ ކުއްޖާ އާއި މަންމަގެ ހާލު ވެސް ރަނގަޅެވެ.
އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ކުއްޖާގެ މަންމަގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން އެ އަންހެންމީހާގެ މައްޗަށް ތުހުމަތު ކުރަނީ ދަރިފުޅަށް އިހުމާލުވުމާއި ކައިވެނިން ބޭރުން ވިހެއި މައްސަލަ އެވެ. ފަރުވާއަށް ފަހު މިއަދު ހޮސްޕިޓަލުން އެ އަންހެން މީހާވެސް ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަނީ އޭނާ ހައްޔަރުނުކޮށެވެ.
އެ މައްސަލާގައި ފިރިހެނެއްގެ މައްސަލަ ބަލާކަން ނުވަތަ ނޫން ކަން ވެސް ކަމާ ގުޅޭ އެއްވެސް އިދާރާއަކުން ޔަގީން ކޮށެއް ނުދެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން، މައިމީހާ ބަލިވެ އިނީއްސުރެ ކުއްޖާ އާއި މައިމީހާގެ ސިއްހަތަށް ރައްކާތެރި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ އެއީ ޖިނާއީ ކުށެކެވެ.
އޭނާ ވިހާފައި ވަނީ ބަލިވެއިންކަން ސިއްރު ކޮށްގެން އުޅެނިކޮށެވެ. ވިހެއީ ވެސް އެކަނި ފާހާނާ ތެރޭގަ އެވެ. އެކަން އެނގުނީ އޭނާގެ ދަރިއެއް މެދުވެރިކޮށް އަވައްޓެރިއަކަށް ގޮވައި އެހީއަކަށް އެދުމުންނެވެ.
Vihandhen kuree inkaaru, fenunee vihaigen ovvaa!
The most trusted news source in the Maldives
Mihaaru
އަންހެން މީހާ ވިހެއީ އެކަން ސިއްރުކޮށްގެން އުޅެނިކޮށް--
ތުއްތު ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާއިރު، މިނިސްޓަރު ޝިދާތާ ޝާރީފް މިއަދު ވިދާޅުވީ ކުއްޖާ ދައުލަތަށް ނަގާނީތޯ ނުވަތަ އާއިލާގެ މީހުންގެ ތެރެއިން ޒިންމާ އުފުލޭނެ މީހަކާ ހަވާލު ކުރާނީތޯ އަދި ނުނިންމާ ކަމަށެވެ. ނަމަވެސް، އެކަމުގައި ގޮތެއް ނިންމުމުގެ މަރުހަލާގައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުއްޖާ އެ އޮތީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. ފުރިހަމަ ރައްކާތެރި ކަމުގައި. އިތުރު މަސައްކަތްތައް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ކައިވެނިން ބޭރުން ވިހެއި އަންހެން މީހާ ކުރިން ކުރި ކައިވެންޏަކަށް 10 އަހަރުން ދަށުގެ ތިން ކުދިން ލިބިފައި އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރުފާނު..
30 November 2018
ނަހަލާލަށް ވިހާ މައްސަލަ ތަކުގަ މަދު ފަހަރަކު ނޫނީ އަދަބު ލިބެނީ އަންހެނާއަށް. އެއީ އަންހެން މީހާގެ ފަރާތުން އެކަން ސިއްރުނުވާތީ. ޑީ އެން އޭ ޓެސްޓުން މިހާރު މަންމަ ބައްޕަ ދެނެގަނެވޭ. މިފަދަ މައްސަލަ ތަކުގަ ޑީއެންއޭ ޓެސްޓް ބޭނުން ކުރުން ކީއްތޯ؟ އެހެންކަމާށްވާނަމަ މިފަދަހާދިސާތައް މަދުވާނެ. ފިރިހެނުން ޖެހިލުންވާނެ. ޝަރުޢީ ގޮތުން ބައްޕަ ކަޑަނޭޅުނަސް މައްސަލަ ތަކަށް ހައްލެއް ލިބިގެންދާނެ.
ޝާއިރާ
30 November 2018
ކޮން އިހުމާލެއްބާ؟ ކޯޓަށް ގެންދާތަނުން ވަކީލު ބުނާނެ އޭނަ ކުޑަކަމުދާން ފާހާނައަށް ވަންތަނާ ވިހީއޭ، އެންމެ ކައރިން އަތުގައި ޖެހުނީ ބާލިދީއެކޭ، އެހެން ނޫންނަމަ ދަރިފުޅު ބާއްވަން ޖެހޭނީ ތަޅުންގަނޑުގައިއޭ. ގާޒީ ބުނާނެ އިހްމާލުވިކަމަށް ބެލެވެން ނެތޭ. މައްސަލަ ނިމުނީއޭ.
ޗޯޗޯ ގަމަރިއްޔާ
30 November 2018
ވާދޫ އަންހެން ކަމަނާ
ހުސެއިން
30 November 2018
އެހެންތަ؟ މަހީކުރީ ޓެރަރިޒަމްގެ ދައުވާކަމަށް ކުރަނީ.
ހިސެން
30 November 2018
ނުބަލާނެ ނުވެސްބެލޭނެ، ޖަޒީރާގެ ސަގާފަތަކީ ހާއްސަކޮއް ރަށައް އަރާމެހެމާނުންނައް ހުރިހާގޮތަކުން އުފާވެރިކަމާ ހިތްހަމަޖެހުން ގެނެސްދިނުން. އެކަން އެގޮތައްކޮއްދޭ މީހުންނަކީ ޖަޒީރާގެ އާދަކައިދަޔާ، ސަގާފަތް ދިރުވާ އާލާކުރާ ރަށުގެ ރައްވެހިންނާ ދައުލަތުގެ ނަގާކިޔާމީހުންގެ ރުހުން ލިބިލިބި ތިބޭބައެއް. އެހެންވީމަ ޖަޒީރާގަ މިއާދަތައް ހިފަހައްޓަން މަސައްކަތްކުރާ ބަޔަކައް ސަރުކާރުގެ ހިތްބުރަކަމެއް ނުގެންގުޅެވޭނެ.