އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހަސަން ވާހަކަ ދައްކަވަނީ: ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން ކޯލިޝަނާ އެކު އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށް ވިދާޅުވި --މިހާރު ފޮޓޯ/ނިޝާން އަލީ
02 ޑިސެމްބަރ 2018 - 00:45
އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ބެހޭގޮތުން ކޯލިޝަން އެއްބަސްވުމެއްގައި އެމްޑީޕީން ސޮއިކޮށްފައި ނުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
ހަސަން އެ ވިދާޅުވާ އެއްބަސްވުން މީޑިއާއަށް މިރޭ ލީކުވެފައިވާއިރު، އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމދު ސޯލިހެވެ. އެއީ ކޯލިޝަނަކާ މެދު އެއްބަސްވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް އެމްޑީޕީން އޭރު ކަނޑައަޅާފައި ތިއްބެވި ދެ މަންދޫބުންނެވެ.
އެމްޑީޕީން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން ނަމަ، ކޯލިޝަން ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، އަދާލަތު ޕާޓީ 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިއްސާ އަކީ ކޯލިޝަން ސަރުކާރުގައި 20 ޕަސެންޓް ކަމަށް އެއްބަސްވުމުގައި ވެ އެވެ.
އެގޮތަށް ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ހިއްސާ ބެހުމަށް އެއްބަސްވެފައި ވަނީ، ލީކުވެފައިވާ އެެއްބަސްވުން ބުނާގޮތުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ.
އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.
އެކަމަކު، އެމްޑީޕީގެ ގައުމީ މަޖިލިހުގެ މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވީ، ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން އެއްވެސް އެއްބަސްވުމެއްގައި އެމްޑީޕީން ސޮއި ކޮށްފައި ނުވާނެ ކަމަށެވެ.
"ހުށަހެޅުމެއް އަޅުގަނޑުމެން ހުށަހެޅިން އެހެން ޕާޓީތަކުން އެއާ މެދު ދެކޭ ގޮތް ބަލަން. ކޯލިޝަންގެ ހުރިހާ ޕާޓީއަކުން އެއަކަށް އެއްބަހެއް ނުވި. އެކިއެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ބައެއް ޕާޓީތަކަކަށް އެއްބަހެއް ނުވެވުނު. އެހެންވީމާ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބަހާނެ ގޮތަކާ ބެހޭގޮތުން އެއްވެސް އެއްބަސްވުމެއްގައި މި ޕާޓީން ސޮއި ކޮށްފައެއް ނުވާނެ،" ގައުމީ މަޖިލިހުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި ވަކި ކަންތައްތަކަކަށް އެމްޑީޕީން އެއްބަސްވެ، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި އެވެ. އެކަމަކު އެކަމަށް އެމްޑީޕީން ދެކޮޅު ހެދީ އެއްބަސްވުމެއްގައި ސޮއިކުރަން މިވަގުތު ބޭނުން ނުވާތީ ކަމަށް ބުނެފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ ޖަލްސާގައި ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ފާސްކޮށްފަ އެވެ. ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެގޮތަށް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވުމަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
03 December 2018
ސަރުކާރާ މަޖިލީސް މިއީ އެކައްޗެއް ނޫން. ސަރުކާރު ވަނީ ކޯލީޝަން އެއްބަސްވި ގޮތަށް ބަހާފައި. މަޖިލީސް އެއީ ސަރުކާރު ނޫން ވީމަ ސަރުކާރު ބަހަން އެއްބަސްވިގޮތަށް މަޖިލީސް ނުބެހޭނެ
އީމަން
02 December 2018
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ރެނދު އެޅީމަ ހަސަން ލަތީފް އެކަމާ މެދު ވިދާޅުވާނެ އެއްޗެއް ވެސް ބުނެދީ ބަލަ؟
ދެބަންދިހާރު
02 December 2018
ހަސަން ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
ފިޓް
02 December 2018
އެއްކަލަ ގާޒީ ކައިރިއަށް ޑީލް ހަދަން ފޮނުވި މެސެންޖަރ ބޯއި ތިއީ. ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް. ގާނޫނު މާ މޮޅަށް ދަންނާތީ ސަލާމަތްވާނެ ކޮންމެ ފަދަ އެއްޗެއް ކިޔާފަވެސް.
އަސްލު އަސްލު
02 December 2018
އަސްލަށް އިންކާރު ކުރުމަކީ އެންމެ ނުލަފާ މީހުންގެ ސިފައެކެވެ. މުނާފިޤުންގެ ޢަލާމާތެކެވެ. ހަސަން ލަޠީފް ތިޔަ ކުރެއްވީ މިފަދަ ކަމެކެވެ. މި ކަމާމެދު ސީރިއަސް ކޮށް ވިސްނެވުމަށް ރައީސް ނަޝީދަށް އިލްތިމާސް ކުރަމެވެ.
މުނާ-ފިގު
03 December 2018
ކުޑަލަނޑާގެ ކަންތަކާ ވިސްނުމައް ބޮޑުލަނޑާ ކާރީގަ އެދޭއިރު، މިކަން އުފެއްދީ ބޮޑުލަނޑާގެ ހުށައެޅުމަކުން ވެރިކަން އަވަހައް ލިބޭނެގޮތަކައް ހެދޭތޯ.
އަހުމަދު687
02 December 2018
ޤައުމީ މަޖުލިހުގައު ނަޝީދު އެހުންނަނީ ކޮން ހައިސިއްޔަތަކުން؟ ރައީސްއެއް ނޫން ޤައުމީ މާޖުލިސް މެމްބަރެއްނޫން! ނަޝީދުގެ ސަބަބުން އެމްޑީޕީ ފެއިލްވަނީ ކޮންމެފަހަރަކު!
ލަތީފު
02 December 2018
ވިހިގޮނޑިވެސް އެމްޑީޕީ އަށް ނުލިބޭނެ ތިއުޅެނީ ވަރަށްބޮޑަށް އޮޅެގެން ތިމާމެންގެ އަމިއްލަ ވެރިކަމެއް 2009 ގައި އޮތްއިރުވެސް ވިހިގޮނޑިވެސް ނުލިބުނު
Dhaadhey
02 December 2018
ހަސަނަށް ހުވަފެނެއް ފެނުނީތޯ؟ ކުއްލިއަކަށް ތިޔަ ތެޅިގަތީ؟ ނެތަސް އޮތަސް އެމް.ޑީޕީ އަކީ އަމިއްލަ އެދުން ބޮޑު ބައެއް.
ޙުރަަ
02 December 2018
މުނާފިގުންގެ ލިސްޓެއް ަަަަަަަަަަަަަަަަަަ ހަދާބަލަ
ޅިޔަނާ
02 December 2018
ދޮގު ހަދާ