ނައިބު ރައީސް ފައިސަލް އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
02 ޑިސެމްބަރ 2018 - 21:07
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އިންޑިއާއިން އެހީތެރިވެދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު އަކިލޭޝް މިޝްރާ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުރިހަމަ ކޮށްދިނުމަށް އެހީތެރިވުމުގެ އިތުރުން ތައުލީމާއި ފަންނީ އަދި އިޖުތިމާއީ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ޒުވާނުންގެ ހުނަރުވެރިކަން ފާހަގަ ކުރައްވައި ޒުވާނުން އިތުރަށް ބާރުވެރި ކުރުވުމަށް، އިންޑިޔާއާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންތައްތަކާ ބެހޭގޮތުން ވެސް ނައިބު ރައީސާއި އިންޑިއާ ސަފީރު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސް ފައިސަލްއާ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލެޝްގެ ދެކަނބަލުން މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކި ދާއިރާތަކަކުން ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރުމަށް ވަނީ ނިންމައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފަ އެވެ. އެމަނިކުފާނު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ރާއްޖެ ވަޑައިގެންފައިވާއިރު އެއީ މޮދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ވެސް މެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް ކުރައްވާނީ އިންޑިއާ އަށެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގަންނަވާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ފުރަތަމަ ވަޑައިގަތީ ވެސް އިންޑިއާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކިޔަވާ
03 December 2018
އިންޑިޔާގެ ރައްޔިތުން އުޅޭހާލު ގިނަދިވެހިނަށްވާނީ ފެނިފަ، މިފަދަގައުމކުން ދިވެހިންނަށް އެހީވަނީވިއްޔާ އެހީވަނީ ކީއްވެތޯ ދިވެހި ރައްޔިތުން އަމިއްލަނަފްސާ ސުވާލުކޮށްބަލަ، އަދި މިކަންހުއްޓާލަން ސަރުކާރަށް ޕްރެޝާކުރުން ބުއްދިވެރި! ގެއްލިއްޖެ މިނިވަންކަމެއް ހޯދަން ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވާންޖެހޭނެ!
އާނާ
03 December 2018
އަނެއްކާ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދަން އަހަރެމެން ނަށް ގޯތި ވެސް ދެން ދޫކުރާނީ އިންޑިއާ އިން ކަންނޭގެ.
އެނޮން
03 December 2018
އޯގޮޑް. މަ އުޅުނިން ތި އިންޑިއާގަ. އާންމު ރައްޔިތުން އުޅޭހާލުވެސް ދެކުނިން. ސިޓީތަކުގަވެސް އޯޕަން ޑްރެއިނޭޖް ސިސްޓަމްތައް ހުންނަނީ އަދިވެސް. އެކަމަކު ރާއްޖޭގަ ޒަމާނީ ނަރުދަމާ އަޅަން މިލިޔަނުން ޚަރަދު ކުރަން މިއުޅެނީ. އެންމެ ފުރަތަމަ އަމިއްލަ ޤައުމުގެ ހާލަތު ރަނގަޅު ކުރުން ކީއްތަ. މިހާރުވެސް ފާހަނާއަކަށް އެކެސެސް ނުހުންނަ މީހުން މިލިއަނުން ގުނާލެވޭ. އޭގެ ސަބަބުން ނިކުން ސިއްހީ އަދި ސޯޝަލް މައްސލަތައް އެހާގިނަ. ޕްރިއޯރިޓީސް!
ނާއިލާ
03 December 2018
100 ދުވަހުގެ ވައުދު ފުއްދިއްޔާ ނުފުއްދުނޭ ކިޔާފަ އިންޑިޔާ ޔާ ބެހޭ ކަމެއްތަ؟ .ކަލޭ މެންނަކާ ކޮންބެހޭކަމެއް .އެހެން ރައިސުން ގެ ވައުދު ފުއްދަދޭކަށް އިންޑިޔާ އަކުން ތިހާވަރަކުން ނޫޅޭ .އިންޑިޔާތަ މިހާރު މިގައުމުގަ ވެރިކަން ކުރަނީ .ނުބެހެވޭކަމެއްނޮވޭ .ނިކުމެ ވައްޓާލަފާނެތީ ޖެހިލުން ވަނީތަ؟
ަެަެއެބެރި ދީނާ
03 December 2018
އިންޑިޔާ ނޫން އެހެން ބައެއް ހަމަ ނެތީބާ އަބަދު އިންޑިޔާ ވެގެން އުޅެނީ
ޜަންނަމާރިޔާ
03 December 2018
ކޯން ބަނޭގާ ކަރޯޅް ޕަތީ ... ދުނިޔާ ޗަލާނާ މައްކާރު ސޭ.. އާހިރަތުގައި ކީއްބާ ކުރާނީ
ޖުހާރީ
03 December 2018
ސަލާން ޖެހުމަކީ ދިވެހިންނަށް ފެޝަންއެއް މިހާރު! އިންޑިޔާ ކައިރިން، ޗައިނާ ކައިރިން، ޔޫރަޕުގެ ދޮންމީހުން ކައިރީން، އަރަބިން ކައިރިން. ވިސްނަބަލަ. އެމީހުން ދިވެހިންނަށް އެވެސް ގަދަރެއް އިހްތިރާމްއެއް ނުކުރާނެ. އެމީހުން ހަދިޔާއެއް ދިނަސް ގަބޫލް ކުރަންވާނީ ދިވެހިންގެ ކަންކަމަށް އޭގެން އަސަރު ނުފޯރާ އުޅެވޭނަމަ!
ފޮސްކަލޯ
03 December 2018
ޢިންޑިއާ މީހުން އެހީދެނީޔޭ ކިޔައިގެން ތިގަންނަގަނޑު ދިވެހި ރައްޔިތުމީހާ ދަނޭ. ތިމީހުން ކައިރިނުލުރާށޭ
ސޯބު
03 December 2018
100 ދުވަހުގެ ވައުދުތަކުގައި މައިގަޑު ގޮތެއްގައިހުރީ ކަންކަމަށް ގެންނަ އުސޫލީ ބަދަލުތަކެއް. އެކަންކަމަކަށް ފައިސާގެ މާކަ ހަރަދުތަކެއް ނުހިނގާނެ. އެހެންވެ ތިހެން ތިބުނީވެސް.
އަލީ_
03 December 2018
ޝުކުރިއްޔާ އިންޑިއާ