ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ، ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސާއި އަމީން އާންމު އަދި މަޖިލިހުގެ ކައުންސެލް ޖެނެރަލް ފިލްޒާ (ވ) ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ޑިސެމްބަރ 2018 - 14:05
"ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް" އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް ގާނޫނުއަސާސީން ލިބޭ ބާރުތައް ހަނިވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަން، ތަހުގީގީ ދެ އިދާރާއަކަށް ހަދައި ބޮޑެތި ބާރުތަކެއް ދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. މި ބިލް މަޖިލީހަށް ބަލައިގަނެ، ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ކުރަމުންނެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވައި، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީއެއްގައި ފިލްޒާ ވިދާޅުވީ ބިލު އޮތީ، ރައީސްގެ ދެ ގަރާރުގައި ކަނޑައެޅުއްވި މަސްއޫލިއްޔަތުގެ ދާއިރާ އަށް ވުރެ، ދެ ކޮމިޝަންތަކުގެ މަސްއޫލިއްޔަތު މާ ފުޅާކޮށް ކަމަށެވެ.
ފިލްޒާ ވިދާޅުވި ގޮތުގައި، ބިލްގައި ބުނާ މުއްދަތުގެ ތެރޭގައި ހިންގާފައި ހުރި ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތަކުގެ މައްޗަށް ކޮމިޝަންތައް ބާރު ހިނގާނެ ކަމަށް ބުނެފައި އޮތުމުން، ކޮމިޝަނުން ކަނޑަނާޅާ ހިނދަކު، ފުލުހުންނާއި އޭސީސީ އަށް މައްސަލަތަކެއް ނުބެލޭނެ އެވެ.
ގާނޫނުއަސާސީން ފުލުހުންނާއި އޭސީސީ އަށް ބޮޑެތި ބާރުތަކެއް ދީފައި އޮންނައިރު، އެ ބާރުތައް ހަނިވާ ގޮތަށް، ރައީސް ގާނޫނުއަސާސީން ލިބިދީފައިވާ ބާރެއްގެ ދަށުން ވިޔަސް، އުފައްދާ ކޮމިޝަނަކަށް ގާނޫނަކުން ބާރު ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފިލްޒާގެ ސިޓީގައިވެ އެވެ.
ފިލްޒާ ވިދާޅުވީ ތަހުގީގީ އިދާރާތަކަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުން ލިބިގެންވާ ބާރުތަކަށް ވުރެ ބޮޑަށް ދެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކޮށް ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މައްސަލަތައް ފޮނުވުމާއި ތުހުމަތު ކުރެވޭ ތުހުމަތު ކުރެވޭ މީހުންގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެކައުންޓް ފްރީޒްކުރުމަށް ބޭންކުތަކަށް އެންގުމާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ މުދާ ނުވަތަ ފައިސާ ހިފެހެއްޓުމާއި ރާއްޖެ އިން ބޭރަށް ގެންދިއުން މަނާ ކުރުން ފަދަ ކަންކަން ބިލްގައި ހިމެނޭ ކަމަށެވެ.
ފިލްޒާ ވިދާޅުވި ގޮތުގައި ބިލް ވާން ވާނީ ކޮމިޝަނެއް އުފައްދާ ބިލެއްގެ ބަދަލުގައި މަސްއޫލިއްޔަތު އަދާ ކުރުމަށް ބޭނުންވާ ބާރުތަކާއި އިޖުރާއަތްތައް އެކަށެއެޅޭ ބިލެއް ގޮތުގަ އެވެ.
ދެ ކޮމިޝަނުން ކުރުމަށް ތަސައްވަރުކޮށްފައިވާ މަސައްކަތުގެ ދާއިރާއަކީ، ރައީސް ނެރުއްވި ގަރާރުގައި ކަނޑައަޅާފައިވާ ދާއިރާއަށް ވުރެ ފުޅާ ދާއިރާއެއް ކަމުން އެ ދެ ކޮމިޝަނަށް ރައީސްގެ ގަރާރުން ހަވާލު ކުރެވުނު މަސައްކަތް ނިމުނު ކަމުގައި ވީނަމަވެސް، ގާނޫނުން މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާ ނުނިމެނީސް އެ ދެ ކޮމިޝަން އުވައިލުމުގެ ބާރު ނުވަތަ މަސައްކަތުގެ ދާއިރާ އަށް ބަދަލު ގެނައުމުގެ ބާރު ރައީސް އަށް ލިބިގެން ނުވާ ކަން ފާހަގަ ކުރެވޭ ކަމަށް ފިލްޒާ ވިދާޅުވި އެވެ. އެހެން ކަމުން އެއީ ގާނޫނުއަސާސީގެ ދަށުން ރައީސް އަށް ލިބިދީފައިވާ ބާރުތައް ހަނި ކުރެވޭނެ ކަމެއް ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމުގެ ބިލެއް މަޖިލީހަށް ވެއްދިއިރު، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކޮމިޝަނަކާއި މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޓީއެއް އުފައްދަވައި، މެމްބަރުން ވެސް އައްޔަން ކުރައްވައިފަ އެވެ.
ބިލްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ތަހުގީގުނުކޮށް، ދޫކޮށްލާފައި ހުރި އަދި އެކަށީގެންވާ މިންވަރަށް ތަހުގީގުނުކޮށް ދޫކޮށްލާފައިވާ މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް އަލުން ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތް ހޯދައި، ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވުމެވެ.
މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ފާހަގަކޮށް، އެކި ފަރާތްތަކުގެ އިހުމާލާއި ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ބަލައި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް ހަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
އަލަށް އެކުލަވައިލި ދެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ޖިނާއީ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ތަހުގީގީ އިދާރާއެއް ކަމަށް ބިލްގައިވެ އެވެ.
އެކަމަކު ދެ ކޮމިޝަނަށް ލިބޭ ބާރުތަކަށް އަމަލު ކުރާނީ ކޮން އުސޫލުތަކަކާއި ހަމަތަކުން ކަމެއް ބިލްގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފިލްޒާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮލަ
09 December 2018
ރައީސް ކިޔަނީ ކޮންމެވެސް ބޭނުމެއްގަ ހުރިހާ ރައީސް ހަމަ ވާނީ ރައިސް އަށް
އަހާށޭ
07 December 2018
އަޅުގަނޑު އިބޫ އަށް ދަންނަވާލަން އޮތީ ކުރީގެ ބައެއް ރައީސުން ހެއްދެވިގޮތަށް ރަސްމީ ކަންކަމުގައި ނޫނީ ޤައުމީ ކަންކަމުގައި ތިމާގެ އަމިއްލަ ޕާޓީގެ ކުލަ އިސް ނުކުރައްވައްޗޭ އެއީ ބޭރުްައުމުތަކުގައިވެސް އެމީހުން ޤައުމީ ކަންކަމުގައި ބޭނުން ކުރަނީ ޤައުމީ ކުލަ އަދި ޤައުމީ ދިދައެވެ. ވީ މާ އަޅުގަންޑު ވަރަށް ބޮޑަށް އެދޭކަމެއް އެއީ ޤައުުގެ ރައީސްއަށްވުމުން އެއީ މުޅި ހުރިހާ ރައިއްޔަތުންގެ ރައީސް ކަމަށްވުމާއިއެކު ޤައުމީ ކުލަ އިސް ކުރުމަށް.
ނުރަބޯހަސަންބެ
07 December 2018
އިބޫ ދެވަނަ ޔާމީނަށް ނުވެ އެއްކަމެއްގަ ވެސް ނަތީޖާ ނުނެރެވޭނެ، ޔާމީނު ކަންކުރި ގޮތަށް ކަންކުރީ ކަމެއް ވީމަ.
މަޒް
07 December 2018
ފުލުހުންނާއި އޭސީސީގެ ބާރު ހަނިކޮއްގެންވެސް އެބަޖެހޭ މިދިޔަ 5 އަހަރު ހިނގި ވައްކަންތަކާ މަރުތައް ބަލަން... ފުލުހުންގެ ބާރު އޮވެގެން ވީކަމެއް ނެތް.. ސިއްސައިގެންދާވަރުގެ ބޮޑު ބިޔަ ވައްކަންކޮއް އެ އިންނަނީ ޓީވީއަށް އަރާ ވާހަކަ ދައްކަން
ލީން
08 December 2018
އަދުރެެެ ބިރުން ތެޅި ފޮޅެން މާބޮޑަށް ލަސް ވެއްޖެ ތަންކޮޅެއް ބާރަށް ޝަރީއަތް ހިންގާ ހައްޔަރު ކޮށް ހުރަގެެެެޔަށްލާ
ޢަލިދީދީއައްޑޫސިޓީ
07 December 2018
"ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން" ނުވަތަ ސީބީއައި ނުވަތަ އެފަދަ ނަމެއްކިޔާ މިނިވަން މުސްތަޤިއްލު މުއައްސަސާ އެއް އުފައްދާ ފުލުހުން ހިންގާ ތަހުޤީގުތަކުގެ ތެރެއަށް ވެސް ސީބީއައި އަށް ވަދެވޭނެ ފުރިހަމަ ބާރާއެކު، މިނިވަން މުސްތަޤިއްލު ތަޙްޤީގީ އިދާރާއެއް އުފައްދަންވީ. އޭރުން ބިރުގަންނަ ބަޔަކު ބިރުން ތިބެދާނެތާ! ފުލުސް އޮފީސްތެރެޔަށް އަތްބާނައިގެން ފައިލްތަކުގަ އަތްއަޅައިގެން ތިބޭބަޔަކަށް ދެން އެފުރުޞަތު ދެވިގެންނުވާނެ.
ފިކުރުކު
06 December 2018
ރައީސްގެ ބާރު ކޮމިޝަންތަކުން ގެއްލިގެންނުދާނެ އެ ކޮމިޝަން ދެމިއޮންނާނީ ރައީސް ބޭނުންފުޅުވާ ވަގުތަކާއި ހަމައަށް ގަރާރުން އެބާރު ދާއިމަށް ދެމި.އޮންނަނަނީ.ރައީސަށްކަން ސާފުކޮށް އެގޭ. ޖަރީމާތަކުގެ އަސްލައް ވާސިލުވެވޭނެ ކޮންމެ ތިޔަރީއަކީ ގާނޫން އަސާސީގެ މަގްސަދު އަދި އޭގެ ބޭނުން. އެބޭނުން ހާސިލުވާ ހިނދަކު އެއްވެސް ތާއްރަޒުވުމެއްނެތެވެ.
ހުކުރު އާދަނު ކުމުންދޫ
06 December 2018
މި ރައީސްގެ ލޮނުމަޑުކަމުން ކެވޭވަރެއްނުވޭ
ޝާހިދު
06 December 2018
ރައީސް މީހާ ބަދަލުވުން ފިޔަވާ އެއްވެސް ބަދަލެއް އަދި ނުފެނޭ... އަަހަރެމެން ދިން ވޯޓުގެ އަގެއް ނެތް...
ބާހިދު
06 December 2018
ހަމަ ޔަގީން ޔާމިންއަށް ވޯޓުދިން މީހެއް މިއީ
މަޒް
07 December 2018
ތީ ޔާމީނަށް ވޯޓު ދިން މީހެއް... ތިހިރީ ޖަޒުބާތުގައި ޖެހިފައި
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
06 December 2018
މަޖިލީހު 15 ވަރަކަށް މެމްބަރުން ގާނޫނު އަސާސީއަށް ހީވެސް ނުކުރެވޭވަރުގެ ބަދަލުތައް އެތަކެއް ޖަރީމާތްތަކެއް ހިންގިއިރު ތިޔަ ބޭކަނބަލާ އޮތީ ނިދީގައިތޯ. ދައުލަތުން ވައްކަން ކުރި ކަމަށް ޝައްކު ކުރެވޭ އެތަކެއް ބަޔަކު އެވަނީ ސަލާމަތުގެ ހިޔަލަށް ވަދެފައި އާދެ ސޭޓު ކޮމްޕެނީގައި. ތިޔަ ފިޔުޒާ މަޖިލީހުންބޭރުކޮށްގެން ނޫންގޮތަކަށް އިބޫގެ ވައުދު ނުފުއްދޭނެ
ކޮސްވެދާނެ
07 December 2018
މިއޮތީ އެއްކަލަ ތަން ފެނިފަ! އާ ބޭރުކުރޭ ބޭރުކުރޭ! ހިތްހަމަނުޖެހޭ އެެއްޗެއް ބުނާއިރަށް ބޭރުކުރަންހިފާ!
ވަރިހަމަ-
06 December 2018
ހަނިކުރާ އެއްޗެއް ހަނިކޮށްގެންވެސް މިކަން ކޮށްދޭން ޖެހޭނެ. މިއީ ރިޔާސީ ވައުދެއް. ރައްޔިތުން ވޯޓު ދިނީ ވައުދުތައް ފުއްދަން.
ރޯނު
07 December 2018
ވައުދު ފުއްދެން އޮތީ ނަޝިދު ޕްރަމް މިނިސްޓަރަކަށް ގެނެސްގެން