ސިމެންތި ބަސްތާއް ވެއްޓި މަރުވި ޖިއަލް --
17 ޑިސެމްބަރ 2018 - 13:02
ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އިއްޔެ ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާ ދާދި ދެންމެއަކު މަރުވެއްޖެ އެވެ.
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރައުޝަން ޖިއާން، މި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.
އިއްޔެ ހެނދުނު ހިނގި ހާދިސާއާ ގުޅިގެން ޖިއާާންގެ އޮޕަރޭޝަންތަކެއް ވަގުތުން ކުރި އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ އެތެރެހަށީގެ މުހިންމު އެތައް ގުނަވަނަކަށް ލިބިފައި ހުރި ގެއްލުންތައް ބޮޑުކަމުން، އޮޕަރޭޝަނަށް ފަހު ވެސް ހާލު ވަރަށް ސީރިއަަސް އެވެ. ހޮސްޕިޓަލްގައި އޮއްވާ ވެސް ދެ ފަހަރަށް ހާޓް އެޓޭކް ޖެހުނު ކަމަށް، އެނގިފައިވެ އެވެ.
ޖިއާންގެ މައިންބަފައިން ބޭނުންވީ ވީހާވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދާށެވެ. އެކަމަކު މަތިން ގެންދެވޭ ވަރަށް ވުރެ ކުއްޖާގެ ހާލު ސީރިއަސް އެވެ.
ޖިއާންގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދު
ހާދިސާ ހިނގި ވީޑިއޯ އިން ފެންނަނީ މަޑުމަޑުން ޖިއާން ހިނގަމުން އަންނަ ތަނެވެ. އޭނާގެ ފަހަތުގައި މަންމަ ވެސް ހުއްޓެވެ. ދެން ކުއްލިއަކަށް މުޅި ތަނަށް ފެތުރެނީ މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކެވެ. ބެލެވޭ ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނު އިރު ކޮންމެވެސް ތަނެއްގައި ޖެހި، ފަޅައިގެން ވެސް ދިޔަ އެވެ.
މުޅި ތަން ސާފުވި އިރު ކުއްޖާ އޮތީ ހަރަކާތެއް ނެތިފަ އެވެ.
ފ. ނިލަންދޫ ހޮސްޕިޓަލްގައި މަސައްކަތްކުރަމުން އަންނަ ދެ ޑޮކްޓަރުން އެ މީހުންގެ ދެ ކުދިންނާ އެކު މާލެ އައީ ފަސް ދުވަހުގެ ޗުއްޓީއެއްގައި، ވިޔަފާރިކޮށްލާށެވެ. ސިމެންތި ބަސްތާ ވެއްޓުމުގެ ހިތާމަވެރި މި ހާދިސާ ހިނގީ، ހެނދުނު ސައި ބޮއިގެން ޖިއާން އާއި އޭނާގެ މަންމަ ގެއަށް ދިއުމުގެ މަގުމަތީގައި ކަމަށްވެ އެވެ.
ވީޑިއޯ އާންމުވުމާ އެކު އެތައް ބަޔަކަށް ލިބުނީ ޝޮކެކެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާލެއް ފަރުވާކުޑަކަމުގެ ޝަކުވާތައް އޮއްސާލި އެވެ. ސޯޝަލް މީޑިއާ ފުރުނީ ހަމްދަރުދީގެ މެސެޖްތަކުންނާއި ރުޅިވެރިކަމުގެ ބަސްތަކުންނެވެ.
މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާލެއް ފަރުވާކުޑަކަމާއި ނުރައްކާތެރިކަމާ މެދު، މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ޝަކުވާކުރަމުންނެވެ. އަދި ސިޓީ ކައުންސިލުން މިހާރު ވަނީ ނަލަހިޔާ މަންޒިލް ހަދަމުން ގެންދާ ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދިން ހުއްދަތައް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތްކުރުމުގެ ހުއްދަދިނުން ވަގުތީ ގޮތުން ވަނީ މެދު ވެސް ކަނޑާލައިފަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ރަަސްމީ ފުރަތަމަ ދަތުރުފުޅުގައި މި ވަގުތު އިންޑިއާގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމުރުކުރައްވާފައި ވަނީ މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ހުރިހާ ސައިޓެއްގެ ރައްކާތެރިކަން ބެލުމަށެވެ.
ރައީސް ވަނީ ދާދި ދެންމެއަކު ޖިއާންގެ އާއިލާއާ ފޯނުން ގުޅުއްވައިފަ އެވެ.
މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ ކުއްޖާގެ ބޮޑުބޭބެ ބުނީ ޖިއާންގެ ހަށިގަނޑު ބަންގްލަދޭޝް އަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ނިލަންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ޖިއާންގެ މައިންބަފައިން މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެ ވެ. އަދި ޖިއާން އަކީ އެ ރަށު ސްކޫލުގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްކަޑޮލަރު
18 December 2018
ޝިފާ އިސްތއުފާ
ހިންނަވަރު ޑޮކްޓަރ ރޫބީ
18 December 2018
މިއީ، ވަރަށް ބޮޑު މައްސަލައެއް. ކުރިޔަށް އޮތްތާގައި ގަވާޢިދު ވަރުގަދަކުރަންވީ. އަދި، ގަވާޢިދާ އެއްގޮތަށް އަމަލުކުރޭތޯވެސް މިހާރަށްވުރެ ރަނގަޅަށް ބަލަންވީ. އެހެން ނޫނީޔާ އަދިވެސް މިފަދަ ހޮތާމަވެރި ގޮތްތައް ދިމާވާނެ. ނިމިދިޔަ އަނިޔާވެރި ސަރުކާރުން ސައިޓްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަވެސް ދީފައިވަނީ ސިޔާސީ ކޮއްފައިކަން އެނގޭ. އެހެން މި ސަރުކާރުން ނަހަދާނެކަމަށް އުއްމީދު ކުރަން.
ކ.މާފުށިން
18 December 2018
މާފުއްޓަކީ މާލެފިޔަވައި އުސްއިމާރާތްތައް ހުރި އަދި އިމާރާތްކުރަމުންދާ ރަށެވެ. ރަށުގައި ގެސްޓުން ހިމެނޭގޮތަށް ގިނަ ބަޔަކު އުޅެމުންދެއެވެ. އިމާރާތްކުރުމުގެ ސަލާމަތީފިޔަވަޅު އެއްވެސް ވަރަކަށް އަޅާފައެއް ނުހުރެއެވެ. އެމަންޒަރު ބަލައި ފޮޓޯތައް ނަގަން ގެސްޓުންތިބެނީ ހައިރާމް ކަންމަތީގައެވެ. މިވާހަކަތައް އެމީހުން ގައުމަށް ގޮސް ދެއްކުމުން ނުވަތަ ސޯސަލް މީޑިޔާގައި ހާމަ ކުރުމުން ނުކުންނާނެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.
ފަސްޓްއެއިޑް
17 December 2018
މިކަހަލަ ހާދިސާތަކުގަ ކަންކުރަންވީގޮތާމެދު ދިވެހިންނަށް ވަރަށް ބޮޑަށްވެސް ހޭލުންތެރިކަން ބޭނުންވޭ. މިއީ ރަށްރަށުގަ ސީރިއަސް އެކްސިޑެންޓްތައް ވީމަ އާންމުމީހުން ކަންކުރާގޮތްވެސް ފުދޭވަރަކަށް ގިނައިން ފެނިފަ ހުރީމަ ބުނާ އެއްޗެއް. ހެލްތް މިނިސްޓްރީއާ ރާއްޖޭގެ މީޑިއާތައް ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގެނެސްދިނުމަށް އެދެން. ވަރަށް ދެރަ ހާދިސާއެއް.
ފަސްޓްއެއިޑް 2
17 December 2018
އެ ކުއްޖާގެ ބައްޕަ ދޯ އެ ކުއްޖާ އެ ނަގަނީ؟ ޑޮކްޓަރ އެއް ވިޔަސް އެ ވަގުތު ހާސްވެފަ ހުރީމަ އެ ގޮތަށް ކަންކުރެވުނީ ކަމަށް ބެލެވެނީ. އެ ކުއްޖާ ރިކަވަރީ ޕޮޒިޝަން އަށްލާ އިންމޮބަލައިޒް ކުރި ނަމައޭ މި ވީޑިއޯ ބަލާ ކޮންމެ ފަަހަރަކު ހިތައް އަރަނީ. އެކަމް ނަމަ އަކުން ރިހަ އެއް ނުކެއްކޭނެ. ހާދަ ދެރައޭ އެ ކުއަޖާއަށް ވީ ގޮތް.
ޢާއިސަތު
17 December 2018
@ސައިޓްގަ ޑޮކްޓަރެއް ބަހައްޓަން ފެނޭ އަވަސް ފަރުވާ ދޭން ސްޓްރެޗަރ އަށް ލެވުނުނަމަ އިތުރު އަނިޔާއެއް ނުލިބި ހޮސްޕިޓަލަށް ގެންދެވުނީސް
ޢާއިސަތު
17 December 2018
،ނުރައްކާ ބޯޑު ފެނޭވަރަށް ބައިވަރު އެކަމު މަގު ބަންދު ނުކުރާތީ ސަމާލު ނުވެވޭ
ހޯނު
17 December 2018
ދިވެހި ރާއްޖޭގަ މީހަކު އެންމެ އުފާވާނީ ސްޓޭޓު މިނިސްޓަރުކަން ނުވަތަ ކޮންމެވެސް ސަޅި ނަމެއް ކިޔާފަ މިނިސްޓަރ ނުވަތަ މެމްބަރ އޮންނަ މަޤާމެއް ލިބުނީމަ. އެއީ ކޮންމެ މަހަކު ލިބޭ ބޮޑު މުސާރައިގެ ފޮނި ހާސިލުކުރަން. އެއްގޮތަކަށްވެސް ޒިންމާއެއް އުފުލުމުގެ ނިޔަތެއް ނޯވޭ. މި ދިމާވި ހިތާމަވެރި ޙާދިޘާ އަކީ ޙަޤީގަތުގައި އެންމެން ބޮލުގަ އެޅޭ ކަމެއް. ޤައުމީ މަޖިލީހާއި ޤަވާއިދު ހަދާ މަޖިލީހާއި ޤަވާއިދު ތަންފީޒު ކުރާމީހުން ގެ ދޯހަޅިކަމުން ވާކަންކަން.
އަނާ
17 December 2018
ހިތާމައިގެ ކޮޅެއްނެތް
ޢެޑްމުންޑޯ
17 December 2018
މިމައުސޫމް ކުއަޖާގެ މިއެކްސިޑެންޓްގެ ވީޑިޔޯ ބަލާލި ކޮންމެ މީހަކަށްވެސް ފާހަގަކުރެވޭނެ ، އެވަގުތު އެތަނުގެތިބިމީހުންގެ ރަހުމެއް ހަމްދަރުދީ އެއްނެތްކަން ، ވަށާގެން މީހުން ތިބިއިރު ސިމެންތިތަކުގެ ތެރެއިން ކުއްޖާ ހާވާލާފައި ނަގަނީ މަންމަ އައިސް ، ދުރުގެހުރި ބައްޕަ ދުވެފައި އައިސް ކުއްޖާ ކޮނޑަށްލާގެން ދަނީ ، އެއްވެސް މީހަކު އެހީތެރިނުވޭ ލަދުވެތި މަންޒަރެއް ،
މުހަންމާދި
17 December 2018
ދުވަސްކޮޅަކުން އަޑުއިވޭނީ މަސައްކަތާއި ހަވާލުވެހުރި ކޮންމެވެސް ބޭރުގައުމެއްގެ ސްޕަވައިޒަރަކުގެ އިހުމާލުން ވީކަމެއްކަމަކަށް. ޒިންމާ ނަގާނެ އެއްވެސް މީހަކު ނުހުންނާނެ. މި މާލެއަކީ ހަމައެކަނި "ޕްރިވިލެޖްޑް" މަދުބަޔަކަށް ރައްކާތެރިކަން އޮތްތަނެއް!
ގޮރުނުދޯރު
17 December 2018
ތިޔަބުނާ “ޕިރިވިލެޖުޑު” މަދު މީހުން އުޅެނީ އެމީހުންގެ އަލިފާން ފޮއްޓެއްވަރުވާ ކުޑަ ހުތުރު ޖިފުޓިގަނޑު ބޮޑު ކުއްޔަށް ދީފަ ރާއްޖެއިން ބޭރުގަ. އެވެރީންނަކަށް އެއްވެސް އުނދަގުލެއް ނުވާނެ