18 ޑިސެމްބަރ 2018 - 14:42
މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ތަންތަނުގެ ތެރޭގައި ވަގުތުން މަސައްކަތް ހުއްޓުވަން ޖެހޭ ފަދަ ހާލަތެއްގައި ހުރި އެއްވެސް ތަނެއް ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީން މިހެން ބުނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ފެށި ސައިޓްތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ބައެއް ފުރިހަމަ ކުރުމަށް ފަހު ދެ މުއައްސަސާ ގުޅިގެން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ ވިދާޅުވީ ވަގުތުން މަސައްކަތް ހުއްޓައިލަން ޖެހޭ ހާލަތެއް އަދި ދިމާ ނުވިޔަސް ގަވައިދާ އެއްގޮތަށް ކަންތައްތައް ކޮށްފައި ނުވާ ތަންތަން އެބަހުރި ކަމަށެވެ.
"އަދި އެކަހަލަ ހާލަތެއް، ވަގުތުން މަސައްކަތް ހުއްޓާލަން ޖެހޭ އިންސްޓެންސް އެއް ދިމައެއް ނުވޭ. އެކަމަކު އެބަހުރި ސާވޭޔަރުންނަށް މިހާރު ވެސް ފާހަަގަ ކުރެވިފައި ހުރި ޝަކުވާތަކެއް. ގަވައިދާ އެއްގޮތަށް ނުކުރެވި ހުރި ކަންތައްތަކެއް،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު އަލީ ވިދާޅުވީ މަސައްކަތް ކުރާ ތަންތަން ސާވޭ ކުރުމުގެ މަސައްކަތަކީ ކޮންމެހެން ބަޔަކު ކުށްވެރިކުރަން ކުރާ މަސަައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވާފައިވާ އިސް ނެެންގެވުމަކާ ވެސް ގުޅުވައިގެން ކުރާ މަސަައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިއީ ބަޔަކު ކުށްވެރި ކުރަން ނުވަތަ ބަޔަކު މީހުންގެ މަސައްކަތްތަކެއް ހުއްޓުވުމުގެ މަގުސަދުގައި އެއްގޮތަކަށް ވެސް ކުރާ ކަމެއް ނޫން،" މުހައްމަދު އަލީ ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދާއިމީ ގޮތެއްގައި ކުރަން ފެށި މަސައްކަތެއް ކަމަށެވެ. ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން އެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ 161 ސައިޓެއް މާލޭގައި އެބަހުރި ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަނުން މިހާރު ވެސް މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވުނު މައްސަލަތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޖަހާފައިވާ ދާގަނޑުތައް ހަލާކުވެފައި ހުރުމާއި ސައިޓްގައި ކުނި ގިނަވުމާއި މަދިރި އާލާވާ ގޮތަށް ތަންތަން ހުރުން ހިމެނެ އެވެ.
ޝިފާ ވިދާޅުވީ ހުރި މައްސަލަތައް ތަފުސީލާ އެކު އެނގޭނީ ސާވޭޔަރުން ކުރަމުން އަންނަ މަސައްކަތް މިއަދު ހަވީރު ނިންމައިލުމުން ކަމަށެވެ. މި ދެ ދުވަސް ތެރޭގައި ފާހަގަ ކުރެވުނު މައްސަލަތައް ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ގެނެސް، އެކަންތައްތަކާ މެދު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގައި މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަން ހުރި ނެތް ގޮތާއި ބާ އިމާރާތްތަކުގެ ހާލަތު ވެސް ބަލަން ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީގެ ސާވޭޔަރުން މިއަދު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ މަސައްކަތްތައް ފެށީ މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވި އުމުރުން ހަތް އަހަރުގެ ރަވްޝަން ޖިއާންގެ މަރާ ގުޅިގެންނެވެ.
ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރެހެންދި
18 December 2018
އަހަރަމެން ނިކަމެތިން އެންމެ މިނިޓަކަށްވެސް ސައިކަލް ބޭރުގަ ބަހައްޓާފަ ގޮސް އަންނައިރު އިންނަނީ ސްޓިކަރ ޖަހާފަ. މުއްސަނދިންނަށް ކޮންމެ ސަރުކާރެއްގަވެސް މޮޅުގޮތް
ލަބީދު
18 December 2018
އެކުއްޖާ އަދި ނޭންގެ ވަޅުލިކަމެއްވެސް...މިހާރު ހުރިހާކަމެއް އޯކޭ.....ބީތާވެދާނެ ސަހާދެއް.
ވާލުސޮރު
18 December 2018
މާކުރިންވެސް އިނގޭ ތިހެންކަން ބުނާނީ! ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީއަކުވެސް ރާއްޖެއަކު ނޫޅެ. ކޮރަޕްޝަނެއްވެސް ނެތް. ކުށްކުރާ ބަޔަކުވެސް މިރާއްޖެއަކު ނެތް. ހުރިހާކަމެއް ބަރާބަރު %100 މުސްލިމް ގައުމެއްމީ. ރައްޔިތުންނަށް ހަމަ ނޭނގެނީ.
ރާއްޖެ
18 December 2018
ވަރަށް މޮޅު އިންސްޕެކްޓަރުން ދިޔައީ. އެހެންވީމަ އެފަދަ ކަމެއް ފާހަގައެއް ނުވާނެ. މީހަކު އަންތަރީސް ނުވާނެތަ؟
ކަރީމް
18 December 2018
ވަޓް ދަ...ގަވާއިދާ އެއްގޮތަށް ނެތް ތަންތަން އެބަހުއްޓޭ އެކަމު މަސައްކަތް ހުއްޓުވަން ޖެހޭވަރު ކަމެއް ނެތޭ؟ މިއީ އަރަތެއްތަ؟ ބަލަ ގަމާރުންނަށް ނޭގެނީތަ ގަވާއިދާ އެއްގޮތަށް ކަންކަން ނެތިއްޔާ އެއީ އެންމެ ބޮޑު މައްސަލަކަން އަދި އެފަދަ ހާލަތެއްގައި މަސައްކަތް ކުރުމުގެ ހުއްދަ އެއްވެސް މީހަކަށް ނުދެވޭނެކަން. މިއޭ މައްސަލައަކީ...ހައުސިން މިނިސްޓްރީ މީހާއަށް ނޭގޭ ގަވާއިދު މިއީ ކޯއްޗެއްކަން. ޢެމީހުން ހީކޮށްގެން އެއުޅެނީ އެއީ ކުޅޭކުޅޭ އެއްޗެއްކަން އެނގިއްޖެ
ދެބަންދިހާރު
18 December 2018
ކޮންމެ ސައިޓަކުން ލައްކައެއްވަޓާލީމަ ތީގަނޯންނާނެ މައްސަލައެއްހުރި އެންމެ ސައިޓެއްވެސް ތި ސިޓީ ކައުންސިލަރުންގެ ފެންވަރު އެގޭތީ މި ބުނީ
ފޮސްކަލޯ
18 December 2018
އިނިސްޕެކްޓް ކުރަން ދިޔައީ ކުޑަކުދިންތަކެއް އެއްވެސް ތަޖްރިބާއެއްނެތް…
ފުވައްމުލަކު މީހާ
18 December 2018
ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާއެއް މަތިން ފެށިގެން އެންމެ ތިރިއަށް ކޮރަޕްޓް ވެފައިވާ މިންވަރު މި އިންސްޕެކްޝަންގެ ނަތީޖާ އިން ސާފުކޮށް ފެންނާނެއެވެ. ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ރިޒޯޓްތަކުގެ އިންސްޕެކްޝަނަށްގޮސްގެން މައްސަލަ ނުފެންނަ ގޮތަށް ހައުސިންގެ އާއި ސިޓީ ކައުންސިލްގެ އިންސްޕެކްޓަރުން މަސައްކަތް ކުރާ ސައިޓަށް ގޮސްގެން މައްސަލައެއް ނުފެންނާނެ. ދިވެހިރާއްޖޭގައި ކުއްވެރިވާނީ އަނިޔާ ލިބުނު ނިކަމެތި މީހާ.
މަރޭމިތުރާ
18 December 2018
[އެކަކު ކުރާކުށަކުން އެންމެންނަށް އަދަބުލިބުން ވާނީ ގޯހަކަށް! އެކަމަކު އެކުރިކުށަށް ޑަބުލިއުއަށް ފިޔަވަޅުނޭޅުން ވާނީ ގޯހަކަށް!]
ބަކުރުބޭ
18 December 2018
ކޮންތާކު މިޖެހުނީ. ރީތިވެއްޖެނު. ގުޅިގެން ހިންގާ ޖަރީމާ. މަސައްކަތްމެދުކެނޑިފަ ޖެހިގެން މިހިރަ އިމާރާތުން، ވައިރޯޅިއެއް ޖެހޭއިރަށް ސަތަރިބުރިބުރި އަންނާތީ ގޭތެރޭ ނުތިބެވޭ.