07 ޖެނުއަރީ 2019 - 16:12
ކޮލިފިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޮލިޓެކްނިކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސީއީއޯ އިން އައްޔަން ކުރައްވައިފި އެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ހަމަޖެއްސެވީ ޑރ. އަބްދުލް ހަންނާނެވެ. ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ޕޮލިޓެކްނިކްގެ ސީއީއޯ އަކަށް ހަމަޖެއްސެވީ ގދ. ގައްދޫ، ފަހާގޭ އަހުމަދު ނާސިރެވެ.
ނާސިރު ވަނީ އޯޕަން ޔުނިވާސިޓީ އޮފް މެލޭޝިއާ އިން ބިޒްނަސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓާއި ދައުލަތުގެ މީޑިއާ އިން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ޓިވެކް އޮތޯރިޓީގެ ކައުންސިލް މެމްބަރުކަމާއި ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓާއި ވިލާ ކޮލެޖާއި މަންދު ކޮލެޖުގައި ވެސް ނާސިރު ވަނީ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
ހަންނާނަކީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ މޯލްޑިވްސް ބިޒްނަސް ސްޓެންޑާޑްގެ އެޑިޓަރެއްގެ މަގާމެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ޑރ. އަބްދުލްހަންނާން އައްޔަން ކުރެއްވުމާ އެކު، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދު 47 އަށް އެރީ އެވެ. އޭގެ ތެރެއިން ނުވަ ބޭފުޅަކު ތިއްބަވަނީ ރައީސް އޮފީހުގަ އެވެ.
ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަކަށް ނާސިރު އައްޔަން ކުރެއްވުމާ އެކު، މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންގެ އަދަދަކީ 53 އެވެ. އަދި އޭގެ ތެރެއިން 10 ބޭފުޅަކު ތިއްބަވަނީ ރައީސް އޮފީހުގަ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑް
19 March 2019
މި އަދި ކިރިޔާ ރަގަޅު މީހަކު މިތަންތަނަށް އައްޔަންކުރާ ތަން މިފެންނަނީ. އެހެން ނޫނީ ކޮންމެވެސް އާއިލާ މީހެއް ނުވަތަ އާއިލާ މީހެއްގެ ރައްޓެއްސެއް ނޫނީ ރައްޓެއްސެއްގެ ބޭބެ މިލަނީ.
ވިލާ ސްޓުޑެންޓް
08 January 2019
މަރުހަބާ ނާސިރު ސާރ
ޟިރާ
08 January 2019
މީި ވަރަށް ނާއިންސާފު ރުސަރުކާރެއް. މަވެސް މީ މިސަރުކާރު ގެންނަން މަސައްކަތް ކުރިމީހެއް. މިހާރު ބޭނުމީ މިސަރުކާރު ވެއްޓެން. މަދުމީހަކު ފިޔަވާ ނާގާބިލް މީހުންނަށް މަގާމުތަޢް ބަހާ. މިސަރުކާރު ގެނައުމައްޓަކާ އެންމެބުރަކޮށް މަސައްކަތް ކުރެއްވި އެންމެގާބިލް ބޭފުޅުން ތިބީ އަދިވެސް މަގާމުގެ އިންތިޒާރުގަ.
ސްޓޫޑެންޓް
08 January 2019
ސާބަހޭ ނާސިރު ސަރ. ޔޫ އާރ އަމޭން.. މޭކް އަސް ޕްރައުޑް
ދީޕަލް
07 January 2019
ހަންނާނު އެއީ ޖޭޕީގެ މީހެއް، ގާސިމް ކޮލެޖު ހެދީ ޑރ. އަންވަރު އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް އެއިރު ޑރ. އަންވަރު މަސައްކަތްކުރީ ވިލާ ކޮލެޖުގައި އަދި އެމްއޭބީގައި، މިފަހަރު ހަންނާނު ޖޭޕީއަށް ސޮއިކުރުވައި އެލީ އެމްކިޔުއޭއަށް،
ޝާއިނާ ރަޝިދު
08 January 2019
ދީފަލް / މިނަމުގައި ކޮށްފައި އެވާ ކޮމެންޓު މިހާރުން އަޕްުލޯޑު ކޮށްފައިވާތި ކޮމެންޓު ކުރިމީހާ ބަރަހަނާ އެއޮތްވީ.. ބެއްޔާ މިފަދަ ބޯގަޅި ކޮމެންޓުތައް ނުކުރުމަށް ބުނަން އަދި ނަސޭހަތްދެން.. ބެއްޔާގެ ކޮމެންޓު ރަނގަލީ ޕުރިންޓެއްކޮށްފައި ބެއްޔާއަށް ތާއަބަދު ފެންނަ ގޮތަށް ގޭގައި ބެހެއްޓުން..
ކިއްލިބާޝާ
07 January 2019
އަދިވެސް މަގާމުތައް މީހުން އަޅާލާ ނުނިމޭދޯ.
ހަސަން ދީދީ
07 January 2019
މަރުހަބާ ޑޮކްޓަރ ހަންނާނު
ޚޫދި
07 January 2019
ޙަންނާނަށް މަގާމު ލިބުނީ މަލީހުގެ ބޭބެއަކަށް ވީމަ. މިވެސް ޔާމީނު ކޮނޑަށްލައިގެން ދުވި މީހެއް
ތަމީމް
07 January 2019
ހައްނާނަކީ ދީނީ އިިލްމު ވެސް އުނގެނިވަޑައިގެން ހުންނެވި ބޭފުޅެއް. އޭގެ އިތުރުން އަދީބެއް. މުހައްލިލެއް. އެންމެފަހުން ހަންނާނު ހުންނެވީ މޯލްޑިވްސް ޕޮލިޓެކްގެ ސީއީއޯގެ މަގާމުގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް..
ޞޮކި
07 January 2019
އެންމެ ފަހުން ހަންނާނު ހުރީ ޓިވެޓް އޮތޯރިޓީގެ ސީއީއޯ މަގާމުގައި.
ސީދި
07 January 2019
އަދީބެކޭ އަދީބެއްވީމަ ކަމުދާނެތަ...
ވަހިއްޓޭ
07 January 2019
އަދީބެކޭ؟ ޔޫ މީން ތަންތަން ލޫޓުވާ ވައްތަރު އަދީބު؟ ބިރުވެރި.
އެނގޭ
07 January 2019
އެއްއިރެއްގައިވެސް އެޑިޔުކޭޝަންގެ ޑެޕިޔުޓީމިނިސްޓަރަކަށް ހަންނާނު ނުހުންނަވާ އަދި.