އަލީ ޒައިދު
13 ޖެނުއަރީ 2019 - 18:43
ލާދީނީ ކަމަށް ބުނާ ވާހަކަ ދައްކާ މީހުންނާއި އެފަދަ މީހުންނަށް އިންޒާރު ދޭ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ޝެއިހު އަލީ ޒައިދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ދީނީ އެކި މައްސަލަތަކުގައި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހޫނު ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާ މައްސަލައިގައި ފުލުހުން ވަނީ "ސިރޫ އާޓްސް" ހިންގާ މުހައްމަދު ސިރުހާނާއި މިނިވަން ރޭޑިއޯގެ ނޫސްވެރިޔާ އައިޝަތު އާނިޔާއާ ސުވާލުކޮށްފަ އެވެ.
އަލީ ޒައިދު މިއަދު ބުނީ އޭނާ ދެއްކި ވާހަކަތައް ޓުވިޓާގައި ފެންނަން ހުންނާނެ ކަމަށެވެ.
"ދެއްކި ވާހަކަތައް އެހެރީ ޓުވީޓާގައި. އޭގެ އިތުރުން މީސް މީހުން އަޅުގަނޑޭ ކިޔައިގެން ރޯ ބުހުތާނު ދޮގު ހަދައިގެން ވާހަކަ ފަތުރާއިރު ޕޮލިސް އެކަމަށް ފިޔަވަޅު ނާޅުވައި ހާޒިރު މި ކުރަނީ އަޅުގަނޑު،" ޒައިދު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
Thahugeegakah alhugandu @PoliceMv ah dhiyumah ebeyfulhun edhijje! dhekki vaahaka eheree tweet gai. eyge ithurun mees meehun alhugandey kiyaigen roa buhuthaanu dhogu hadhaigen vaahaka fathuraairu police ekamah fiyavalhu naalhuhvai, haaziru mikuranee alhugandu. Adhuluveri velahvaa!
— Ali Zaid (@alizaid1000) January 13, 2019
ދީނަށް ފާޑުކިޔާ މީހުން އަދި އިންޒާރު ދޭ މީހުންގެ މައްސަލަތައް ފުލުހުން ބަލަން ފަށާފައި މި ވަނީ އިސްލާމް ދީނަށް ފާޑުކިޔާ ކަމަށް ބުނެ ބައެއް މީހުން ލާދީނީ ކަމަށް ދީނީ އިލްމުވެރިން ކަނޑައަޅުމުން އެފަދަ ބައެއް މީހުންނަކީ މުރުތައްދުވެ، މަރު ހުއްދަވެފައިވާ މީހުން ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.
އެ މައްސަލައިގައި ފުލުހުން މިދިޔަ ހަފްތާ ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ފާޑުކިޔާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާނެ އެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން ވަކި ފަރުދުންނާއި މުދަލަށް ގެއްލުން ދޭނެ ކަމަށް އިންޒާރުދޭ މީހުންގެ މައްސަލަތައް ވެސް ބަލާނެ ކަމަށް ފުލުހުން ބުނެ އެވެ.
"މިފަދަ މައްސަލަތަކާ ގުޅިގެން ވަކި ފަރުދެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު މީސް މީޑިއާގެ ޒަރީއާއިންނާއި އެ ނޫން ގޮތަކަށް ލިބިފައިވާ ނަމަ އެކަން މި ސާވިސް އަށް ހުށަހެޅުއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ އެ ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިކަލޯ
14 January 2019
އައްޔާ އަދިވެސް ކަލޭމެން ބޮޑެއްނުވޭ....! ދީނީ ވާހަކަ ދައްކާވަރައް ބޮޑުނުވާ ވަހަކަ މިބުނީ
އެސްޓޯއޯގެ މުވައްޒަފެއް
14 January 2019
ދީން ހަތިޔާރަކަށް ބޭނުންކޮއްގެން އެއްވެސް މީހަކު ، ބަޔަކު، ގައުމުގައި ފިތުނަ އުފެދޭ ގޮތަށް ކަންކަން ކޮއްގެން ނުވާނެ. ދީނީ މީހުންގެ އަމަލުތައް މިހާރު ހުންނަގޮތުން މި ބައިމީހުން ދީނުގެ ވާހަކަތައް ދެއްކިޔަސް އަހަރެން އަޅައެއް ނުލަން. އަހަރެންނަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް އަހަރެން މިހާރު އުޅެމުން ގެންދަނީ.
އަލީ ހުސެއިނު
14 January 2019
އެމްސީހަމީދު އިސްތިއުފާ
އަޙުމަދު
14 January 2019
އަލީ ހުސައިން ތިހެން ނުބުނަނިސް ހަމީދު އިސްތިއުފާ ދީފިއެއްނު،
އެޑްމިރަލް
14 January 2019
ދީނީ ޢިލްމުވެރިންނަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާ ކަމެއް މީ ، މީގެ ނަތީޖާ ހިތިވާނެ ، ޓްވިޓާގަ އުޅޭ ދީނަށް ފުރައްސާރަ ކުރާ ހައެއްކަ މީހުންގެ ދިފާޢުގަ ދިވެހި ފުލުހުން ، އުޅުމަކީ ލަދުވެތި ޢަމަލެއް ، ޢިލްމުވެރިންނަށް ޖެއްސުންކުރުން ހުއްޓާލާ،
ާއަދުރޭ
14 January 2019
ފުލުހުންގެ އެންމެ އިސް ވާޖިބަކީ ޤަވްމީ މަސްލަޙަތު ހިމާޔަތް ކުރުން .ފުލުހުން މަސައްކަތް ކުރަނީކީ ސެކިއުލަރިސްޓުންނަށް ޓަކައެއްވެސް ނޫން އަދި ވައްހާބީން ނާއި ސަލަފީންނަށް ޓަކައެއްވެސް ނޫން .މިތާ މި ޤަވްމުގަ އެބަ އުޅެ ޝާފިޢީ މަޒްހަބުގެ ގިނަބަޔަކުވެސް. ސަލަފީ ވައްހާބީ ފިކުރުގެ މީހުންގެ މައްސަލަ އަކީ ތިމަންމެން މި ބުނާގޮތް މީ އެންމެ ޙައްގު ގޮތޭ ދެން ތިބި އެންމެން އެ ތިބީކީ އެއްވެސް ގޮތެއްގަ އެއް ނޫނޭ ބުނުން އެއީ ޔަހޫދީން ނާ ނަސޯރާއިންވެސް ބުނާ ގޮތް.
ސޮބީހާ
14 January 2019
ޝޭހަށް ޕޮލިހުންގެ ފެންވަރާ އެވިރިންނަށް ހިނގާނުފޫޒު ރޭކާލީކަނަށްޓަކާ އުފާކުރަން
ބިން ޢަލީ
13 January 2019
އަދުގެ ގިނަ މުސްލިމުން ބޮޑެތިވެފައި ތިބީ ދީނަކީ އެހާ 'ސީރިއަސް' ކޮށް ނަގަން ޖެހޭ އެއްޗެއް ނޫންކަމަށް ދަސްކޮށް ދީގެން. ހުރިހާ ކަމެއްވެސް ހުއްދަ ވިސްނުމުގައި. އީމާންކަން ހިތަކަށް ވަންނާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމެއް ހުރެގެން. މިއީ ރާއްޖޭގައި އެންމެ ނެތް ސިފަތައް. ހެޔޮ ނަސޭޙަތަކުން ނުވިސްނުން، އަސަރު ނުކުރުން އެއީ ބިން ހެލުމާއި ސުނާމީ އެރުމަށްވުރެ މާ ބޮޑު ޢަޛާބެއް. މާތް ﷲ އަޅަމެން އިސްލާމް ދީނުގައި ޘާބިތުކުރައްވާށި!
ވާސަރީ
13 January 2019
ދީނަށް ފާޑުުކިިޔާ ބައެއްގެ މައްސަލަ އެބަ ބަލާތަ. ލޮލް. އެެހެެން ނޫނަސް މިއުޅޭ މިނިވަންކަމާ ހައްގުތަކަށް ގޮވާ މީހުންްނަށްވެެސްް ވާވަރަކީ، އިިސްްލާމްދީނަށްް މީހެެއްްގެެ ހިިތުގައި ލޯތްްބެެއްްޖޖެެހިގެެންް ކަމެެއް ކޮށްްފިިއްޔާ އެެމީހަކު އެެހުރީ ހައްްދުފަހަނަ އަޅާފަ. ހިިޔާލު ފާޅުކުރުމުގެެ ހައްގެެއްވެެސްް އެެމީހަކަށްް އޮވެެގެެންނުވެެ. ކިިހާ އިިންސާފުވެެރި.
ކެކެ
13 January 2019
ދީނީ އިލްމުވެރިންނައް ވިޔަސް މުސްލިމަކާ ދިމާލައް ލާދީނީ ގޮވާ ދީނުން ބޭރު ވެއްޖެޔޭ ނުގޮވޭނެ. ފުރަތަމަ ފާފަ ކުރާ މީހާ އައް ނަސޭހަތް ދޭން ދީނުގައޮންނަނީ.. މި ލޯތަކައް މިފެން ނަނީ ފަހުޒަމާނުގެ އަލާމަތް ތައް.. ވަރައް ސޭހުން ގިނަވާނެ.މީ ވަރައ ވާހަަކަ
އަހުމަދުބެ
13 January 2019
މީހާ ބުނާ ބަހަކުން ވެސް ދީނުން ބޭރު ވެދާނެއެވެ. ވިސްނާލާށެވެ.
ކެކެ
13 January 2019
ބަލަ ޕޮލިހައް ގެންގޮސް ސުވާލު ކުރުމަކީ މައްސަލައެއް ނޫން. ފިޔަވަޅެއް ގޯހުން އެޅުމަކީ ގޯސްކަމެއް.. ސުވާލު ކުރަނީ ކޮންކަމަކާ ގުޅޭ ގޮތުން ކަންވެސް އންގޭނީ ދިޔައީމަ. ހަމަ ވެދާނެދޯ ޒައިދު އައް އިންޒާރެއް ދިން މއްސަލައެއް ތަހްގީގްކުރަނީ ކަމައް... ނޫނީ ހަަމަވެދާނެ ގާނޫނުގެ މައްޗައްއެރުނީ ކަމައްވެސް.
ށަރޫ
13 January 2019
ލޮލް! ޢާނ ހަމަ ވެދާނެ ޝޭހު ރީތިކަމުން މޫނުދެކިލާ ހިތުން ކަމަށްވެސް ދޯ!