ރަސްފަންނުގައި އަޅަން ނިންމި ހަތަރު ޓަވަރުގެ ނަމޫނާއެއް-- ފޮޓޯ: މިހާރު
15 ޖެނުއަރީ 2019 - 17:05
ކޮރަލް ބްލެވާޑްގެ ނަމުގައި ރަސްފަންނު ސަރައްދުގައި ސިންގަޕޫރުގެ ކުންފުންޏަކުން ހިންގަން އުޅުނު ބޮޑު މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހެދި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ހިންގަން ހުއްދަދިން މަޝްރޫއުގައި މަތީ ފެންވަރުގެ 350 އެޕާޓްމަންތްގެ އިތުރުން ފިހާރަތަކާއި ކުޅިވަރު ކުޅޭ ތަންތަން ވެސް ހިމެނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން މިހާރު ނިންމާފައިވަނީ މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓްތައް ނުހިންގާ ގޮތަށެވެ. އެގޮތުން ކޮރަލް ބްލެވާޑްގެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރަން ނިންމައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ރަސްފަންނު މިކްސްޑް ޔޫޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތާޖުއްދީން ސްކޫލް ފުރަގަހުގައި ހަދަން ނިންމި ހަތަރު ޓަވަރަކީ 25- 28 ބުރީގެ އިމާރާތްތަކެކެވެ. އޭގެ ތެރޭގައި 128 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެއް ވެސް ހިމެނެ އެވެ.
ކޮރެލް ބްލެވާޑާއި ރަސްފަންނު ސަރަހައްދު ފެންނަ ގޮތަށް ހަދާފައިވާ ނަމޫނާއެއް ފޮޓޯ: މިހާރު
އެ ފްލެޓް އަޅަން ނިންމާފައި ވަނީ އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިޔަށް ގެންދަން އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.
މަޝްރޫއުގެ އަމަލީ ބައެއް މަސައްކަތްތައް ފެށުމުގެ އިތުރުން އެޕާޓްމަންޓްތައް ވިއްކަން ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ އިމާރާތުގެ ނަމޫނާއެއް އެސްޓީއޯ ހެޑް އޮފީހާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އޮންނަ ހުސް ބިމުގައި ވަނީ ބަހައްޓައިފަ އެވެ.
Rasfannugai hadhaa 4 tower ge bingaa Raees alhuvvaidhevvaifi
The most trusted news source in the Maldives
Mihaaru
ކޮރެޕް ބްލެވާޑް މަޝްރޫއުގެ ބިންގާ އެޅުން
މަޝްރޫއުއާ ބެހޭ ގޮތުން މިހާރުގެ ސަރުކާރުން ނިންމި ނިންމުމާ ބެހޭ ގޮތުން ކުންފުނިން އެއްވެސް މައުލޫމާތެއް ލިބޭތޯ "މިހާރު"ން މަސައްކަތްކުރި އެވެ. އެކަމަކު ޗަންހުއާގެ އެއްވެސް އޮފިޝަލަކާ ގުޅޭ ގޮތެއް ނުވި އެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ އަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމުމަށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން ޖެހެ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްޓުވާ
17 January 2019
މާލެ މިހާރު މިވަނީ ސްލަމް ސިޓީ އަކަށް. އެއްވެސް ޓަވަރެއް އަޅާނެ ކަމެއްނެތް. މީ ވަރަށް ރަންގަޅު ނިންމުމެއް
އެއްމިލިއަންދެރުފިޔާ
17 January 2019
އަދިވެސް ވަނީއޭތަކިޔަނީ، ވިނނިމިފަ އޮތްކަމެއް އެއީ. މާލެއަކީ ސްލަމް އެއް. އެތާދިރިއުޅޭމީހުންނަށް އެކަމެއް ނުވެސް އިންގޭ.. ފޮނިކަމުން...
ޖހހހހގފޗ×××
16 January 2019
ވަރައް ރަގަޅު ނިންމުމެއް ސަޅި
ޙަސަން އަޙްމަދު
16 January 2019
އެންމެ މަތީ ފަންތީގެ ލަގްޒަރީ މަޝްރޫއުތައް އެހާ ގިނަ. އާންނު ފަންތިއަށް އަތްފޯރާ އަގެއްގަ ކަމެއް ކުރިޔަސް ޖާގަ ދަތިކަމުން އާއިލާއެއް އުޅެން ކަމުނުދޭ.
އުނބުށެން
16 January 2019
ތޮއްޖެހި ފިތިބާރުވެފައިވާ މާލެއަށް ވުރެ ހުރިހާގޮތަކުންވެސް ތި މަޝްރޫޢު ހުޅުމާލޭގައި ހިންގުން ރަނގަޅެވެ.
މާލޭމީހާ
16 January 2019
ދެން މި މަޝްރޫއަކީ މޑޕ ގެ ކަމެއްކަމުގައި ހަދަން ކުރެވެން އޮރް ހުރިހާ ކަމެއް ކުރާތި. ދަމާކަނޑާ ސަރުކާރެއް.
ބަޑިތަކުރު
16 January 2019
ތިންއަހަރުން ނިމުނު ސަރުކާރުން އެކިރަށްރަށުގައި އަޅަން ހުރިހާކަމެއް ނިންމާފައިހުރި ފްލެޓްތައް ހުޅުމާލެއަށް ބަދަލުކޮށް އަޅާފައި ހިތުހުރިގޮތަކަށް ބަހާލީމާ އޯކޭވެފައި ތޮއްޖެހި ބާރުވެފައިމިވާ މާލޭން ހުޅުމާލެއަށް އެތަންތަން ބަދަލުކުރީމާ މައްސަލައަކަށްވާންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ.
ޙިނި
16 January 2019
ތި ޕުރޮޖެކްޓު ހުއްޓާލަން ގޮވާލަން، ޔާމިނު ޅިޔަނައް ދީގެން ހިންގާ ޕުރޮޛެކްޓުތައް ރައްޔިތުންނައް އަލިފުން ޔާ އައް ރައްޔިތުންނައް އެންގެންޖެހޭ. މިލިޔަނުން ކަޓުނުލާ އެއް ކަމެއްވެސް ނުކުރޭ، ކުންފުނީގެ ފަރުދާ ނަގަން ގޮވާލަން
ކީއް
16 January 2019
ހުއްޓާލަން ގޮވާލިއަސް ހުއްޓާލެވޭނީ ކިހިނެތް؟ މިހާރުގެ ސަރުކާރުގަވެސް ތިބޭނެ މިކަމުން ފައިދާ ނަގާނެ މީހުން. ކޮރަޕްޝަނޭ ކިޔާ އަނގަފުޅާ ކުރި މީހުން ވެރިކަމަށް އައީ ކޮރަޕްޝަން ނުކުރާކަށްނޫން. ކޮރަޕްޝަން ކުރިއަސް ބަލާނެ ބަޔަކު އަޅާލާނެ ބަޔަކުވެސް ދެން ނުވާނެކަން އެނގޭތީ. ދެން އޮތީ ހަބޭހަށް ކޮރަޕްޝަން ހިންގުން.
ފޫހި
16 January 2019
ތިޔަތަންތަން އައްޑުއަށް ބަދަލުކުރޭ. ކަނޑު ފެންނަ ފަށުގައި އަޅާ. ތިޔަތަންތަން ގަންނާނީ ބޭރުގެ މަހްޖަނުން އެމީހުން ކޮންމެހެން މާލޭ ބަލާކަށް ނޫން ބޭނުންވާނީ. އެމީހުން ބޭނުންވާނީ ސާފު މާހައުލެއް. އޭރުން އެ ހިސާބުވެސް ތަރައްޤީވާނެ.
ރޮކެޓް ސައިންސް
16 January 2019
މާލެ ފުރި ބަންޑުން ވީމާ ދެން ހުޅުމާލެ. ދެރަކަމެއްނުން އަތޮޅުތެރެ އަށް އެއްކަމެއްވެސް ކޮއްދޭކަށް އެއްވެސް ސަރުކާރަކުން ނުވިސްނާ. އަންނި ސަރުކާރުން އަތޮޅުޔެރޭގަ އަޅަން ނިންމި ފުލެޓުށްވެސް ފަހުން ބަދަލުވީ ހުޅުމާލެއަށް.
ަޔަގީން
16 January 2019
ތިޔައީ ވަރަށް ރަނގަޅުކަމެއް
ޢެޑްމުންޑޯ
16 January 2019
ޒާތީވިއަސް އަދި ޒާތީ ނުވިއަސް ތިޕްރެޖެކްޓް ހުޅުމާލެއަށް ބަދަލުކުރުމަކީ ވަރަށް ރގަޅަށް ކުރިކަމެއް ، ދުނިޔާގެ ކުރިއަރަމުން އަންނަ ގަެުމުތަކުގައި މިހާރު ހުސްތަނެތަން އިތުރުކޮށް ފެހިކުރަން ގިނަގަސްތަކެއް ހައްދަން ދަނީ ބިލިއަނުން ޚަރަދު ކުރަމުން ، ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކާއި ކެންސަރު ފަދަ ބަލިތަށް މަދުކުރުމަށް ކުރެވޭ އިންވެސްޓެއް އެއީ ، މިފަދަ ބަލިތަކަށް ކުރާޚަރަދު ކުޑަވެ އުފެއްދުންތެރިކަން އިތުރުވާނެ.