ރައީސާއި ގާސިމް: ކޯލިޝަން ޕާޓީތަކުން އެކުގައި ވާދަކުރެވޭނެ މަގެއް ނުފެނުނު މައްސަލައިގައި ގާސިމްގެ ހުންނެވީ ހިތްހަމަނުޖެހިފައި. --ފޮޓޯ/މިހާރު
21 ޖެނުއަރީ 2019 - 11:56
ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިގެން ކާމިޔާބީ ހޯދަން ސަރުކާރު ކޯލިޝަނުން ވީ އެއްބަސްވުމާ ދެކޮޅަށް އެމްޑީޕީން ތެދުވުމުން، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހައްލެއް ހޯއްދަވައި ނުދެއްވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ހަފުލާގައި، ސަރުކާރު ކޯލިޝަނާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ގާސިމް ވަނީ، އެމްޑީޕީއާ މެދު އޭނާގެ ހިތްހަމަނުޖެހުންތައް ތަކުރާރު ކުރައްވައިފަ އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ގޮތްހުސްވެ، އެ ޕާޓީގެ ޓިކެޓަށް ހުޅުވާލީ ކޯލިޝަން ސަރުކާރުގެ އެއްބަސްވުމާ އެއްގޮތަށް މަޖިލީސް އިންތިޚާބު ގެންދާނެ ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވުމުން ކަމަށެވެ. ކައުންސިލް ބާއްވައި ގޮތެއް ނިންމުމުގެ ކުރިން ވެސް ހައްލެއް ލިބޭތޯ ރައީސާއި އެމްޑީޕީގެ ރައީސް ނަޝީދާ ވާހަކަ ދެއްކެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތިމަންނާއާ، މުހައްމަދު ނަޝީދާ ދެ ބޭފުޅުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގޮސް އެ ގޮތް [ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުން] ބަދަލުކުރަން އެދުނަސް ނުކޮށްދޭނެއޭ. ދެން އަޅުގަނޑު ދެންނެވީ އެހެންތޯއޭ ވަރަށް ދެރައޭ. އަޅުގަނޑުމެން ބޭނުންވީ [ކޯލިޝަން] އެއްބަސްވުމާ އެއްގޮތަށްދާށޭ،" ގާސިމް ވިދާޅުވި އެވެ.
"އެހެން ނުދެވޭ ކަމަށް ވަންޏާ، އަޅުގަނޑުމެން އެއް ކެންޑިޑޭޓަކު، އަނެއް ކެންޑިޑޭޓަކާ ދިމާލަށް އެއްޗެހި ގޮވުމާއި ފަސާދަ އުފެދިގެން ދިއުން ނޫންތޯއޭ. އެގޮތަށް ދާކަމަށް ވަންޏާ އެއީ ވަރަށް ދެރަ ހާލަތެކޭ އެ މެދުވެރިވަނީ. އަނެއްކާވެސް އަޅުގަނޑުމެންނަށް މި ޖެހުނީ ހުރިތާ ތާ އޭ."
އޭގެ ފަހުން، ދެ ދުވަސް ފާއިތުވިއިރު ވެސް ހާލަތު ބަދަލުވާނެ ކަމުގެ ޔަގީންކަމެއް އަދި ރައީސްގެ ފަރާތްޕުޅުން ވެސް އެއްޗެއް ވިދާޅުނުވުމުން، ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި އެ ޕާޓީގެ ޓިކެޓަށް ހުޅުވާލީ ކަމަށް ވިދާޅުވި އެވެ.
"އެ މަގުން އަޅުގަނޑުމެން މި ހިނގަނީ. އެހެން އޮއްވައި އިހަށް ދުވަހު އަޅުގަނޑުމެންނަށް މި ފެންނަނީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޯލިޝަން ބްރޭކްކުރާ ވާހަކަ. އުވާލަން އިންޒާރުދޭ ވާހަކަ. ކޮން ކަމަކާތޯ؟ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް މެމްބަރަކަށް ނުވެވޭ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން،" ގާސިމް ވިދާޅުވި އެވެ.
އެ އިންޒާރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އުފެއްދެވީ ސުވާލެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ޓުވީޓުގައި ގާސިމް އެއްސެވީ ކޯލިޝަން އެބައޮތްތޯ އެވެ.
"އަދިވެސް އަޅުގަނޑު ނުދަންނަވަން [ކޯލިޝަން] ނެތެކޭ،" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް: އެއްބަސްވުމާ ޚިލާފުވީ އެމްޑީޕީން ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ:މިހާރު
ގާސިމް ރޭ ވެސް ވިދާޅުވީ އެއްބަސްވުމާ ޚިލާފުވީ އެމްޑީޕީން ކަމަށެވެ. އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރެއްވި އެއްބަސްވުމެއްގައި އޮތީ، ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 25 ޕަސެންޓު ގޮނޑިތައް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލާނެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެއްބަސްވުމުގައި ސޮއި ކުރައްވާފައި އޮތުމާ އެކު "އަދިވެސް ގަބޫލުކުރަނީ އެއީ އަހުދާއި ވައުދެއް"ގެ ގޮތުގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ 25 ޕަސެންޓް ދޭން އެއްބަސްވި ކަމަށް ގާސިމް ވިދާޅުވިއަސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފިޔަވައި ޕާޓީތަކުގެ އިސް ބޭފުޅުން ރައީސްއާ އެކު ވަކިވަކިން ސޮއި ކުރެއްވި އެއްބަސްވުމުގައި އޮތީ ސަރުކާރުގައި ޕާޓީތައް ތަމްސީލްވާނެ ނިސްބަތެވެ. ދެން އޮތީ މަޖިލީސް އިންތިޚާބުގައި ވެސް އެކުގައި މަސައްކަތް ކުރާ ވާހަކަ އެވެ.
ގޮނޑިތައް ބަހާނެ ގޮތެއް އެ އެއްބަސްވުމުގައި ލިއެފައެއް ނެތެވެ.
ގާސިމް މިކަން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީސް ވެސް ބަހަން ޖެހޭނީ ސަރުކާރު ބެހި ނިސްބަތަށެވެ. އެއްބަސްވުމުގައި އޮތީ އެހެން ކަަމަށް އޭނާ ވިދާޅުވި ނަމަވެސް އެމްޑީޕީން މިކަމަށް ދެކޮޅު ހަދަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި އެއްބަސްވި ގޮތަށް ރައީސަށް އަބަދުވެސް އެއްބާރުލުން ދޭނެ އެވެ.
"އެކަމަކު އެއީ، ގާނޫނުއަސާސީގެ ތެރެއިން، އަޅުގަނޑުމެންނަށް ކުރެވިފައިވާ އަހުދާއި ވައުދުގެ ތެރެއިން ދާ ކަަމަށް ވާ ނަމަ،" ގާސިމް ވިދާޅުވި އެވެ.
އެއްބަސްވުމާ ޚިލާފުވީ، ގާސިމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތަކަށް ކުރިމަތިލާނެ ކަމަށް އެމްޑީޕީން އިއުލާން ކުރި ހިސާބުންނެވެ. އެއީ، ކޯލިޝަން ސަރުކާރުގެ ޕާޓީއަކުން އަމަލުކުރާނެ ގޮތެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު މީޑިއާ ކުރިމަތީގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ދެން ފަހުން ޖެނުއަރީ މަހު ބޭފުޅުން ކޮޅެއް ވަޑައިގެން މަޝްވަރާ ކުރެއްވި. ގޮތްތަކެއް ނިމިގެން ދިޔަ. ވޯޓަށް އެހިއިރު، އެ ބޭފުޅުން ބޭނުން ގޮތަކަށް ކަންތައް ކުރެއްވީ. ކޮން ގޮތަކަށްތޯ، އެމްޑީޕީން ހުރިހާ ދާއިރާ އަކަށް ނުކުމެ 87، 86 ދާއިރާ އަށް ނުކުމެ ވާދަކުރަން. އެއީ އަހުދާއި ވައުދާ ޚިލާފުވުން،" ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްވެސް ޕާޓީއަކަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް."
އޭނާ ވިދާޅުވީ މަޖިލީސް އިންތިޚާބާ ދިމާކޮށް ފެންމަތިވި މައްސަލަތަކުގައި ޖުމްހޫރީ ޕާޓީގެ ކުށެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުބައިހާނު
22 January 2019
ސާބަހޭ ޤާސިމޫ. ބާކީތިބި އެންމެންނާ އެއްބައިވެ މަޖިލީހުން އެމްޑީޕީ މަދުކޮށްލާތި. ކޮންމެ ޕާޓީއަކުން މީހަކު ނުކުމެއްޖިއްޔާ ވަފާތެރި ކުދިންކޮޅު ނުކުމެ މުޅިމަޖިލިސް އެމްޑީޕީއަށް ކާލަންދޭނެ. އެހިސާބުން ރާއްޖެ ބޭރުމީހުންނަށް ވިއްކާލައި ދިވެހިން ރެފިޔުޖީންނަށް ހަދާލާނެކަން އެނގޭނެ ޔާމީނާ އެއްބައިވެގެން އަންނި ސަލާމަތްކުރަން ޤައުމު ވިއްކާލި ޑީލަށް ބަލާލީމާ
މޮޔާ
22 January 2019
"އަޅުގަނޑުމެން އެއްވެސް ޕާޓީއަކަށް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް." އެމްޑީޕީ 86 ދާއިރާއަށް ވާދަކުރަނިއްޔޯ، މީއަޅެ މޮޔައެއްތަ؟ އެއްޗެއް ނުލިބޭގޮތަށް އެމްޑީޕީ އަށް ހެދޭތަ؟ ކުރިމަތިލާބަލަ ރައްޔިތުން ނިންމާނެ އެމީހުންނަށް ރަނގަޅު ގޮތް.. ޤާސިމް ވެސް ޤަބޫލުކުރަނީދޯ ތާއީދު ނެތްކަމަށް، އޮޅިގެންވެސް ތިބުނެވުނީ އެހެން
އެމް.އެމް،ޖީ އިބޫ
22 January 2019
"އެއްވެސް ރައީސް އަކާއިއެކު ނޫޅެވޭ ލީޑަރު، ކޮންލީޑަރު؟"
ބުނެލީ
22 January 2019
ތީ މިގައުމުގެ ހަލާކު. އަނެއްފަހަރު ގައުމު އަނދަވަޅަކައް ވައްޓާނުލަ މަޑުން ހުރެބަލަ ހެޔޮނުވާނެ. ހަމަޖެހިގެން އަހަރުންވެސް ބޭނުން މިގައުމުގަ އުޅެން. ކަލޭމެން ސިޔާސީމީހުން އެކަނި ގައުމެއް ނޫންމީ.
ދެރަކަލޯ
22 January 2019
މީނައަށް ކަމުދާ ހަމަ އެއްގޮތްވެސް ނުހެދުނު ނުވިތާކަށް ހިންހަމަ ޖެހޭ ގަބޫލް ކުރެވޭ ނަމެއްވެސް ނުކިއުނު މަހުޖަނު ކިޔާ ބުރުމާ ކިޔާ މިހާރު ނުކިޔަނީ ނާށިގަނޑް
ޝައިމްބެ
21 January 2019
ނޫސްވެރިންވެސް އޮޅުވާނުލާ ހަގީގަތް ހާމަކޮށްދީ. ސަރުކާރުގެ ހިއްސާވާނެ ނިސްބަތުގެ އިތުރުން ހަމަ އެނިސްބަތުން މަޖިލީހާއި ކައުންސިލް އިންތިހާބުގައިވެސް ކޯލިޝަން ގުޅިގެން ވާދަކުރަން އެއްބަސް ވެފައިވާނެ. ދެން ވަކި އެއްބަސް ވުމެކޭ. ޕަސެންޓޭ. ކިޔަނެކަމެއްނެއް. ކޯލިޝަނެއް ނަމަ ކީއްވެތޯ ހުރިހާ ދާއިރާއަކަށް ވާދަކުރަނީ! ބައްލަވާ މިއަންނަ ސުރުހީ (އެމްޑީޕީގެ ނިންމުން އެއްބަސްވުމާ ޚިލާފުކަން ހާމަވެއްޖެ) މުއިއްޒު އިބްރާހިމް 02 ޑިސެމްބަރ 2018 - 14:26
ރިވިއު
21 January 2019
ސަރުކާރު ބަދަލުކޮށް އަދި ހިންގަން އެކުލަވާލި ކޯލިޝަންއެއްގެ ވާހަކަ މިދެކެވެނީ. އެކަން އެއޮތީ ވެ ނިމިފައި! ދެން މިދެކެވެނީ ރައިއްޔަތުންގެ މަޖްލިސްއަށް ރައިއްޔަތުންގެ ވޯޓްލައިގެން ބަޔަކު ހޮވާ ވާހަކަ! ސަރުކާރާއި ރައިއްޔަތުންގެ މަޖްލިސްއަކީ އެއްވެސް ހާލެއްގައި އެކައްޗެއް ނޫން. ގާސިމްއަށް އެވަރު ނުވިސްނެންޏާ ދެން ކީކޭ ބުނާނީ! ރައިއްޔަތުން ވޯޓުލައިގެން މެމްބަރުން ހޮވަން ލިބެންޖެހޭ ފުރުސަތު ޕާރޓީތަކުން ބައިއަޅައިގެން ނަގާލުން ނުހަނު ލަދުވެތި ދެއްތޯ!
އައިސް
21 January 2019
ރަގަޅު އެއްގޮތެއް ވެސް ނޯންނާނެ ޤާސިމަކަށް،
ހަސަނު
21 January 2019
ގާސިމާއެކު ނުކުމެ ރިޔާސީ އިންތިހަބުގަ މޮޅުވެ ގާސިމަށް ގާސިމުގެ ބައި އެއޮތީ ދީފަ ސަރުކާރުން.. މިހާރު މީ އެހެން އިންތިހާބެއް. މި އިންތިހާބުގާ ނުކުންނާނީ ގާސިމާ އެކުގާތޯ ނޫނީ ވަކިންތޯ އެއީ އެމްޑީޕީ ގެ އަމިއްލަ ހައްގެއް.. ގާސިމަށް ނެތް ތާއީދެއް އެމްޑީޕީ މެދުވެރިކޮށް ހޯދަން އުޅު ނުލިބިގެން މިއުޅެނީ....
ލަބީބު
21 January 2019
ވަރަށް ބޮޑު ތެދެއް!
1234
21 January 2019
އޭރުވެސް ބުނީމެއްނު ރައިސް އިބޫ އަކީ އެމްޑީޕީގެ ލީޑަރޝިޕްގެ ޕަޕެޓެކޭ!!