ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކެވަޑައިގަންނަވަނީ ކުރީގެ ރައީސުންނަށް ވެސް މަޖިލީހަށް ވާދަކުރެއްވެން ވާނެ ކަމަށް. -- މިހާރު ފޮޓޯ: ނިޝާން އަލީ
24 ޖެނުއަރީ 2019 - 17:25
ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަވެސް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރައްވަން ހުށަހެޅުއްވީ، ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ވެސް އެ އިސްލާހު ހުށަހެޅުއްވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ. އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ނުގެންނަވައި ލަތީފް އަލުން ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) އަށް ނަމްބަރެއް އިތުރުކުރާށެވެ.
އެއީ، މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ. މިއީ، އަންނަ އެޕްރީލްމަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ހުށަހެޅުއްވި އިސްލާހެއް ކަމަށް ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވަނީ ބުނެފަ އެވެ.
ގާނޫނުއަސާސީ އަށް ހުށަހަޅާ އިސްލާހު ފާސްވާނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ 63 މެމްބަރުންނެވެ.
ލަތީފް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފި ނަމަ، ތަސްދީގު ކުރައްވާނަންތޯ "މިހާރު" އިން ސުވާލު ދެންނެވުމުން ރައީސް ސިފަކުރެއްވީ އެއީ، "ގާނޫނުއަސާސީން ލިބިދޭ ހައްގެއް ގެއްލޭ އިސްލާހެއް"ގެ ގޮތުގަ އެވެ. އެ އިސްލާހު ތަސްދީގު ނުކުރައްވާނެ ކަމަށް ސާފުކޮށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
"އެއްވެސް މީހެއްގެ ސިޔާސީ މަސައްކަތަކަށް ހުރަސްއެޅޭ އެއްވެސް އިސްލާހަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން. އެ [އިސްލާހު] އަޅުގަނޑު ތަސްދީގެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.
އިންތިޚާބުތަކުގައި ވާދަކުރެއްވުމާއި ސިޔާސީ މަސައްކަތް ކުރެއްވުމުގެ ހައްގު ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ލިބިދީފައި އޮތްއިރު، އެއާ ތައާރަޒްވާ އިސްލާހެއް ވަކި މީހަކަށް އަމާޒުކޮށް ހުށަހެޅުމާ ގާނޫނީ ބައެއް ވަކީލުން ވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުވި ނަމަވެސް ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް މަޖިލީގުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން އެ ބިލެއް ފާސްކޮށްފި ނަމަ ރައީސަށް އެ ބިލް ތަސްދީގުކުރުން ލާޒިމްވާނެ އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް: ކުރީގެ ރައީސުން މަޖިލީހުގައި ތިއްބަވަން އޭނާ ދެކޮޅު. --ފޮޓޯ:ނިޝާން އަލީ/ މިހާރު
ބިލު ހުށަހެޅި ސަބަބު ތަފްސީލްކޮށްދެއްވަމުން، ލަތީފް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި މެމްބަރު ކަމަށް ވާދަނުކުރެވޭނެ ފަރާތްތައް ކަނޑައަޅާފައި ވަނީ 2008 ވަނަ އަހަރުގެ ހާލަތަށް ބަލައި، އެ ހާލަތުގެ މައްޗަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭގެފަހުން، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އާދާކޮށްފައިވާ ފަރާތްތަކެއް ހިމެނޭ ހިނދު، އެ ފަރާތްތަކަށް ގާނޫނުން ކަނޑައަޅާފައިވާ އިނާޔަތްތަކާއި ސެކިއުރިޓީ އާއި އަދިވެސް އޮފީސް ހިންގުމުގެ ޚަރަދު ފަދަ ގިނަ ޚަރަދުތައް ދައުލަތުން ކުރަމުން އަންނަ ކަމަށް ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނަކީ، ނަމޫނާ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ އުސޫލުން ޝަރަފްވެރިކަމާ އެކު ހިލޭ ސާބަހަށް މަސައްކަތްކޮށް ދެއްވުމުގައި ދެމިތިއްބަވަން ޖެހިވަޑައިގަންނަވާ ޝަރަފްވެރިންނެވެ.
ގާނޫނުއަސާސީގެ ކުރިން އިންތިޚާބާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުމާ އެކު އަނބުރާ ނަގަން ޖޭޕީން އެންގި އެވެ. އެކަމަކު ލަތީފް ވަނީ އިސްލާހު އަނބުރާ ނެންގެވުމަށް ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚުރީގެ ރައީސް
28 January 2019
ޤާނޫނެއް ނުހެދިއެއް ކަމަކު ކުރީގެ ރައީސުން އަމިއްލައަށް ވިސްނަންވާނެ މިފަދަކަންކަމާ. ޜައީސްކަން ކޮށްނިމުނީމަ ލިބޭ ރޮޓައަރމަންޓޮ ޕެކެޖެއް. ޢެހިފައިގެން އިންތިޚާބްތަކުގައި ވާދަކުރީމަ ކަޑަ.
ބަލައި ދެކޭނަށް
26 January 2019
މީހަކު ތަސްދީޤު ނުކުރިޔަސް ޤާނޫނު ތަސްދީޤުވާ ގޮތެއް ޤާނޫނުގަ އެބައޮވޭ . ސުމެއްގެ ވާހަކައެއް
ހެކް
25 January 2019
ތަންފީޛުކޮށްފިއްޔާ އަނެއްކާ ރައީސްކަން ގެއްލޭނީތަ؟ ނަޝީދުގެ ބަދަލުގައި ޔާމީން ކުރިމަތިލައިގެން ތި ކަންތައްގަނޑު ލައިގެންނަމަ ތަސްދީގުކުރިތަން ޔަގީނުންވެސް ފެނުނީސް.
މަރޭމިތުރު
25 January 2019
ގައުމީހިދުމަތަކަށް އެއްވެސް މީހަކު ބާކީކޮށްގެންނުވާނޭ! ގައުމުގެ ހިދުމަތަކަށް ކުރިމަތިލުމަށް ނޫނޭބުނަންނުވާނޭ!........................................................................ ގައުމީހިދުމަތަކަށް ނުކުންނައިރު އެމީހެއްގެ ޝަރުތު ހަމަވަންޏާ ގޮތްގޮތައް ގާނޫނު ބަދަލުކޮށް މީހަކު ބާކީކުރަންވިސންއިގެން ނުވާނެ. އެއީ ރައްޔިތުންނާއި މުޅިން ދެކޮޅުކަމެއް!
ޕޮޒިޝަންއަކީ
25 January 2019
ކުރީގެ ރައީސުން މަޖިލީހަށް ވާދަނުކުރެވޭ އިސްލާހު ރައީސް ތަސްދީގު ކުރާނެ ތޯ ނުކުރާނެ ތޯ އެއީ މަޖްލީހުގެ މެމްބަރުން ބަލަން ޖެހޭނެ ކަމެއް ނޫނޭ ތަސްދީގު ނުކުރުމުން ދެންވެސް ހަދާނެ ގޮތް އޮންނާނެއޭ އެއްގޮތަކަށް ވެސް ކުރީގެ ރައީސުންނަށް މަޖްލީހުގެ މެމްބަރުންނަށް ވާދަ ކުރެވިގެން ނުވާނެއޭ އެއީ މަޖްލީހުގެ މެމްބަރު ކަމަށް އަންނަން ތިބި ޒުވާނުންގެ ފުރުސަތު އެމެން ފޭރިގަންނަނީއޭ އެމެން ޖެހޭނީ ބަދިގޭގައި ހަނޑޫ ހޮވާލަ ހޮވާލާ ތިބެން ނޫންތޭ މިހާރު އެއީއޭ އެމެން
ހަސީނުބެ
25 January 2019
އަހަނަކީ އެވެސް ޕާޓީއެގެމީހެއްނޫން. އަހަރެން އިބޫއައްތާއީދުކުރިން އެމްޑިޕީމީހުން އިބޫއައް އެޗެހިކީހިސަބުންފެށިގެން ވެސް އެކަމަކު އިބޫ އައް ނަޝީދުގެ ނުބައިކަން އަދިވެސް ދަސްނުވީތީ އަހަރެން ވަރައްދެރަވެއްޖެ، ދެކިލަން ބޭނުންވަނީ މިގައުމް އަމާންކަންމަޓި މިފަސް އަހަރު ހެދަވުން. އިބޫ ހުނަނަވައިގެން އެންމެން ގޮވައިގެން މިގައުމް ކޮޅައްޖެހޭތޯބެލުން. އެކަމަކު ތިނަޝީދާހެދި ތިކަމެއްނުވާނެ
މައިން
25 January 2019
ތިނަޝީދު އަިސްގެން މިގައުމަކައްސަލާމަތެއްނެތޭ. އިބޫ އައް އަޅެފަހެނޭގެނީތޯ. ތީނަޔާކީ މިގައުމުގެ ހަލާކު.
ހަސަނުގެ
25 January 2019
މިހާރުވެސް ނަސީދު ރައްރަށައް ގޮސް ދަނީ މިވެނި ކަމެއް ކޮއްދޭނަމޭ ކިޔާ ވައުދު ވަމުން މަށައް މިހާރު ކޮންފިޔުޒު ވެޖެ
ހިޔާލު
25 January 2019
ބަލަ މަނިކުފާނު އަދި އެއްފަހަރު ވިސްނާލައްވާ؛ މިހާރުވެސް ރައްޔިތުންގެ މަޖުލީހަށް ކުރިމަތިލެވެނީ ވަކި ބަޔަކަށް. އެކަން އިސްލާހުކޮއްދެއްވަން ވީނޫންތޯ؟ ސިވިލްސާރވިސް މުއައްޒަފަކު މަޖުލީހަށް ނުކުންނަންޏާ އިސްތިއުފާ ދޭންޖެހޭ. މީ އިންސާފު ތޯ؟ ގާނޫނު އަސާސީގަ އޮންނަ ހަމަހަމަކަން އޮންނަނީ ވަކި ބަޔަކަށް
އިމްރާން
25 January 2019
ރައްޔިތުން ހޮވާފަައި ތިބޭ މެމްބަރުން ފާސްކުރާ ބިލް ރައްޔިތުން ހޮވާފައި ހުންނަ ރައީސް މީހާ ތަމްފީޒް ކުރަންވާނެ ނޫންތޯ. ތިހެން ވީމައޭ ގަޑު ބަޑުވަނީ.