ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލާގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި --ފޮޓޯ/މިހާރު
13 ފެބުރުއަރީ 2019 - 15:35
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ އެކައުންޓް ފްރީޒްކުރަން އަމުރު ނެރުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އެދިގެންނެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އެމަނިކުފާނުގެ ފަރާތްޕުޅުންނެވެ.
އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފަށަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފްރީޒްކުރި އެކައުންޓްތަކުގައި 100 މިލިއަން ރުފިޔާ ހުއްޓެވެ. ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވެ އެވެ. ޔާމީންގެ ވަކީލުންގެ ޓީމުން ކުރިން ބުނެފައިވަނީ އެކައުންޓްތައް ފްރީޒް ކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށާއިރު، ދައުލަތުން މިހާރު ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުޑުގުޑާ
14 February 2019
800އަހަރުމިގައުނުގެވިއޮތްތަރައްގީ އެއްމެފަސްއަހަރުއްގެނާމާ ތިޔައުޅުއްވަނީ ހަޖަމްނުކުރެވެގެން ލޯހުރިމީހުބަލާބަލަ ސިކުޑިހުރިމީހުއްވިސްނާލުމާރަގަޅޫ?
އަދީބު ޖަލުން ވަގުތުން!
13 February 2019
ގޯތީ ގެ މަސައްކަތް އޭނަ އަށް ކުރެވޭނީ ލާރި ކޮޅު ލިބިގެން ! މިހާރު އޭނަ އެ ހުރީ ހުސް އަތާ!
ނުކިއްސަރަށް ލާޖެއސިގޯތި
13 February 2019
އޭނައަށް ކިހިނަކުން ލިބުނު ކުއްލި މުއަސަނދި ކަމެއްތަ؟
ޖިނާޙް
13 February 2019
ކަދުުރު، އައިޖީއެމްއެޗް 25 ނެގި 1.5 ބިލިއަން.. އެމްއެމްޕީއާރުސީ ގެ ވސް. އެޗްޑީސީވެސް ދަރާނިމިފަ. ކިތައް މަޝްރޫއު ނުއަގުގަ އަދި ދެފަހަރަށް ކިތައް ކަންކަން ކުރްންޖެހު
އަތްޖަހާ
13 February 2019
100 މިލިއަން!! ކިހިނެއް ހޯދިހާ ފައިސާއެއްބާ. އަނބިމީހާ އެނގެން ބޭނުން ނުވިޔަސް އަހަރުމެން ބޭނުން އެގެން