ވީލްޗެއާގެ ފުރޮޅުވެއްޓުނު ގެ-- ފޮޓޯ: ޓްވިޓާ
24 ފެބުރުއަރީ 2019 - 18:59
މ. ޝޭޑީ ރެސްޓްގެ ފުރަތަމަ ބުރިން، ވީލްޗެއާގެ ފުރޮޅެއް ވެއްޓި މަގުމަތިން ދިޔަ ކުއްޖެއްގެ ބޮލުގައި ޖެހި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި 14 އަހަރުގެ ކުއްޖާގެ ބޮލުގައި ފުރޮޅުން ޖެހުމުގެ ސަބަބުން ބޯ ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.
މީހަކު މިއަދު ކުރި ޓްވީޓެއްގައި، ގެއެއްގެ މަތިން "ދަގަނޑު ހޮޅިއެއް" ވެއްޓި ކުއްޖެއްގެ ބޮލުގައި ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މިއީ ފުލުހުންނަށް ރިޕޯޓްކުރި ހާދިސާ ކަމެއް ޔަގީނެއް ނޫނެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ ގެއިން ފޭބި މީހަކު "އެއީ ގަސްތުގައި ކުރި ކަމެއް ނޫން" ކަމަށް ބުނެފައިވާ ކަމަށެވެ.
މި ފަހަކަށް އައިސް މި ފަދަ ހާދިސާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ހުޅުމާލޭގައި ހަދަމުން އިމާރާތަކުން ގަލެއް ވެއްޓި، ބަންގްލަދޭޝް މީހަކު މަރުވެފައިވާއިރު ގެއެއްގެ މަތިން ކަޓިންބޯޑެއް އަދި އެހެން ގެއަކުން، ތިރިއަށް ބާލަމުން ދިޔަ ކުނިކޮތަޅެއް ވެއްޓި މީހަކަށް އަނިޔާވެފައި ވެ އެވެ.
A Dhangandu Holhi Just Fell From a House Near Hiriyaa School & It Hit On My Sisters Head!! & The person who came down from the house said “Gasthuga ehnun” What The Actual Eff!! Meehaku maraalaafaves gasthuga nooney buneema hurihaa kameh hama veenu 😡
— Ùlķi (Mrs. David) (@Ul_dhOnthi) February 24, 2019
މާލޭގައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ބަންގްލަދޭޝްގެ ކުޑަ އަންހެންކުއްޖަކު ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މަރުވެފަ އެވެ. ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ރައިޝަން ޖިއާން މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ސަރުކާރުން ވަނީ އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭ ގަވައިދެއް ހަދައިފަ އެވެ.
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ ފިޔަވަޅުތަކުގެ އެންމެ ދަށް މިންގަނޑު ކަނޑައަޅާ މި ގަވައިދުގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންގެ ސަލާމަތީ އަދި ސިއްހީ ކަންކަމާ ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ގޮތާއި މަސައްކަތް ކުރުވާ ފަރާތުން، މަސައްކަތް ކުރާ ތަން ބަލަހައްޓަން ސައިޓް އިންސްޕެކްޓަރުން އައްޔަނުކުރުން ލާޒިމްކުރެ އެވެ. އަދި ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއެއް ނަމަ، މަސައްކަތްތެރިންނާއި ވަށައިގެން އުޅޭ މީހުންނަށް ވެސް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އިންޝުއަރެންސް ނެގުމަށް ވެސް އެ ގަވައިދުން ލާޒިމް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާމަސިލު
26 February 2019
މިއީ ރައީސް ސޯލިހު ވެރިކަމަށް އައީމަ މާލެތެރޭގަ ނުރައްކާތެރިކަން ބޮޑުކަން ދައްކަން ބަޔަކު ގަސްތުގަ ކުރާ ކަމެއްކަމަށް އަޑުއިވުން. އިމާރާތްތަކުން އެއްޗެހި ވައްޓަނީއޯ.. ހޮސްޕިޓަލެއްތެރޭ އުޅުނު ގޮތުން މިކަންކަންވެސް ނުކުރާނެއެކޭ ނުބުނެވޭނެ
ހޯނު
25 February 2019
ތި ވީލްޗެއަރ ފުރޮޅުތައްވެސް ހުންނަނީ ބެލްކަނި ތަކުގައި ހިއްކަން އަޅުވާފަތަ؟ މަ ވިސްނާ ވިސްނާ ވީލްޗެއްރ ފުރޮޅެއް އިމާރާތަކުން ވެއްޓޭނެ ގޮތެއް ނުވިސްނުނު
ސާބަސް123
25 February 2019
މިކަހަލަ ކޮންމެ ކަމެއް ހަބަރަކަށްވެފަ ނިމިގެންދަނީ. އަޅާ ފިޔަވަޅެއްނެތް. މީކިހާ އާދައިގެ ކަމެއްވީމަތަ އެއްވެސް މީހަކު ކުށްވެރި ނުވަނީ.
ސައި
25 February 2019
އަސްލުވާގޮތަކީ ބެލްކަނި ކޮޅެއްވެސް ނުލާ ވަށައިގެން ދޮރުބަހައްޓައިގެން ކޮތަރު ކޮށި ގޮތަށް ތަންތަން އިމާރާތް ކުރަން ހުއްދަ ދިނީމާ ވާގޮތްމީ ދެން މަގުގަ ހިގާމީހުންގެ ބޮލައް ކުޅުވެސް ޖަހަނީ ކުނިކޮތަޅުވެސް މަތީގަހުރެފަ މަގުމައްޗަށް އެއްލާލަނީ
ވިސްނުން
25 February 2019
މިގޮތަށް ބެލްކަނި ބަހައްޓަން ހުއްދަދެވިގެން ނުވާނެ. އަދި އަމުދުން އެފަދަ ތަންތަނުގައި އެއްޗެހި ބަހެއްޓުން މަނާކުރަންޖެހޭ.
އހޒ22
25 February 2019
ގެތަކުން އެއްޗެހި ފަރުވާ ކުޑަވެގެން ވެއްޓިގެން ލިބޭ ގެއްލުން އެގޭގެ އުޅޭބަޔަކު ނަގާ ގޮތައް ހަރުކަށި ގާނޫނު އެބަ ޖެހޭ ފާސްކުރަން .. ނޫނީ މިކަން ހަމަ އަކައް ނޭޅޭނެ .. މަތީ ބުރިޔަކުން މަގުމައްޗަައް ކިތަންމެ ކުޑަ އެއްޗެއް ވެއްޓުނަސް މާލޭގެ އާބާދީ ބޮޑުކަމުން އެ ވެއްޓޭ އެއްޗެއް މީހެއްގެ ބޮލުގައި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ..
އަނާ
25 February 2019
މިޙާރުވެސް އެހުރީ ބެލްކަނީގައި ހުރިހާ ސާމާނު. ޕިސްޕިސް
ވަނާ
25 February 2019
މަތިން ވެއްޓިގެން ތިރިން ދާ މީހުން ހިއްލާ ދާކޮޅު ތުވާލިން ފުހެވި ޖިންސް ވެއްޓިގެން ޖިންސްލެވި ބުރުގާ ވެއްޓި ބޮލުގައި އެޅޭ ގޮތަށް އެހުރީ.
ާާލައިޝާ
24 February 2019
ޝިފާ މިހާރު މިއޮތީ ހުރިހާ ބާރެއް ލިބިފައެއްނު ހާދަ ގިނައިންނޭ މިހާރު މަތިން ވެއްޓޭ އެއްޗެތިން މީހުނަށް އަނިޔާ ލިބެމުން ދަނީ ނިކަން އެންމެ ކުޑަމިނުން އިއުލާނެއް ނަމަވެސް ޖަހާލަބަލަ މިގޮތަށް އެއްޗެތި ވެއްޓިގެން މީހުނަށް އަނިޔާ ވާނަމަ އެބަޔަކު ބޮޑު އަދަދަކުން ޖުރްމަނާ ކުރާނެ ވާހަކަ ދުވާލެއް ނުދޭ މިފަދަ ގޮތަކަށް މީހަކަށް އަނިޔާއެއް ނުލިބި އަނެއްކާ މީވެސް ވައުދުގަ ހިމެނޭ ކަމެއްބާ
ވާލުސޮރު
24 February 2019
ރާއްޖޭގަ ޚާއްސަކޮށް މާލޭގަ ހަދާފަ ހުރި ފެންވަރުދަށް ޢިމާރާތްތައް ފުނޑުފުނޑުވެގެން ބޮލަށް ފައިބަންފެށުމުގެ ކުރިން ކަމާ ބެހޭ ފަރާތްތަކުން އެތަންތަން ބަލާ ޗެކްކޮށް ހުސްކުރަންޖެހޭ އިމާރާތްތައް ހުސްކުރުން ވަރަށް މުހިންމު. އެހެންނޫނީ އެކަންވާނީ އިންސާނީ ބޮޑު ކާރިސާއަކަށް. މިހާރު އަދި ތިވެއްޓެނީ ގާބުރިއެއް ނޫނީ ސިމެންތި ބަސްތާއެއްފަދަ އެއްޗެއް.
އެންދެެރި
24 February 2019
ހުޅުމާލެ އިން މަރުވި މީހާގެ ވާހަކަ ނުދަށްކަނީ ކީއްވެބާ!
ވަނާ
25 February 2019
އަދި ރާޑަރަށް ނާރަނީ..