ޚަބަރު / މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓަރު

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ސަލާމް ކުރައްވަނީ.

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭވަރުގެ ގައުމެއް ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ، އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމް/ކޮންގްރެސް ޕާޓީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މާރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވި ކަމަށެވެ. އެކަން ނުވީ އެ ކޮމިޓީއަށް މިހާތަނަށް މުގައްރިރެއް ކަނޑަނޭޅިގެންނެވެ.

އެކަން ނުވުމުން، މާރިޔާ މަގާމުން ވަކިކުރުމުގެ މައްސަލަ، އިދިކޮޅު ކޯލިޝަންގެ މެމްބަރުން ސޮއިކުރައްވައި މަޖިލިހަށް މިއަދު ހުށަހަޅާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭގައި ސޮއިކުރެއްވީ ކިތައް މެމްބަރުންނެއް ކަމެއް ނިހާން ވިދާޅެއް ނުވެ އެވެ.

"އެހެންކަމުން މިކަން 14 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

India ah Raajje hifidhaane kamah vidhaalhuvumun Mariya majilihah

India ah Raajje hifidhaane kamah vidhaalhuvumun Mariya majilihah

The most trusted news source in the Maldives

Mihaaru

މާރިޔާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުން--

ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމަކީ ގައުމީ މަސްލަހަތުގައި އެފަދަ މައްސަލަައް ބައްލަވާނެ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވި އެވެ.

މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީން އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ބޭފުޅުން ފަހަތުފަޔަށް ބުރަވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ހުރިހާ ދިވެހިން ވެސް ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"އިންޑިއާއާ ގުޅޭގޮތުން އެ ދެކެވުނު ވާހަކަތަކަށް ރާއްޖޭގެ ރައްޔިތުން ކަންބޮޑުވޭ. އެއީ ދިފާއީ ވަޒީރެއްގެ ހައިސިއްޔަތުން ވިދާޅުވެގެން ވާނެ ވާހަކަފުޅެއް ނޫން،" އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އެ ގައުމު ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި، މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ. އިންޑިއާ އިން ބޭނުންވެއްޖެ ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ.

32 ކޮމެންޓް, 114 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 3%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު އަމީން

26 February 2019

ކަމަކު ނުދޭ މަރިޔާމެން ސްކާޓްބުރި ލައިގެން ރަސްމީ ކަންކަމުގަ ރާއްޖެ ތަމްސީލް ކުރަން ދިޔައީމަ. ލާންވާ ހެދުމެއް އެނގެނިކީނޫން ދައްކަންވާ ވާހަކަޔާ ނުދައްކަންވާ ވާހަކަ އެނގެނީކީނޫން.

The name is already taken The name is available. Register?

ޢަހައްމާ

26 February 2019

ބަލަ މިޒަމާނަކީ ހަތިޔާރު އަޅައިގެން ބޮޑެތި ލަސްކަރުތަށް މިނިވަން ގައުމުތަކަށް އަރާ ޒަމާނެއްނޫނެވެ. އިކޮނޮމިކަލީ ގޮތުން ގައުމު ދަރުވާލައިގެން ބޮޑެތި އިންޓަރެސްޓްއާއި ގައުމަށް އެކަށީގެން ނުވާ ބޮޑެތި ލޯނުތަށްދީގެން ގައުމު މުށުތެރެއަށް ލުމަށްފަހު ގައުމުގައި ހުރި ހަރުމުދާ (ރަށްތަކާއި ފަރުތަށް ފަޅުތަކާއި ހާހާތަށް) ނުއަގުގައި ގަނެ 99 އަރަށް ނަގާއި ގައުމު މިނިވަބަކަށް ނަގާލާ ޒަމާނެއެވެ. ރައީސް ޔާމިން ވެރިކަމުގައި މިކަންވަނީ ކޮއްފައެވެ.

The name is already taken The name is available. Register?

އަހުމަދު އިބްރާހިމް

26 February 2019

އެހެން ވެގެންނޭ ބަދަލުކުރީ.... ދެން އެކަންކަން އިސްލާހު ކުރަންވީއޭ

The name is already taken The name is available. Register?

އަމާނާތް

26 February 2019

ބޭރުކުރޭ. އިންޑިޔާ އޭޖެންޓުންތަށް އެކީ އެކައްޗަކަށް ބޭރުކުރޭ.

The name is already taken The name is available. Register?

ޖަމްނާ

26 February 2019

އަންނިގެ ހަލާކަކީ މާރިޔާ ދިން ނުބައި ލީގަލް އޮޕީނިއަންކަން އަންނިއަން އެނގޭނަމަ. އަބްލޯ ހައްޔަރެއް ނުކުރެވޭނެ. ވައްސަލާމް

The name is already taken The name is available. Register?

ވަރަށްވާހަކަ

26 February 2019

މިނިސްޓަރު ކަމަށް ލާންވަނީ ދިވެހިން!

The name is already taken The name is available. Register?

ނުޒޭރު

26 February 2019

ހަމަ މިހާރުން މިހާރަށް ބޭރުކުރަން ޖެހޭ...

The name is already taken The name is available. Register?

ދޮހޮއްކޮބެ

26 February 2019

މާރިޔާ ޑިފެންސް މިނިސްޓަރ ކަމުން ބޭރުކުރަން ތާއިދު..

The name is already taken The name is available. Register?

އަބްދުއްالله

26 February 2019

މައްސަލައަކީ އަންހެނެއް ވީމަ.

The name is already taken The name is available. Register?

އަބްދުﷲ

26 February 2019

އަންހެނަކަށްވީމަ މައްސަލައެއްނޫން. މައްސަލައަކީ އިންޑިއާގެ އުނގަށް މާބޮޑަށް ވެއްޓިގަތީމަ. އެހާލަތުގައި އޭނާ އަކީ އަންހެނެއްތޯ ފިރިހެނެއްތޯ؟ އެޕާޓީގެ މީހެއްތޯ މިޕާޓީގެ މީހެއްތޯ ބަލާކަށް ރައްޔިތުންނަށް މުހިންމު ނުވާނެ. މިގައުމުގެ މިނިވަންކަން ރައްޔިތުންނަށް މުހިންމު ވާނީ.

The name is already taken The name is available. Register?

.ތެދެއް

26 February 2019

.ވައްކަން ފޮރުވޭނެ މާގިނަ ގޮތަކެއްނެތް މަހުޖަނުގެ އެކައުންޓަށް އެކަންޏެއް ނޫން ރޔާމީންގެ އެކައުންޓަށް އެކަންޏެއް ނޫން ތި ފައިސާ ވަނީކީ މިހާރު ރައީސް ކަމުގާ ތިހިރަ އިބޫ އެކައުންޓަށް ވެސް ވަދެފާ ވަނީ 150 ވުރެ ގިނަ މީހުން ނެރުނު ބަޔާނުގާ އެބަވޭ ދެން ކޮން ގުދޯ ގުދޯއެއް ތި ގޮވަނީ.

The name is already taken The name is available. Register?

އެމްސް

25 February 2019

ވައްކަން ފޮރުވޭނެ މާގިނަ ގޮތްތަކެއް ނެތް، ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ކުންފުނިތަކަށްވެސް އެމްއެމްޕީއާރުސީގެ ފައިސާވަނީ ޖަމަޢަވެފައި. އެހެންވީމަ ދެން އޮންނާނީ އަނެއް ފެބްރުއަރީ 7 ގެނައުން، އޭގެ މަރުޙަލާއެއް ޕީޕީއެމް އިން ތިފަށައިގަތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454