ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޔާސަތުގައި މަޖިލިހުގެ ރައީސް ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.
18 މާޗް 2019 - 16:52
ޓެކްސްއެއް ނެގުމަށް ނުވަތަ ޓެކްސްއެއް އުނިކުރުން ފިޔަވައި ދައުލަތުގެ މާލިއްޔަތަށް ބަދަލު އަންނަ އެހެން ކަންކަން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މަޖިލިހަށް ހުށަހެޅޭ ގޮތަށް މަޖިލިހުގެ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.
މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) އަށް އިސްލާހު ގެންނަން ފާސްކުރީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 15 މެމްބަރުން ވޯޓު ދެއްވިއިރު އެއީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ.
މި އިސްލާހަށް ތާއީދު ކުރެއްވީ އިދިކޮޅު މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނެވެ.
އެ އިސްލާހުގައިވާ ގޮތުން ޓެކްސްއެއް ނުވަތަ ޓެކްސްއެއް އުނި ކުރަން ބިލްތައް ހުށަހަޅާނީ ސަރުކާރުންނެވެ. އެކަމަކު، މީގެ ކުރިން ގަވައިދުގައި ބުނެފައިވާ ދައުލަތުގެ މާލިއްޔަތުން ވަކި ކަމަކަށް ފައިސާ ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް ހުށަހަޅާނީ ސަރުކާރުން ކަމަށް ބުނާ ބައި ވަނީ އުނިކޮށްފަ އެވެ.
އެހެންކަމުން ދައުލަތުގެ ބަޖެޓުން ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް މެމްބަރުންނަށް މަޖިލިހަށް ހުށަހަޅައި، އެ ފާސް ކުރުމަށް މިހާރު ހުރަހެއް ނެތެވެ. އެކަމަކު، ޕީޕީއެމުން ވެރިކަން ކުރިއިރު، ދައުލަތުގެ ބަޖެޓުން ވަކި ކަމަކަށް ހަރަދު ކުރުމަށް ނުވަތަ އުނި ކުރުމަށް މެމްބަރުންނަށް މަޖިލިހަށް ހުށަނޭޅޭ ގޮތަށް އެ ޕާޓީން ބޭނުންވެގެން އޮތީ ގަވައިދު އިސްލާހު ކޮށްފަ އެވެ.
ގަވައިދަށް ގެނައި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރެއްވި، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މިއީ ސަރުކާރަށް ޕްރެޝަރުކޮށް، ޖެއްސުން ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން އިދިކޮޅު މެމްބަރުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
"މިސާލަކަށް މަސްވެރިންނަށް 10،000ރ. ދޭންވީ ކަމަށް ބުނެ މެމްބަރުންނަށް ހުށަހެޅި ދާނެ. ޖަމިއްޔާތަކަށް މިވެނި ވަރެއް ދޭންވީއޭ ކިޔާފައި ހުށަހެޅި ދާނެ. ބިލްތައް ހުށަހަޅާއިރު ދައުލަތުގެ މާލިއްޔަތުގެ އެ ފުދުންތެރިކަން ހުރިތޯ ނެތްތޯ އެނގޭނީ ސަރުކާރަށް،" އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.
"އެކަމަކު، ފައިސާ ހުރެގެންތާ މަޖިލިހުން ފާސް ކުރިޔަސް ދެވޭނީ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއާމްދަނީ
28 November 2019
ޢާމަދަނީ އަކީ ކޮބައިކަން ސާފްކޮށް ކަނޑައެޅިފައި އޮތުން ވަރަށް މުހިންމު..ދިވެހީންގެ ތެރެއިން ގިނަބަޔަކު އަނބުރަނީ އެއްބައެއްގެ ފައިސާ.
ކަރީޕައުޑަރ
16 October 2019
"މިސާލަކަށް މަސްވެރިންނަށް 10،000ރ. ދޭންވީ ކަމަށް ބުނެ މެމްބަރުންނަށް ހުށަހެޅި ދާނެ. ޖަމިއްޔާތަކަށް މިވެނި ވަރެއް ދޭންވީއޭ ކިޔާފައި ހުށަހެޅި ދާނެ. ބިލްތައް ހުށަހަޅާއިރު ދައުލަތުގެ މާލިއްޔަތުގެ އެ ފުދުންތެރިކަން ހުރިތޯ ނެތްތޯ އެނގޭނީ ސަރުކާރަށް،" އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ. މިގައުމުގައި އެބައޮއް އެސެޓެއް އެބޭނުންކުރީމާ ނިމުނީ އެއީ ދިވެހިރައޔަތުން ފާޑުފާޑުގެ ނަން ކިޔާފައި ޖިޒީނެގީމަ ނިމުނީ މިހާރުވެސް ހަދަނީ މިހެން
ކޮބީނިޒަމް
01 April 2019
3 ބާރު ވަކިކޮށް އޮތީމަ ރައްޔިތުންނަށް ވާނީ ގެއްލުން. 2012 އިގަ އެމްޑީޕީ ސަރުކާރު ވެއްޓުމުގެ މައި އެއްސަބަބަކީ ވެސް 3 ބާރު ވަކިވެފައި އޮތުން. 3 ބާރު ވަކިވެފައި އޮވެގެން މިރާއްޖޭގައި ވެރިކަމެއް ނުކުރެވޭނެ. ޔާމީނަށް 5 އަހަރު ވެރިކަންކުރެވުނީ އަނެއް 2 ބާރު އޭނަގެ ބާރުގެ ދަށުގަ އޮތީމަ. 3 ބާރު ވަކިކުރުން އެއީ ހުޅގުގެ ފިލޯސަފީއެއް. އެކަކަމު އެއީ މިސްޓޭކެއްކަން ހުޅަގުގެ ޕޮލިޓިކަލް ސައިންޓިސްޓުންނަށް ވިސްނި 3 ބާރު އެއްކޮށްލުމާ ދިމާލަށް އެދަނީ
މަރިޔަން އަޒުރާ
18 March 2019
ނިޒާމު ގަނޑުބަޑު ނުކުރޭ! ޤާނޫނު ހަދާ މަޖިލީހަކީ ސަރުކާރުގެ ބާރުތަކެއް ނެނގޭނެ ބައެއް ނޫން! މިހެންދާ ކަމަށް ވަންޏާ އެމްޑީޕީއަށް އަގުލަބިއްޔަތު ދިނުން ނޫންގޮތެއް ނެތް! ކަލޭމެންގެ ތަޢުލީމީ ފެންވަރު ވަރަށް ރަނގަޅަށް އެނގޭ. އުއްމީދު ކުރަން އެއްމެ ދަށްފެންވަރު ބޭސިކުޑިގުރީ އެއް ހާސިލުކޮށްފައިވާ މީހުން ރައްޔަތުންކައިރިއަށް އައިސް އާދޭސްކޮށްގެން މަޖިލީހައް ދާނެ ދުވަހަކަށް އިންތިޒާރު ކުރެވޭ. މިހާރު އެބަތިބި ގުރޭޑު 5 ގެ ފެންވަރުވެސް އެތަކެއްބަޔަކުމަޖިލީހު
ކާޖާ
18 March 2019
މިއީ ޔާމީނުގެ އޭޖޭންޓުންތަކެއް ޖޭޕީއަށް ފޮނުވައިގެން އެ ޕާޓީ ތެރޭގައި އަތްގދަ ކޮށްގެން އުޅުމުގެ ނަތީޖާްއެވެ. ގާސިމް ހަމަޖެހިލައިގެން ހުންނާކަށް ޔާމީނު ނޭދޭނެއެވެ.
ބަގީ
18 March 2019
އިދިކޮޅު މީހުންނާ ގުޅިގެން ސަރުކާރުގެ އަތްފައިބަންނަތަން މިފެންނަނީ. މަޖިލީސް އިންތިހާބަށް ފަހު ޖޭޕީއިން އިދިކޮޅާ އެއްކޮށް މަސައްކަތްކުރާ މީހުންތައް ސަރުކާރުން ބޭރުކޮށްލުމަކީ އެއްމެ ރަނގަޅުވާނެ ގޮތް. ދެކޮޅުން ކައިގެން ސަރުކާރަށް އުނދަގޫކުރަން ފުރުސަތު ދިނީމަ ނިކުންނާނެ ނަތީޖާ ރަނގަޅުވާނެހެނެއް ހިޔެއް ނުވޭ.
ސުދާ
18 March 2019
ބަލަ ސަރުކާރު ފިޔަވައި މަޖިލީހުގެ މެންބަރުން ވެސް ރައްޔިތުން ނަށް ފައިދާވާ ކަންކަމަށް ބިލު ހުށަހެޅެން ޖެހޭނެ. އެމްޑީޕީ މެންބަރުން މި އުޅެނީ ކޮންހެނެއް
ބޭކާރު
18 March 2019
މީކީ މްސަލައެން ނޫން. ރައްޔިތުންނަށްވެސް މި ބާރުދޭންވީ!
އަލީރާޖާ
18 March 2019
ޖޭޕީގެ ތޮފި އަޅައިގެން ތިބޭ ޔާމީނުގެ ގްރޫޕުތައް ސަރުކާރަށް ޖެއްސުން ކުރުމަށް ކުރި ކަމެއް. އަދި އެމީހުންގެ ސީދާ އަޢުލަބިއްޔަތެއް އޮންނަ ނަމަ ކިހާ ވަރެއް ދައްކާލާނެ؟ ސަަރުކާރު ހިންގިޔަ ނުދޭނެ.
ފިސާރިކަނބަލެއް
18 March 2019
މިފަހަރު ވޯޓްލާއިރު މިކަންތައްތަކަށް ވަރަށް ރަގަޅައް ވިސްނާފަ ވޯޓް ދިނުން ބުއްދިވެރި، ނޫނީ ފަހުން ކުރާނެ ހިތާމަ މާބޮޑުވާނެ، ދިވެހި ރައްޔިތުންނަށް މިކުރާ ޖެއްސުން ހުއްޓާލާފަ، ސޭޓް ބުރޭކެއް ނަގަން ފެނޭ