ކ. އެނބޫދޫފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއް. --- ފޮޓޯ: މިހާރު
19 މާޗް 2019 - 18:03
ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވި ނަމަވެސް އެކަމާ މެދު ގޮތެއް ނުނިންމައި އެ ކޮމިޓީގައި އެ މައްސަލަ ދިގު ދަންމައިފި އެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ އިސްލާހު ބާތިލް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދިޔަ ރިޔާސީ ކެމްޕެއިންގައި ވިދާޅުވެފަ އެވެ. ކެމްޕެއިންގައި އެމަނިކުފާނު އެންމެ ކަންބޮޑުވުން ފާޅުކުރެއްވި އެއް މައްސަލަ އަކީ ވެސް އެއީ އެވެ. އެކަމަކު، ބިދޭސީންނަށް ރާއްޖެ އިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ފާސްކޮށްފައިވާ ފާސްކުރުން ބާތިލް ކުރުމަށް މަޖިލިހަށް ހުށަހެޅުމުން އެކަން ބާރަށް ކުރިއަށް ނުގެންދާތީ ބައެއް މެމްބަރުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވޯޓާ އެކު، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭ ގޮތަށް ކަނޑައަޅައި މަޖިލިހުން ފާސްކުރީ ޖުލައި 22، 2015 ގަ އެވެ. އެ އިސްލާހު ފާސްކުރީ 70 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ދެކޮޅު ހެއްދެވީ އެންމެ 14 މެމްބަރުންނެވެ.
އޭގެ ފަހުން، ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލް ކުރަން މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މަޖިލިހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު މަޖިލިހުގެ ރިޔާސަތުން ކޮމިޓީ އަށް ފޮނުވި ނަމަވެސް ކޮމިޓީގައި މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުހިނގަ އެވެ. އެ ކޮމިޓީގައި އޮތީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އަޣުލަބިއްޔަތެވެ.
"މެމްބަރުންގެ ވިސްނުމަށް ބަލާ އިރު، އެ ބިލް މަޖިލިހަށް ބަލައިގެންފައި އޮތީ. މާނަ އަކީ މަޖިލިހުގެ ރުހުން ލިބިފައި އޮތް ބިލެކޭ އެއީ. އެކަމަކު، [ކޮމިޓީން] އެ ފާސްނުކޮށް ލަސް ކުރުން މައްސަލައެއް،" ސައުދު
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު، ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ (ކުރީގެ ބްރިގޭޑިއާ ޖެނެރަލް) މިއަދު ވިދާޅުވީ ބިލާ މެދު ގޮތެއް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި މެމްބަރުންގެ އަޣުލަބިއްޔަތުން ފެނިވަޑައިގަތީ އަންނަ މޭ މަހުގެ ނިޔަލަށް ކަމަށެވެ. އެކަމަކު، އޭގެ ކުރިން ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިގެން އެކަމާ މެދު ގޮތެއް ނިންމަން މެމްބަރުން ބޭނުންވާ ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށް ދީދީ ވިދާޅުވި އެވެ.
މަޖިލިހުގެ މެމްބަރުން އަންނަ އޭޕްރީލް މަސް ނިންމައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާ އިރު، ދެން ދެ ވަނަ ދައުރުގެ މަސައްކަތްތައް އާ މެމްބަރުންނާ އެކު ފަށާނީ ޖޫން މަހު އެވެ. އަދި މަޖިލިހުގެ އާ މެމްބަރުން މޭ 28 ގައި މަގާމުގެ ހުވާކުރައްވާނެ އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް މުހައްމަދު ދީދީ: ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ އިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމުމުގެ ސުންގަޑީގެ ކުރިން ވެސް މެމްބަރުން ބޭނުން ނަމަ އެކަން ކުރެއްވޭނެ ކަމަށް ވިދާޅުވި.
އެކަމަކު، މީގެ ކުރިން މަޖިލިހުގެ ދައުރު ނިންމައި ފަސް އަހަރުގެ އާ ދައުރު ފަށާއިރު ނުނިމި ހުންނަ ބިލްތަކާއި މައްސަލަތައް ވަނީ ބާތިލްކޮށްފަ އެވެ. މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖަލްސާތައް ފެށިއިރު، އޭގެ ކުރީގެ މަޖިލިހުގެ ދައުރުގައި ނުނިމި ހުރި ބިލްތަކާއި މައްސަލަތައް ވެސް ބާތިލްކުރި އެވެ. އެހެންވެ، މި ފަހަރު ވެސް އާ މަޖިލިސް ފަށާއިރު، މިހާރުގެ މަޖިލިހުން ނުނިންމާ ހުރި ބިލްތަކާއި މައްސަލަތައް ކުރިއެކޭ އެއްގޮތަށް ބާތިލް ކުރުމުގެ ފުރުސަތު ބޮޑެވެ. ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ ހުށަހެޅުމަށް މި މަޖިލިހުން ގޮތެއް ނުނިމިއްޖެ ނަމަ ދެން ޖެހޭނީ އާ މަޖިލިހަށް އަލުން މައްސަލަ ހުށަހަޅާށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކޯލިޝަންގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ކޮމިޓީން ބިލް ފާސް ކުރުމުގެ ކުރިން ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް، މިފަދަ ބޮޑު ކަމެއް ކުރާ އިރު، ސަރުކާރާ މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހިއެއް ނުވޭ ބިލް މަޖިލިހުގެ ފުރަތަމަ ދައުރުގެ ޗުއްޓީ އަށް ދިއުމުގެ ކުރިން ނިމޭނެ ހެން. އެއީ ކުރަން މިއުޅެނީ ބޮޑު ކަމެއް. ގާނޫނުއަސާސީ އަށް ބަދަލު ގެންނަ ނަމަ، މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ތަޅުމުގައި ތިއްބަވައިގެން މިކަން ކުރެވޭނީ،" މެމްބަރަކު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވި ގޮތުގައި، ބިލްގެ މަސައްކަތް ކޮމިޓީން ނިންމާލެވޭނީ މެއި މަހުގެ ތެރޭގަ އެވެ. އަދި މަޖިލިހުގެ ތަޅުމަށް ފޮނުވައި، ވޯޓަށް އެހޭނެ ކަމަށް ބެލެވެނީ ޖޫން މަހު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ މެމްބަރުން އަންނަ އޭޕްރީލް މަސް ނިންމައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާ އިރު، ދެން ދެ ވަނަ ދައުރުގެ މަސައްކަތްތައް އާ މެމްބަރުންނާ އެކު ފަށާނީ ޖޫން މަހު އެވެ.
މި މައްސަލައިގައި، ވިލިނގިލީ ދާއިރާގެ ޖޭޕީގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ މަޖިލިހުގެ މަސައްކަތްތަކުގެ ސްޕީޑް ވަރަށް ބޮޑަށް ދަށްވެފައިވާ އިރު، ރިފާއުގެ ބިލަކީ މިހާރުން މިހާރަށް ނިންމަން ޖެހޭ ބިލެއް ކަމަށެވެ.
ސައުދު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީ އަށް ބަދަލު ނުގެނެވި އޮތުމަކީ ގައުމަށް ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. އެހެންވެ، މިއީ ލަސްކުރަން ޖެހޭ ބިލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންގެ ވިސްނުމަށް ބަލާ އިރު، އެ ބިލް މަޖިލިހަށް ބަލައިގެންފައި އޮތީ. މާނަ އަކީ މަޖިލިހުގެ ރުހުން ލިބިފައި އޮތް ބިލެކޭ އެއީ. އެކަމަކު، [ކޮމިޓީން] އެ ފާސްނުކޮށް ލަސް ކުރުން މައްސަލައެއް،" ސައުދު ވިދާޅުވި އެވެ.
ބިލް ދިރާސާ ކުރާ ކޮމިޓީގެ ވެސް މެމްބަރު ސައުދު ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީވަމުން އަންނަ ދަނޑިވަޅުގައި ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށް ގާނޫނުއަސާސީ އަށް ގެނެސްފައި އޮތް އިސްލާހު ރަނގަޅަސް، އެ އިސްލާހު ގާނޫނުއަސާސީ ބަދަލު ނުވެ އޮތުމުން ރާއްޖޭގެ މާލީ ކަންކަމުގެ ތެރެއަށް ކޮރަޕްޝަން ވަންނާނެ އެވެ.
"މިގޮތަށް އިންވެސްޓަރުންނަށް ހުޅުވާލާފައި އޮތިއްޔާ، ގައުމު އަޅުވެތިވާނެ ކަމުގެ ބިރު އެބައޮތް،" އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވިލިނގިލި ދާއިރާ އަށް ކުރިމަތިލެއްވި ސައުދު ވިދާޅުވި އެވެ.
އެކަމަކު، މީގެ ކުރިން މަޖިލިހުގެ ދައުރު ނިންމައި ފަސް އަހަރުގެ އާ ދައުރު ފަށާއިރު ނުނިމި ހުންނަ ބިލްތަކާއި މައްސަލަތައް ވަނީ ބާތިލްކޮށްފަ އެވެ. މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖަލްސާތައް ފެށިއިރު، އޭގެ ކުރީގެ މަޖިލިހުގެ ދައުރުގައި ނުނިމި ހުރި ބިލްތަކާއި މައްސަލަތައް ވެސް ބާތިލްކުރި އެވެ. އެހެންވެ، މި ފަހަރު ވެސް އާ މަޖިލިސް ފަށާއިރު، މިހާރުގެ މަޖިލިހުން ނުނިންމާ ހުރި ބިލްތަކާއި މައްސަލަތައް ކުރިއެކޭ އެއްގޮތަށް ބާތިލް ކުރުމުގެ ފުރުސަތު ބޮޑެވެ. ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ ހުށަހެޅުމަށް މި މަޖިލިހުން ގޮތެއް ނުނިމިއްޖެ ނަމަ ދެން ޖެހޭނީ އާ މަޖިލިހަށް އަލުން މައްސަލަ ހުށަހަޅާށެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ފަހިކޮށް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ ކަމަށެވެ.
ގާނޫނުއަސާސީ އަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުންތައް ކުރީގެ ސަރުކާރާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
ބިދޭސީންނަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު، ޖެހިގެން އައި ދުވަހު އެ ބިލް ތަސްދީގު ކުރެއްވުމަށް ފަހު، ޔާމީން ވިދާޅުވެފައި ވަނީ އެ ބަދަލުގެ ސަބަބުން އަވައްޓެރި ގައުމުތަކާއި އޮންނަ ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކް ކުރެވޭ ގޮތަށް އޮތް އޮތުން ދިފާއު ކުރައްވައި ޕީޕީއެމް މެމްބަރުން އޭރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތައް ވެސް ތަރައްގީ ވެގެން ގޮސްފައި ވަނީ މި އުސޫލުން ބިން މިލްކު ކުރެވޭ ގޮތަށް އެ ގައުމުތަކުގައި ވެސް އޮންނާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލި
02 April 2019
މިހާރު އެ އިސްލާހު ބާތިލް ކުރަންވީމަ ކުރަންއުޅެނީ ބޮޑު ކަމަކަށް ވެއްޖެ. އެންމެން އެކައްޗެއް ކިޔައި ގ.އަސާސީ ބިން މިލްކު ކުރެވޭ ގޮތައް ބަދަލު ކުރި އިރު ނުވި އެއްވެސް ކަމަކަށް. އޭރު އެއްބަޔަކަށް މުހިއްމު ވީ ފައިސާ ފައިސާ. އަނެއް ބަޔަކަށް މުހިއްމުވީ ނަޝީދުގެ މިނިވަންކަން.
މަ މިއު މަ
20 March 2019
އުވާލާށޭ! އަހަރުމެނަށް އެނގެޔޭ އެމްޑީޕީ މީހުންގެ ތާއީދު ވެސް ލިބިގެން ކަން ތިކަން ކުރީ. ތިއީ އެމްޑީޕީއާ ޕީޕީއެމް އެއްވެގެން ރައްޔިތުނަށް ވި ހިޔާނާތެއް އެހެންވީމާ އޭރުވެސް ގޮވިހެން މިހާރުވެސް ގޮވަން ތި އުވާލާށޭ
ނެގުނުކަތީބު
20 March 2019
ސަރުކާރާއި މެމްބަރުންގެ ދެފުއްކެހެރިކަން މިފެންނަނީ!ގައުމާއި ރައްޔިތުންނަށްވުރެ ބޮޑަށް ބިންކޮޅު ވިއްކާލައިގެން ލިބިދާނެ ފައިދާއާމެދު ވިސްނާކަން. އެހެން ބޭފުޅުން ވިދާޅުވާހެން އިންޑިޔާއަށް ބޮޑެތިފަރުތަށް ހިއްކަންދީ މިލްކުކޮށްދޭން ވިސާނާކަމާއި މެދު ޝައްކު ކުރުމުގެ ފުރުޞަތު ބޮޑު.
ހަސަން ނުވަވަނަ
20 March 2019
ތިޔައީ އިންޑިއާ މީހުންނަށް މިތާ މިލިޓަރީ ބޭސް އަޅަން ބިން ދޭނެވެގެން. އެކަން ނިމުނީމަ ތިޔަކުރާ އިސްލާހެއް ކުރާނީ. ފުރަތަމަ ތިޔަ ގާނޫނު ފާސްކުރީވެސް ރޫހާނީ މިނިވަންކުރަން އަދީބާ ޑީލު ހަދައިގެން ރޫހާނީގެ ޕަޕެޓުން ވޯޓު ދީގެން
އެމްޑީޕީ
20 March 2019
އެމްޑީޕީގެ 11 މެންބަރެެއްގެ ތާއީދާއެކީ ވެފަ އޮތް ކަމެއް ތީ. އަބްދުﷲ ޝާހިދު ، އަލީ އާޒިމް ، އަލީ ނިޒާރު މިއީ ބިން މިލްކު ކުރެވޭ އިސްލާހަށް ވޯޓު ދިން މީހުން. މަށަކަށް ނުފެނޭ މި މީހުން މަޖިލީހުގަވެސް އަދި ސަރުކާރުގަ ތިބޭކަށް ވެސް
ޝައުގީ
19 March 2019
ކޮމެޓީގެ މެމްބަރުންވެސް މުގަރިރު އިބްރާހިމް ޑީޑީއަށް ދެންނެވި ބިދޭސީންނަށް ބިން މިލްކުރެވޭ އިސްލާހު ބާތިލު ކުރަން ކޮމެޓީ މަރުހަލާގައި އޮތް ބިލު އެޖެންޑާ ކުރުމަށް. ސަރުކާރުން ވަކިއެއްޗެއް އެންގީމަ ނޫނީ އެޖެންޑާ ނުކުރެވޭނެ ކަމަށް ޑީޑީ ބުނެފައިވާކަމަށް މެމްބަރުން ވިދާޅުވި. މިހެން މިކަންވާންވީ ކީއްވެ. އަނެއްކާ އިންޑިއާއަށް މިލްކުކުރެވޭ ގޮތަށް ރާއްޖޭގެ ބިމުގެ ބޮޑުބައެއް ދިނުމަށްފަހު ނޫންބާ އެ އިސްލާހު ބާތިލުކުރާނީ؟
އަޒްމަތު
19 March 2019
ބިންމިލްކުރުމަށް ގެނައި އިސްލާހު ބާތިލު ނުކުރާނެ މި ރައީސް. ރައީސް އިބޫ ސާލިހު ބޭނުންނަމަ ގައުމީ ސަލާމަތުގެ ކޮމެޓީގެ މުގައްރިރު އެމްޑީޕީގެ މެމްބަރު ބްރިގޭޑިއާ ޑީޑީ އަށް އެންމެ ފަހަކު އަންގަންޖެހޭނީ ކޮމެޓީން ފާސްކޮށްފަ މަޖިލީސް ފްލޯއަށް ފޮނުވުމަށް. ފޮލޯއަށް ފޮނުވީމަ ނޫންތޯ މަޖިލިސްގެ ރައީސް އަށް އެޖެންޑާ ކުރެވޭނީ. ކޮމެޓީން ފާސްނުކޮށް. ބާއްވާފަ އެއޮތީ އެމްޑީޕީން ބޭނުންވެގެން.
މޯޑް ޝަހީދު
19 March 2019
ބޭރުމީހުނަނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިސަރުކާރުން ބާތިލު ނުކުރާނެ. އަޑުއިވޭ ގޮތުގައި އެކަންކުުރުމަށް އިންޑިއާ ދެކޮޅު.