އައިޖީއެމްއެޗްގައި ގާއިމްކުރި މެންޓަލް ހެލްތު ސެންޓަރު، ރައީސް ސޯލިހު ހުޅުވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
25 މާޗް 2019 - 10:11
ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައިފި އެވެ.
އެފަދަ މަރުކަޒެއް ގާއިމްކޮށް އާސަންދައިގެ ދަށުން ފަރުވާދޭން ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.
ސެންޓަ ފޯ މެންޓަލް ހެލްތު ހުޅުވައި ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒަކީ އެކަމުގެ އުނދަގޫ ތަހައްމަލު ކުރާ މީހުންނަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި އެ ބަލީގެ ހާލަތަށް ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮންމެ މީހަކަށް ވެސް ނަފްސާނީ ބަލީގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަމިއްލަ އަށް ނޭނގި ނަމަވެސް ނަފްސާނީ ބަލި ތަހައްމަލުކުރާ މީހުން މަދެއްނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނަށް ދެއްކުމަށް ނަން ނޯޓުކޮށްފައި ތިބި މީހުންގެ ލިސްޓު ވަރަށް ދިގުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ބޭނުންވާ ބޭސް ރާއްޖެ އިން ފަސޭހައިން ލިބޭނެ ގޮތެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ މި ހާލަތު މި އަށް ވުރެ ރަނގަޅު ގޮތަކަށް ބަދަލުވުން. މިއަދު މި ހުޅުވި މެންޓަލް ހެލްތް ސެންޓަރަކީ ނަފްސާނީ ބަލި ތަހައްމަލް ކުރާ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ މަރުކަޒަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މެންޓަލް ހެލްތު ސެންޓަރު އިތުރަށް ތަރައްގީކުރާނެ އެވެ. އެކަމަށްޓަކައި ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނާއި ފަންނީ މީހުން ތަމްރީނުކުރަން ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.
މެންޓަލް ހެލްތު ސެންޓަރު ހުޅުވައިދެއްވުމަށް ރައީސް ސޯލިހު (މ) އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އައިޖީއެމްއެޗުގައި.-- ފޮޓޯ: ރައީސް އޮފީސް
ސިއްހީ ހިދުމަތްދޭ ތަނެއް ގާއިމްކޮށްގެން އެކަނި ނަފްސާނީ ބަލިތަކަށް ޝިފާއެއް ނުލިބޭނެ ކަމަށާއި އާއިލާގެ ލޯތްބާއި އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ މީހުންގެ އާއިލާތަކަށް ވެސް މުޖްތަމައުގެ އޯގާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެފަދަ އުނދަގޫތައް ތަޙައްމަލް ކުރަމުންދާ މީހުންނަށް އަޅުގަނޑުގެ އޮތް އިލްތިމާސަކީ އެކަނި މި ބުރަ އުފުއްލަވަން ނުހައްދަވާށޭ. ނަފްސާނީ ބަލީގެ ތަޖްރިބާކާރެއްގެ އެހީ ހޯއްދަވާށޭ. އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ތިބޭފުޅުންނާ އެކުގައި،" ނަފްސާނީ ބަލީގެ މީހުންނަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
މެންޓަލް ހެލްތު ސެންޓަރުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދޭނެ އެވެ. އަދި ކައުންސެލިން ދިނުމާއި ބަލިތައް ދެނެގަނެ ފަރުވާދޭނެ އެވެ. އޭގެ އިތުރުން ނަފްސާނީ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ސެންޓަރުން ހަރަކާތްތައް ހިންގާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
26 March 2019
ފުރަތަމަ ރަށްރަށުގެހޮސްޕިޓަލު ތަކުގައި ތިބި މީހުން ހޭލުންތެރިކުރުންމުހިއްމު. ހޮސްޕިޓަލު މީހުން ގޭގެއަށް މަދުމަދުންކުރާޒިޔާރަތްތަކުގައި ނަފްސާނީ ބަލީގަ ގިނަދުވަސްތަކެއްވަންދެންއުޅެމުންދާމީހުންނަށް ގެދޮރުހަޑިކޮށްހުންނާތީވެ ވަރަށްހަޑިކޮށްވާހަކަދައްކާއަޑުއިވޭ.
ސަަާޖީ
25 March 2019
ރަނގަޅު ހިދުމަތްގަނޑެއް ދެވިއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު.....
ހާމަ333
25 March 2019
ތިޔަކަން ކުރަންވީ ހަމައެކަނި މާލެގަ އެކަންޏެއްނޫން...އައްޑޫއާއި ކުޅުދުއްފުށި ކަހަލަ ބޮޑެތި އާބާދީ އޮންނަ ތަންތާ ތިކަން ކުރަންޖެހޭ....މިޒަމާނު އެންމެ ގިނައީ ނަފްސާނީ މައްސަލަތައް..
ފާތޭ
25 March 2019
ފުރަތަމަ ގެންދަންވީ ގާސިމް އިބްރާހީމް
އަހްމަދު 55
25 March 2019
އަދިކިރިޔާ މިސަރުކާރަށް ކަމެއްމިކުރެވުނީ! ދެންއުންމީދަކީ ރަނގަޅު ހިދުމަތެއް މިތަނުން ލިބުން.
ކަލާކޯ
25 March 2019
މަވެސް ބުނަނީ ޝުކުރިއްޔާ ރައީސް ޔާމީން. ތީ މާކުރިންވެސް ހިނގަމުންދާ ޔުނިޓެއް. 100 ދުވަހެއް ފުއްދުމަށް ބަލި މީހުނަށް ފަރުވާނުދީ. ތެޅިފޮޅުނީ. ރާއްޖޭގައި ތިޔަ ކަމަށް ދޭނެ ބޭހެއްނެތް. އަބަދުވެސް ނިދާބޭސް. ބޯރޑުތައް އަޅުވާ. އަދި ތިޔާ ހޮސްޕިޓަލުން މަށައްފެނިއްޖެ ތިޔަފަދަ އެހެންބޯޑެއް. ހޮސްޕިޓަލް އާބާތުރަ ފިލުވަނިއްޔޯ. ކަލޭނޭ މިއޮތީ ވާކަމެއް. ކޮން އާބާތުރައެއް. އޭސީތައް ހަލާކުވެފަ. އެވިސް ރައްޔިތުންނަށް ދަންކަން ކުރާކަމެއްހެން ހީވަނީ
ކެމަލް
25 March 2019
ގާސިމާ ނަޝީދު ތިތަނަށް ފޮނުވަން ފެނޭ
މޫޗީ/މީދޫ
25 March 2019
އާއްމުގޮތެއްގައި މުޖްތަމައުގައި ނަފްސާނީ ބަލިމީހުން އުޅޭނީ 5%، އެކަމަކު ރާއްޖޭގައި ހަމަނުޖެހޭ މީހުން އުޅޭނީ 90%ގައި.
ރާއްޖެ
25 March 2019
އިތުރަށް އެންމެ ސައިކޭޓްރިސްޓެއް ވެސް ނެތި ހަމަ ކުރިން ތިބި ވަރަށް ޑޮކްޓަރުން ތިބެ ފާރެއްގަ ނަންބޯޑެއް ހަރުކޮއްފަ ރިބަން ކެނޑުމަކުން ރައްޔިތަކަށް ވާނެ ފައިދާއެއްނެތް.
މަރީ ފާ
25 March 2019
ާަަޮނަންބޯޑައް ބަލާބަލަ ދިވެހިން ނަން ޖަހާފަ އެއޮތީ ކޮންބޭނުމަކުތޯ ލަދުން ބޯހަލާކު
އެލެކްސަ
25 March 2019
ފުރަތަމަ މެމޯ އެއް ހަދަން ވެސް އެބަދޭ 2 ގަޑިއިރު. އެ ހަދާ ނިމޭއިރު ހުންނަނީ ތިޔަ ސެންޓަރަށް ވަންނަވަރު ވެފަ !