ރަސްފަންނުގައި ދައުރުވި ނަޖިސްތަކެއް މީހަކު ދައްކާލަނީ: އެކަން ފުލުހުންގެ ސަމާލު ކަމަށް ވަނީ ގެނެސްފައި
29 މާޗް 2019 - 20:36
މާލޭގެ ރަސްފަންނަށް މޫދަށް އެރޭ ސަރަހައްދުގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު މިރެއިން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ، ރަސްފަންނު ސަރަހައްދުގެ މޫދު މިވަގުތު ވަނީ ބަންދުކޮށްފައި ކަމަށެވެ.
"ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ހުޅުވާނެ ވަކި ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ،" ސިޓީ ކައުންސިލުން ބުންޏެވެ.
Samaalkamah:
— Male' City Council (@MaleCitymv) March 29, 2019
Rasfannu Moodhu mivaguthah vany bandhu kurevifai.
Balan jehey baeh kankan belumahfahu hulhuvaane vaki thaareeheh fahun iulaan kureveyne. @HPA_MV @EnvGovMv @PoliceMv pic.twitter.com/ALd08D7TcK
މާލެ ސިޓީ ކައުންސިލްގެ ޓުވީޓު
"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ މިއަދު ރަސްފަންނު ސަރަހައްދަށް ދިޔައިރު މޫދަށް އެރޭ ސަރަހައްދުގައި ފެންމަތީގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވަމުންދިޔަ ކަމަށެވެ. ކުލަ ބަދަލުވެ، ހުދު ކުލައިގައި އެ ތަކެތި ހުރުމުން ގިނަ މީހުންނަށް އެއީ ނަޖިސްކަން ފާހަގަނުވާ ކަމަށާއި އެކަމަކު އެ އެއްޗެހި އަތަށް ނެގުމުން އެއީ ނަޖިސްކަން ޔަގީންވާ ކަމަށް އޭނާ ބުންޏެވެ.
ރަސްފަންނު މޫދުގައި މިރޭ ނަޖިސް ދައުރުވަނީ.
މިއަދު ހަވީރު އެންވަޔަރްމެންޓް ޕޮލިސް ރަސްފަންނަށް ގެންގޮސް، ފުލުހުންގެ ސަމާލު ކަމަށް ވެސް މިހާރު ގެނެސްފައިވާ ކަމަށް އެ މީހާ ބުންޏެވެ.
"އަޅުގަނޑު ފުރަތަމަ ނަގާފައި ދެއްކީމަ ފުލުހުން ބުނީ ތިއީ ވެއްޔޭ. ދެން އަޅުގަނޑު އޭތި ފިސްކޮށްލާފައި އޭގެ ވަސް އެ މީހުންނަށް ދެއްކީމަ ބަލާފައި އެ މީހުން ވެސް ގަބޫލުކޮށްފި އެއީ ނަޖިސް ކަމަށް. އެހެންވެ، އެވަގުތު އެތަނުގެ މޫދުގައި ތިބި ހުރިހާ އެންމެން މޫދުން އެއްގަމަށް އެރުވި،" އެ މީހާ ބުންޏެވެ.
ރަސްފަންނު މޫދުގައި މިރޭ ނަޖިސް ދައުރުވަނީ.
މި މައްސަލައިގައި ފުލުހުން ބުނީ، ރަސްފަންނުގެ މޫދު ސަރަހައްދު ހުސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން އެދުމާ ގުޅިގެން އެކަމަށް ފުލުހުން އެހީތެރިވަމުން އަންނަ ކަމަށެވެ.
ރަސްފަންނު ސަރަހައްދުގައި ނަޖިހުގެ އަސަރު ހުންނަ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
30 March 2019
ކޮންމެކަމެއްވެސް އޮޅުވާލުމަކާއިނުލައި ކުރުމަކީ ދިވެހީންގެވެރިންނަށް ދަތިކަމަކަށްވާނެއެވެ. ސަބަބުތަކަކާއިހުރެއެވެ. މީގެތެރެއިން ފާހަގަކުރެވޭ މައިގަނޑުކަމަކީ، އެމީހުންގެ އެކިކަންތަކަށް ބޭނުންވާ ކަޓުނެގުމެވެ. ކަންކޮންމެގޮތަކަށް އޮތްނަމަވެސް، ތިފަދަކަމެއްކުރީމައި ކަޓުފަށެެއް ނެގޭނެއެވެ. ތިތަން ހަދަންފެށިއިރުވެސް ތިތަނަކީ އެކިމޫސުމަށް ނަޖިސްޖަމާވާތަނެއްކަން ތިތަންހެދިއިރުގެ އެކިވަރުގެ ވެރިން ދެނެތިއްބެވެ. އެކަމަކުވެސް ދަހިވެތިިކަމުން ކުރީއެވެ.
ގޮދަން
30 March 2019
ދުނިޔޭގެ އެއްމެ ރީތި ބީޗްތައް އޮންނަ ގައުމެއްގެ މެޖޯރިޓީ މީހުން ބީޗަށް އެރި ފަތަން މިޖެހެނީ ގުއި ފެންގަނޑެއް ތެރޭ. ރައްޔިތުން ދާން ކައިރީ އޮތް ރަށްވެސް މަހުޖަނަކަށް ހަދިޔާކޮށްލީ. މިހާކަށްހާވަރަށް ބަޔަކަށް ތަނެއް ތަރައްގީ ކުރެވޭނީ.
ބޮބީ
30 March 2019
ދެން އަވަހަށް ފަސްއަޅާފަ ފޮރުވާލާ.. އެކަންކުރަން ވ ފަސޭގަވާނެ
ihaaru.
30 March 2019
މާލެވަށައިގެން ތިނޫން އެޗެއް ނުހުންނާނެކަން ކަށަވަރު! ޓްރީޓް ކުނުކާ ރޯނަޖިން މާލެވަށައިގެން ދޫކުރާތާ 97 އަހަރުވެއްޖެ!
ރަދީފް
30 March 2019
ބައެއް ބޯޓްތަކުގަ މަސައްކަތްކުރާ ''މީހުން މެންދުރުގެ ކެއުމަށް އެކަކު އެކަނި'' 1 ކިލޯގެ ހަނޑޫ ކާލާނެ.އެހެންވީމަ ދެން މޫދުން ފެންނަ ތަކެތީގެ ސައިޒް ބޮޑުވޭ.
ފޮނިކަލޯ
30 March 2019
ތިއޮތީ ރައީސް ޔާމީން އާއި ހައުސިން މިނިސްޓަރ މުއިއްޒުގެ މޭސްތިރި ކަމުގައި ރައްޔަތުންގެ އެތައް ބައިވަރު ފައިސާ އެއް ޚަރަދު ކޮށް ތާކުން ތާކު ނުޖެހޭ ގޮތައް ކަމަކަށް ކަމެއްކޮށްފަ ދެން ބާރައް އަތްޖަހާ
ހަސީނާ
30 March 2019
އާޗާ؟ ކަލޭ ގަދަ! މި އޮތް ހުރިހާ ދުވަހު ކީއްވެބާ އެ ނުފެނީ ދޯ؟ ކީއްވެބާ މިވެރިކަމުގައި މިހެންވެގެން މިއުޅެނީ؟
މާއަލޭކަ
30 March 2019
ރައީސް ޔާމީންގެ ވެރިކަމުގައި އެތަން ނިކަން ރަނގަޅަށް ބަލާ ސާފުކުރަމުންދިޔަ. ކޮންމެ ރެއަކާއި ހެނދުނަކު ކުނިކަހާ ސާފުކުރި. އަދި މޫދުގެ އަޑީގައި ހެދޭ ކިސަޑުތައްވެސް ނަގާ ހަދަމުންދިޔަ، ޤަވާޢިދުން. އެކަމަކު ކީއްކުރާނީ މިސަރުކާރުން އިހުމާލުވެ، އެތަންތަން ވީރާނާވާން ދޫކޮށްލީމާ، ވީގޮތް ތިޔަ ފެންނަނީ. އެއީކީ ނަޖިހެއް ނޫން. އެއީ، ބާވަތެއްގެ ކިސަޑެއް. ކިސަޑުތެރޭގައި އެހުންނަނީ މަޑު. އެބެދިފައި ހުރުމުން އޭތި ފިނދުވާލީމާ އެތެރެއިން ނުބައިވަސް ދުވާނެ.
ފޮނިޓައްޕު ހަސަނު
30 March 2019
ތީ ވެދާނެ ނުން މާވަހަރަށް. މާވަހަރު ތޯ ބަލަން ޓެސްޓކޮށްބަލަ.
ރަދީފް
30 March 2019
މާލޭގެ މަސްމާރުކޭޓްގެ އިރުމަތީކަނުން ފެށިގެން އެމްޕީއެލް ދެމެދުގަ އަޅާފަ ހުންނަ ދޯނި / ބޯޓްފަހަރުތަކުގަ ތިބޭ މީހުން ފާހާނާކޮށްފަ ދޫކޮއްލީމަ ވައި އަދި އޮއި ހުންނަ ގޮތުން ނަޖިސް ދަތުރުކުރާނަ ރަސްފަންނަށް.
ކަޅުބެ
30 March 2019
ޓުރެކް ގަވެސް އަސްލުނަޖިސް ދައުރުކުރޭ، ހެދުމުގައިވެސްވަސްހިފާ ބައެއްފަހަރު.
ތުނިޔަ
30 March 2019
ތިއަތަށް ނަގާ ޗަސްކޮށް ވަސްބަލާ ..އެއިން ވަސްދެއްކި މީހާ ވަރަށް އާދަޔާ ޚިލާފު މީހެކޭ ބުނެވޭނީ!
ހާމިދު ޝާހިދު
30 March 2019
ތިޔަ މީހަކީ އެމްޑީޕީގެ އެޖެންޓެއް. އެނާ ރަނގަޅަށްވިއްޔާ އިމިއްލެއަށް ނަޖިސްލާފައިވެއްޔާ މޮޑެފައި ކަންނޭނެގެ ތިޔަ ދައްކަނީ. މިއޮއްހާ ދުވަހު ރަނގަޅަށް އޮތްތަނެއްގައި ނަޖިސް ވަންނަންޖެހޭ އެއްވެސް ސިފައެއް ނުވިސްނޭ. އެދިމާލުން ކަނޑުއޮޅިން ބޭރަށް ލާފައިވާ ސެޕްޓިކް ޓޭންކުގެ ހޮޅިވެސް އޮންނަނީ ވަރަށް އަޑިއަށް ލާފައި. އޭގެ އަސަރެއް އެތަނަކަށް ނުކުރާނެ. އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެތަންވެސް ބަންދުކުރަން.