ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފ. ބިލެތްދު އަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވައިގެން. --- ފޮޓޯ: އެމްޑީޕީ
03 އެޕްރީލް 2019 - 12:33
ހާމަކަމާ އެކު ދެ ފުށް ފެންނަ އުސޫލުން ސަރުކާރުގެ މަޝްރޫއުތަކަށް ބިޑް ކުރެވޭ ގޮތް ހަރުދަނާ ކުރުމުގެ ސަބަބުން މަޝްރޫއުތަކުގެ އަގުތައް 50 ޕަސެންޓް ކުޑަކުރެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދ. މީދޫގައި، މިއަދު ވިދާޅުވެއްޖެ އެވެ.
އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މީދޫ ދާއިރާ އަށް ވާދަކުރައްވާ އަހުމަދު ނިޒާމްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ވައްކަމާ ހެދި މަޝްރޫއުތަކުން ނާޖައިޒު ފައިދާ ނަގާފައިވާ ކަމަށެވެ.
އެގޮތުން، ބޮޑެތި އަގުތަކުގައި ކުރީގެ ސަރުކާރުން މަޝްރޫއުތައް ހިންގާފައި ހުރި އިރު، ހާމަކަމާ އެކީގައި ހުޅުވާލެވިފައިވާ ބީޑަކަށް ދިއުމުން، އަސްލު އަގު ފެންނަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފ. ބިލެތްދު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ
"މިސާލަކަށް 70 މިލިއަން ރުފިޔާ ދީފައި ރަށެއްގައި އަޅާ ފެނާއި ނަރުދަމާގެ ނިޒާމު، މިއަދު ހުޅުވާލީމަ އޭގެ އަގު ތިރިވެއްޖެ 27 މިލިއަން ރުފިޔާ އަށް،" ރައީސް ވިދާޅުވި އެވެ.
ވައްކަމާއި ކޮރަޕްޝަން ނައްތާލެވިއްޖެ ނަމަ، ދައުލަތަށް ވަންނަ ފައިސާ އިން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވައުދުތައް ވެވަޑައިގަތީ ހިސާބު ޖެހި، ފައިސާ ހޯދޭނެ ގޮތްތައް އެނގިވަޑައިގަންނަވާތީ ކަމަށެވެ. އެކަމަކު މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަން ލަސްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައަި މި ސަރުކާރުގެ ވައުދަކީ ފަސް އަހަރު ނިމޭ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަފާތު ކުރުމެއް ނެތި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސްކޫލްގައި ރަނގަޅު ތައުލީމެއް ލިބޭނެ ގޮތް ހަދައި ދިނުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފ. ބިލެތްދު އަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ
"ހޮނިހިރު ދުވަހު ލާ ވޯޓަކީ އެނބުރި އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ތެރެއަށް ދާނީތޯ، އަޅުގަނޑުމެން ބޭނުންވާ ބަދަލު ގެންނާނީތޯ ބެލުމަށް ނެގޭ ވޯޓެއް. އަޅުގަނޑު އެދޭ އެދުމަކީ އިސްލާހީ މަސައްކަތުގައި ބައިވެރިވުން،" އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވައި ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި މި ދާއިރާގެ ރައްޔިތުންގެ އަރިހުން އެދެނީ ތިލަފަތަށް މިފަހަރު ވޯޓު ދެއްވުމަށް. އެއީ ތިޔަ ބޭފުޅުންނަށް ގެއްލިގެންދާނެ ކަމެއް ނޫން."
މަޖިލިސް އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި، އެކަން ކަން ގަބޫލުކުރާ އަދި ތާއީދު ކުރާ މެމްބަރުންތަކެއް މަޖިލިހުގައި ތިބެން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާނެތަ
04 April 2019
ގިނަފަހަރު ޚިދުމަތެއް އަވަހަށް ބޭނުންނަމަ އެކަމުގެ އަގު ބޮޑުވޭ. އަދި ޚިދުމަތުގެ ފެންވަރު މަތިނަމަވެސް އަގު ބޮޑުވޭ. އަގު ކުޑަވުމަކީ ގިނަ ފަހަރު ފެންވަރު ދަށްވާކަމެއް. އަގު ކުޑަވުމަކީ މަސައްކަތް ލަސްވާވެސް ސަބަބެއް. ފުރަތަމަ ކުޑަ އަގަކުން ފަށާ ކަމަކަށް ފަހުން އިތުރު އެތައް ޚަރަދެއް ހިނގާކަންވެސް ގިނަ ބަޔަކު ދަނޭ. ފައްޓާއިރު ބުނެލާ ބަހަކުން ކަމެއްގެ ހަގީގަތެއް ނޭގޭނެ. އެބުނެވުނު ގޮތުގައި ނިންމާލެވުމުން އެއްޗަކަށްވާނީ.
ޖަޒީރާއަދުރޭ
04 April 2019
ކެޕިޓަލް ހަރަދު 100% ޕަސެންޓު ކުޑަވެ ރިކަރިން ހަރަދުތަށް 150% މައްޗައްޖެހިއްޖެ. މިއީ ލަންޑަން ސުކޫލު އޮފް އިކޮނޮމިކްސް އިން ސަރުކާރަށް ލަފާދެއްވިގޮތޭ ބުނާކަށް މަ ނެތީމު.
ތުއްތޮންބެ
03 April 2019
17 ނޮވެމްބަރ 2018ފަހުން ޖަޒީރާވަންތަ ސަރުކާރެއް އެކުލަވާލިފަހުން އެއްވެސް މަޝްރޫއެއް ކުރިޔަކައްނުދޭ 100%ވަނީ ދައްކުރެވިފާ.
ކަނބިލި
03 April 2019
އިންޑިއާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ އިންޓެރެސްޓްވެސް އެނގުނީމާ ތިޔައެއް އެނގޭނީ
ހަޑިގިއްލާ
03 April 2019
2 ޕްރޮޖެކްޓްގެ އަގުން 1 ޕްރޮޖެކްޓް ހިންގަންޏާ އަގުބޮޑުވާނެކަން އެންމެނަށްވެސް އެނގޭނެ.. މިހާރު އަގުކުޑަވީކީނޫން.. ޖީބަށްއަންނަ ޕްރޮޖެކްޓް ދޫކޮށްލީމާ ވާގޮތްތީ.....
ސަވާލީ
03 April 2019
ކުރީ ސަރުކާރުގައި މީހަކު ހުރި ހުރިހާ ކަމެއް ކޮރަޕްޝަންގެ މަގުންދޭތޯ ޗެކްކޮށް އެކަން އެގޮތަށް ވޭތޯ ބަލަން. މިހާރު އެމީހާ ނެތް އެ މަސައްކަތުގަ. އެހެންވީމަ ރީތި ހެޔޮ އަގުގަ ހުރިހާ ކަމެއްވެސް މިހާރު ވާނެ. މަންޒަރު ސިފަވަމުންދާ ގޮތް ބަލަހައްޓަން އޭރު މީހަކު ހުރުމާ މިހާރު އެމީހާ ނެތުމާ ޔަގީނުންވެސް ތަފާތު ދައްކާނެ. އޭނާ ނުހާވާ ހަޑިއެއް ނޯންނާނެކަން ޔަގީނުންވެސް އެނގެނީ. ޔާމީނަކީ ބޮޑުއަގުގައި ކަންކަން ކުރަން ޖެހިލުންވެ ބިރުގަތް މީހެއްނޫން.
އަންްނި
03 April 2019
ދެން ކީއްވެގެންނޭ އެނބޫދޫ ފަޅުން ދިވެހިންނަށް ހިއްކި ތަނުގެ އަގު ހާމަ ނުކުރެވިގެން ތިޔަ އުޅެނީ؟
ބަނަސް
03 April 2019
އަހަރެމެން ތިވާހަކަ ގަބޫލު ކުރާނީ ކިހިނަކުންހޭ؟ 20 މިލިއަނުން ސަތޭކަ މިލިއަނުން ޕާޓީ މީހުނަށް މިވީ ކުޑަ ދުވަސްކޮޅުވެސް ފައިސާ އަޅާއިފިޔޭ. ދެން ތިކިޔާ އަގުހެޔޮކޮށް ހިންގަނީ އެންމެ ނަރުދަމާއެއްކަމަށް ނުވެއްޖެޔާ ރަނގަޅު. ގައިމުވެސް މިހާރު މިއޮތީ މިގައުމުގެ ތަރައްގީ ހުއްޓިފައި. އިންތިހާބަށް ގެއްލުން ވާނެތީ ނިމިފައި ހުރި ކިތައް ޕްރޮޖެކްޓް އެއޮތީ ބޮޑުތަޅު އަޅުވައިފައި؟ މިވެރިކަމުގައިވެސް މިއޮތީ ފަނިއަޅައިފި، ދެން ގުދޯގުދޯ ޔެސް ސާ.
ފުރެންޑު
03 April 2019
މަޝްރޫއު ނުހިންގަންޏާ ކީއްވެތޯ އެއްވެސް ހަރަދެއްވެސް ހިނގަންވީ. އެއްވެސް މަޝްރޫއެއް އަލަށް ފެށުނުކަމެއް އަދި އެއް ނޭގޭ.
މެސީ
03 April 2019
ކުރީ ސަރުކާރުން ފަށާފަ ހުރި މަޝްރޫއެއްވެސް ކުރިއަށް ނުދޭ ، ދެން 50 % ނޫން އެއްވެސް ހަރަދެއް ހިނގައިގެން ނުވާނެ.
ދޮގުވެރި ވެރިމިހާ
03 April 2019
ބަލަ ކޮން ރަށެއްގެ ކޮން ޕްރޮޖެކްޓެއް ބިޑްކޮށްގެން މިހާތަނަށް މިސަރުކާރުން ބަޔަކާއި ހަވާލު ކުރީ. އަދި ކުރީސަރުކާރުން ހިންގާފައިވާ އެ ސައިޒްގެ ކޮން މަޝްރޫޢަކާތަ ތި އަޅާ ކިޔަނީ؟ ހުސް ދޮގު. މަޖްލީސް އިންތިޚާބާ ދިމާކޮށް ހަދާ ބުހުތާން ދޮގު. އެއްފަހަރު ރައީސް މީހާ ސިންގަޕޫރުން ދިމާވާ ކޮންމެސް މީހަކު ދެއްކިކަމަށް ބުނާ ވާހަކަ. އަނެއްފަހަރު ހުވަފެނުން ފެންނަކަނތަކުގެ ވާހަކަ، ހީކުރިން މިރައީސް މީހާ ނަޝީދަށްވުރެން ބޮޑުތަނުން ރަގަޅުވާނެ ކަމަށް. ޢެކަމް ސޭޑް