އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ހަމަޖެއްސެވި ޝެއިޚް ނަސްރުﷲ އަލީ ޚުތުބާ ދެއްވަނީ.
08 އެޕްރީލް 2019 - 17:28
އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް، ބ. ކެންދޫ އެއްގަމުގޭ ނަސްރުﷲ އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ މި މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.
ދީނީ އިލްމުވެރިޔާ ޑރ. ސައުދުﷲ އަލީގެ ކޮއްކޯފުޅު ނަސްރުﷲ މީގެ ކުރިން ވަނީ ގުރުއާނާއި އިސްލާމީ އިލްމު އުނގަންނައި ދެއްވުމަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އަދި އޭނާ އަކީ މިސްރުގެ އަޒްހަރު ޔުނިވަސިޓީން، އިސްލާމިކް ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމަށް ރައީސް ވަނީ މިދިޔަ ޑިސެމްބަރު މަހު ވެސް ބޭފުޅަކު ހަމަޖައްސަވައިފަ އެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި އޭރު ހަމަޖެއްސެވީ ޝައިޚް އިބްރާހީމް ރަޝީދު ހަސަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
09 April 2019
ސުބުހާނަﷲ. އުސްތާޛުވެސް ލާދީންނާއެކު! ކުރިއަށް ކުރިއަށް ބާރަށް!
މަރޭމިތުރު
09 April 2019
ދޮންބީފާނުއަށް] ލދީނެއް ކިޔާ ދީނެއް ނޯވޭ! ލާހޫރޭ މީހުން ދައްކާ ވާކަތައް ނުދެއްކިއްޔާ ރަނގަޅުވާނެ!
އާދަނުބެ
09 April 2019
އިސްލާމް ދީނަށާއި އިސްލލާމް ދީނުގެ ދަންނަބޭކަލުންގެ އަގުވައްޓާލާ ސިޔާސީ ގޮތުން ފައިދާ ހޯދުމަށް އެއްވެސް މީހަކު ވާހަކަ ނުދެއްކުމަށް ދަންނަވަން. ތިޔަބައިމީހުންނަށް ނޭނގޭނަމަ، އިލްމުގެ އަހުލުވެރިންނާ ސުވާޅުކުރުމަށް ކީރިތި ގުރުއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވަނީ. ކޮންމެ ބޭފުޅަކު ދެއްކި ވާހަކައެއްކަމަށް ވިޔަސް އެފަދަ ވާހަކަތަކަށް އަލުގަނޑުމެން ސަޕޯޓެއްނުކުރާނަން،
ޢަބްދުލް ޖަޒްބާތު
09 April 2019
މަރުޙަބާ ޝޭޚް. ތިޔަ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމާމެދަކު ޝައްކެތް ނެތް. ރައީސް ސޯލިޙްގެ ނިއްމެވުންތަށް ފުރިހަމަ ވެފައި ވަރަށް ސަޅި. ޝުކުރިއްޔާ އިބޫ.
އެދުރުބެގެ ފޫޅު
08 April 2019
އިސްލާމިކް ޔުނިވަރސިޓީގަތިބި ކޮރަޕްޓް ސިޔާސީވެރިން ބަދަލުކުރަނީ ކޮންއިރަކުންތޯ؟
ޙުސޭން
08 April 2019
އަލް ހާފިޒް ޒަކީ ގެ ޤުރުއާން ކިޔެވުމާއި ދަމު ނަމާދު އިމާމްވެ ކުރެއްވި ކުރެއްވުން މަތިން ވަަރަށް ހަނދާންވޭ. އިސްލާމީ މަރުކަޒުގެ އިމާމަކަށް އެބޭފުޅާ ވެސް ހަމަޖެއްސެވުން އެދެން.
އަލީ އަހުމަދު
09 April 2019
ޒަކީ އަކީ ރަގަޅު މީހެއް، އޭނާ ގުއަންޓަނާމޯބޭ ޖަލުގައި ހުރި އިރު ގުރުއާން ހިފްޒު ކުރެއްވީ. އެކަމު އޭނަގެ ކިޔެވުމުގައި ތަޖުވީދުގެ ހަމަތަކާ ޚިލާފުވާ ކަންތައްތަކެއް ހުރޭ. ގެންގުޅޭ ރާގާއި ބައެއް އަކުރުތައް ކިޔުމުގަ މައްސަލަ އުޅޭ. އެހެންކަމުން އިމާމް މީހަކީ އަދި ހާފިޒަކަށް ނުވަތަ ޝެއިހަކަށް ނުވިޔަސް ބަރާބަރަށް ތިލާވަތު ކުރާ އިމާމެއް ވަރަށް މުހިންމު.
ކޯޑިނޭޓަރ
08 April 2019
ޔާމީނުވެރިކަމަށް ނު ހޮވައިފިނަމަ އިސްލާމްދީން ނޯންނާނެ ކަމަށް ބުނި ޝޭޚް އަށް ވެސް ސިޔާސީ މަޤާމެއް. ތިހަދަނީ ގޯސް އިބޫ..
ޢަހްމަދު
08 April 2019
ބޭފުޅާ ޒާތީނުވޭ..އިބޫއަކީ ހިތްތިރި ރައީސްއެއް
ތުނިޔަ
08 April 2019
އިބޫގެ ހިތް ހެޔޮކަން އޭގެން އެނގެނީ!
ޝާހިދު
08 April 2019
ވެރިކަން ވެއްޓުނީވެސް ހިތްތިރިކޮށްގެން .. އިތުރު ބަޤާވާތެއް ބޭނުންތޯ..
ފޮނިޓައްޕު ހަސަނު
08 April 2019
ރައީސް ސާލިހް ވެރިކަން އެކުރައްވަނީ ވަރަށް ހިކްމަތްތެރިކޮށް. އެއްވެސް ރައްޔިތަކު ބާކީކޮށް ނުލާނެ، މީހަކާ ޒާތީވެގެން ދެރަގޮތެއް ނަހައްދަވާނެ. ޚަތުރުން މިތުރުންނަށް ހައްދަވާނެ. ރައިސް ޔާމީނުގެ ވެރިކަން ފެއިލް ވުމުގެ އެއް އަސްލު މިތުރުން ޚަތުރުންނަށް ހެއްދެވިކަން.
ބޯޑިނޭޓަރ
09 April 2019
ޔާމީން ނެތީމަ ދެން ދީން ބޭއްވޭނެ ގޮތެއް ހޯދަން އެންމެ ރަގަޅު ގޮތް ކަމަށް އިބޫއަށް ފެންނަ މީހާ ލާނެދޯ؟
ޓސްނާޑެ
08 April 2019
މަރުހަބާ، ޝޭހޫ ނަސްރުﷲ އަކީ ހިތްހެޔޮބޭފުޅެއް ކާމިޔާބައްއެދެން
އައިމިނާ
08 April 2019
މަރުހަބާ! ޝޭޚް
މަގޭސް
08 April 2019
ދިވެހިންނޯ.. ސުކުނެއް ވެސް ނޭނގޭ މީހުން ޤައުމު އިސްލާޙުކުރަން މޮޅެތި ކޮމެންޓު ތިކުރަނީ ؟ ދިވެހި ބަސް ނޭނގޭ މީހުން ކޮމެންޓު ނުކުރުން އެދެން. މިހާރު ނޫހުން ވެސް އެފަދަ ކޮމެންޓު ނުޖެހުން އެދެން.
ޕޮކަންޑިމޭން
08 April 2019
މީނާވެސް ކިޔަވަން ދިޔައީ ސަލަފިއްޔާއަށް. އެތަނަށް ދީން އުނގެނޭށޭ ކިޔާ ގޮސް ކުރަނީ ކޮންކަމެކޭތަ ނަޝީދު ބުނީ؟
ޖިނާޙް
08 April 2019
އަޒުހަރާ ސަލަފިއްޔާ ވަކިނުވާ މީހުން
ނާޒިމާ
09 April 2019
އޭނަ ކިޔާ ހުތުރު ވާހަކަ ތަކުރާރު ކުރާކަށް މަށަކަށް ލާހިކެއް ނޫން. ވަރަށް އަނގަ ހަޑި ރައީސެއް އެއީ