16 އެޕްރީލް 2019 - 07:04
ހަކުރު ބައްޔަށް އާންމުކޮށް ބޭނުންކުރާ ބޭހަކުން ކިޑްނީ އާއި ހިތުގެ މައްސަލަތަކަށް ވެސް ފައިދާކުރާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ހަކުރު ބައްޔަކީ ކިޑްނީ ހަލާކުވާން މެދުވެރިވާ ސިއްހީ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެކަމަކު ހަކުރު ބައްޔަށް ބޭނުންކުރާ ބޭހަކުން ކިޑްނީގެ މައްސަލަތަކަށް ފަރުވާ ލިބޭކަން އެނގުމަކީ ބޮޑު ހައިރާން ކަމެކެވެ.
ދަ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނީ ޓައިޕް 2 ޑައިބެޓީޒް ހުންނަ މީހުން އާންމުކޮށް ބޭނުންކުރާ ބޭހެއް ކަމަށްވާ ކެނަގްލިފްލޯޒިން (އިންވޮކާނާ) ގެ ސަބަބުން ހިތުގެ މައްސަލަތަކާއި ކިޑްނީ އަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ކުޑަކޮށްދޭ ކަމަށެވެ.
ބެލްޖިއަމްގެ ފާމަސޫޓިކަލް ކުންފުނި ޖެންސެން އިން ފަންޑްކޮށްގެން ހެދި މި ދިސާރާ އަށް ވަނީ ޓައިޕް 2 ޑައިބެޓީޒް އާއި ހިތުގެ މައްސަލަތައް ހުންނަ 30 އަހަރާއި 30 އަހަރުން މަތީގެ 4،401 މީހުން ދެ ގްރޫޕަކަށް ބަހާލައިގެން ދިރާސާ ކުރިއަށް ގެންގޮސްގަ އެވެ. އެއް ގްރޫޕަކީ ކެނަގްލިފްލޯޒިން ބޭނުންކުރި މީހުންނެވެ. އަނެއް ގްރޫޕް ފަރުވާ އަށް ބޭނުންކުރީ ޕްލެސެބޯ (އިންސިއުލިން) އެވެ.
ދެހާސް ސާދައިން 2017 އަށް އެ މީހުންގެ ސިއްހީ ހާލަތު ރެކޯޑްކޮށްގެން ނުކުތް ނަތީޖާ އަށް ބަލާ އިރު، ކެނަގްލިފްލޯޒިން ބޭނުން ކުރި މީހުން ކިޑްނީގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު 34 ޕަސެންޓަށް ދަށްވި އެވެ. ހަމަމިއާ އެކު އެކު ކިޑްނީ ފެއިލްވުމުގެ ފުރުސަތު 32 ޕަސަންޓް ދަށްކޮށްދެ އެވެ.
މީގެ އިތުރަށް ކެނަގްލިފްލޯޒިން ބޭނުންކުރި މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކް ފަދަ މައްސަލަތައް ވެސް ކުރިމަތިވުން ކުޑަކޮށް ދިނެވެ.
ކެނަގްލިފްލޯޒިން ސިއްހީ އިތުރު ފައިދާތަކެއް ކުރާ ކަމަށް ދިރާސާ އިން ދެއްކި ނަމަވެސް މި ބޭހުގެ ސައިޑްއިފެކްޓް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހަކުރު ބަލީގެ ސަބަބުން ހަށިގަނޑުގެ ކަށިތަކުގެ ބާރު ކުޑަވެ، ވަކިން ހާއްސަކޮށް އުނަގަނޑުން ތިރީގެ ކަށިތަކަށް ފަސޭހަ އިން ގެއްލުންވުން ހިމެނެ އެވެ.
ދިރާސާގައި އަދި ފާހަގަކޮށްފައިވާ ގޮތުގައި ހަކުރު ބައްޔަށް ބޭނުންކުރާ ބޭހަކުން ކިޑްނީގެ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށް ދެއްކިޔަސް މީގެ މާނަކީ ކިޑްނީގެ ހާލަތު ނާޒުކު މީހުންނަށް ކެނަގްލިފްލޯޒިންއަކީ ހައްލެއް ކަމަށް ބަލައިގެން ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށީޖާ
25 October 2019
ވެދާޅެ ހަމަ ތެދަކަށްވެސް.. އެކަމަކު މިރަށު މީހުންނަށް ވާގޮތަކީ ހެނދުނު ކާ ގުޅަ ނުކެވިއްޖެއްޔާ ތިޔަ ދިޔާ
ރެ-ޕި-ޑް-ފަ-ޔާ-ޒް
16 April 2019
އާޓިކަލްތަކުގަ ހުންނަ ސިއްހީ ވާހަކަތަކަށް މަމެން އިތުބާރެއް ނުކުރަން. އެއްބަޔަކު ބުނެފާނެ ގިނައިން ދޮންކެޔޮ ކާށޭ. އަނެއް ބަޔަކު ބުނެފާނެ އެ ދޮގެކޭ ނުކައްޗޭ. ދެން ސަލާމަތެއް ފަހެ ކޮބައި
ޔޯލަ
16 April 2019
މާތް ކަލާކޮ. މި ދެން އަހަރެން ގަބޫލުކޮށް ބޭނުންކުރަންވީ.