ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އުޝާމް ސަލާމް ކުރައްވަނީ. ---
17 އެޕްރީލް 2019 - 18:57
ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިޚާބީ މެމްބަރު އަހުމަދު އުޝާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަމިއްލަ ގޮތުން ވިލިމާލެ ދާއިރާ އަށް ވާދަކުރެއްވި އުޝާމް ރައީސާ ބައްދަލުކުރެއްވީ ރައީސް އޮފީހުގަ އެވެ. އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ވިލިމާލެ އަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
Warmest thank you to HEP @ibusolih for meeting me today. People of Vilimale & I are honored to have a fruitful dialogue with you on issues & much needed development to Vilimale. I look forward to working with the Govt to better the lives of the Maldivian people. pic.twitter.com/GIBE6Nntx1
— Ahmed Usham (@a_usham) April 17, 2019
އުޝާމް ކުރެއްވި ޓުވީޓު.
އުޝާމް "މިހާރު" އަށް ވިދާޅުވީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން މަޖިލިހުގެ ތެރެއިން ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ވިލިމާލޭގައި ހުރި މައްސަލަތައް ރައީސްގެ ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ރައީސްގެ އެޖެންޑާ އަށް ތާއީދު ކުރައްވާނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އުޝާމް މިއަދު ބޭއްވި ބައްދަލުކުރެއްވުން.
"ރައީސް ވެސް ވަރަށް ޕޮޒިޓިވްކޮށް ހުންނެވީ. ވިލިމާލޭގައި ހުރި މައްސަލަތައް ހައްލު ކުރަން ލަފާ އާއި ހިޔާލު ހޯދަން ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި."
މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އުޝާމް ހޮވިވަޑައިގަތީ، ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެމްޑީޕީގެ ކެންޑިޑޭޓު ޔާމީން އަހުމަދު ބަލި ކުރެއްވުމަށް ފަހު އެވެ. ނުފޫޒުގަދަ ދެ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރެއްވި ދާއިރާ އިން އުޝާމަށް ވިލިމާލޭގެ ރައްޔިތުން ކުރި އިތުބާރަށް ދާދި ފަހުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އުޝާމް ވިދާޅުވީ މަޖިލީހުގެ ފަސް އަހަރު އޭނާ ހުންނަވާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އޭނާ އަށް ތާއީދު ކުރި މީހުންނާއި ނުކުރާ މީހުންނާ މެދު ވެސް އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން އުޝާމް ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
18 April 2019
އުފާވެއްޖެ.
ކަނބިލި
18 April 2019
ރައީސްއަށް ސެލިއުޓްކުރަން. އެންމެން ގޮވައިގެން އުޅުއްވޭނެ. ގޯހީ ކެނެރީގެއިން ނިކުމެގެން އުޅޭ މީހާ. އޭނާއަކީ އޭނާގެ ކުލަނޫނީ ބަލައިގަންނަ މީހަކަށް ނުވާތީ. ރައީސް މާޑިމޮކްރަޓިކް
.ވިލިމާލޭ ދާއިރާ
18 April 2019
.ގަނެލީ ވިކުނީ .
އަސްލު
18 April 2019
އަދިވެސް ލިބުނު ގޮނޑިތައް މަދުވެގެން ހިތްނުފުރިގެން މިއުޅެނީ, ސަރުކާރު ބަދަލުކުރަން 12 މެމްބަރުން ކުރި މަސައްކަތަށްވެސް ވެރިކަމަށް އާދެވުމުން ދޯކާދީ ފުރަގަސް ދިނީ. ވެރިކަން ލިބުމުން, 12 މެމްބަރުން އަމިއްލަ އަތުން ޚަރަދުކޮށްގެން ރަށްރަށަށްގޮސް ކެމްޕޭންކޮށް ވެރިކަމަށް ގެނެއުމަށްޓަކައި ކުރި ބުރަ އަގުހުރި މަސައްކަތް ބަލައިނުގަނެ 12 މެމްބަރުންނަށް ދިނީ މިސަރުކާރުންވެސް އަނިޔާ. ﷲއިންޝާ އަދި އެކަން މިވެރިންނަށް ފެންނާނެ.
ނުމޮށޭގުރާ
18 April 2019
"އަޅުގަނޑު ދެންނެވިން ރައީސްގެ އެޖެންޑާ އަށް ތާއީދު ކުރައްވާނެ ކަމަށް". ކުރައްވާފަ ދޯ މިއޮތީ އަމިއްލައަށް!
ސަންޕަ އަހަންމަދު
17 April 2019
އުޝާމް ކުރިއަށް ޖައްސާލައިފިތާ؟ ދެން ތިހެން އުޅެލާފާ ސޮއިކުރާނީއެއްނޫން.
ޞާބީ
17 April 2019
ވަރައް މިނިވަންވެއްޖެ އެއްނު.
އަލިކޮ
18 April 2019
ރައީސާ ބައްދަލުކުރުމަކީ މިނިވަން ނުވުމެއް ނޫން.
ހިގޮ
17 April 2019
ތިއީޔޭ އަމިއްލަ ކެންޑިޑޭ ޓުންނުތިބެން ވީސަބަބު ތިބުނީ ތަރައްގީ ކުރަން އެޖެންޑާ އަށް ސަޕޯރޓް ކުރާނަމޭ އެހެން އެކަން ވާނީވެސް ސަރުކާރުން ރަށްޔަތުން ނަށް ކަމެއް ކޮށްދެވޭނީ''އެކަމަކު'ހަމަ ތިބާރުމިނުގަ ރުފިޔާ ދިނީމަ އިދިކޮޅަށް ވެސް ދާނެ ދެންކޮބާ ތިބުނާ އަމިއްލަކަން..ހަމަސަރުކާރު ކެންޑިޑޭޓް ހޮވިނަމަވެސް ތިދާއިރާ އަށް ތިގޮތް އޮތީހެނުން ކޮބާ އަމިއްލަގެ ބޭނުމެއް