ޑރ. އަހްމަދު ޝަހީދު: ފިނޭންސުން އެންގި ގޮތަށް ދައުލަތަށް އަނބުރާ އޭނާ ފައިސާ ދެއްކެވިޔަސް އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލެއް ނުކުރައްވާ.
02 ސެޕްޓެމްބަރ 2016 - 11:33
ފިނޭންސް މިނިސްޓްރީން އެންގި ގޮތަށް ދައުލަތަށް އަނބުރާ ފައިސާ ދެއްކެވި ނަމަވެސް އެއީ ދައްކަވަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސަރުކާރުގެ ޕޮލިސީ އެޑްވައިޒަރުގެ މަގާމުގަ އާއި ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޑރ. ޝަހީދު ދައުލަތުން ކުރެއްވި ހަރަދުތަކުގެ ތެރެއިން، އަނބުރާ ދައްކަން ފިނޭންސް މިނިސްޓްރީން އެންގި 46،556ރ. ދެއްކެވި ކަމަށް އަންގަވައި އޭނާގެ ވަކީލު އެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނީ، އެ ފައިސާ އަނބުރާ ހޯދުމުގެ ހައްގު ޑރ. ޝަހީދަށް އޮންނާނެ ކަމަށެވެ.
ޑރ. ޝަހީދަށް މި މައްސަލާގައި ގާނޫނީ ލަފާ އަރުވާ ޗެމްބާސް އިންގެ ސިޓީގައި ބުނެފައިވާ ގޮތުން އޭނާ އަބުރާ ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ފިނޭންސުން އެންގީ ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ބޭނުންތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެއްވި ކަމަށް ބުނާ 30،788ރ. އާއި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ޑރ. ޝަހީދުގެ ފޯނު ބިލް ދެއްކުމަށް ހަރަދުކުރި 15،768ރ. ކަމަށެވެ.
ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ މަންދޫބުގެ މަގާމު މިހާރު ފުރުއްވާ ޑރ. ޝަހީދުގެ ވަކީލުގެ ސިޓީއާ އެކު، އޭނާ އަނބުރާ ދައްކަން ޖެހޭ ފައިސާގެ ޗެކް ވެސް އިއްޔެ ވަނީ ފިނޭންސަށް ފޮނުވައިފަ އެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޗެކެކެވެ.
"އިސްވެ ހަވާލާ ދެވުނު ފައިސާއަކީ އަޅުގަނޑުމެންގެ މުވައްކިލު ދައުލަތުގެ ހާރިޖީ ވަޒީރުގެ މަގާމާއި އަދި ދައުލަތުގެ މުޝީރެއްގެ މަގާމުގައި ހުންނެވިއިރު، އެ މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކުރެއްވި ހަރަދުތަކަށް ވެފައި، އެ ހަރަދުތަކުގެ އެންމެހައި ލިޔެކިޔުންތަކަކީ ވެސް ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމުން، އެ ފައިސާއަކީ އަޅުގަނޑުމެންގެ މުވައްކިލު ދޭން ޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ކުރުމަށް 7 ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ފާހަގަކުރަމެވެ،" އެ ސިޓީގައިވެ އެވެ.
ޑރ. ޝަހީދަށް މި މައްސަލާގައި ގާނޫނީ ލަފާ އަރުވާ ޗެމްބާސް އިން ގެ ސިޓީގައި ބުނެފައިވާ ގޮތުން އޭނާ އަބުރާ ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ފިނޭންސުން އެންގީ ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އަމިއްލަ ބޭނުންތަކަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރެއްވި ކަމަށް ބުނާ 30،788ރ. އާއި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ޑރ. ޝަހީދުގެ ފޯނު ބިލް ދެއްކުމަށް ހަރަދުކުރި 15،768ރ. ކަމަށް.
ޑރ. ޝަހީދުގެ އިތުރުން އެމްޑީޕީ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އެހެން ހަ ބޭފުޅަކު އަނބުރާ ފައިސާ ދައްކަވަން އެންގީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެބޭފުޅުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގީ ރިޕޯޓުތަކުގައި ފާހަގަކޮށް އަދި އެ ފައިސާ ހޯދަން ދައުލަތަށް އަރުވާފައިވާތީ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.
ދެން ފައިސާ ދައްކަން އަންގާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު ޝިހާބާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ހުސެއިން ރަޝީދު އަހުމަދުގެ އިތުރުން ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު އަދާކުރެއްވި މުހައްމަދު އަސްވާނަށެވެ.
މީގެ ތެރެއިން މިހާތަނަށް ފައިސާ ދެއްކެވީ ޑރ. ޝަހީދު އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ރޭ ވަނީ ބުނެފަ އެވެ.
ފިނޭންސުން ބުނީ ފައިސާ ދައްކަން ދިން ހަތް ދުވަހުގެ ތެރޭގައި އެކަން ނުކުރެއްވި ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.
"އެބޭފުޅުންނަށް ފިޔަވަޅު ނާޅާކަށް އަދި ނުނިންމާ،" ފިނޭންސްގެ އޮފިޝަލް ރޭ ވިދާޅުވި އެވެ.
ފިނޭންސުން ބުނެފައި ވަނީ ހަތް ބޭފުޅަކު އަނބުރާ ދައުލަތަށް ފައިސާ ދައްކަން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެންގެވީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކަމަށާއި މިއީ ފެށުމެއް ކަމަށެވެ. އޮޑިޓަ ޖެނެރަލާއި އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބޭފުޅުންގެ އަތުން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
އެމްޑީޕީން ބުނެފައި ވަނީ އަނބުރާ ފައިސާ ހޯދަނީ ސަރުކާރުގެ ކޮރަޕްޝަންތައް ފޮރުވުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
03 September 2016
އެމްޑީޕީ އަކީ ސަރުކާރާ އިދިކޮޅު ޕާޓީތޯ ނޫނީ ރާއްޖެއާ އިދިކޮޅު ޕާޓީތޯ؟
ދޮންކަމަނަ
03 September 2016
"އެ މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކުރެއްވި ހަރަދުތަކަށް ވެފައި،" މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަންވެސް ވަކި ޤަވައިދުތަކެއް އެކުލެވިގެންވާނެތާދޯ. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރަންށޭ ކިޔާފައި ދިވެހި ރައުސުލްމާލު އެއްކޮށް ތިބޭފުޅުންގެ ފޯނުބިލް ދައްކަން ހުސްކޮށްގެންނުވާނެ. ތިޔަކަހަލަ އުޒުރު ދިވެހި ރައްޔިތުން ޤަބޫލެއްނުކުރާނެ. ކޮންމެކަމެއްގައިވެސް އޮންނާނެ ވަކި މިންވަރެއް. ސަރުކާރުގެ އިސް މަޤާމިތަކަށް އައްޔަންކުރީމާ ތިޔަ ހީކުރައްވަނީ 'ވީ އާ އެބަވް ދަ ލޯ'އޭ. ބޭނުންކަމެއް ކުރަންވީއޭ.
ޟަނިކި 2
03 September 2016
އޮކޭ ދެން އެމްޑީ÷ީ ސަރުކާރުގެ މިނިސްޓަރ ފެންވަރުގެ ބޭފުޅުން ތިފައިސާ ދައްކަން މަޖްބޫރުކޮށް ދައްކަވާނެ ' އެކަމަކު މިސަރުކާރުގެ އަދީބް ކޮރޮޕްޝަންގެ ފައިސާ ގައި ޖެހިފައިވާ ބޭފުޅުންގެ ( މަޖްލިސް މިންބަރުން މިނިސްޓަރުން ) އަތުން ފައިސާ ހޯދާނީ ކޮންދުވަހަކުންތޯ
ޝަނިކި 1
03 September 2016
ބަރާބަރު ފެށުމެއް. ވަރަށް ތާއީދު! ދެން ޝަނިކި 2 ބުނާގޮތުން، ކޮންބަޔަކުން ކޮން އިރަކުތޯ ފަށަންވީ!! މީހަކު މޮޔަވެދާނެ ސަހާދެއް! މޑޕ ވެގެން ގޮސް ހުސްވީމަ، ޕޕމ އަށް ގޮސް ހުސްވީމާ ވާގޮތަތިވަނީ
ޝަހީދު
02 September 2016
ރައްޔިތުންގެ ލާރި ކައިފަ ލާރި ދައްކަން ނުޖެހޭނެ ސަބަބެއް ނޯންނާނެ.
ބޮލި މުލައް
02 September 2016
ހެހެހެހެހެހޭ ދައްކާކަށްނުޖެހެ އެކަމު ދެއްކީ. މީ އަރަތެއް.
ޟުނަ
02 September 2016
ޢެކަންވެސް ސްޕިން ކޮއްފަ މިއޮތީ. ޙަމަ ސްޕިން ޑޮދްޓަރ އެއް
ޟަނިކި
02 September 2016
އޮކޭ ދެން އެމްޑީ÷ީ ސަރުކާރުގެ މިނިސްޓަރ ފެންވަރުގެ ބޭފުޅުން ތިފައިސާ ދައްކަން މަޖްބޫރުކޮށް ދައްކަވާނެ ' އެކަމަކު މިސަރުކާރުގެ އަދީބް ކޮރޮޕްޝަންގެ ފައިސާ ގައި ޖެހިފައިވާ ބޭފުޅުންގެ ( މަޖްލިސް މިންބަރުން މިނިސްޓަރުން ) އަތުން ފައިސާ ހޯދާނީ ކޮންދުވަހަކުންތޯ
ކަނޑިކި
03 September 2016
އޯކޭ ދެން ބޭފުޅާ! ދެން ކޮންދުވަހަކު ކޮން އިރަކުންތޯ ކޮން ބަޔަކުންތޯ ފަށަންވީ! މައުމޫނުން ފަށަން އުޅުނަސް ރީނދޫ ކުދިންކޮޅަށް މިހާރަކު ކަމަކު ނުދާނެކަން ޔަޤީން! އެއީ މިހާރު އެއާއިލާއަކީ ތިފަޅި. މާބޮޑަށް މޑޕ ހުސްވީމަ ޕޕމ ވެ ގޮސް ހުސްވީމަ ވާގޮތް ދިވެހިންނަށް މިވަނީ!! ކީއްކުރާނީ ދޯ!!
އެމް ޑީ ޕީ
02 September 2016
ހެހެހެ ދެން ކީއްވެ ދެއްކީ. ފިނޑި ޝަހީދު
ދީދެން
02 September 2016
ގަބޫލުކުރިއަސް އަދި ނުކުރިއަސް ފައިސާ ޑޮކްޓަރ ޝަހީދު ފައިސާ ދައްކާފައި ނޫން އޮތީ. ދެން އެހެން ވެއްޖެނަމަ ރަންރީނދޫ ބޮޑޭ އެންމެ އަވަހަށް ފައިސާ ދައްކަންވީ އެއް ނޫން. މިހާރު ފްލެޓްސް ތަކުގެ އަގު ކަމަށް ތިން ގުނަ ލައިގެން ޗާރޖް ކުރި ފައިސާ ވެސް ސަރުކާރުން އަތު ލައިފިއެެއް ނޫން ދޯ. އެލާރި ގަނޑު ހުންނާނެ އެއް ނޫން ދޯ.
ގގ
02 September 2016
މިހާރު މިރާއްޖޭގައި މިއޮތީ ޖާހިލިއްޔަ ޒަމާނުގައިވެސް ވެރިން މުދާ ޖަމާކޮށްގެން ބާތިލް ގޮތުގައި މުދާ ކެއުމުގެ އެންމެ ކޮރަޕްޓް ޓެކުސް ނިޒާމު!
ޟަމެން
02 September 2016
ބްރޯވެސް އަނބުރާ ދެއްކީމަ އޯކޭ ވީތޯ؟؟ ޚިނާނާތްތެރިންނަށް ހާދަ ހެޔޮކޮށްމިހިތަނީ؟؟