ބަންޑާރަ ނައިބުގެ މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިފްއަތަށް ދެއްވަނީ.---ފައިލް ފޮޓޯ: މިހާރު
23 މެއި 2019 - 10:15
އަމިއްލަ މަސްލަހަތު ހިމާޔަތް ކުރައްވައި، ދައުލަތަށް ގެއްލުންވާ ގޮތަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވާ ކަމަށް ކުރާ ތުހުމަތުތަކުގެ ހަގީގަތް ސާފުކޮށްދޭން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިރޭ ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަން، ޕީޕީއެމާއި ޕީއެންސީ ގުޅިގެން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ސަރުކާރަށް ހަ މަސް ވި އިރު ފެންނަނީ ދައުލަތުގެ ބަޖެޓުން އޭޖީ ފައިސާ ބަހާ ތަން ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީން އޭނާ އަށް ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.
ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ނިންމުންތަކާ މެދު ރައްޔިތުން ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިސާލެއްގެ ގޮތުން ނިހާން ދެއްކެވީ، ދީބާޖާ އިންވެސްޓްމެންޓުން 348 މިލިއަން ރުފިޔާ، ދައުލަތުން ހޯދަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮއްވައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ރިފްއަތު ހުށަހެޅުއްވި ކަމަށް ކުރާ ތުހުމަތެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކުރި ތުހުމަތުތަކާ އެކު އެއީ، ދައުލަތަށް ބުރަކުޑަވާ ގޮތެއް ހޯދަން ގާނޫނީ އިމުގެ ތެރެއިން ފުރުސަތެއްތޯ އޮތްތޯ ބައްލަވަން ކުރެއްވި ކަމެއް ކަމަށް ރިފްއަތު ވިދާޅުވި ނަމަވެސް ނިހާން ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އުޅުއްވުމުން ސުވާލު އުފެދޭ ކަަމަށެވެ. ޒީރޯ ޓޮލަރެންސްގެ ސަރުކާރެއްގެ ގޮތުގައި ވަކާލާތު ކުރާ އިރު، ދީބާޖާ އަށް ފައިސާގެ އަދަދެއް ހުށަހެޅުއްވި ކަމުގެ ތުހުމަތަކީ ވެސް ސީރިއަސް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"އެންމެ ހަ މަސް ނުވެގެން މިއުޅެނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ބަހަމުން ބަހަމުން ގެންދާތަން،" ނިހާން
ރިޝްވަތު ނަންގަވައި ދީބާޖާ މައްސަލަ ހައްލުކުރަން އުޅޭ ކަމަށް ކުރި ތުހުމަތު އޭޖީ ވަނީ ދޮގު ކުރައްވައިފަ އެވެ.
ނިހާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދޫކުރި ޖީއެމްއާރުގެ މަސްލަހަތު ހިމާޔަތް ކުރަން އޭޖީ އުޅުއްވާ ކަމަށް ދައްކާ ވާހަކަތަކަށް ވެސް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހެ އެވެ.
ނިހާން ވިދާޅުވީ ޖީއެމްއާރުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކްސްއެއް ބަންޑާރަ ނައިބުގެ ލަފާފުޅަކަށް މާފެއް ނުކުރެވޭނެ އެވެ.
ޕީއެންސީގެ ނައިބު ރައީސް ނިހާން: ބަންޑާރަ ނައިބު ރިފްއަތު ޖަވާބުދާރީވާން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށް ނިހާން ވިދާޅުވި.---ފޮޓޯ: މިހާރު
"އެންމެ ހަ މަސް ނުވެގެން މިއުޅެނީ. އަޅުގަނޑުމެންނަށް މި ފެންނަނީ ބަހަމުން ބަހަމުން ގެންދާތަން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖީއެމްއާރުން، މީރާ އަށް ދައްކަން ޖެހޭ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް އޭޖީ ލަފާ ދެއްވިތޯ އާއި ޖީއެމްއާރުގެ އިސްވެރިއަކާ އޭޖީ އޮޮފީހުގައި ބައްދަލުކުރެއްވިތޯ ވެސް ސާފުކޮށްދެއްވަން ޖެހެ އެވެ. ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ނުނިންމާ ކަމަށް އޭޖީ ރިފްއަތު ރޭ ވަނީ ޓުވީޓް ކުރައްވައި ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަށް މި އިވޭ ކަންކަމަކީ ޒީރޯ ޓޮލަރެންސްގެ ދަށުން ނޯޓު ކުރަން ޖެހޭ ކަންކަން ކަމަށް ޝައްކުވާތީ މި ވާހަކަތައް ދައްކަން މި ޖެހެނީ،" ނިހާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއިދޫހަސަނު
23 May 2019
ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާލައިގެން ލިބުނު ލާރިގަނޑަށް ހެދިގޮތުގެވާހަކައިން ސުވާލުކުރުއްވާނީ ކޮންއިރަކުންތޯއެވެ. އެއީވެސް ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭނެކަމެކެވެ. ޕާޓީތަކުގައި ތިބި މަދުމީސްކޮޅުގެ ޙައްޤު އޭގެތެރޭގައި ހިމެނެއެވެ. ކުރީގެކަންތައް ކުރިއަށް ފަހުގެކަންތައް ފަހަށް ޖައްސައި އެވާހަކަ ކުރިން ދައްކަމާހެއްޔެވެ. ވަރަށް ދައްކާހިތްވާވާހަކައެކެވެ. އެއްބަސްތޯއެވެ. ދައްކާލެވިދާނެއެވެ.
ޢަބްދުﷲނާފިޒް
23 May 2019
ނިހާނޫ، ކަލޭ އަތުކުރީގަ ރޮލެކްސް ގަޑިއަޅާފަ މާލޭސިޓީގަ ލަގްޒަރީ އެޕާރޓްމެންޓްގަ ދިރިއުޅެ، ދަރީންނަށް އުފަންދުވަހުގެ ހަދިޔާއަށް ބީއެމްޑަބްލިއު ކާރު ގަނެދީހެދީމަ، ރައްޔިތުން ކަލެއާ ދޭތެރޭ ތުހުމަތުކުރީ ދައުލަތުގެ ފައިސާ ނުސިޔާނު ގޮތަކަށް ހޯދައިގެން އުޅެނީކަމަށް، އެޔެއް ސާފުކޮށްދީބަލަ.
ވަޑްޔައްތޮކިނަބާ
23 May 2019
ނިހާނޫ ކަލޭމެން ތިޔަކުރާ ތުހުމަތު ކަލޭމެން އަހަރުމެންނަށް ސާފުކޮށްދީބަލަ.
ނެޑް
23 May 2019
ތިއީ އޭސީސީއަށް ގެންދާއިރަށް އެއީ ޕޮލިޓިކަލް ވާހަކަ ދައްކާލިއްޔޭ ބުނާ މީހުން.
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
23 May 2019
ނިހާނު ވިދާޅުވާފަދައިން މީނާ ހާދަ އަވަހަކަށޭ މުއްސަނދިވާން މިއުޅޭނީ... ޖީބާޒުގެ އެއް ޕާޓުނަރަކީ މިސަރުކާރުގެ ޕަވަރފުލް މިނިސްޓަރެއް.. ނަމަވެސް ރައްޔަތުންގެ ޓެކުސް ފައިސާއަށް ހޮނުއަޅާތަން މި 6 މަސްތެރޭގައި އެބަފެނޭ.. ސޭޓުވެސް ފުރުސަތުގެ ބޭނުން ހިފައިފި މައުސޫމުވެސް.. އަދި ލިސްޓުއޮތީ އިތުރަށް... ދެން މިބައި އިތުރަށް ރިކަވަރުކުރަން އިސްޓިކާ..ހަމަޔެއް އުސޫލެއް ނެތް މީސްކޮޅު މަދު ގައުމެއް..ފައިސާ ލިބޭލެއް ގިނަކަމުން ނޫންނަމަ ބަނޑައްޖެހެނީސް....
ދޮންމަނިކެ
23 May 2019
ކަލޯގަޔާ މީވާ ފިސާރި ބޭފުޅެއް... ރައީސް ސޯލިހުގެ ނަޒާހަތްތެރި ވެރިކަމަށް ކިލަނބުކަމެއް ނުގެނެސް އިސްތިއުފާދެއްވަ އަމިއްލަ ލޯފާމުގައި ކުޅުއްވި ކުޅިތަށް ސަރުކާރަށް ބުރައަކަށްވެއްޖެ ލަދުވެތިވެއްޖެ
އަބްދުﷲނާފިޒް
23 May 2019
ކަލޭމެން ވައްކަން ކުރިކަމުގެ ތުހުމަތު ރައްޔިތުން ކުރާތާ ލައްކަ ދުވަސްވެއްޖެ, ސާފުކޮށްދީބަލަ
ތާރޭ
23 May 2019
އެމްޑީޕީ ކުރީގެ ސަރުކާރުން ހެދި ހުރިހާ އެގްރިމެންޓަކަށް މިޖެހެނީ ނިކަމެތި ރައްޔިތުން ޒިންމާވާން ތިންސަތޭކައިން ހަތަރުސަތޭކަ މިލިއަނުން ޑޮލަރު ކޮންމެފަހަރަކުވެސް ހަވާލުވަނީ މަށަށްވާނޭ ކިޔާފަ
އަލީރަސީދު
23 May 2019
ދެން ތި ނިހާންމެން ކިޔާ އެއްޗެހި ޖެހުން ހުއްޓާލަބަލަ. ތަންކޮޅެއް ގޮތެއް އަޚްލާޤެއް ސުލޫކެއް ހުންނަ މީހުން ނޫނިއްޔާ ވާހަކަ ދެއްކުމުގަވެސް އަޚްލާޤެއް ސުލޫކެއް ނުހުންނާނެ. މުޅީން އަގުވެއްޓި ފެއިލްވީމާ ދެން ޕޯޑިއަމްތަކުން ޖާގައެއް ލިބެން އޮތް ހަމައެކަނި ހަދާލައިގެން އެއުޅެނީ.
ޓްލަރެންސް+
23 May 2019
ޒީރޯ ޓޮލަރަންސް ކިޔައިގެން ބޯޑު ޖަހައިގެން ތިބެނީ ފަރުދާގެ ފުރަގަސް ވަރަށް ކިލަބު ވަރަށް ވާހަކަ