23 މެއި 2019 - 12:29
ކ. ދިއްފުށީގައި ރޭ ވަޅިން ހަމަލާދީ ދެ މީހަކު ޒަހަމުކޮށްލުމާއި އެ ރަށު ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ރޯކޮށްލި މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެ އެވެ.
ދިއްފުށީ ލަވްލީގާޑް ކިޔާ ފިހާރައެއް ފަޅާލައި 180،000 ރުފިޔާ ވަގަށް ނެގި މައްސަލާގައި ވަގު ހޯދުމަށް ރޭ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުތުމުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ އެ މީހުންގެ ތެރެއަށް ވަދެ ދެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފަ އެވެ. އެ ވަގުތު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކަށް ހަމަލާދީފަ އެވެ.
Dhiffusheegai vagaku hoadhan nukume hingi hamanujehumugai dhe meehaku serious haalathugai
The most trusted news source in the Maldives
Mihaaru
ދިއްފުށީގައި ރޭ ހިނގި ހަމަނުޖެހުން---
އޭގެ ތެރެއިން ވަޅި ހެރުމުން ޒަހަމްވި އެކެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ވަޅި ހެރި މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފަ އެވެ.
ދިއްފުށީގައި އާއްމުކޮށް ވައްކަންތައް ކުރާ ކަމަށް ތުހުމަތު ކުރެވޭ ގުރޫޕުން ގެންގުޅޭ ޑިންގީގައި ބަޔަކު ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އޭތި ވަނީ އަންދާލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިންގި ހަމަނުޖެހުންތަކާއި އެ ޑިންގީގައި ރޯކޮށްލުމާ ގުޅުމެއް އޮތްކަން އަދި ޔަގީން ނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދިނެވެ.
ދިއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް ސާޖިދު ރޭ ވިދާޅުވީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބޮޑު ގުރޫޕެއް އެ ރަށުގައި އޮންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޝްރަފު
23 May 2019
މިއީ ރަށްރަށުގައި ގެސްހައުސް އަދި ޓުވަރިޒަމްއާއި ގުޅުން ހުރި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ ވަރައްބޮޑު ގެއްލުމެއް. ރައްރަށުގައި ކުށް މަދުކުރުމަށާއި ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމަށް ބޭނުންވެފައިވާ މިންވަރު ފާހަގަވާނެ މިކަމުން އެކަނިވެސް!
ބީޗް
23 May 2019
ކައުންސިލް އިން ޖެޓީ ކައިރީ ޗެކް ޕޮއިންޓް ހަދާ ސީސީޓީވީ ކެމެރާ ހަރު ކުރަން ވީއެވެ. ރަށްރަށުގަ މިކަން ފަށަން ވީއެވެ.
ރަދީފް
23 May 2019
ވަރަށް ނުބައި ޕްރިސީޑެންޓެއް ރައްޔަތުން ނިކުމެ ތި ގާއިމްކުރީ.މިހާރު ޒަހަމްވެ ފަރުވާ ދެވެމުން އަންނަ މީހުން ގަދަވެގެން އައިސް މިކަމުގެ ބަދަލު ނުހިފާ ތިބޭނެބާ!!؟؟؟ އެހެންވީމަ އެއްވެސް ބަޔަކު ގާނޫނުތައް އަތަށް ލައިގެން ނިކުތުން އެއީ ދެރަކަމެއް.މިރަށުގެ ހުރިހާ ރައްޔަތުން ސުލްހަވެރިކަމާއިއެކު އުޅެވޭނެފަދަ މާހައުލެއް ކޮންމެހެންވެސް ބޭނުން.ކުދި ކުދި ކޮމިއުނިޓީތައް ހޫޓޫންނާއި ޓޫޓްސީންތަކަށް ވެގެން އުޅޭނަމަ އޭގެ ރިޒަލްޓް ހިތިވާނެ.#ޕީސްފޯދިއްފުށި
ޯއޯކޭ
24 May 2019
އެމީހުން ކުށް ސާބިތު ވެފަ އޮށްވަ ސަލާމަތް ވާނެ ކަަމަށް ތަ ތި ބަަލަނީ!! ނުވާނެ!! މިއީ ދިއްފުށީ މީހުން ވަރަށް ވިސްނާފައި ކުރި ކަމއށް