ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 މެއި 2019 - 10:42
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އިންޑިއާ އިން އަގުވަޒަންކުރާ ކަމަށް އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ވިދާޅުވެއްޖެ އެވެ.
މޯދީ ހޯއްދެވި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މަރުހަބާ ދެންނެވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވައި މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.
Thank You @ibusolih for your warm wishes. India greatly values its relations with Maldives. I look forward to working closely with you to further strengthen our multifaceted partnership. https://t.co/sW5lDDDdc4
— Narendra Modi (@narendramodi) May 23, 2019
މޯދީ ކުރެއްވި ޓުވީޓު.
މޯދީ ހޯއްދެވި ކާމިޔާބީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދެންނެވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވައި މޯދީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި އޮތީ ދެ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާއްސަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ވެސް މޯދީގެ ޓުވީޓްގައި ވިދާޅުވި އެވެ.
Thank You @MohamedNasheed for your wishes.
— Narendra Modi (@narendramodi) May 23, 2019
India-Maldives partnership rests on our shared vision of peace, development and prosperity of our countries and our region. I look forward to further deepening our special bilateral ties. https://t.co/R7YTF0KFxH
މޯދީ ކުރެއްވި ޓުވީޓު.
ދޮޅު މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ވޯޓުލުން ނިންމައި ވޯޓު ގުނަން ފަށާފައި ވާއިރު މަޖިލީހުގެ 542 ގޮނޑީގެ ސާފު އަޣުލަބިއްޔަތު މޯދީގެ ބީޖޭޕީ އަށް ވަނީ ލިބިފަ އެވެ. މިއީ މި 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެ ގުޅުން ބަދަހި ކުރީ ވެސް މި ސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އިންޑިއާއަކީ ރާއްޖެއާ އެންމެ ބޮޑު ގުޅުމެއް އުފެދިފައި އޮތް އެއް ގައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
25 May 2019
ނެތޭ މިގައުމަށް މިފަދަ ދެވަނަބަޔަކު! ނެތޭ އެހެންވަކި މިފަދަ އެއްސިފަ ބަޔަކު!.............................. ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ލޭގެ ގުޅުމެއް. މިހާ އެއްސިފަ ވަކި އެހެންބަޔަކުވެސް ނެތް. ބައެއް ދިވެހިން މިކަން ގަބޫލުނުކުރާތީ ވަރަށް ހިތާމަކުރަން. ގެރިއޭ ގެރިއޭ ބައެއް ދިވެހިން ބުނެ މަލާމާތް ކުރާއިރު ގެރިމަސްކާން ހޭބަލިވެގެން އހަރުމެން ދިވެހިންއުޅޭނީ. ގެރިމަސް ލިބެންޖުއްޓާ އެހެން މަހެއް ނުކާނެ ވަރިކަމަ ކުކުޅުމަކަސް ، ރަތްމަހު ކަނޑުމަހަކަސ
ގެރިގުއި
25 May 2019
ގެރިމަހަށްވުރެ ޖަމަލުމަސްމީރެވެ.
ބޮޑުމީހާ
25 May 2019
އިންޑިއާއިން އަގުވަޒަންނުކުރަންވީ ސަބަބެއްނެތް. މިރާއްޖެ މިދަނީ އިންޑިއާ ބޭނުންވާގޮތަށް. ހެލިކޮޕްޓަރ ދުއްވާށޭ ކިޔައި އެތައް ސިފައިން، 200، 300 ޕަސެންޖަރުން އުފުލާ ފްލައިޓްގަ ދިވެހި ކެޕްޓަނުންތިބޭ. އެކަމަކު ހެލިކޮޕްޓަރެއް ދުއްވާ ބަލަހައްޓަން އެގޭ ބަޔަކު ދިވެހިންގެ ތެރޭގަ ނެތީތަ
ޝޮކްތެރަޕީ
24 May 2019
އިންޑިޔާއާ ގުޅިގެން މިރާއްޖެ ތަރައްގީ ނުކުރެވޭނެ. މި ޤައުމު ވާނީ އަޅުވެތި.
އީމަން
24 May 2019
ރާއްޖެ ބޫނުން ވަނީ އިންޑިޔާގެ ތައްޕާހުން އެއްކޮއް ސަލާމަތްވެ އަމިއްލަ ފައި މަތީ އުޅެންށެވެ.
ފާސްނުވާ ޑރ
24 May 2019
ތިޔަބުނުއްވީ ރާއްޖެބޭނުންވާގޮތް.. ދިވެހިންބޭނުންވާގޮތެއްނޫން..
ޖަމްބޯ
24 May 2019
އެކަން ކުރެވޭނީ ތަރުކާރީ މޭވާ އެއްޗެހިވެސް އަމިއްލަ އަށް ހެއްދިގެން. ޙިލަ ވެލިވެސް