އެމްސީބީގެ ސައްހަ ނޫން ޗެކުތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ބުނެ އާއްމުން ސަމާލުވުމަށް އެދި އެ ބޭންކުން ނެރެފައިވާ އިއުލާނެއް. --ފޮޓޯ: ފަޒީނާ އަހްމަދު
07 ސެޕްޓެމްބަރ 2016 - 12:15
ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލައިގެ މައުލޫމާތު ދޭން ފުލުހުންނާއި ފެނަކައިން ވެސް ދެކޮޅުހަދައިފި އެވެ.
ފެނަކަ އަށް ޑޮލަރު ވިއްކަން ވެގެން ދިން ހުރިހާ ޗެކެއް ވެސް ވަނީ ބައުންސްވެފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯންޗުގެ ހިދުމަތް ދޭ އެ ކުންފުންޏަށް ފެނަކަ އިން ވަނީ 1 މިލިއަން ޑޮލަރަށް ޖެހޭ ދިވެހި ފައިސާ ދޫކޮށްފަ އެވެ. އެ ފައިސާ އަނބުރާ ހޯދަން ފެނަކަ އިން މަސައްކަތް ކުރި ނަމަވެސް ލިބޭ ގޮތެއް އަދި ނުވެ އެވެ.
މި ބޮޑު އިހުމާލާ ގުޅޭ ގޮތުން ފެނަކައިގެ ރަސްމީ ބަހެއް ހޯދަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ގުޅުމުން ވިދާޅުވީ ސުވާލުތައް ލިއެފައި ފޮނުވުމަށެވެ. ސުވާލުތައް ފޮނުވިތާ ހަފުތާއެއް ވީ އިރު ވެސް ފެނަކައިން އަދި ޖަވާބެއް ނުދެ އެވެ.
ފެނަކައިގެ އެއް މިލިއަން ޑޮލަރުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނަށް ޑޮލަރު ހޯދައިދިނުމުގެ ނަމުގައި ވެސް ލޯންޗު ކުންފުނިން ނެގި ފައިސާއާ އެކު އެ ހީލަތުގެ ޖުމްލަ 40 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ ލޯންޗު ކުންފުނީގެ އެއް ހިއްސާދާރު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ލޯންޗު ކުންފުނިން ފެނަކަ އަށް ޗެކްތައް ދިނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ ކޮންމެވެސް ތައްގަނޑު ޖަހާފަ އެވެ. އެކަމަކު އެ މައްސަލާގައި ވާހަކަ ދައްކަން އެ ބޭންކުން ވެސް ބޭނުމެއް ނުވެ އެވެ.
ފުވައްމުލަކު ކަރަންޓަށް މިދިޔަ ފެބްރުއަރީ މަހު ދިމާވި މައްސަލައެއް ހައްލުކުރަން ފެނަކަ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ: ޑޮލަރު ގަންނަން ފެނަކައިން ހިންގި މުއާމަލާތަކުން ބޮޑު ގެއްލުމެއް ވަނީ ލިބިފައި
"މިހާރު"އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް ލޯންޗް ދުއްވާ ކުންފުންޏަށް ފެނަކައިން ދޫކުރީ 15.42ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ.
އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.
"ޑޮލަރުގެ ތިން ޗެކާ ފެނަކައިން ހަވާލުވީ އެއީ ރަނގަޅު ޗެކްތަކެއްތޯ ޔަގީން ކުރުމަށް މޮރިޝަސް ކޮމާޝަލް ބޭންކަށް ފެނަކައިގެ ސްޓާފަކު ފޮނުވައިގެން އެކަން ކަށަވަރުކުރުމަށް ފަހު. އެތަނުގެ ސްޓާފަކު އޭރު ބުނި ކަމަށް ވަނީ ޗެކްތައް ސައްހަ ކަމަށް،" މައްސަލައިގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުންޏެވެ.
"އެކަމަކު ފަހުން މި މައްސަލަ ކުރިމަތިވެގެން ފެނަކައިގެ ފަރާތުން ބޭންކާ ސުވާލުކުރުމުން ބުނަނީ ޗެކްތަކުގައި ޖަހާފައި ވަނީ ގެރެންޓީ ތައްގަނޑެއް ނޫނޭ. އެކަމަކު އެއީ ބޭންކުގެ ތައްގަނޑެކޭ."
އޭނާ ބުނި ގޮތުގައި ޑޮލަރު ޗެކްތައް ބައުންސް ވުމުން، އެއަށް ވާ ވަރަށް ރުފިޔާ ޗެކްތަކެއް ލޯންޗް ކުންފުނިން ފަހުން ފެނަކައަށް ދިނެވެ. ނަމަވެސް އެ ޗެކްތައް ވެސް ބައުންސްވީ އެވެ.
ފެނަކައަށް ޑޮލަރު ގަންނަން ދޫކުރި ފައިސާގެ މައްސަލާގައި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއް މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އެވެ. ޑޮލަރު ވިއްކަން ބުނި ކުންފުނިން ފެނަކަ އަށް ހުށަހެޅީ ބަހާލައިިގެން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދޭށެވެ.
އެމްސީބީގެ މެނޭޖިން ޑިރެކްޓަރު ގިލްސް ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގަށް އެ ބޭންކުން ފުރިހަމަ އަށް އެއްބާރުލުންދީ، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ބޭންކްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ރާއްޖޭގެ މަރުކަޒީ ބޭންކާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.
ސައްހަ ނޫން ޗެކްތަކެއްގެ މައްސަލަ ފަޅާއެރި ފަހުން އެ ބޭންކުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެމްސީބީން ގެރެންޓީ ދީފައިވާ ކަމަށް ބުނެ ނުފުށުގައި ސްޓޭމްޕެއް ޖަހާފައިވާ ޗެކްތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "...ޗެކްތަކުގައި ބޭނުންކޮށްފައިވާ 'ބޭންކް ގެރެންޓީ' ސްޓޭމްޕް ބޭނުންކުރުމަކީ މި ބޭންކްގެ ޕޮލިސީއެއް ކަމުގައި ނުވާތީ، މިފަދަ ޗެކެއް އޮތް ފަރާތެއްވާ ނަމަ، އެކަމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވަމެވެ،" އެމްސީބީގެ އިއުލާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒިންމާ
08 September 2016
ތިޔަ މުޢާމަލާތަކީ ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް ކޮށްފައިވާ ޚިޔާނާތުގެ ޢަމަލެއް. ޒިންމާވާ ބަޔަކު ތިބޭނެ
އާމިރު
07 September 2016
އަދިވެސް ޝޭހުން ބުނާނީ މީތި އޯކޭޔޭ ......އަގަމަތީ މަލަން އަޅިގެން ތިބޭ.........ތަނެއް ފަސާދަވަންޔާ އެކަމެއް އޮތް ގޮތް އޮޅުން ފިލުވާދިނުމަކީ އިލްމުވެރިންގެ ކޮނޑު ގައެޅިފަވާ ބޮޑު ވާޖިބެއް މިފެންނަނީ އިހުމާލް ވާތަން ..........ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ
ގާއީސް
07 September 2016
ކާމް ޑައުން، ޕޮލިހުން އިންވެސްޓިގޭޓް ކުރަމުންދާ މައްސަލަތަކުގެ އިންފޯ އެއް ނުދެ އެއްނު އެހެން ނޫނަސް. ހައު ކޭން ވީ ބްލޭމް އޯލް ދިސް އޮން ފެނަކަ އޯ؟ ހައު ޝުއަ ކޭން ވީ ސޭ ދިސް އިޒް އަ ޕޮލިޓިކަލް ގޭމް؟ ދިސް މައިޓް ބީ ގައުމީ ފެންވަރުގައި މިފަދަ ފްރޯޑްތައް ހިންގާ ބައެއް ކަމަށް ވެސް ދޯ! ލެޓްސް ޖަސްޓް ވެއިޓް އެންޑް ސީ...
ޢަލީ
07 September 2016
މުޅިންވެސް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަނޫން އެހެބް އަޑެއް ނީވޭ!
އެމްސް
07 September 2016
ކަރަޕްޝަން ނޫން ކަމެއް ނެތް! ހުރިހާކަމެއް ނާޖާއިޒަށްގޮސް ނިމިއްޖެ!
ސާޖް
07 September 2016
ތިމައްސަލާގައި އެއްޗެއް ނުބުނާނަމަ މުހައްމަދު ނިމާލް އެމް.ޑީ ޖެހޭނެ އިސްތިއުފާދެއްވަން.
ޖޭޑް
07 September 2016
ލޯންޗު ދުއްވާ ކުންފުންޏަކީ ބޭރުފައިސާގެ މުއާމަލާތް ކުރުމުގެ ލައިސންސް އޮތް ބައެއްތޯ
އުދުހޭ
07 September 2016
1 މިލިޔަންޑޮރަލުގެ ވައްކަމަށްވުރެ މީހެއްގެ އަބުރާ ބެހުމަކީ މާ ބޮޑު ކުށެއްހެން އަޅުގަނޑަށް ވިސްނެނީ. އެއީ އިއްޒަތްތެރި އަބުރުވެރި މެންބަރުންގެ ވާހަކަތަށް ހުންނަގޮތުންނާއި އަބުރާބެހުމުގެ ހުކުމް ބޮޑުކަމުން. އަޅުގަނޑަށް ވިސްނޭގޮތް ހާމަކޮށްލީ!
ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ
07 September 2016
Fenaka Corporation Limited އާއި އެތަން ހިންގުމަށް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް އައްޔަން ކޮށްފައިވާ މުހައްމަދު ނިމާލު ތިވާހަކަ ނުދެއްކިޔަސް ހަޤީގަތް ހާމަކުރާނެ ދިވެހިން ތިތަނުގައި އުޅޭނެ. . . . . ނަމަވެސް ''މިވަގުތަކީ އެކަން ކުރެވޭނެ ވަގުތެއްނޫން'' ކަން އިގޭތީ އެމީހުން މަޑުންތިބީ. . . . . ބޭންކެއްގެ ތެރޭން ބައިނަލް އަޤުވާމީން ބޭންކިންގ ނިޒާމާއި ހިލާފަތް ހިންގި ''ވައްކަމެއްގެ ވާހަކަ'' ދެއްކި ބޭންކް ގެ މެނާޖަރ (ތިރީގައި ލިންކް) އެވަނީ ޖަލުގެ ގޮޅިއަކަށް ވައްދާފައި. އެފަދަ މާހައުލެއް އޮތްއިރު ކިހިނެއް ފެނަކައިގެ މުވައްޒިފުން ތިކަން އާންމު ކުރާނީ .. / މިނިވަންކަން ، އައްޑޫ ސިޓީ
ކީއްވެތަ
07 September 2016
ފެނަކައިގެ އެމްޑީ ޖެހޭނެ ވަރަށް ތަފްސީލް ކޮށް މިކަން ހިނގާ ދިޔަ ގޮތް ބަޔާން ކޮށްދޭން. ސާބިތު ހިފޭ މިންވަރު ވީމާ ނޫންތޯ ކުންފުންނަކަށް ފެނަކައިގެ ފައިސާގެ ޗެކްސް ތައް އަމިއްލަ ކުންފުންނެއްގެ ނަމަށް އެތައް ސަތޭކަ މިިލިއަން ރުފިޔާ ހަދާނީ. ސުވާލަކީ ޑޮލަރު ފެނަކައިގެ ބަޖެޓަށް ނުވަންނަނީސް ކީއްވެގެންތޯ ފެނަކައިން ޗެކް ދޫކުރީ. ދެން ފިނޭންސް މިނިސްޓްރީން ކީއްވެގެން ތޯ ދައުލަތުގެ ކުންފުނި ތަކަށް ޑޮލަރު ގަންނާނެ ގޮތާއި ބެހޭ ގޮތުން ގަވާއިދެއް ނެހެދިގެން އުޅެނީ.