ޚަބަރު / ފިނޭންސް މިނިސްޓްރީ

ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އެދުނީ މިއަދު، މި ހަފުތާގައި ދޫކުރާނަން: ފިނޭންސް މިނިސްޓްރީ

ޕީޕީއެމްގެ ޖަލްސާއެއްގައި އެ ޕާޓީގެ މެމްބަރުންތަކެއް ބައިވެރިވަނީ: އެ ޕާޓީ އަށް ފައިސާ ދޫކުރުން ލަސްވީ ޓެކްނިކަލް މައްސަލައަކުން ކަމަށް އީސީން ބުނޭ.

އިދިކޮޅު ޕާޓީ، ޕީޕީއެމަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ން އެދުނީ މިއަދު ކަމަށާއި މި ހަފުތާ ތެރޭގައި ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ވަނީ ދޫކޮށްފަ އެވެ. އެހެން ޕާޓީތަކާ އެކު ޕީޕީއެމަށް ވެސް ފައިސާ ދޫކުރަން ހުށަހެޅި ކަމަށް އީސީން ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކުރެ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމަށް ފައިސާ ދޫކުރަން އީސީން މިއަދު އެދިފައިވާ ކަމަށެވެ. އެހެންކަމުން، މި ހަފުތާ ތެރޭގައި އެ ފައިސާ ޖަމާކޮށްދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އީސީން ފޮނުވީ ރޭގެ ވަގުތެއްގަ އެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ، އެހެން ޕާޓީތަކާ އެކު ޕީޕިއެމަށް ވެސް ފައިސާ ދޫކުރަން ހުށަހެޅި ކަަމަށާއި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލަ އަކުން ކަމަށެވެ. އެކަން ހައްލުވެ، ޕީޕީއެމަށް ފައިސާ ދޫކޮށްދޭން އަލުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ނުވަ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ، މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.

މެމްބަރުން ތިބި އަދަދަށް ބަލައި މި އަހަރު އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. އެ ޕާޓީ އަށް 12 މިލިއަން ރުފިޔާ ލިބުނު އިރު ޕީޕީއެމަށް ދޭން ނިންމާފައި ވަނީ ނުވަ މިލިއަން ރުފިޔާ އެވެ. ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ލިބުނީ ދެ މިލިއަން ރުފިޔާ އެވެ.

20 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 54%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝެހެރީ

11 June 2019

އަޅުގަނޑައް ހީވަނީ ޕީ.ޕީ.އެމާ އީސީން ހިތާވެގެން އުޅޭހެން.

The name is already taken The name is available. Register?

ފފފފފ

11 June 2019

އެތާހުރި ކަލޭގެ ނިކަން ބިރުގަންނަބައެއް އެއީ. ކެތްކޮށްލާ ގައްދާރުންގެ ނިމުން ހިތިވާނެ.

The name is already taken The name is available. Register?

ރައްޔިތުމީހާ

11 June 2019

އަބަދު މިއިވެނީ ޕީޕީއެމަށް ފައިސާދޭ ވާހަކަ. ޕިސްޕިސް.

The name is already taken The name is available. Register?

ޒަމާލިކު

10 June 2019

ދައުލަތް ފޭރުނު ބަޔަކަށް ދައުލަތުން ދެނީ؟؟؟؟ ހައިރާން ވެއްޖެ

The name is already taken The name is available. Register?

5678

11 June 2019

ކޮއްކޯ؟ ފޭރުނުކަމަށް ކޮއްކޮމެން ކައިރީގަ ކީ ވެރިކަން ބޭނުންވިލެއްބޮޑުކަމުން. އެކަން ވެއްޖެ. ދެން ހުއްޓާލާ. ފާފަވެރިވެވުނު މިންވަރު ފުއްދައިލައިގެން ދޫ ރައްކާތެރިކޮށްގެން ތިބީމަ އުޚުރަވީ ހަޔާތަށް ފައިދާ ކުރާނެ.

The name is already taken The name is available. Register?

ގޮއިދޫހަސަނު

10 June 2019

މިދެބައިމީހުން މުޚާތަބުކޮށް ވާހަކަދައްކަނީ ލޯގަނޑަކާ ނޫނެވެ. މީޑިޔާއާއިއެވެ. ރައްޔިތުންނާއިއެވެ! ދައުލަތުގެ އެންމެއިސްވެރިޔާ މިކަން ބައްލަވައި، ދޮގުހަދާބަޔަކު ވަޒީފާއިން ދުރުކުރުއްވަން އެބަޖެހެއެވެ. ރައްޔިތުންގެ މާލިއްޔަތުން މިމީސްމީހުނަށް ޚަރަދުކުރަނީ މިމީހުން ދަޅަދައްކައި އަހަރުމެނަށް ދޮގުހަދާކަށްނޫނެވެ. ދެކެންބެނުންނުވާ މިފަދަކަންތައް ފެންނަލެއް ގިނަވަމުންއެބަދެއެވެ. މިފަދަ ކަންތަކާއިމެދު ފިޔަވަޅު އެޅުއްވުން އަވަސްކުރުމަށް އެދެމެވެ.

The name is already taken The name is available. Register?

ހޯރަ

10 June 2019

ފީފީއެމްގަ މިހާރު 10000 މީހުން ނުތިބޭނެ. ތި ރުފިޔާ ދޭކަށް ނުޖެހޭނެ. 10000މީހުން މީގެ ކުރިން ހަމަ ކުރީ އޮޅުވާލައިގެން.

The name is already taken The name is available. Register?

ޔޔޔޔ

11 June 2019

ތިގޭގަތަ ޕާޓީތަކުގެ ރަޖިސްޓްރީ އޮތީ؟ ނޫނީ ތިބޭފުޅާ ވިދާޅުވާ އަދަދަކީތަ މެމްބަރުން ތިބޭ އަދަދަކީ؟ ޤާނޫނު އަސާސީގެ 2 ވަނަ ބާބުން ދީފައޮތް އަސާސީ ހައްގެއްތަ ޕާޓީގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބާރަކީ.

The name is already taken The name is available. Register?

master

10 June 2019

މިކަން ހުއްޓާލަން އެބަޖެހޭ.. ސިޔާސީ ޕާޓީތަކަށް ސަރުކާނުން ލާރިދޭކަށް ނުޖެހޭ.. އަމިއްލަ އަށް މެންބަރުން ގެ އަތުން ލާރި ހޯދާ ގޮތަށް ބަދަލުކުރަން ފެނޭ..

The name is already taken The name is available. Register?

ގޖވޖ

10 June 2019

ތަންތަނަށް ފައިސާ ދޫކޮށް ކުންފުނިތައް އުފެއްދުން ނޫންކަމެއް މިސަރުކާރުން އެބަކުރޭތަ. ކޮބާހޭ ނޮވެންބަރަށް ނިމޭ ފްލެޓްތައް. ފްލެޓްލިބޭމީހުން ގެ ލިސްޓްނެރެނީ ކޮންއިރަކުންހޭ. 7000 ހުން ތިންހާހަށް ބަދަލުކޮށްފަ ދިއްދޫގަ ހެދިހެން ޕާޓީ އެކްޓިވިސްޓުންނަށް ބަހާލަނީ ދޯ. މިހާރު މޮޔަހީވޭ މިސަރުކާރުގެންނަން ވޯޓު ދެވުނީމަ

The name is already taken The name is available. Register?

ޖަޒީރާ

10 June 2019

ސަކިނާ އަށް ފެންނަހާ ގޮތަކަށް ދޭން ޖެހޭ ފައިސާއެއް ނޫން އެއީ.ގާނޫނެއް ހަދާފަ އޭގެ ދަށުން ޝަރުތު ހަމަވާ ކޮންމެ ޕާޓީއަކަށް ދޭންޖެހޭ ފައިސާއެއް އެއީ.ކެނޑޭނެނަމަ ކަނޑާފަ ދޭނީވެސް އެފެންވަރުގެ ޒާތީ ބައެއް ފިނޭންސް އާއި އިލެކްޝަން ކޮމިޝަންގަ މިވަގުތުތިބި ވެރިންނަކީ.އީސީ ސަރީފަކީ ކައުންސިލް އިންތިހާބަށްފަހު ސަރުކާރުގެ ކޮންމެވެސް ކުނިފުންޏެއްގެ މަތީ މަގާމަކުން ފެންނާނެ ކަމަށް އޭނަ އަމިއްލައަށް ބުނެފަހުރި މީހެއް.

The name is already taken The name is available. Register?

ޖަވު

10 June 2019

ގާނޫނު އަސާސީން ހުއްދަ ކަމެއް ކޮއްގެން ބޮޑެތި އަދަދުން ޖޫރިމަނާ ކޮއްފަ އެއަދަދު ކަޑާފަ ދިނީ.. އެވެސް 3އަހަރުފަހުން ... ވީމާ ސަކީނާ ބުނީ ރަގަޅުވާހަކަ އެއް.

The name is already taken The name is available. Register?

ޖަޒީރާ

10 June 2019

އިލެކްޝަން ކޮމިޝަންގެ މެންބަރު އިކްރާމް ބުނެފަ އެބައޮތް ޓެކްނިކަލް މައްސަލައަކުންނޭ ޕީޕީއެމް އަށް ފައިސާދޭން އެދެން ފިނޭންސަށް ނުފޮނުވުނީ.ޓެކްނިކަލް މައްސަލަ ދިމާވެގެންވެސް ޕީޕީއެމްގެ ނަން މި އުނިވީ.މަށަށް ހީވަނީ ޕީޕީއެމް އާ އަވަލަވާފަހުރީހެން އީސީ ސަރީފް އެންޑް ގޭންގް

The name is already taken The name is available. Register?

ފަޤީރުކޮއެ

10 June 2019

ޕީޕީއެމުގެ ސައްޚަ މެމްބަރުންގެ އަދަދު ބަލާފަނޫނީ އަހަރެމެން ނިކަމެތި ރައްޔިތުންގެ ފައިސާ އެމީހުންނަށް ދީގެން ނުވާނެ!

The name is already taken The name is available. Register?

ޗަކޮއި

10 June 2019

ތިގޮތަށް އެމްޑީޕީގެ ސައްހަ އަދަދެއްވެސް އެނގިގެންނެއް ނޫން ފައިސާ ދީފަ އެއޮތީކީ. އެ ފައިސާވެސް އަނބުރާ އަތުލަންވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454