ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއެއްގެ ބައްދަލުވުމެއް ހިނގަނީ. --- ފޮޓޯ: މަޖިލިސް
10 ޖޫން 2019 - 22:08
ރައްޔިތުންގެ މަޖިލިހުގެ ދާއިމީ 16 ކޮމިޓީގައި މެމްބަރުން ތިއްބަވާ އަދަދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހުގެ ވަގުތީ ދެ ކޮމިޓީއަކުން މިރޭ ނިންމައިފި އެވެ.
މަޖިލީހުގެ ގަވާއިދަށް އެންމެ ފަހުން ގެނައި ބަދަލުގެ ސަބަބުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ހިމަނައިގެން 17 ކޮމިޓީއެއް ހިމެނެ އެވެ. ކޮމިޓީތަކުގައި މެމްބަރުން ތިއްބަވާ އަދަދަށް ބަދަލު ގެނައި ނަމަވެސް، ސިޔާސީ ޕާޓީތަކަށް ކޮމިޓީތަކުން ލިބޭ ސްލޮޓްތަކަށް ބަދަލެއް ނާދެ އެވެ. އެހެންވެ، މަޖިލިހުގެ ހުރިހާ ކޮމިޓީތަކެއްގެ އަޣުލަބިއްޔަތު އަދިވެސް އޮތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއަށެވެ.
މަޖިލީހުގެ ގަވާއިދު ހެދުމަށާއި ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމަށް ހޮވި ވަގުތީ ކޮމިޓީގެ ނިންމުމާ ގުޅިގެން މަޖިލިހުގައި ހިމެނޭ ބޮޑެތި ކޮމިޓީތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނައީ މާލިއްޔަތު ކޮމިޓީގަ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގައި 14 މެމްބަރުން ތިއްބަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ވަނަ އަށް އެންމެ މެމްބަރުން ގިނައީ އިގްތިސާދީ ކޮމިޓީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަދި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އާއި ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީއަށެވެ. ބޮޑެތި ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ މި ހަތަރު ކޮމިޓީގައި 13 މެމްބަރުން ތިއްބަވަ އެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި 12 މެމްބަރުން ތިއްބަވާނެ އެވެ.
- ޖުޑިޝަރީ ކޮމިޓީގައި (11 މެމްބަރުން)
- އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި (11 މެމްބަރުން)
- ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގައި (11 މެމްބަރުން)
- އިމްތިޔާޒް އަދި ސުލޫކު ކޮމިޓީގައި (10 މެމްބަރުން)
- ގަވައިދު ކޮމިޓީގައި (10 މެމްބަރުން)
- ލާމަރުކަޒީ ކޮމިޓީގައި (10 މެމްބަރުން)
- އާންމު ކޮމިޓީގައި (ނުވަ މެމްބަރުން)
- އިޖުތިމާއީ ކޮމިޓީގައި (ނުވަ މެމްބަރުން)
- ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި (ނުވަ މެމްބަރުން)
- ޕެޓިޝަން ކޮމިޓީގައި (އަށް މެމްބަރުން)
މަޖިލިހުގެ ކޮމިޓީތަކުގައި ހިމެނޭ ސްލޮޓްތައް ޕާޓީތަކަށް ބަހާލި އިރު، މަޖިލިހުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީ އަށް ލިބެނީ 132 ޖާގަ އެވެ. އޭރުން އެމްޑީޕީ އަށް ކޮންމެ ކޮމިޓީއަކުން 8-9 ޖާގަ ލިބޭނެ އެވެ.
ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގައި ފަސް މެމްބަރުން ހިމެނޭ އިރު، އެއިން ކޮންމެ ޕާޓީއަކަށް 10 ކޮމިޓީން ޖާގަ ލިބޭނެ އެވެ. އެކަމަކު، އެއިން ކޮންމެ ކޮމިޓީއެއްގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ތިބެވޭނީ ކޮންމެ ޕާޓީއަކުން އެންމެ މެންބަރެއް ކަމަށް ވަގުތީ ކޮމިޓީގެ ނިންމުމުގައިވެ އެވެ.
ކޮންގްރެސް ޕާޓީގައި ތިން މެމްބަރުން ތިއްބަވާ އިރު، އެ ޕާޓީ އަށް ހަ ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެކަމަކު، އެއީ ކޮންމެ ކޮމިޓީއަކުން އެއް ޖާގަ އެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބަވާ އިރު، އެ ބޭފުޅުންނަށް ހަތަރު ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ ހަތަރު ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއަކުން އެއް ޖާގަ އެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވާ އިރު، އެ ބޭފުޅުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ 14 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި އަމިއްލަ އެއް މެމްބަރެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މެމްބަރުން އައްޔަން ކުރާނެ ގޮތެއް އަދި ނުނިންމަ އެވެ. އެކަމަކު، އެ ކޮމިޓީގެ މެޖޯރިޓީ ލިބޭނެ ކަމަށް ބޮޑަށް ބެލެވެނީ ވެސް އެމްޑީޕީއަށެވެ. މަޖިލިހުގެ 241 ކޮމިޓީއަކީ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ކޮމިޓީއެއް ނޫނެވެ.
ގަވައިދު ދިރާސާ ކުރަން ހެދި ކޮމިޓީން ވަނީ ކޮމިޓީއަކުން މެމްބަރަކު ބަދަލު ކުރަން ވާނީ އެ މެމްބަރެއްގެ ރުހުން އޮވެގެން ކަމަށް ބުނެ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށްފަ އެވެ. އެގޮތަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީލް
10 June 2019
ކޮމިޓީ ހަދައިގެން ކަމެއް ވަންނާ މި އެޖެންޑާ19 ކަންކަން ވާނެ....
............
10 June 2019
މަވެސް ލާބަލަ ކޮމިޓީއަކަށް. މަވެސް މަގުމަތީ ވައްވައް ޖެއްސީމެއްނު. ކޮބާ މަގޭ ހަދިޔާ؟
ާބޮޑުމީހާ
10 June 2019
މަޖްލިސް މެމްބަރ މަޖްލީހަށް ހާޒިރުނުވާދުވަހު މެޑިކަލް ސެޓްފިކެޓް ހުށަނާޅާނަމަ މުސާރައިން ކަޑަންވާނެ. ޗުއްޓީވެސް އަހަރަކު އެއްފަހަރުދޭންވީ.
ވަންމޯރޓައިމް
10 June 2019
މަޖްލީހުގެ މާލިއްޔަތު ކޮމެޓީން އެބަޖެހޭ އިތުރަށް ވިޔަފާރި ވެރިން އަތުން އަދި ރިސޯރޓްސް ތަކުން ވެސް ޓެކްސް ލެވީ ނުކޮށް ދައުލަތުގެ ބަޖެޓަށް މަހަކު 10 ބިލިއަން ރުފިޔާ ރެވެނިއުގެ ގޮތުގައި ވަންނާނެ އުސޫލުން ބިޒްނެސް މޮޑެލް އެއް ޑިޒައިން ކޮށް ގާނޫނެއް ހަދަން ދައުލަތަށް އާމްދަނީ ހޯދާނެ ގޮތާއި ގުޅޭ ބިލް ނަމުގައި އެގޮތުން މާލެ ސަރަހައްދުން 100 ބިލިއަން އަކަފޫޓް ހަމަވަން ދެން ކުއްޔަށް ދޭންވީއޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ޓެލްމީ