ހިސާން: މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޭނާ ހިމެނިވަޑައިގަތުމަކީ މަސްލަހަތުފުށުއަރާ ކަމެއް ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
13 ޖޫން 2019 - 10:48
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައިވާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި، ޖޭއެސްސީގެ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޭނާ އިންނެވުމުން މަސްލަހަތު ފުށުއަރާނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާތީ އެވެ.
ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މަސްލަހަތު ފުށުއަރާ، ޖުޑިޝަރީ ކޮމިޓީން ކުރިއަށް ގެންދާ ޖޭއެސްސީގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނެނީ ހަމައެކަނި ޖޭއެސްސީގެ މަސައްކަތްތައް ނޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހުކުރަން ގެންނަން ޖެހޭ ބަދަލުތަކާއި ގާނޫނީ މަސައްކަތް އެ ކޮމިޓީން ކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތުން ދުރަށް ވަޑައިގަތުމަށް ގަސްތު ނުކުރައްވާ ކަމަށެވެ.
Alhugadu maslahathu fushuaraa JSC oversightge masakathaigai baiveriehnuvaanan.Judiciary Committee mandategai himenee hama ekani JSCge oversight eh noon.Sharuy dhaaira islaahkuran gennajehey badhaluthaka qaanoonuthakuge masakaives himeney. Emasakathun dhura dhaakah gastheh nukuran pic.twitter.com/7E2WLK2lDv
— Hisaan 🎈؟ (@hisaanhussain) June 12, 2019
މި މަހު ހުވާކުރި 19 ވަނަ މަޖިލީހަށް އަލަށް އުފެއްދި ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖޭއެސްސީގެ އިތުރުން އެޓާނީ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ލޭބާ ޓްރައިބިއުނަލް އަދި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ އިސްބޭފުޅުން ޖަވާބުދާރީ ކުރުވުން ހިމެނެ އެވެ.
މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ހިސާނަކީ ކުރިން އެއް ލޯ ފާމެއް ހިންގެވި ދެ ބޭފުޅުންނަށް ވުމުން، އެޓާނީ ޖެނެރަލް ޖަވާބުދާރީ ކުރުވާ ކޮމިޓީއެއްގައި ހިސާން އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވާ ޖުޑިޝަރީ ކޮމިޓީ އަށް ހިސާންގެ ނަން ހުށަހެޅީ އެ ޕާޓީންނެވެ. އޭނާގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ އާއި ވިލިނގިލީ ދާއިރާ އަށް އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ސައުދު ހުސެއިނެވެ.
އާ މަޖިލިހަށް އަލަށް އުފެއްދި ހިއުމަން ރައިޓްސް ކޮމިޓީގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެމްބަރުން މައްސަލަ ޖެއްސުމުން އޭނާގެ ނަން ވަކި ހިސާބަކުން އަނބުރާ ގެނެސް އެހެން ކޮމިޓީ އަކަށް ލި ކަމަށް ވެ އެވެ. ހުސައިން މުހައްމަދު ލަތީފުގެ އަނބިކަނބަލުންނަކީ އެ ކޮމިޓީ އަށް ޖަވާބުދާރީވާން ޖެހޭ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
13 June 2019
ކުޑަ ނަމަވެސް ޝައްކެއް އުފެދުމަކީ ނިންމާ ގޮތްތަކާމެދު މީހުންގެ އިތުބާޜު ގެއްލޭނެ ކަމެކެވެ. އެންޑިޕީއަށްވެސް ވަރަށް ވެދުމާ އައްސެރިބަހާ ސާބަހާ ތަހުނިޔާއާ މުބާރަދު ބާދީއާ ދެންވެސް އޮތިއްޔާ އޮތް އެއްޗެއް. އެންޑީޕީގެ މީހުން ހުސްވެ ސުމަކަށް ދިއައީ ދޯ. އެއްލައްކަ ޕާޓީ ކިޔަސް ވާ ކަމެއް ހަރާން ދޮތަ؟
މަރޭމިރުތާ
13 June 2019
އެއްވެސް ކޮމެޓީއަކުން އިސްތިއުފާ ނުދޭތި ނަމަ ނަމަ! އެމް.ޑީ.ޕީ ނު ހުރިހާ ކަމެއްވެސް ކުރާނީ ރަގަޅަށް، އާއިލީ ވެރިކަމެއް، 3 ބާރު އެއްކުރުމެއް، ކޮރަޕްޝަނެއް، ޤައުމު ވިއްކުމެއް ނޯންނާނެ! މިއީ ޔާމީނު ވެރިކަމުގަ ކުރި ކަމެއް ނަމަ އަނގަ ތަޅާނެ މިހާރު ރ ޓީވީ އަށް އަރާ އިނދެގެން!
އ މ
13 June 2019
އެންމެ "ޤާނޫނީ" ބޭފުޅުންގެ ޙާލަތު! ވިސްނަވާ ދެން ތިއްބެވި ބޭބޭކަލުންގެ ޙާލަތަށް. ﷲ އާ ވަކީލު!
ޔާފު
13 June 2019
ކޮމިޓީ އެއް ކިޔާނެ ކަމެއްްނެތް. ޖޭއސްސީގަ ތިޔަ ޑީޑީ ގެ މައްސަލަ ހިންގަނީ އޭގައި ބައިވެރިވެ. ކޮބާތޯ ނަޒާހަތްތެރިކަން. މަކަރާ ހީލަތް ހަދައި އޮޅުވައިލެވޭނީ މިދުނިޔޭގައ އިންސާނުންނަށް. އާޚިރަތުގައި އިންސާފް ލިބޭނެ
މުރާސިލް
13 June 2019
ހިސާންނެއެވެ. ޑިމަކުރަސީއެއް މަސްލަހަތެއް ބަލާނެކަމެއް ނެތެވެ. ލިބުނު ބާރެއް ދޫކޮށްނުލާ ހިފަހައްޓާށެވެ. ވީވަރަކުން ނޫފޫޒުފޯރުވަައިގެން ކަންކަން ކުރެވޭތޯވެސް ބަލާށެވެ. ކަމަނާމެންގެ ލަދު ކޮބާހެއްޔެވެ؟ އަދުލު އިންސާފޭ ޖޫޑިޝަރީއޭ ޑިމަކުރަސީއޭ ކިޔަައިގެން މިއޮއްހާ ދުވަހު ދެއްކި ވާހަކަތައް ކޮބާހެއްޔެވެ؟ އަޅެފަހެ ކިރިޔާވެސް ލަދުގެ ކަފުޅެއް ހުރިނަމަ ތިޔަ ހުރިހާ ކަމެއްގައި ''ބަގުޑިބައްދައިގެން'' ހުންނަން އެއްޗެކޭވެސް ހިތައް ނާރާ ހެއްޔެވެ؟
ޙިބުރީން
13 June 2019
ހިސާނު ލާންވީ ސްޕްރީމް ކޯޓުގެ އިސްޤާޒީއަކަށްވެސް
Dhaadhey
13 June 2019
އަޖައިބު ވެއްޖެ މިމަންޖެ އުޅޭގޮތުން. ތިޔަކޮމިޓީއަށް ވަދެ އިންނަން ކޮންމެހެން ބޭނުމިއްޔާ ޖުޑީޝަލް ސާވިސް ކޮމިޝަނުން އިސްތިއުފާދޭންވީނުން. ދެން އެތަނަށް އިދިކޮޅު ބޭފުޅެއްގެ ގޮތުގައި މާމިގިލީ ދާއިރާގެ މެންބަރު ލާފައި، މަންޖެ ތިޔަތަނުގައި އިންނަންވީނުން ތިހާބޭނުން ކޮމިޓީއެއް ވިއްޔާ! ދެން މަސްލަހަތު ފުށުނާރަޔޭ. ނަޒާހަތްތެރިޔޭ، ނުފޫޒެއް ނުފޯރުވާނަމޭ ބުންޏަސް ހަމަހޭވެރިކަންވާ މީހަކު ނުވަތަ މަންޖެގެ ސަޕޯޓަރެއް ނޫންމީހަކު ގަބޫލުނުކުރާނެތީ މަހިތާމަކުރަން.
ކާލާމަންނަނ
13 June 2019
އޭގެ މާނައަކީ ޖުދިސަލް ކަމިސަން ހިގާއިރު އަބަދުވެސް 1 މެމްބަރަކު މަދުވާނޭ ކޮމިޓީ އޮންނަން ޖެހޭވަރަށްވުރެ. އެއް ބޯ. މީކީ ހާހަކުން ފަހަރަކު މަސްލަތު ފުށުއަރާތީ ވާ ކަމަކަށް ވުރެ ދާއިމީ ބައްޔަކަށް ވަންޏާ މީ ޗަރުކޭހެއް. ހިސާނު ޗަރުކެސް
ޑަބަލް
13 June 2019
ފަރެސް މާތޮޑާގެ މެމްބަރަށްވެސް ހަމަ ތިޔަ ގޮތަށް އޭނާގެ މަސްލަހަތު ފުށުއަރާ މައްސަލައެއްގައި ކަމުން އެއްފަރާތްނުވެވޭންވީ ދެން ކީއްވެބާ؟ މެމްބަރުން މައްސަލަ ޖައްސައިގެން އޭނާ އެހެން ކޮމިޓީއަކަށް ލެވޭއިރު ހިސާން އެހެން ކޮމިޓީއަކަށް ނުލެވެނީ ކީއްވެ؟
ރާއްޖެ
13 June 2019
މަށަށް ވެސް މަ އުޅޭ އޮފީހުގަ މަ ބޭނުން މަސައްކަތެއް ކޮއްފަ މަ ބޭނުން ނުވާ މަސައްކަތެއް ދޫކޮއްލެވޭނެ ނަމަ، ފުލް މުސާރަ ލިބޭ ގޮތަށް!