ބްރިޖާ ގުޅިފައިވާ ހައިވޭގައި ހިނގި އެކްސިޑެންޓުގައި ޑިވައިޑަރުން ބައެއް ހަލާކުވެފައި
17 ޖޫން 2019 - 12:31
ސިނަމާލޭ ބުރިޖާ ގުޅިފައި އޮންނަ ހައިވޭގެ މެދުގައި ބަހައްޓާފައި ހުރި ޑިވައިޑާތަކުގައި ވެހިކަލްތައް ޖެހިގެން އެކި ހިސާބުތަކުން މިހާރު ވަނީ ޑިވައިޑާތައް ފުނޑުވެފަ އެވެ. މިކަމަށް ހައްލެއް ހޯދަން އެޗުޑީސީން ގެންގުޅޭ ވިސްނުމާ މެދު އާންމުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.
އެޗްޑީސީން ނިންމާފައިވަނީ ޑިވައިޑާތައް ކޮންކްރީޓުން ހެދުމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމީ މިހާރު ހުރި ޑިވައިޑާތަކަށް ވުރެ ވަރުގަދައަށް އެ ބައި ހަދަން ފުލުހުން އެންގުމުންނެވެ.
އެޗްޑީސީގެ މި ނިންމުމާ އެކު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ކޮންކްރީޓް ޑިވައިޑާތަކެއްގެ ސަބަބުން ދެން ނުކުމެދާނެ ހިތާމަވެރި ހާދިސާތައް ފާހަގަކޮށެވެ.
ހައިވޭގެ ޑިވައިޑާތައް ކޮންކުރީޓުން ހަދަނީ އެކްސިޑެންޓްތަކުގައި މީހުން މަރު ނުވެގެންތަ؟ އެ ހަލާކު ކުރާމީހުން އަތުން ލާރިނަގައިގެން މަރާމާތު ކޮށްބަލަ. މީހުންގެ ފުރާނައަށް ގެއްލުންވާނެކަން އެނގިހުރެ އެހެން ހެދުމަކީ މަށަށް ހީވަނީ ކުށެއްހެން. ކަރަންޓް ދަތުރަ އާއި ހުރި ތަފާތަކީ ކޮބާ؟
— ali.sulaiman 📺M 🎈 (@AliSulaimanu) June 16, 2019
ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިޔާ އަލީ ސުލައިމާން ކޮށްފައިވާ ޓްވީޓެއް---
"އަސްލު މައްސަލައަށް ހައްލެއް ނުގެނެސް ޑިވައިޑާތައް ދަގަނޑުން ހެދިޔަސް ހައްލެއް ނާންނާނެ. ދެން އިތުރުވެގެންދާނީ މީހުން އެކްސިޑެންޓްތަކުގައި ޗިސްޗިސް ވެގެންދާ މައްސަލަ. މަށަށް ފެންނަ ގޮތަކީ ބާ ޓައިރުން ފާރެއް ރޭނުން،" އެޗުޑީސީގެ ހަބަރަށް ކޮމެންޓްކުރި މީހަކު ހިޔާލުފާޅުކުރި އެވެ.
ބޭރު ގައުމެއްގެ ހައިވޭއެއްގެ ޑިވައިޑާ ކޮންކްރީޓުން ހަދާފައި
ދުނިޔޭގެ ގިނަ ގައުމުތަކުގައި ހައިވޭތަކުގައި ޑިވައިޑާތައް ހަދާފައި ހުންނަނީ ދަގަނޑާއި ކޮންކްރީޓް ބޭނުންކޮށްގެންނެވެ. ރޭސް ޖަހާ ޓްރެކްތައް ފަދަ ތަންތަނުގައި ޓައިރުން ޑިވައިޑާތައް ހުރެ އެވެ.
ބްރިޖާ ގުޅޭ ހައިވޭގެ ޑިވައިޑާތައް ފުނޑުފުނޑުވެފައި ވަނީ މުޅިން ވެސް ބާރު ސުޕީޑުގައި ދުއްވައިގެންނެވެ.
This is a dumb move! Concrete dividers thakuga juneema dhuvvan inna meehaa ah libey gehlun boduvaane! Haradhu kuda vaane. Ekamaku libey gehlun boduvaane! I urge responsible authorities to do more realistic researches before doing this! https://t.co/O6iSW1HwHh
— Ahmed Ismail From Modives (@Ahmed_Ismail_) June 16, 2019
ރަނގަޅު ދިރާސާއެއް ހެދުމަށް ގޮވާލައި މީހަކު ކޮށްފައިވާ ޓްވީޓެއް--
ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ދުވެލި މަޑުކުރުމަށް ފިޔަވަޅު އެޅުން މާ މުހިންމު ކަމަށް ބުނެފަ އެވެ. އަސްލު ހައްލަކީ އެއީ ކަމަށް ވެސް އެމީހުން ދެކެ އެވެ.
"ތިޔަހެން ކޮންކްރީޓް ކުރީމާ ދެން ގެއްލުންވާނީ އެ އުޅަނދެއްގައި ތިބޭ މީހުންނަށް. ހައްލަކީ ރައްކާތެރިކަމާ އެކު ދުއްވުމާއި ސްޕީޑް ކުރާ މީހުން ބަލަން ކެމެރާ ހަރުކޮށް ގަވާއިދާ ޚިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅައިގެން" އެކަކު ހިޔާލު ފާޅުކޮށްފައިވެ އެވެ.
ބޭރު ގައުމެއްގެ ހައިވޭއެއްގެ ޑިވައިޑާ ދަގަނޑުން ހަދާފައި
އެކްސިޑެންޓްތަކުގައި ހަލާކުވި ހައިވޭގެ ބައިތައް އަދި ރަނގަޅެއް ނުކުރެވެ އެވެ. އެޗްޑީސީން ބުނީ ލިބުނު ގެއްލުންތަކުގެ ބަދަލު ޑުރަވައިރުންގެ އަތުން ހޯދައިދޭން އެދިފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާ
19 June 2019
ދުއްވާ މީހާގެވެސް ޒިންމާ ތަކެއް އޮވޭ ގަވައިދަށް ދުއްވާ ނަމަ ޑިވައިޑަރަކު ނުޖެހޭނެ ޑިވައިޑަރުތަށް ހަދަންވީ ކޮންކްރީޓުން އޭރުން ގަވައިދުން ދުއްވާ މީހުންނަށް ލިބިދާނެ ގެއްލުން ކުޑަވާނެ މައި އޮޕީނިއަން
ޢަހުމަދުބެ
18 June 2019
ޑިވައިޑަރ ފުނޑާލާގޮސް އަނެއްފަރާތު ވެހިކަލަށް ނާރާކަން ނަސީބު. ޑިވައިޑަރ ހަދަންވާނީ މެއިންޓަނަންސް ކޮސްޓު ކުޑަކޮށް.
އެމްސް
18 June 2019
ހައިވޭގެ ޑިވައިޑަރަށް ކަރަންޓްދިނުމީ މީހުން ޤަވާޢިދުން ދުއްވާނެ ސަބަބެއް ބާ؟
ޕްރީސްކޫލްއާންޓީ
18 June 2019
ޑިވައިޑަރުތައް ހަދަންވީ ކުޑަކުދިން ގެންގުޅޭ ކްލޭއިން. މާ ހަރު ޑިވައިޑަރު ހުރީމަ ވެހިކަލް އޭގަ ޖެހިފަ ވެހިކަލގަ އިންނަ މީހާ މަރުވެދާނެ އަދި ވެހިކަލް އެކީ ފުނޑުފުނޑުވެދާނެ. ފިލައިން ހެދީމަ ވެހިކަލް މަތަވެ މީހާއަށް މާބޮޑު ގެއްލުމެއް ނުލިބި އަބަދު ޑިވައިޑަރތައް ހަލާކުވެ އެވެހިކަލް ނުހުއްޓި ގޮސް އެހެން ވެހިކަލްތަކުގަ ޖެހޭނެ. ކްލޭއިން ހެދީމަ ވެހިކަލް ގޮސް ކްލޭގަ ތަތްވެ ވެހިކަލާ މީހާއަށް މާބޮޑު ގެއްލުމެއް ނުލިބި އޭތި ގޮސް އެހެން ވެހިކަލެއްގަ ނުޖެހޭނެ.
ޢަސްލުމީހާ
17 June 2019
ޖެހެނީ ގަވައިދާ ހިލާފު މީހާ ، އަނިޔާ ވަނީ ގަވައިދަށް ބޯލަނބާ މީހާއަށް ، ކަމެއް ކުރާއިރު ވިސްނާލާ
ާއލގ
17 June 2019
ހަމަ ޖެހޭތަ އޭގަ ޖެހެން. ވަރިހަމައެއްނު ކަރުދާހުން ހަދާފަ ހުއްޓަސް.
ލަކުޑި
17 June 2019
ކޮންމްރިޓް އިން ހަދަންވީ، ހޭބަލިވެގެން ދުެްވާމީހުން ގޮސް ޖެހި ބުރައިގެންދިތައީމަ ދެން ތިބޭ މީހުނަށްވެސް ނުރައްކާވޭ، އެދާ ގޮތައްގޮސް ޖެހޭ ތަން ހަލާކުވރގެން ގޮސް ދެންތިބޭ މީހުންވެސް ބުރައިގެން ދާނީ،
ޢުމަރު
17 June 2019
ބަލަ ނުޖެހެއޭ މާމޮޅު ކަމަކަށް ހަދައިގެން ސައިކަލާ ކާރުތަަކުގަ ބުއްރޫސްޖަހާފައި އުދުހިފަ ދާކަށެއް. ޑިވައިޑާތައް ހަދަންވީ ދެވަނަފަހަރަކަށް އެ ހަދަން ނުޖެހޭގޮތަށް. ދެންވެސް ލަކުޑިން ހެދީމަ ހަމަ ޖެހުނީމަ ފުނޑުވާނީ. ދެން ހަމަ ފުނޑުވައިރަށް މިލިއަނުން ހަރަދުކޮށްފަ އެކަންކުރަންވީ؟ ގައިމު ކޮންމެފަހަރަކަށް އޮޅުވާލާއިގެން އެހެންވިއްޔާ ހަދާނީ.
ޖަޱިދު
17 June 2019
ހަމަ ރަނގަޅު އެބަ އަސްލުސިފަ ފެނޭ ޑިވައިޑަރު ތަކުގެ ހައްގުގައި ދެން ޖެހޭނީ ކޮންކުރީޓް ގައި ޖެހި ދުއްވާ މީހާ ދުނިޔެ ދޫކޮށްލަބް
ހައިވޭ
20 June 2019
ދުއްވާ މީހާ ގަވައިދުގަ ބުނާ މިންގަނޑަށް ދުއްވާނަމަ ތިބުނާކަހަލަ އެކްސިޑެންޓްތައް ނުހިނގާނެކަމަށް މިބަލަނީ. ކޮންކްރީޓުން ހަމަ ހަދަންވީ. އޭރުން އަނެއް ފަޅިން ދުއްވާ މީހުނަށް ވާ ގެއްލުން ކުޑަވާނެކަމަށް ފެނޭ
ހިލްމީ
17 June 2019
މަގުމެދުގަ ޑިވައިޑަރުގެ ބަދަލުގަ ޖެހޭއިރައް ގޮވާ ޒާތުގެ ބަރުގަދަ ބޮން ހަރުކޮއްފަ މައިންވަޅުލާފަ ބަހައްޓަންވީނުން. އޭރު ތިޔަ ވިސްނާ ބީދާއިން ޑުރައިވަރުން ބަލައިގެން ދަތުރުކުރާނެ.
ވާނުވާ ބީތާ
18 June 2019
ބަލަ ދުނިޔޭގެ އެހެން ގައުމު ތަކުގައި ހުންނަނީ ސުޕޮންޖު ކުޝަން ވިއްޔަ ޖަހާފަ