ޚަބަރު / އަބްދުﷲ ލުތުފީ

ލުތުފީ ފޮރުވައިގެން ހިންގި ޖަރީމާ އަށް މާފަށް އެދެން ގޮވާލައިފި

އަބްދުﷲ ލުތުފީ

27 ޖޫން 2019 - 00:45

46 comments

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅެ ސަރުކާރުން ހިންގާފައިވާ ޖަރީމާ އަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ގޮވާލައިފި އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށްވާ ލުތުފީ އެމްބަސީ އަށް ގޮސް ފުލުހުންނާ ހަވާލުވީ މިދިޔަ މަހުގެ 1 ގައި ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ފުލުހުންނާއި ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލުތުފީ ގެނައުން ލަސްވަނީ ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެއީ އޭނާ ހޯދަން އިންޓަޕޮލް އިން އިއުލާންކޮށްފައި ވުމާއި ސައްހަ ވިސާއަކާ ނުލައި ލަންކާގައި ދިރިއުޅުމުގެ އިތުރުން އދ. އިން ހިޔާމަތް ހޯދަން މަސައްކަތްކޮށްފައި ވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެކަމަކު ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ލުތުފީ އެމްބަސީގައި ހުރި ކަން ސިއްރުކޮށްގެން އުޅެނިކޮށް ފަޅާއެރުމުން ދިފާއުގައި ފޮރިން މިނިސްޓްރީން ދެއްކި ވާހަކަތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ.

ޕީއެންސީން ބުނިގޮތުގައި ލުތުފީ އެމްބަސީގައި ހުންނަތާ ތިން މަސް ވެދާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން އެ ޕާޓީ އަށް ކަށަވަރުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ދާދި ފަހުން ސްރީ ލަންކާ އަށް ވަޑައިގަތް އިރު ވެސް ލުތުފީގެ މައްސަލައާ ގުޅޭ މައުލޫމާތު ލިބިވަޑައިގެންނެވި ކަން ކަށަވަރުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ލުތުފީއާ ގުޅޭ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި ގަސްތުގައި ލުތުފީ ފޮރުވައިގެން ގެންގުޅެފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

"ހާޖަރާގޭ އަބްދުﷲ ލުތުފީ ދެ މަސް ދުވަސް ވަންދެން، ލަންކާގައި ހުންނަ އެމްބަސީގައި ބަހައްޓައި އެކަން ސިއްރުކޮށްގެން ތިބުމަކީ މި ސަރުކާރުން ދިވެހި ރައްޔިތުންނަށާއި ނޮވެމްބަރު 3 ގައި ޝަހީދުވި 19 އަބްތާލުންނާއި އަބްތާލުންގެ އާއިލާތަކަށް ވެފައިވާ އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު އަމަލެކެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނިގޮތުގައި ލުތުފީ އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމާ އެކު އެކަން މީޑިއާތަކާއި ރައްޔިތުންނަށް ހިއްސާކުރަން ޖެހެ އެވެ. މިދިޔަ މަހުގެ އެކަކުން ފެށިގެން ލުތުފީ އެމްބަސީގައި ބެހެއްޓީ ކޮން ހަމަޔަކާއި އުސޫލަކުން އަދި ބައިނަލްއަގުވާމީ ކޮން މުއާހަދާއެއްގެ ދަށުންތޯ ސުވާލުއުފެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"ހަމައެއާ އެކު އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައި ވުމުން ލުތުފީ ރާއްޖެ ގެނައުމުގައި ފުރިހަމަ ކުރަން ޖެހެނީ ކޮން އިޖުރާއަތުތަކެއް ކަން ތަފްސީލްކޮށް ބަޔާންކޮށްދިނުމަށް ވެސް ދިވެހި ހާރިޖިއްޔާގެ ކިބައިން އެދެމެވެ،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ޕީއެންސީން ބުނިގޮތުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެފައި އޮތުމަކީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވެފައިވާ ޚާރިޖީ އެއްވެސް އެއްބަސްވުމަކަށް ބުރޫއަރާނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް އަމަލުކުރުމުގައި ކޮމަންވެލްތުން ވަކިވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޕީއެންސީން ބުންޏެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް ދެ ގައުމުން ކުށްވެރިން ބަދަލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ފަހުކޮޅު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން، ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެ އަށް ވަދެގެންނެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.

46 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިޓައްޕު ހަސަނު

02 July 2019

ކަލޭމެން ދައުލަތުން އެތަކެއް ބިލިއަން ރުފިޔާ ދަވާލި މައްސަލައިގައި މާފަށް ނޭދޭނަން ތަ؟

The name is already taken The name is available. Register?

އުސްތާޛްޒަކީ

27 June 2019

ލުތުފީ ހުކުމަށް ފިލުމުގެ މި ހާދިސާ އިން ވެސް އިބުރަތްތެރި ފިލާވަޅެއް އެބަ ލިބޭ ނޫންތޯ އެވެ. ލުތުފީ އިޚްތިޔާރު ކުރީ ހުކުމަށް ފިލައިގެން އުޅޭށެވެ. އެކަމަކު ހަތަރު އުދަރެސް ފެނުޖެހި ދެން ހަމަ އެހެން އިތުރު އެއްވެސް ގޮތެއް ނެތި މީހާ ކުޑަކަކޫ ޖަހަން ޖެހުނީއެވެ. ހުކުމަށް ފިލަން ނޫޅެ، ތައުބާވެ، ހެޔޮ ޢަމަލުކުރުން މަތީ ޖަލުގައި ހުރި ނަމަ، 2014 ވަނަ އަހަރު މިނިވަން ވާނެ ތާއެވެ. އަދި، ދިވެހި މުޖުތަމަޢު ދެކޭ ގޮތް ވެސް ތަފާތު ވާނެތެވެ. މީ އިބުރަތެކެވެ.

The name is already taken The name is available. Register?

ހާޖަރާ

27 June 2019

ކަންފަތް ބޮޑު މީހުން ވަރަށް ނުލަފާވާނެ.

The name is already taken The name is available. Register?

އަކަޔަނބޯ

27 June 2019

ހ.ހާޖަރާގެ ބޮޑުބާޢީ ޢަބުދުްލޯ ލުތުފީ ހައްޔަރުކޮއްކޮއްގެންރާއްޖެގެނޭ އެއީ ހަތިޔާރުނެތްބައެއްގެތެރެއައް ހަތިޔާރުހިފައިގެންއަރާ ކުށެއްނެތް މަޢުސޫމް19ދިވެހިންމަރާ މަގުމައްޗައވައްޓާލި ދިވެހިޚާއިނު ދިވެއްސެކޭބުނަންވެސް ލަދުގަނޭ

The name is already taken The name is available. Register?

ސާދާސީދާ

27 June 2019

2012 އިން 2018 އަށް ލުތުފީ ހުރީ ގަލޮޅުދަނޑުގަތޯ ނޫނީ އޮލިމްޕަހުގައި އަޅުވާފަތޯ؟

The name is already taken The name is available. Register?

ދިހި

27 June 2019

ކޮބާ އަފުރާޝީމް، ޔާމީން ރަޝީދު، ރިލިވާން، އަދި ނޭގޭ އެތައްބައެއްގެ މަރު، މިމީހުންގެ ލެއިންވެސް މިގައުމުގެ ފަސްގަޑު ތެއްމާލި.. އަދި ގައުމުގެ ފޫދުއްވާލި ތިޖޫރީގެ އިތުރުން ވަގަށްނެގި ފަޑިޔާރުންގެ ހައްގުތައް.. މިޖަރީމާތައް ހިންގި މީހުންށް ހޯދާ އަދަބުދިނުން މާމުހިއްމު، މިހާރު ލުތުފީ އަށް އަދަބު ދިނުމަށް ވުރެ.. އެކަންކުރުމުގައި ލުތުފީގެ ނިޔަތާ މިހާހަމައަށް އޭނާއަށް ދީފައިވާ އަދަބުތަކަށް ރިއާޔަތްކޮށް އަހަރެން ލުތުފީއަށް މާފުކޮށްފިން..

The name is already taken The name is available. Register?

މުޙުއްމާ

27 June 2019

ތެދު ވާހަކައެއް. ކުށެއްނެއް އެތައް ރައްޔިތުން ލޮލަށް ޕެޕަރ ސްޕްރޭ ޖެހިމައްސަލާގައާއި ކުށެއްނެތް އެތައް ރައްޔިތުންނެއް ޖަލަށްލައިގެން ގެންގުޅުނު މައްސަލާގައި ކުރީގެ ރައީސް ޔާމީނުވެސް ދިވެހިރައްޔިތުން ކިބައިން މާފަށް އެދެންޖެހޭ. އަދި ބަދަލުވެސް ދޭންޖެހޭ.

The name is already taken The name is available. Register?

ބްރޯ

27 June 2019

7 ފެބްރުއަރީ އާއިގުޅިގެން ރައްޔިތުންކިބައިން މާފަށްއެދޭނީ ކޮންއިރަކުންބާ ހުވާހާދަބޮޑުގެއްލުމެކޭ އެއީ ގައުމަކަށްދިމާވި

The name is already taken The name is available. Register?

ރާރާ

27 June 2019

އަދުރޭމެންގެ ސަރުކާރުން ފަސްއަހަރުތެރޭގަ ލުތުފީ ނުގެނެވުނީމަ އެކަމައް މައާފައްއެދެންނުޖެހޭނެތޯ؟

The name is already taken The name is available. Register?

ނުޖެހޭ

27 June 2019

އެމްޑީޕީން ފޮރުވަދީގެން އޭރުވެސް އޭނާ ގެންގުޅުނީ. އެކަމަށްވެސް މާފަށް އެދެންޖެހޭނީ އެމްޑީޕީން.

The name is already taken The name is available. Register?

އިބްޝާ ،

27 June 2019

އޭނާ ކުރަން އުޅުނީ ކީއްކަމާ، އެކަން ކުރަން (އޭރުގެ ހުދުމުހުތާރު ސަރުކާރު ވައްޓާލަން) މަޖުބޫރުވީ ކީއްވެކަން އެހާދިސާގައި ޝަހީދުވި އެއްމެންގެ އާއިލާތަކަށްވެސް މިހާރުވާނީ ރަގަޅަށް ފަހުމްވެފަ.. ކުރަންވީ ގޮތަށްނޫން އެހެން ގޮތަކަށް، އޭނާކުރި ކުށަށް، ވަރަށް އަނިޔާކޮށް އަދަބުވެސްދީފި ނަމަވެސް އެއްވެސް ދިވެއްސެއްގެ ހިތްފުރޭވަރަށް އަދަބެއް ނުދެވޭނެ.. މިހާރު އޭނާއަށް މާފުކުރުމަކީ އެޝަހީދުންނަށް ޓަކާވެސް އެބައިމީހުންގެ ފުރާނައަށް ކުރެވޭ ހެޔޮ ސޮދަގާތެއް..

The name is already taken The name is available. Register?

ޗިޗަންޑާނަވާރަ

27 June 2019

ކަލޭތިއީ ދިވެއްސެއްތަ؟ ދިވެހި ފަސްގަނޑަށް އޮހޮރުވި ދިވެހިންގެ ލެއަށް މާފެއް ނެތް. ވެރިކަމާ ހެދީ އަބަދު ބޫތު ކައިފަތަ ކަލޭމެން ތި ތިބެނީ؟

The name is already taken The name is available. Register?

އިބްޝާ .

27 June 2019

އަހަރެން ލުތުފީއަށް މާފުކޮށްފިން..

The name is already taken The name is available. Register?

ކަޅުކަޅު ދޮނޭ

27 June 2019

އެ ޝަހީދުންގެ ފާފަފުއްސަވައި ރައްކާތެރިކަމާއެކު ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް ﷲ އަށް ދުއާކުރާހާލު، އަހަރެންނާ އާއިލާފަރާތުން ލުތުފީއަށް މާފުކޮށް ހިތްހެޔޮ ކޮށްފީމް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454