ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ). އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އިން ދަނީ ތަހުގީގު ކުރަމުން. ---ފޮޓޯ: ނިޝާން އަލީ/މިހާރު
27 ޖޫން 2019 - 18:21
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ ސުލޫކީ މައްސަަލާގައި އޭނާ މިއަދު ލިޔުމުން ޖަވާބުދާރީވެވަޑައިގެންފި އެވެ.
ސުލޫކީ މައްސަލަ ބަލަން ފަށައި ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ޑީޑީ ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންކަން ޖޭއެސްސީ އިން ކުރި ޓުވީޓެއްގައި ހާމަކުރި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ. ޑީޑީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ދިން ފަސް ދުވަސް ހަމަވާނީ މިއަދު އެވެ.
ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމެޓީގެ ފަސް މެމްބަރުން ބަލަމުން އަންނަ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފުލުހުން ފޮނުވި ސިޓީއަކާ ހަވާލާދީ އެހެން މައްސަލައެއްގައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމާ ބެހޭގޮތުން މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން ދިޔައިރު، ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު "ސަސްޕެކްޓް 1" އެކަން ފަނޑިޔާރު ޑީޑީއާ ހިއްސާކުރި ކަމަށެވެ.
އޭގެ ތެރެއިން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިިންމައި، އޭނާ ދޫކޮށްލަން އޭރު ކްރިމިނަލް ކޯޓުން ނިންމީ ފަނޑިޔާރު ޑީޑީ ކަމަށް ތުހުމަތު ކުރެ އެވެ.
ފުލުހުންގެ ސިޓީގައިވާ ގޮތުން ފަނޑިޔާރު ޑީޑީ އެދިވަޑައިގެންފައިވާ ބޭފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަން ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެން، ސަސްޕެކްޓް 1 އަށް މެސެޖް ކުރައްވާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ސިޓީގައި އިޝާރާތް ކުރަނީ ދާދިފަހަކާ ޖެހެން އެ މަގާމުގައި ހުންނެވީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރަށެވެ.
ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
29 June 2019
ޓީވީ ތަކުން ނުދައްކާތަ، ކިހިނެެއް ތިހަދަނީ.
ފަގުޑި
28 June 2019
އަނެއްކާ ޑީޑީ މި ހުށައެލީ އަލިފު ލައިލާގެ ވާހަކައެއްބާ! ސަހަރޯ ! މަމެން ބޯހަލާކު ވެއްޖެ މި ފަނޑިޔާރުގެ އަމަލުތައް ހުރި ގޮތުން.
ސަރަފަކައްދަ
28 June 2019
ޖޭއެސްސީގެ މެމްބަރުންނޭވެ! ތިކަންތައް އަވަހަށް ނިންމުމަށްޓަކައި ޝަރިއްޔަތް ތައް ފަށާށެވެ. މިހާރު އެވެރިން އެއޮތީ ބޯލަ ތަމެން ކޮލައް ޖަހާފައެވެ. ރައްޔިތުން މިތިބީ ތި ބޯލަ ވަންނާނެ ގޯލް އެއް ނޭގިގެން ކެތްތެރިކަން ކޮލުން ލާފައެވެ.
ާއަހްމަދު ސައީދު
28 June 2019
ލިޔުމުން ފޮނުވި ޖަވާބު އާންމުކުރަންޖެހެ. ހުޅުވާލެވިފައިވާ މައްސަލައެއް
75--
28 June 2019
މަގާމުގެ ނިމުން އޮތް ގޮތް އެއީ މިހާރުވެސް އެނގޭ ކަމެއް. އިސްތިއުފާ ނުދޭނެ. އެކަމު މަގާމު ގެއްލޭނެ. މަގާމުގެ އަގު ވެއްޔާ މޮޑެވެސްލައިފި. ކަމުގައި އޮތް ހަމަނުޖެހޭ ތަންކޮޅަކީ މައްސަލަ ބެލުނީ އެކަމަށް އެންމެ މަސްލަހަތު ރަގަޅު މީހުން ތިބެގެން ކަމަށް ނޫންވީމަ. މަސްލަހަތާމެދު ސުވާލު އުފައްދާނެ ޖާގަ ލިބެނިވި ގޮތަކަށް ކަންއޮތް މީހުން މައްސަލަ ނިންމަން ތިބީމަ، ކަންވެނިމިގެން ދާނީ އެންމެ އިންސާފުވެރި އަދުލުވެރި ރަގަޅުގޮތަށް ނޫންވީމަ.
މަހޭބެ
28 June 2019
އެގިވަޑައިގަންނަވާތޯ ޑރ. ޖަމީލުގެ ޖަސްޓިސް މިނިސްޓަރުކަމުގައި ހުންނެވިއިރު މިޑީޑީ ގެ އަޚްލާގީ ފެންވަރު ދަށްކަމުންނޭ ކިޔާފަ ވަޒީފާއިން ވަނީ ވަކިކޮށްފައި... މިހާރު އެޖަމީލު ހަމަ ޑީޑީ އަކީ އެވަރު މީހެއްނެތްކަމަ ބުނެ އޭނާ ދިފާޢުކުރަން ވަކާލާތު ކުރެއްވުމަކީ ޖަމީލުގެ ސިކުޑީގައި މައްސަލަހުރިކަމަށް ބެލެވޭނެ ކަމެއް....
މައްސަލައެއްނެތް
28 June 2019
ޖަމީލުގެ ސިކުނޑީގައެއްނޫން މައްސަލަ ހުރެގެން އުޅެނީކީ. ޖަމީލު އެކުރައްވާ ކަމަކީ ޖުޑީޝަލް ޕްރޮފެޝަންގެ އިތުބާރު ހިފެހެއްޓުމާއި ކޮންމެ މީހަކަށްވެސް އިންސާފު ހޯދައިދޭންޖެހޭކަން ސާބިތުކޮށްދިނުން.
ގޮއިދޫހަސަނު
28 June 2019
ތިއަޑުއެހުން ޢާންމުކުރިފަދައިން ތިޖަވާބުޢާންމުކުރާނެބާ؟ ތިޖަވާބު ކިޔާލީމަނޫނީ ވާގޮތެއް ނޭނގޭނެ. މީޑިއާއިން އެޖަވާބުހޯދައި، ހާމަކޮށްދިނުމާއް އެދެން. ކިޔާމީހެއްގެ ލޯވާޅުވެ، ސިކުނޑިވާޅުވާހައިވެސް ދިގުވެ ހާސަރު ދިގުވެ ނިމޭއިރު އެއްވެސް ޖަވާބެއްނުދީ ކުރާނީ ސުވާލެއްކަމުގަބެލެވޭ.
ނެތްފައިދާ
28 June 2019
ކަމުގެ ނިމުން ނިންމާނެ ގޮތަށް ނިންމާފަ އޮތީ. ތަފްސީލު އެނގުމަކުން އެ ނިންމުމަށް ބަދަލެއް އަންނާކަށް ނެތް. ގަވައިދުގައިވާ ގޮތުން ލިއުން ހުށަހެޅީމަ ދެން ދޭންވާ މުއްދަތާ ވާހަކަ ދެއްކުމުގެ ފުރުސަތުވެސް ދޭނެ ހެޔޮފުޅުކަމުން، އެކަމުވެސް ނިންމުންވަނީ ނިންމާފައި. އެ ބަދަލެއްނުވާނެ.
ނިކަާން
27 June 2019
ބްރޯ ހަމަ މިހާރު އިސްތިއުފާދީ!
ތިހެއްދެވީ ކިހިނެތް؟
27 June 2019
ހުޅުވާލައިގެން ތަޙުޤީޤް ކޮށްދެއްވުމަށް ޖޭ އެސް ސީ ގައި އަމިއްލަފުޅަށް އެދިވަޑައިގަތްފައި، ތިހެއްދެވީ ކިހިނެތް؟
ބޮޑުމީހާ
27 June 2019
ޓީވީ ތަކުން ދައްކާ އެޕިސޯޑްތައް ނިމުނީތަ