ދޫންޏެއް އޭގެ ޅަ ދޫންޏެއް ސިނގިރެޓް ފިލްޓަރެއް ކާން ދޭން މަސައްކަތް ކުރަނީ.
01 ޖުލައި 2019 - 07:32
ކުންޏަކީ ޖެހުނުހާ ތާކަށް އުކާލަންޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރެވޭ ނަމަ، ކުނީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުން ދުވަހަކު ވެސް އެދެވޭ ނަތީޖާއެއް ނުފެންނާނެ އެވެ. އެއްގަމާއި ކަނޑާއި މޫދާއި ފަޅާއި މޫދަށް އުކާލާ އެކި ޒާތުގެ ކުނިބުނީގެ ސަބަބުން ދިރުންތަކަށް ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
މި ފޮޓޯތަކުން ވެސް ފެންނަނީ އެކަހަލަ މަންޒަރެކެވެ. ދޫންޏެއް، އޭގެ ޅަ ދަރި އަށް ކާން މި ދެނީ ސިނގިރެޓް ފިލްޓަރެކެވެ. އަނެއް ފޮޓޯގައި ފެންނަނީ ޅަ ދޫނި ސިނގިރެޓް ފިލްޓަރު ތުނބުގައި ޖަހައިގެން ދާ ތަނެވެ.
މިއީ އެމެރިކާގެ ފްލޮރިޑާގެ ލާގޯގެ އެސްޓީ ޕީޓްސް ބީޗްގައި މީހަކު ނަގާފައިވާ ފޮޓޯއެކެވެ.
ކަރެން (ލެޓްބާޑް) މޭޒަން މި ފޮޓޯތައް މިދިޔަ މަހު ފޭސްބުުކްގައި ހިއްސާކުރުމާ އެކު އެތައް ބައެއްގެ ސަމާލުކަން ހުއްޓި، ގިނަ ބަޔަކު ފޮޓޯތަކުން ފެންނަ ހިތްދަތި މަންޒަރާ ބެހޭ ގޮތުން އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.
މި ފޮޓޯތަކާ ބެހޭ ގޮތުން ކަރެން ބުނީ އޭނާ ފުރަތަމަ ހީކުރީ މައި ދޫނި ޅަ ދޫންޏަށް ކާންދެނީ މަހެއް ކަމަށެވެ.
"އެކަމަކު ގެއަށް ގޮސްފައި ފޮޓޯތައް ލެޕަށް އަޅާލައިގެން ރަނގަޅަށް ބަލާލީމާ އެނގުނީ ދޫންޏަށް މައި ދޫނި ކާންދޭން މަސައްކަތްކުރަނީ ސިނގިރެޓް ބަޓެއްކަން. އެއީ ހިތްހަލާކުވި ވަގުތުކޮޅެއް. ވަރަށް ދެރަވި،" އޭނާ ބުންޏެވެ. "މިއީ އަހަރެމެން އިންސާނުންގެ ކުރާ ވިޔާނުދާ ކަންކަމުގެ ސަބަބުން ދިމާވާ ކަންކަން."
ކަރެން ބުނި ގޮތުގައި އޭނާގެ މި ފޮޓޯތަކުން ވެސް ކުނީގެ މައްސަލަ ބޮއްސުންލާފައި އޮތް ވަރު އިހުސާސްވެއްޖެ އެވެ. އެހެންވެ އޭނާގެ އިލްތިމާސަކީ އަދި ކުރަން މިހާރު ބޭނުންވާ ކަމަކީ ވެސް ކުނިން ތަންތަން ސަލާމަތް ކުރުމެވެ.
"ހާއްސަކޮށް މޫދާއި އައްސޭރިފަށް ކަހަލަ ތަންތަން އެބަޖެހޭ ކުނި ނާޅާ ސާފު ރީތި ތަންތަނަށް ހަދަން. އެތަންތަނުގައި އުޅޭ ދޫނިސޫފާ ސޫފީން އަހަރެމެންގެ ހިތްތަކަށް ވެސް އުފާވެރިކަން ގެނުވާނީ އެތަކެތީގެ ރައްކާތެރި ކަމަށް މަސައްކަތްކޮށްގެން،" އޭނާ ބުންޏެވެ.
ކަރެން ފޭސްބުކްގައި ހިއްސާ ކުރި އެއް ފޮޓޯގައި އޭނާ ވަނީ "ދުންފަތުގެ އިސްތިއުމާލު ކުރިޔަސް، ސިނގިރެޓް ފިލްޓަރު ޖެހުނުހާ ތާކަށް އެއްލައިނުލަން ވެސް" އެދިފަ އެވެ.
މިދިޔަ އަހަރު ނެރުނު އޯޝަން ކޮންޒަވެންސީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މޫދާއި ކަނޑަށް އެންމެ ގިނައިން އުކައިލާ 10 ބާވަތުގެ ކުނީގެ ތެރޭގައި ސިނގިރެޓް ފިލްޓަރު ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަތީބު
02 July 2019
ތިއިން އެނގެނީ ދޫނީގެ ކަންނެތްކަން. މަސްކޮޅެއް ހޯދަން ދިއުމުގެ ބަދަލުގައި އެންމެ ފަސޭހައިން ލިބުނު އެއްޗެއް ދަރިއަށް ކާންދެނީ. ލަދުން ބޯހަލާކު
ގުޑުގުޑާ
01 July 2019
ދަރިއަށް ސިގެރޭޓް ބޯންދޭ ދޫންޏެއް... އެނޫން ކާއެޗެއް ނުލިބުނީތަ؟
ޖުލައި
01 July 2019
ތިޔަ ދޫނި ގެންނާންވީ ސޮލާހުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސެންޓަރައް...
ގަޓް ބްރޯ
01 July 2019
500% ޑިއުޓީ ނަގާފަވެސް ގައުމުތަކުން ބޭނުންވަނީ ސިނިރޭޓާ ޕްލާސްޓިކްގެ ބާވަތްތައް އެތެރެކުރަން. ދެން ކިހިނެތް ތިޔަ މައްސަލަ ހައްލުވާނީ؟ ބަޔަކު ތިމާވެއްޓާބެހޭ ވާހަކަދެއްކުމަކީ ސަރުކާރުތަކަށް ތިމާވެއްޓާގުޅޭ ކަންކަމުން ނާޖާއިޒު ފައިދާނަގަންދެވޭ ވަރަށްބޮޑު ހިއްވަރެއް. ތިމާވެއްޓަށް ލޯބިކުރާފަރާތްތަކުން ސަރުކާރުތަކުން މިޖަހާ ސަކަރާތް ހުއްޓުވޭނެ އާ ސިޔާސަތަކާ މޮޅު އުކުޅުތަކެއް ހޯދަންވެއްޖެ.