ޚަބަރު / އަބްދުﷲ ލުތުފީ

ލުތުފީއަކީ އެންމެ ބޮޑު ޚާއިނު، މާފެއް ނުދެވޭނެ: ރައީސް

ރައީސް މިއަދު ނޫސްވެރިންނާ ވާހަކފުޅު ދައްކަވަނީ: ލުތުފީ އަށް މާފް ނުދެއްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ހުސެއިން ވަހީދު

04 ޖުލައި 2019 - 15:12

129 comments

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ރާއްޖޭގެ މި ޒަމާނުގެ ތާރީޚު ދުށް އެންމެ ބޮޑު ޚާއިނު އަދި ކުށްވެރިޔާ ކަމަށާއި އޭނާ އަށް މާފުދިނުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލުތުފީ ދިޔަ ކަން ފުރަތަމަ ދުވަހު ވެސް އެނގިވަޑައިގެންނެވި ކަމަށެވެ. ލުތުފީ އެމްބަސީ އަށް ވަނީ މެއި 1 ގައި ކަމަށާއި އެ ވަގުތުން ފެށިގެން ލުތުފީ އަށް ފިލުމުގެ ދެ ވަނަ ފުރުސަތެއް ނުލިބޭނެ ކަން ޔަގީން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ލުތުފީ ހުރީ، ރައީސް ވިދާޅުވި ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ރަސްމީ އިއްޒަތުގައި އެމްބަސީގައި ލުތުފީ ގެންގުޅޭ ކަމުގެ ތުހުމަތުތައް ރައީސް ދެއްވި ތަފްސީލްތަކުގައި ދޮގުކުރެއްވި އެވެ.

"ލުތުފީ އަކީ އަދިވެސް މި ދައުލަތުގެ މި ގައުމުގެ އެންމެ ބޮޑު ކުށްވެރިޔާ. އެއަކަށް ނާދޭ ބަދަލެއް. އެހެންވީމާ ލުތުފީ އަށް މާފް ދިނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން. --ރައީސް

ނޮވެމްބަރު 3 ގެ ހަމަލާ ރާވައި ހިންގި ލުތުފީ: އޭނާ ވަރަށް އަވަހަށް ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.

އެމަނިކުފާނު ވިދާޅުވީ ލުތުފީ އެމްބަސީ އަށް ވަނުމާ އެކު ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސެޑަރު އެކަން ފޮރިން މިނިސްޓްރީ އަށާއި ލަންކާގެ އެޓާނީ ޖެނެރަލް އަށް ވެސް އެންގެވި ކަމަށެވެ.

"އެ ހިސާބުން ފެށިގެން އަޅުގަނޑުމެން ލުތުފީ ގެނައުމުގެ މަސައްކަތް ފެށިގެން. އެކަމަކު އެ ދުވަސްވަރަކީ ލަންކާގައި ބޮން ގޮވައިގެން ދިޔަ ދުވަސްވަރު. އޭގެ ފަހުން އެތާނގެ ބަންޑާރަ ނައިބު މަގާމު ބަދަލުވީ. އަޅުގަނޑު ބޭނުމެއް ނުވީ ޕްރޮސެސް ފުރިހަމަނުކޮށް ގެންނަން. އެންމެ ފަހުން މީގެ ދެ ދުވަސް ކުރިން ވެސް އަޅުގަނޑުމެން އެކަމާ ވާހަކަ ދެއްކިން. އަޅުގަނޑުމެންނަކަށް އެ ލިޔުމެއް އަދި ނުލިބޭ،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ލުތުފީ ވަރަށް އަވަހަށް ލުތުފީ ގެނެވޭނެ."

ލުތުފީ އާ ރައީސާ އެއްވެސް ވަރަކަށް ގުޅުން އޮތްތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ ދުވަހަކު ވެސް ލުތުފީއާ ބައްދަލުވެ ވަޑައިގެންފައި ނުވާ ކަމަށެވެ.

"އެއްވެސް އިރެއްގައި އަޅުގަނޑާ ލުތުފީއަކާ ބައްދަލުވެފައެއް ނެތް. އަޅުގަނޑު ދަންނަ ބޭފުޅެއް ނޫން އެއީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ލަންކާ ފުލުހުންގެ ސީއައިޑީ ޑިޕާޓްމެންޓަށް ހާޒިރުކޮށް މިހާރު ވަނީ ބަޔާނެއް ވެސް ނަގައިފަ އެވެ. އޭނާ އަނބުރާ ރާއްޖެ ގެނައުމާ މެދު ލަންކާ ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މަޑުކޮށްގެން މިތިބީ ލަންކާގެ އެޓާނީ ޖެނެރަލްގެ ހުއްދަ ލިބެންދެން. ކޮންމެ ވަގުތަކު ވެސް އެ ހުއްދަ ލިބިދާނެ. އެއާ އެކީގައި ލުތުފީ ގެނެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ލުތުފީ އެމްބަސީ އަށް ދިޔަ ކަން ސަރުކާރުން ސިއްރުކުރީ ކީއްވެތޯ "މިހާރު" އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަން ހާމަކުރުމަށް ވުރެން އެ ވަގުތަށް މުހިއްމީ ފުލުހުންގެ ބެލުމުގެ ދަށުން ލުތުފީ މާލެ ގެނެސް ޖަލަށް ލުން ކަމަށެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެތައް އިއުލާނެއްކޮށް ލުތުފީ އަތުލައިނުގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ލުތުފީ ހައްޔަރު ކުރުމުގެ ފުރުސަތު ލިބުމުން މި ސަރުކާރުގެ އަމާޒަކަށް ވީ ގެނެސް ޖަލަށް ލުން ކަމަށާއި ހުކުމް ތަންފީޒުކުރަން ޖެހޭނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލުތުފީ ގެނައުމަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދައްކަން ޖެހިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވަނީ ބުނެފަ އެވެ. އެކަމަކު ރައީސް ވިދާޅުވި ގޮތުގައި ވިސާ ނެތި ލަންކާގައި ދިރިއުޅެފައިވާތީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ ގާތްގަނޑަކަށް 3،500 ޑޮލަރެވެ. އެ ފައިސާ ދައްކައި ޓިކެޓް ނަގައިގެން ނަމަވެސް ސަރުކާރުން ލުތުފީ ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.

129 ކޮމެންޓް, 277 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 1%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮބާ..ކޮބާ

10 September 2020

ލުތުފީ ވަރުގެ ހިތްވަރު ހުރި ދިވެހިން ނަކީ ވަރަށް މަދު ބައެއް...މިއީ ބުނެވެން ނެތް އެކަމަކު ހަގީގަތެއް..މައުމޫނާ އޭނާގެ ޅިޔަނުންނާ ބައިވެރިން ހަމަ ބިމަށް ބޭލުވީ ތިޔަ ކަލޭގެ...

The name is already taken The name is available. Register?

މަންޑޭލާ

05 July 2019

އަތައް ގޮވީ. މިހާރުވެސް މިރަސް ބޭނުމަކީ ދިވެހިން ހެއްދުން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

05 July 2019

ޕީޕީއެމުން އަޅާނުލިނަމަ ލުތުފީ ހުންނާނީ ދިވެހި އެމްބަސީގަ ބޮޑު މުސަރަނަގައިގެން. ދިވެހިންނަ ހެޔޮވިސްނުން ދެއްވާންދޭ.

The name is already taken The name is available. Register?

އޭޑީ

05 July 2019

ޕީޕީއެމް ދެކެ ބިރަކުން ސަރުކާރުން ނޫޅޭ، ސިޔާސީ ގޮތުން ބިރުދެއްކޭ ވަރަށްވުރެ މާ ނިކަމެތި ބައެއްތިއީ، މަޖްލީހުގައި ޕީޕީއެމްގެ އިނީ ރެޑްވޭވް ސަލީމާއި، ނައިފަރު ޝިޔާމާއި، ގުރައިދޫ ރިޒާ! އިތުރު މީހެއްނެތް! ސިޔާސީ މައިދާނުގައި ޕީޕީއެމް އަކަށް ދެން މިގައުމުގެ ވެރިކަމާއި ހަމައަށް އައުމުގެ ހަކަތައެއްނެތް! ދުވަހަކުވެސް ނުވެސް ލިބޭނެ! ގިނަ މީހުން ތިބޭނީ ޖަލުގައިކަމަށް ލަފާކުރެވެނީ

The name is already taken The name is available. Register?

ހާމަ333

04 July 2019

ކަލޯ ވެރިކަން ކުރާ ނިޒާމް އޮންނަ ގޮތް ފުރަތަމަ ދަސްކުރޭ...ސަރުކާރުން ހަދާ ގޯސް ރަނގަޅު ކުރުވަން ޒިންމާދާރު ކުރުވަން މިހާރު ތިބީ އެމީހުންނޭ...ލުތުފީއަކީ ދިވެހިން ދުށް އެންމެބޮޑު ޓެރަރިސްޓު...ލާހިކައެއްނޫން އޭނާ މިބިމުގަ ދުވަހަކުވެސް މިނިވަންކަމާއެކީ އުޅެން...

The name is already taken The name is available. Register?

1234

04 July 2019

އިސްތިއުފާ ދެއްވި ރައިސްގެ ދުލުން ތެދު ބަހެއް ނުކުތުމަކީ ވަރަށް ނާދިރުކަމެއް. މިހާރުގެ ރައިސްއަކީ ދެތުވެރި ބެފުޅެކޭ ބުނަން ކެރޭ.. ލުތުފީ އެމްބަސީއަށް ވަނީ 20 އެޕްރީލްގައޭ ކިޔައިގެންވެސް ހެދީ ދޮގު. އިސްތިއފާ ދިނީވެސް ބޮލުގަ ބަޑި ޖައްސައިގެނޭ، ބުދު ބެހެއްޓި އިރު ތިމިން ނުވެސް ދެކެމޭ...

The name is already taken The name is available. Register?

ބޮޑުރިޔާ

04 July 2019

ސާބަހޭ ރައީސް އިބޫ ދެން އިންޑިޔާއާ ދިވެހިރާއްޖެ އާ ދެމެދު ހަދާ ކުއްވެރިންބަދަލުކުރުމުގެ އުސޫލް ގެ ދަށުން އިންޑިޔާއަށް ތަހުގީގަކަށްވެސް ނުގެންދެވޭ ގޮތް ހަދާތި ނޫނީ ތަމަޅައިންނަކީ އިންޑިޔާގައި އުޅޭބަޔެކޭ އެމީހުންނާ ގުޅުން އޮވޭތޯ ބަލާ ތަހުގީގު ކުރުމުގެ ނަމުގައި އެތަނަށްގެންގޮސް ސަރުކާރުން ހަރަދުކުރަން ޖެހޭ ގޮތަށް ގެންގޮސް ބަހައްޓަފާނެ

The name is already taken The name is available. Register?

ލަންބެ

04 July 2019

ރައީސް މީހާ ރަނގަޅުހެން މަށަށް ހީވަނީ، އަސްލު ގޯސްވެގެން މިއުޅެނި، އެއްކަލަ ކަލޭގެއޭ، މީގަ ދެން ޖެހޭނީ، އެހެން އޮލްޓަނޭޓިވްއެއް ހޯދަން ...............

The name is already taken The name is available. Register?

ވާލުސޮރު

04 July 2019

ލުތުފީއޭ ކިޔައިގެން ސިޔާސީ ފައިދާ ހޯދަން ޕީޕީއެމްއާއި ޗެނަލް 13 އިން ކުރި މަސައްކަތް މި ދިޔައީ ތޮޅިއަށް. ޔާމީނުގެ ވެރިކަމުގަ އުމަރު ނަސީރު ފުއްޕާފަ ނުކުރެވުނު ކަމެއް މި ސަރުކާރުން ކުރާތީ މޭކަރައިގެން އުޅެނީ. ރަނގަޅު ޝަރީއަތެއް ކޮށްފިނަމަ އުމަރު ނަސީރާއި ޔާމީނާއި ލުތުފީމެން ތިބޭނީ އެއްގޮޅީގަ

The name is already taken The name is available. Register?

ޅޮސް އުނދޯލި

04 July 2019

އާނ...ލުތުފީ އައިސް ވެއްޓިގަތީ އުމަރު ނަސީރު އުނގަށް ވިއްޔާ. ތިހެން ތިބިތާ ތިއްބާ އުނގަށް ވެއްޓުނު ނަމަ އިނގޭނެ އެ ސޮރަށް އަންނަ ހަޓުކާ އާއި ދައުވާތަށް.

The name is already taken The name is available. Register?

ލޯކަ!

04 July 2019

ޗެނަލް 13 ގެ މަސައްކަތް ކާމިޔާބު! އިދިކޮޅުގެ ޖަލްސާ ބާއްވަން ވާއިރަށް ސަރުކާރުން އެއްޗެކޭ ބުނަން މަޖުބޫތުވެ ބުނެފި! ދެން އޮތީ ޢަމަލު ކުރުން! އެކަންވެސް ކުރެވޭނީ އެއްކަލަ 13 އަށް!

The name is already taken The name is available. Register?

ނަތާޘާއަލީ

04 July 2019

ރައީސްގެ ޤައުމީ މި ނިންމެވުމަށް ޝުކުރުއަދާކުރަން. ދިވެއްސަކަށް ވެ ހުރެ މިވަރުގެ ނުރައްކާތެރި ޢަމަލެއް ހިންގި މީހަކަށް މާފް ނުދޭނެ ބާރުއޮތަސް. އިބޫ ރައީސް އަކީ ވަރަށް ދުރުވިސްނޭ އިޚްލާސްތެރި ބޭފުޅެއް.

The name is already taken The name is available. Register?

ނުނަށާއަލީ

04 July 2019

ދުރުވިސްނިގެން ތަންކޮޅެއް ކުރިން ޕްރެސް ކޮންފަރެންސް ނުބޭއްވީ ކީއްވެތަ؟ އިޚްލާސްތެރިކަން ހުރިނަމަ ކަމެއް ފަޅާއެރުމުގެ ކުރިން ނުބުނީ ކީއްވެތަ؟ ކޯލިޝަން ޕާޓްނަރުންނާއެކު ޝެޑިއުލް ބައްދަލުވުން ނުބާއްވާ ވާހަކަ ނޫސްވެރިން ބުނުމުން އެ ބާއްވަން ނުވިސްނާ ހުރެފައި އެވަގުތު އެކަންވެސް ނިންމައި ބުނީ ކީއްވެތަ؟ ކޮންމެ ކަމެއް އޮޅުންފިލުވަން ބަޓްންއަކަށް ފިތަންޖެހުމުން ދެން މާނަ ނަގަންވީ ކިހިނެތްތަ؟

The name is already taken The name is available. Register?

ރިޔާޒް ރަޝީދް

04 July 2019

ދުރު ވިސްނޭތީތާ އެތައް މަހެއްވަންދެން ވީ.އައި.ޕީ އަރުވާފަ ބަހައްޓާފަ ހުރީ ދޯ؟

The name is already taken The name is available. Register?

ކިއްލިބާޝާ

04 July 2019

ދުރޭބުނާއިރު ކިހާދުރަށް އޭނާއަށް ފެންނަނީ.

The name is already taken The name is available. Register?

ދަނޑިމަހުސުރޫރު

05 July 2019

ނުނަށާއަލީ ކަހަލަ ސިޔާސީގޮތުން ބުރަދަނެއް ނެތް ސިކުނޑީގައި ތެތްކަމެއް ނެތް މީހަކަށް މިބާވަތުގެ ކަންކަމުގައި ގޮތްކިޔާކަށް ނޭނގޭނެ! މީ ވަރަށް ވާހަކަ

The name is already taken The name is available. Register?

ކާފަބޭ

04 July 2019

ޔަހޫދީންނަކީވެސް ދުނިޔޭގަ އުޅޭބައެއް، އެމީހުން މެޖޯރިޓީގެ ރިއެކްސަންއައް ބަލާފަ ވާހަކަ އަންބުރާލަން ވަރައްމޮޅުވާނެ. އެކަމަކު ދުލުންއެބުނާއެއްޗަކާ ކުރާކަމަކާ ދިމައެއްނުވާނެ.!!!!.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454