ރައީސް ނަޝީދު: ދެން ޔާމީނަށް ރައްޔިތުން ވެރިކަން ނުދެއްވާނެ ކަމަށް ވިދާޅުވި-- ފޮޓޯ: މިހާރު
05 ޖުލައި 2019 - 13:36
ވެރިކަމުގެ ބާރުލިބޭ ދުވަހަކުން، މި ސަރުކާރުން ހަދާފައިވާ އެގްރިމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަމެއް ނެތި އެގްރީމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުންތައް އެތައް ބިލިއަނަކަށް އަރާ ކަމަށެވެ. އެހެންވެ ދެން އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންނަށް ލިބޭ ގެއްލުމަށް ބަލައިލުމެއް ނެތި އަނެއްކާވެސް އެގްރީމެންޓްތައް އެފުށް މިފުށަށް ޖަހަން ވިދާޅުވުމީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު،" ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.
RY ge verikamuga zinmadharukan nethi agreement thah efuh mifushah jehumun dhaulathah libunu maalee gellun ethah billionakah arafavairu,rayyithunah libey gellumah balaalumeh nethi anehkaves agreement thah efuh mifushah jahan vidhaalhuvumi,RY ah rayyithun verikan nudheyne eh sababu
— Mohamed Nasheed (@MohamedNasheed) July 5, 2019
ޔާމީނަށް ފާޑު ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓް--
ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް މާލޭ އެއާޕޯޓް ދީފައިވާ އެގްރީމެންޓް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލް ކުރި އެވެ. އޭގެ ބަދަލުގެ ގޮތުގައި ޔާމީންގެ ސަރުކާރުގައި ވަނީ ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އަދި އެމްޑީޕީ ސަރުކާރުގައި އެކި ކުންފުނިތަކުގައި ވެފައިވާ އެއްބަސްވުންތައް އުވާލުމާއި އެއްބަސްވުންތަކަށް އަމަލު ނުކުރި މައްސަލަތަކުގައި މިހާރު ވެސް ދައުލަތުން ވަނީ އެތައް މިލިއަން ރުފިޔާއެއް ދައްކަން ޖެހިފަ އެވެ.
ވެރިކަން ގެއްލުނު ފަހުން ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ބޭއްވި ފުރަތަމަ ޖަލްސާގައި ޔާމީން ރޭ ވިދާޅުވީ މީގެ ކުރިން ވެސް އެންމެ ބޮޑަށް ވަކާލާތުކުރެއްވީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ހަރުމުދާ ދިނުމާ ދެކޮޅަށް ކަމަށެވެ.
Baaru libey dhuvahakun agreement thah efuh mifushah jahaanan: Yamin
The most trusted news source in the Maldives
Mihaaru
ބާރު ލިބިއްޖެ ނަމަ އެގްރީމެންޓްތައް ބަދަލު ކުރާނެ ކަމަށް ޔާމީން ވިދާޅުވުން--
ޔާމީން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ވަކިވަކި އެގްރީމެންޓްތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.
ޔާމީންގެ ވެރިކަމުގައި ގުޅުން ގޯސްވި އިންޑިއާއާ މިސަރުކާރުން އަންނަނީ ގުޅުން ބަދަހި ކުރަމުންނެވެ. އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކާއި ވިޔަފާރި އާއި އިގްތިސާދާއި ތަރައްގީގެ ކަންކަމާ ގުޅުން ހުރި އެއްބަސްވުންތައް ވެސް އިންޑިއާއާ އެކު ވަނީ ގާއިމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީދު
07 July 2019
މީ ދިވެހިރާޢްޖޭގެ ރައީސްބާ؟ ނޫނީ ކާކު ބާ؟ މާބޮޑަށް ފުއްޕާފަ މިއުޅެނީ ދިވެހި ރައީސް ކޮބާތޯ؟ އިބޫއަށް ވެރިކަން ހަވާލުކުރީމަވެސް އަދިވެސް އަޢްނި ފުއްޕަނީ؟؟
ދޮންވެލި
06 July 2019
ކަލޭ ތީ މަގައުމުގެ ރައީސް އެއްނޫނެވެ. އިބޫ އަށް ފުރުސަތު ދީ ބަލާށެވެ.
ފޮތް ނުކިޔާތީ
07 July 2019
އެއީ މިގައުމުގެ ރައްޔިތުން މަޖްލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު. ދެން ދިރުވާލާ ހަޖަމް ހަޖަމް ކަޑަވާނެ މަ ނަމަވެސް
ބަނާނާ
06 July 2019
މީނަ ވިއްޔާ ވެރިކަން މީސް މީހުނަށް ދެނީ! ލޮލް
ހާމަ333
06 July 2019
ބޭނުން ގޮތަކަށް ރާއްޖޭހެ ހަރުމުދާ ވިއްކައި ތަންތަން ދޫކުރުމަކީވެސް ރައްޔިތުން އެބަޔަކަށް ވެރިކަން ނުދޭނެ ސަބަބެއް.
ޜާޖަޕަކްސާ
06 July 2019
އިންޑިޔާ ބަޔަކާ އެއާޕޯޓު ކީއްކުރަން ކުނިގޮޑުވެސް ދީގެން ނުވާނެ، ސަބަބު ގެރިމަސް ކޮޅެއް ގެންގުޅުނު ކަމަށްޓަކާ ކިތައް އިންސާނުން ތަޅާ މަރަނީ.
އަޙުމަދު.
07 July 2019
ރާޖަޕަކުސާ، އެވެ ކިޔައިގެން ތި ކޮމެންޓް ކުރަނީ ތިމާގެ އަމިއްލަ ނަމުގައި ހަމަ ކޮމެންޓެއް ލިޔަން ނުކެރިގެންދޯ ؟ ތިވަރުން ކޮމެންޓް ނުކުރީމަ ނިމުނީނު، އިޒުރޭލުގެ ޓޫރިސްޓޫންވެސް އަދި އެހެން މީހުންވެސް މިތަނަށް އާދޭ، އިޒްރޭލުން ކުށެއްނެއް މުސްލިމުން ނުމަރަނީތަ ؟ ކިހިނެއް ވެގެންތަ އިންޑިޔާގަ އަޅާގަނެއްގެން ނެއްޓެއްން ނޭންގިގެން ތިއުޅެނީ، އެމީހުން ކޮންކަމެއް ތިމާއަށް ކުރީ ؟
ކިއްސަރު
06 July 2019
ކަރުދާސް ކުންފުނިތަކާ އެގްރީމަންޓް ހަދާފައި ހުރެގެން ކަމެއްނުވީމަ ކެންސަލް ކުރުމުން މަނިކުފާނުގެ އައުވާނުންނަށް ނޫންތޯ ފައިދާ ވަނީ. ޔާމީން ނެގީީ ވަކި ގޮތަކަށް. މަނިކުފާނުގެ އައުވާނުން އެހެން ގޮތަކަަށް. އަދި މަޖިލީސް މެޖޯރިޓީ އޮތީމަ ބޭނުންގޮތެއް މިފަހަރު. ރައްޔިތުންނަށް ހަމަ ސުމެއް.
ނުދޭދޯ
06 July 2019
މަނިކުފާނު ދޭން ހުއްޓަކާ ނޫނޭ ޑރ ވަހީދަށް ވެރިކަން ލިބުނީ އަދި އޭގެ ފަހުން ޔާމީނަށް ވެރިކަން ލިބުނީ އަދި އިބޫއަށްވެސް ވެރިކަން ލިބުނީ. އެހެންވީމަ މަނިކުފާނު ދޭން ނެތަސް ރައްޔިތުން އަދިވެސް އެ ބަޔަކު ބޭނުން ބަޔަކަށް ވެރިކަން ދޭނީ. ޔާމީން ވެރިކަމަށް އަރާފާނެތީ ތިޔަ ގަންނަ ބިރަކުން ވެރިކަމުގެ ލައްޒަތުވެސް ނުލިބިގެން ތިއުޅެނީ.
ކޮރަލް
06 July 2019
ރާއްޖޭގެ ރައީސް އަކީ ސޯލިހް އެވެ. އަންނި އެއް ނޫނެވެ. މީނަ ގެ އަނގަބޮޑީއެވެ. ނުބެހޭ ކަމެއް ނެތެވެ.
އިނާސް
06 July 2019
މިނިވަންކަމާއި އިސްތިގްލާލްއަކީ 2600 މިލިޔަންރުފިޔާ އަށްވުރެ މާއަގު ބޮޑު އެއްޗެއް. އެމްޑީޕީގެ ވެރިކަމުގެ ސްޓައިލަކީ މިފަހަރު މޯލްޑިވް އިންޑިޔާ ސްޓޭޓް ހިންގުން. ކުރީގެ3 އަހަރު ކޮންމެވެސް ހާޑިންހާމްއެއް.
falcon_autho
06 July 2019
ނަޝީދަކަށް ނޭގޭނޭ ވެރިކަން ދޭންވީ މީހުންނާއި ލިބޭނެ މީހުންނާއި ތިބޭނެ މީހުން. އެގްރިމެންޓް ބާޠިލުކުރުމުން ދައުލަތަށް ގެއްލުން ލިބެނީ ގަމާރުން ތައްޔާރުކުރާ އަދި އެއާގުޅިގެން ގިނަފައިސާތަކެއް އަމިއްލަ ޖީބަށް ވަންނާތީ ހަދާ އެގްރިމެންޓް ތަކުގެ ސަބަބުން. ކޮންމެ މީހަކު އަޔަސް ޖެހޭނީ އެފަދަ އެގްރިމަންޓް ތައް އުވާލަން.