މަކްރޫކް އޭނގެ "މެރާކީ" ކޮފީ ޝޮޕްގައި -- ފޮޓޯ: މިލްކް އެންޑް ޔޯކް
07 ޖުލައި 2019 - 13:06
މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާ އިން ބަލިވި މަބްރޫކް އަބްދުލްއަޒީޒް ރައީސް އޮފީހުގެ އިސް މަގާމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގެ ބުދަ ދުވަހު އައްޔަން ކުރައްވައިފި އެވެ.
ފެލިދޫ ދާއިރާގެ އިންތިޚާބުގައި ވަރަށް ހަނި ގޮތަކުން ނާކާމިޔާބު ވެވަޑައިގެންނެވި އެމްޑީޕީގެ މަބްރޫކު، ހަމަޖެއްސެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީގެ މަގާމަށެވެ.
މަޖިލީހުގެ އިންތިޚާބުގައި 50 ވޯޓުގެ ތަފާތުން މަބްރޫކް ބަލިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ވާދަކުރައްވަ އެވެ. އިދިކޮޅު ޕީއެންސީގެ ފަޒުލް އަށް 472 ވޯޓު ލިބިވަޑައިގެންނެވި އިރު މަބްރޫކަށް ހޯއްދެވުނީ 422 ވޯޯޓެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް މަބްރޫކް އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގަ އެވެ. އޭނާ ވަނީ ޕޮލިޓިކަލް ސައިންސް އަދި ޕަބްލިކް ސްޕީކިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި މަބްރޫކާ އެކު 12 ބޭފުޅަކު މިވަގުތު ތިއްބަވަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް (އަށް މަސް ތެރޭގައި) 334 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި އުފައްދާފައި ވަނީ 465 ސިޔާސީ މަގާމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
08 July 2019
ސާބަހޭ1 ބަޖެޓަކު އެއްޗެއްނެތް! ދަރަނިއަދާާކުރެވޭކަށް ނެތް ! މިމީހާ ރައީސްއޮފީހަށް މުހިއްމުވި ކޮންކަހަލަ ފަންނެއްގެ ވެރިއެއްބާ! ޙަޤީޤަތުގަ ރައްޔިތުްނަށް އެގެންޖެހޭ ، ބޮޑު މުސާރައަށް މީހުންލާއިރު އެމީހާ މުހިއްމުވާ ސަބަބު! އާދޭސްކުރަން ، ބޭނުމަށް މީހުންލުމަށް، އެސަރުކާރަށްވުރެ ގިނަ މަދު ނުކިޔުމަށް، މީހުންލާނީ ރައްޔިތުންނަށް ޚިދުމަތްދޭން! މީހާއަށް މުސާރަދޭކަށް ނޫނެވެ.
ކީކާ
08 July 2019
އެންމެންނާ ވަރަށް ގުޅުނޭ ކެންޕޭނު ދުވަސްވަރު ތި އާއިލާއެންމެން ހީވީ އެހެން ފަދަ ކަމެއްހެން. ގުޅާވަރުން ބޮލަށް އުނދަގޫވާވަރު ކުރި. ނަސީބެއް އަވަހަށް ވޯޓު ކަންތައް ނިމުނު ކަން. މީހުންގެ ބޮލުގައި ދޮގު ތުހުމަތުކޮށް އިންތިހާބު ނިމުނީމަވެސް. ވަޒީފާ ދީފަ ބަހައްޓާ.
ދދދދދދ
08 July 2019
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް (އަށް މަސް ތެރޭގައި) 334 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި އުފައްދާފައި ވަނީ 465 ސިޔާސީ މަގާމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ." އެހެންތޯ! މަނިކުފާނު ހާދަ މޮޅޭ އެހެންވީމަ. ވަރަށް ގަދަ އިިނގޭތޯ.
ާއުނިމާ
08 July 2019
ސަރުކާރުގެންނަން ގުރުބާންވިޔަސް ކިޔަވައިގެން ހުއްޓަސް އާދައިގެ ނިކަމެއްޗަކަށް ވަޒީފާއެއް ނުދޭތި! ކޮބާތަ އިސްތިއުފާދިން މީހުންނަށާއި، ވަޒީފާއިން ކަނޑާލި މީހުނަށް ދޭން ވަޢުދުވި ވާޒީފާތަށް. ހުސް ހޮޅިވާހަކަ!
ޒުލް
08 July 2019
މަޖިލިސްބަހުސް ގަ ވާހަކަ ދައްކަމުން، ފެލިދޫ ދާރާގެ ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރު ވިދާޅުވީ، ތަޢުލީމް ޙާސިލުކުރެއްވީ އޮސްޓްރޭލިއާއިން ކަމަށް، މަގާތަށް އައި ހިންޏެއް.
ހިންނޭ
07 July 2019
އަހުންނަކީ މިހާރު ބިލިންގ ހިންގާ މީހާ އަހުންނަށްވެސް ލިބުނީ ކުޓުވައިގެން ހާދަ މަސައްކަތަކުންނޭ. އަސްލު ހުޅުމާލެ އިންޖީނު ލިބޭނެ ކަމަށް އުއްމީދުކުރީ . އަތުގައޮތީ ކުޅިވަރުކުޅޭ ސެޓްފިކެޓެއް.
އަށްޑޫ ކަތީބު
07 July 2019
އެހެން ވީމަ އަހަރުމެން މިބުނީ ރައީސް މައުމޫނު ހިންގީޯ އެންމެ ރަންގަޅަށޭ މި ގައުމު. ތިޔަހެން ދަށުވެގެން އުޅޭކަށެއް ނުޖެހޭނެ. މިހާރު ދަށުވެފަ އޮތީ ވަޒީފާ ނުދީފިއްޔާ ހީވާކަހަލަ ވެރިކަމުގަ ހުރި ގޮނދި ގެއްލިދާނެޔޭ އެހެންވީމަ ވަޒީފާ ދޭންޖެހޭނެތާ.
ޢަބްދުﷲނާފިޒް
08 July 2019
ދެން އެމަޤާމު ހުސްކޮށް އޮތުމަށްވުރެ އެމަޤާމަށް މީހަކު ހަމަޖެއްސުންވެސް ބުއްދިވެރި ނޫންތޯ، އަނެއްކާ އެއީވެސް ހަމަ ދިވެހި ރައްޔިތެއް، ކިޔަވައިގެން ހުންނެވި ޢިލްމީ ޤާބިލު ބޭފުޅެއް ދެއްތޮ........
ޢަބީ
07 July 2019
ކިޔެވުމުގެ ބޭނުމެއް ނެތް. ވަޒީފާ ގެޒެޓްގައި ޖަހަނީވެސް މީހަކު ހަމަޖައްސާ ބަހައްޓާފަ
ޑާޑާ
08 July 2019
ނުކިޔަވާ ހުރި މީހަކަށްބާ ވަޒީފާދީގެން މިއުޅެނީ! އެކަމަކުވާދޯ..........
މިލިޔަން
07 July 2019
އޭނާގެ ބައްޕަ އަކީ ކާކުކަން އަހަރެމެނަށް އެގެއެވެ.
ނިޔާމަ
07 July 2019
ކާކު؟
އައްޑޫސިޓީ
07 July 2019
ރިއާލް އަޒީ.
ގިޔާސް
08 July 2019
ތިއެއް ނޭގިގެން މިހުރިހާ ދުވަހު މިއުޅުނީ، ނަސީބެއްނު ދަންނަ މީހަކާ ދިމާވިކަން.
ނަން
07 July 2019
ކޮންމެހެން ވަޒީފާ ހަމަ ދޭންޖެހޭ ބާ؟ އަމިއްލަ ކޮފީ ޝޮޕް އެއް ހިންގާ ފަރާތެއް. އައިލާއިން ބޮޑު ވިޔަފާރި އެއް ހިންގާ، ރަށުގައި ގެސްޓުހައުސް ހިންގާ.. އަދިވެސް ދައުލަތުން ކަމެއް ނުކޮއް ބޮޑު މުސާރަ ދީފައި. ޕޮލިޓިކްސް ކިޔަވާގެން ހުއްޓޭ ކިޔާފައި ދައުލަތަށް ދައްކާ ޓެކްސް ފައިސާ ތަޅަން ވަޒީފާ ދޭނެ ކަމެއް ނެތެވެ. މި މަޤާމުތަކަށްލާ މީހުންގެ ޕްރޮޑެކްޓިވިޓީ ބެލޭނެ ގޮތެއް ފުރަތަމަ ދައްކާށެވެ.
ތާއީދު
08 July 2019
ހަޤީޤަތަކީ ޓެކްސް ފައިސާއިން ބޮޑު މުސާރަޔާ ބެނެފިޓްސްތައް ލިބޭ މަަޤާމުތަކުގަ ތިބެނީ ވިޔަފާރަވެރިން، މާލޭގަ ގެދޮރު ކުއްޔަށްދީގެން ފައިސާ ލިބޭ މީހުން، ރިސޯޓް ހިންގާމީހުން މިހެންގޮސް ނަންހުސްކޮށް އެކި ގޮތްގޮތުން މިލިޔަނުން ލާރި ލިބޭ މީހުން ނޫނީ އެމީހުންގެ އަނބިން ނޫނީ އާއިލީ ކޮންމެވެސް މީހެއް. އަޅުގަނޑުވެސް ބޭނުން. ވަރަށް އާދައިގެ ރައްޔިތެއް. ނަމަވެސް މަސައްކަތްކޮށްގެން ދިރިއުޅުން ރަނގަޅު ކުރަން އަދި އާއިލާމީހުންނަށް އެހީވާން ބޮޑު މުސާރަ ބޭނުން.
ވޯލް
08 July 2019
މިމީހުން ލަދު ނުގަންނަނީ އެއްނު، އަދި މިމީހުނގެ ގާތްމީހުންވެސް އެމީހުން އެކުރާ ކަންކަން ބަލައިގަންނަްޔާ ޤައުމުގައި ކިހިނެތް ކަމެއް ރަގަޅުވާނީ.