ޚަބަރު / އަބްދުލްމަޖީދު އަބްދުލްބާރީ

މަޖީދު ފުލުހަށް ހާޒިރުކުރީ ލަންކާ އިން ޑޮލަރު ބޭރުކުރި މައްސަލައިގައި

އިދިކޮޅު އިއްތިހާދުން އެމްޑީޕީން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖީދު (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ

ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ ފުލުސް އޮފީހަށް ހާޒިރު ކުރީ ލަންކާ އިން ޑޮލަރު ބޭރުކުރި މައްސަލާގައި ކަމަށާއި އެކަމުގައި އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން މީހަކު ހައްޔަރުކުރި ކަމަށް އެ ގައުމުގެ ޑެއިލީ މިރާ ނޫހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުގައި އެ މީހާ އަތުން 45،000 ޑޮލަރު ފެނިފައިވެ އެވެ. އެއީ ކާކުކަން އެ ނޫހުން ނުބުންޏަސް، "މިހާރު"އަށް އެނގުނު ގޮތުގައި ލަންކާ ފުލުހުން ހައްޔަރުކުރީ މަޖީދެވެ.

މަޖީދު ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން އޭނާ ހާޒިރުކޮށް ސުވާލުކުރީ ލަންކާ އިން ބޭރުކުރި ފައިސާއާ ބެހޭ ގޮތުންނެވެ. އެއީ ކިހިނެއް ހޯދި ފައިސާއެއްތޯ ފުލުހުން އޮޅުންފިލުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދިނިން. ބަޔާން ދީފައި ވާނީ. އެއްވެސް ތުހުމަތެއް ނުކުރޭ،" މަޖީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި މަޖީދު ވިދާޅުވީ ފުލުހުންނަށް ދިން ބަޔާނުގައި، އެއީ އަމިއްލަ ވިޔަފާރީގައި ބޭނުންކުރާ ފައިސާކަން ސާފުކޮށް ދެއްވި ކަމަށެވެ. ނަމަވެސް އެއީ ކޮން ވިޔަފާރިއެއް ކަމާއި ބޭރު ކުރީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އޭނާ ހިއްސާއެއް ނުކުރައްވަ އެވެ.

ލަންކާގެ މައި އެއާޕޯޓުން މަޖީދު ހައްޔަރުކުރި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރައްވަ އެވެ. އޭނާ ކުރިން ވިދާޅުވެފައި ވަނީ "ކޮންމެ މީހެއްގެ އަތުގައި ވެސް ލާރި ހުންނާނެ" ކަމަށާއި މައްސަލަ ބޮޑުކޮށްލައިގެން އުޅެނީ ސަރުކާރަށް ނިސްބަތްވާ މީހުން ކަމަށެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.

ޑެއިލީ މިރާ އިން ބުނެފައިވާ ގޮތުގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން މަޖީދު ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. އަދި ޖެހިގެން އައި އާދިއްތަ ދުވަހުގެ ރޭ އެމިރޭޓްސްގެ ފްލައިޓުން އޭނާ ވަނީ މާލެ ވަޑައިގެންފަ އެވެ.

19 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 12%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރުކާނު

10 September 2016

އަލްޖިބްރާ . މަޖީދަކަސް ކަޅުފައިސާ ވާނީ ކަޅުފައިސާއަށް. ވަކިވަރަކަށްވުރެ ގިނައިން އެއްވެސް ޤައުމަކުން ފައިސާ ބޭރުކޮށް އެތެރެކުރުމަކީ މަނާކަމެއް. އެހެން ގެންދާ އެތެރެކުރާ ފައިސާއަށް ކިޔަނީ ކަޅު ފައިސާ އޯކޭ

The name is already taken The name is available. Register?

އަލްޖިބްރާ

10 September 2016

މަޖީދު 45000ޑޮލަރު ގެނައިމަ މައްސަލައަކަށް ވެއްޖެ ! އެކަމަކު 5ލައްކަ ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާވިގޮތް ؟ މީބަލަންޖެހޭކަމެއް ނޫން ! މަޖީދަކީ ވިޔަފާރިވެރިއެއް ! 5ލައްކަ ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރި މީހަކީ ވިޔަފާރި ކުރާމީހެއް ނޫން ! މިކަން ދެކޮޅުޖައްސާނެ ގޮތެއް އެބައޮތްތަ ؟

The name is already taken The name is available. Register?

މެންޓަލިސްޓް

10 September 2016

ދިވެހިފުލުހުންނަށް ވަރަށް ސަލާމް ،، ރާއްޖޭގައި އެބައުޅޭ އަގުބޮޑޫ ރޭސްކާރުތަށް ގަނެގެން އުޅޭމީހުން ،، އަތުންފައިން މަސައްކަތް ނުކުރާމީހުންވެސް ،، ކީއްވެތޯ އެހޯދިގޮތެއްގެ ސުވާލުނުކުރަނީ ؟ މަޖިލިސް މެންބަރުން ކުއްލިއަކަށް މިލިއަނަރުންނަށް ވެގެންދިއައީމައި އެމީހުނާ ސުވާލު ނުކުރަނީ؟ ފުލުހުން ބޮޑެތި ޖަރީމާތައް ހިންގިކަން މިހާރު ފަޅާއެރީމައި އެކަމުގައި އުޅުނު މީހުން ހައްޔަރުނުކުރަނީ؟ ތީ ފުލުސް އޮފީހެއްތޯ؟ ނޫނީ ޓެރަރިސް ގޭންގެއްތޯ ނިކަން އަމިއްލަޔަށް ސުވާލުކޮއްލަބަލަ ،،

The name is already taken The name is available. Register?

ނޫޅެވޭނެ

10 September 2016

މަޖީދު ފުލުހަށް ހާޒިރު ކުރެވޭނެ ރާއްޖޭގެ ޕާރސްޕޯރޓް ހޯލްޑް ކުރާނަމަ. އެހެން ނޫނިއްޔާ ރާއްޖޭގެ ޕާސްޕޯރޓް ދޫކޮށްލުމަށް ފަހު އަފްއާނިސްތާނުގެ ތޯރާ ބޯރާ ޕާސްޕޯޓެއް ހޯދަންވީއެވެ. އެއިރަށް ފުލުހުންގެ އިދާރާ އަށް ހާޒިރު ނުކުރާނެއެވެ. މަމެންގެ ވެރިކަމުގައި އަންޑަރވޯލްޑް ވިޔަފާރި ކޮށްފާނެ އަދި ކުރާ ބާވަތުގެ މީހުން ބްލޫސްގެ ކުދިންގެ ގެއަށް ކޮފީ އަށް ގޮވާލެވޭނެއެވެ.

The name is already taken The name is available. Register?

މުހައްމައިދީ

10 September 2016

ބަލަ އޭނަ ނުބުނެއެއްނުން ތިމަންނަ ހާޒިރު ނުކުރެވޭނެ އެކޭ. މިމީހުން ދައްކާ ވާހަކަ

The name is already taken The name is available. Register?

ބޭނުމީ މިނިވަންނަން / އައްޑޫ ސިޓީ

10 September 2016

މަޖީދުގެ މައްސަލަ އެއްކަމުގައި ވިޔަސް ''ހަމަހަމަ އުސޫލުން އިންސާފުވެރިކަމާއި އެކު'' ފުލުހުން ކަންތައް ކުރައްވާނަމަ ފުލުހުންނާއި ދިމާލަށް ދައްކާނެ ވާހަކަ ތަކެއްނެތް. އެހެން ނަމަވެސް މިމައްސަލައިގެ ތެރެއަށް ދިވެހި ފުލުހުން ''ބޭނިގަތް ގޮތަށް'' ރާއްޖޭގެ ބައިތުލް މާލު ''ވަގަށް ނަގާ ހުސްކޮށް'' އަދި ރާއްޖޭގެ މަރުކަޒީ ބޭންކާއި ރާއްޖޭގެ ވައިގެ ބަނދަރު އަދި ޤައުމުގައި ހިންގާ ވިޔަފާރި ބޭންކް ތައް ބޭނުން ކޮށްގެން ދައުލަތު ގެ މަސްއޫލު ވެރިން ތަކަކާއި ބޭރުގެ ''ވަގު ވިޔަފާރިވެރިން'' ތަކެއް ހިމެނޭ ގޮތަށް ހިންގާފައިވާ ''ވައްކަމުގެ ޖަރީމާ'' ތަކާއި ބައިނަލް އަޤުވާމީ މަނީލޮންޑްރިނ ގެ މައްސަލަ ބެއްލެވުމަށް ވެސް ދިވެހި ފުލުހުން ''އިސްނެންގެވިނަމަ'' ދައްކާނެ ވާހަކަ ތަކެއްނެތް. / އައްޑޫ ސިޓީ

The name is already taken The name is available. Register?

މިނިވަންދިވެހިރާއްޖެ

10 September 2016

އެކަމު ހުރިހާކަމެއްވެސް ނިމެންވާނީ ތިބޭޅާ ބޭނުންވާގޮތަށް!! އޭރުން ޤަބޫލުކުރާނީ!!

The name is already taken The name is available. Register?

އެމްސް

10 September 2016

ލަންކާ ސަރުކާރުގެވެސް ބެލެނިވެރި ފަރާތަކަށް ރާއްޖެ ވީތާ!

The name is already taken The name is available. Register?

ވާންވީ

10 September 2016

ދިވެހި ފުލުހުން ބަލަން ޖެހޭނެ ލަންކާ އިން އެހާ ގިނަ އަދަދެއްގެ ޑޮލަރު ބްލެކް އުސޫލުން އިދިކޮޅު ރަންރީނދޫ ކުދިން ގެންނަނަމަ އެއީ މަމެންގެ ޕިންކް ސަރުކާރުގެ ގްރެވިޓީ ދަށް ކުރަން އެެވެރިން ކުރާ ކަމެއްތޯ ވެސް ބަލަން ޖެހޭނެއެވެ. އެއްގޮތަކަށް ވެސް އެހާ ފަސޭހައިން އެކަން ދޫކޮށްގެން ނުވާނެއެވެ. ޑިފަމޭޝަން ގާނޫނު ފާސް ވުމުން ދެން ރަންރީނދޫގެ މައި ޓްވިޓަރ ގައި ރާއްޖޭގެ ރައީސް އެރެސްޓް ކުރަން ގޮވާނަމަ އެކަން ވެސް ޖެހޭނެ ބެލެން އެފަދަ ޓްވިޓަރުން ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްގެން. އެފަަދަ ޓްވީޓް ކުރާ ބޭފުޅުންގެ ޕާރސްޕޯރޓް ހިފެހެއްޓުމާއި މެދު ވެސް ވިސްނަންވީ އެވެ. މިރާއްޖެ ވީދާ ކުދި ކުދި ކޮށްލާ ރާއްޖެ ރޭޕް ކޮށްގެން ރާއްޖޭގެ ވެރިކަމަށް އަންނަ މީހުންނަށް އެބަޖެހޭ އެކަން އެގޮތަށް މަމެން ޕިންކް ކުދިންގެ ވެރިކަމުގައި ނުކުރެވޭނެ ކަން ވަރަށް ފާޅު ކަން ބޮޑު ގޮތެއްގައި އެކުދިންނަށް އަންގާ ރަނގަޅު ލެސަން އެއް ނަގާދީ އެކުދިންނަކީ އެއީ އޯޕަން މައިންޑަކުން ވިސްނާ އަދި ރީއްޗަށް ވާހަކަ ދައްކަން ދަންނަ ބަޔެއް ކަމުގައި ވެސް ހަދަން. މިކަން ކުރެވޭނީ ކޮންމެވެސް ވަރަކަށް އެކުދިން ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށް މިފަދަ ކަންކަން ބަލައިގެން އަދި ކޯޓަށް ދާން ޖެހޭނެ ފަދަ ކޭހެއް ނަމަ ކޯޓަށް ވެސް ގޮސްގެންނެވެ.

The name is already taken The name is available. Register?

މޫސަ

10 September 2016

ވާންވީ ތިހިރީ ހަމަރަގަޅަށް ޕިންކު ބަލި ޖެހިފައި. އެބަލި އާއްމުކޮށް ޖެހޭނީ ކުޑައިރު ނަފުސާނީ މައްސަލަތައް ދިމާފެއިިތިބޭ ކުދިންނަށް

The name is already taken The name is available. Register?

ިމިނިވަންދިވެހިރާއްޖެ

10 September 2016

ވާންވީ، މޫސާ އެބުނީ ހަމަތެެދެއް! ޕިންކު ބަލީގެ ޒާތުގެ އެހެންބައްޔެއްވެސް މިދިވެހިރާއްޖޭގެ އުޅޭނެ! އެއީ ރީނދޫބަލި! މިދެބަލިވީމާ ތިބޭނީ ހޭބަލިވެފައި

The name is already taken The name is available. Register?

ކޯޕްރަލް

10 September 2016

ދިވެހި ފުލުހުން މިފެންވަރަށް ސިޔާސީ ވީމަ ވަރަށް ހިތާމަ ކުރަން ...ފުލުހުންގެ ތެރޭގައި ތިއްބެވި ހެޔޮ ވިސްނޭ ބޭފުޅުން ސީޕީ އަދި ދެން އިސްކޮށް ތިއްބެވި ބޭފުޅުންނަށް ސިޔާސީ މީހަކު ކުރާ ފޯނު ކޯލަކަށް މި ފަޚްރުވެރި ނޫ ޔުނިފޯމުގެ އަގު ވައްޓާނުލުމަށް ނެސޭޙަތްތެރި ވެ ދެއްވުމަށް ދަންނަވަމެވެ.

The name is already taken The name is available. Register?

ބަލާދީބަލަ

10 September 2016

އަދިވެސް ބަލަންވީ މިމީސް މީހުންގެ މައްސަލަ. މިހާރު ކުޑަ ހެންވޭރުގައި ކިޔަވާ ކުދިންނަށް އާންމު އުނަދަގުލަކަށް ވެ އަދި ކުޑަ ހެންވޭރު ކިޔަވާ ކުދިންނަށް ނިދަން އުނދަގޫވޭ އެވެރިން ހަރުގޭގައި ލަވާ ހަޅޭކެއްގެ ސަބަބުން. މިކަން ވެސް އެބަޖެހޭ ގާނޫނަކުުން ކަނޑައަޅަން. ގާނޫނަކުން އެބަޖެހޭ ކަނޑައަޅަން ސިޔާސީ ޕާރޓީ ތަކުގެ ހަރުގެ އާއި އަދި އޮފީސް ވެސް ހެދޭނީ އެއީ ގުޅީފަޅުގައި ކަމަށް. އެއިރަށް މި މާލެ އަށް ހަމަ ނޭވާ އެއް ވެސް ލެވިގެންދާނެއެވެ.

The name is already taken The name is available. Register?

ޙަސަންދީ

10 September 2016

މަޖީދަކީ އަމިއްލަ ވިޔަފާރިކުރައްވަމުން ގެންދަވާ ބޭފުޅެއް، މަޖީދު އެފައިސާއެކު މާލެ ވަޑައިގެންނެވީ ލަންކާކަސްޓަމްސް ހުއްދަ ލިބިގެން، ދެންމިކަމާ ދިވެހި ފުލުހުންނާ އޮތީ ކޮންގުޅުމެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454