މަޖީދީ މަގުގައި، ދުއްވާ އެއްޗެހި ތޮއްޖެހި ބާރު ބޮޑުވެފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
14 ޖުލައި 2019 - 17:28
މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށިހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރަނީ ގ.އެއްތެޔޮމާގޭ، އަބްދުލް ޣަނީ އިސްމާއީލް 56، ގެ މައްޗަށް ކަމަށެވެ. ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލަން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޣަނީގެ މައްޗަށް އުފުލި ދައުވާތަކަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލު ކުރުމުގެ ދައުވާ އާއި، އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ އާއި، ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެކަމެއް ހިނގި އިރު، ޣަނީ ހައްޔަރުކުރީ އޭނާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި ފަހުންނެވެ. އޭނާ އަކީ އާއްމުކޮށް މަގުމަތިން މީހުންނާ ފޮށޭ މީހެއް ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.
ޣަނީގެ ފަރާތުން ފުރައްސާރައާ ކުރިމަތިވި ކަމަށް ބުނެ ޓުވިޓާގައި ވީޑިއޯ އާއްމުކުރި އަންހެންމީހާ ބުނެފައިވާ ގޮތުގައި އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތުކޮށް، ފޮށެމުން ޗާނދަނީ މަގުގައި ހުންނަ ސްކޫޕާ ހަމައަށް ސައިކަލްގައި އޭނާ ދުއްވި އެވެ. އަދި އެއީ ކާފަގެ އުމުރުގެ މީހެއް ކަމަށާއި ނުފޮށުމަށް އެދުމުން ވެސް ދެއްކީ ލަދުވެތި ވާހަކަތަކެއް ކަަމަށް އަންހެންމީހާގެ ޓުވީޓުގައިވެ އެވެ.
އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިރިހެންމީހާ ސައިކަލް މަތީގައި އިންނަނީ އެއް އަތުން ފޯނު ހިފަހައްޓައިގެންނެވެ.
މަގުމަތިން އޭނާއާ ފޮށެމުން ސައިކަލް ދުއްވި ތަން މަގުމަތިން ދިޔަ މީހުންނާއި ދުއްވާފައި ދިޔަ މީހުންނަށް ފެނުނަސް އެހީތެރިކަމެއް ނުލިބުނު ކަމަށް ބުނެ އަންހެން މީހާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުޅި
15 July 2019
ތިޔަހެން ދައުވާ ގިނަކުރާނަމަ އޭނާ މަގުމަތިން މީހަކަށް ނުނިޔަތުގަ ބަލާލުމާއި މަގުމަތީގައި މީހަކަށް ޖިންސީ ފުރައްސާރައަކަށްވާފަދަ ގޮތަކަށް ސައިކަލް ދުވުމާއި، މިހެންގޮސް ނަންހުސްކޮށް ކިއިދާނެ. އެކަމަކު ތިޔަކަމަކީ ހަމަ އެންމެ ދައުވާއެއް. އެއީ މީހަކަށް ހަޑިހުތުރު ބަހުން ވާހަކަދެއްކުމުގެ ދައުވާ. ތިޔަ ޕީޖީގެ ލޯޔަރުން ބޮޑު ކުންފުންޏަކާ ދެކޮޅަށް ދާންޖެހޭ ދައުވާތަކުގައި ބުނާނެ ކާމިޔާބެއް ނުވާނޭ. އެއީ ދެކޮޅުން ކާންވެގެން.
ލީން
15 July 2019
މީހަކު ސައިކަލް ދުއްވައިގެން ނޫންދޯ މިއުޅެނީ. އަދި މީހަކު ހާދަ ރީއްޗޭ ބުނެގެންވެސް ނޫންދޯ މިއުޅެނީ. ހަޑިހުތުރު ބަހުން ވަަހަކަ ދައްކާ އެކުއްޖާއަށް ބިރުދެއްކީ ދޯ. ގައިގަ އަތްވެސްލާނެ އަދި. މީ އާންމުކަމެއް ރާއްޖޭގައި. މަގުމަތީ ހަމަޖެހިގެން ހިނގާނުލެވޭ. ބޮޑު ބިރެއްގެ ތެރޭތިބެންޖެހެނީ މަގުމަޗައް ނިކުމެއްޖެއްޔާ.
މަ މިއު މަ
15 July 2019
މިއީ ކުށްވެރިޔެއް! އެހެން މީހުން ކުރި ކުށް ބޮޑުވީމަ މީނަގެ ކުށް ކުޑައެއް ނުވޭ، ފޮށުމަކީ ބޮޑުވެފަ އޮތް މައްސަލައެއް. ހަރުކަށި އަދަބު ލިބެން ޖެހޭ
މަނިކެ
15 July 2019
އެ ފިރހިނެމީހާ ހައްޔަރުކޮށްގެން މައްސަލަ ބަލަންޏާ ތި އަންހެންމީހާވެސް ޖެހޭ ހައްޔަރުކުރަން. ތީނަގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހާވާލަބަލަ މީހަކު. ތީނަގެ ފެންވަރު އެނގޭނެ
ކައްބާބު
14 July 2019
ބާގީ ލުތުފީއައްވުރެންވެސް އެބޭބެގެ ކަންތައް މާގޯސްކޮއް މިފެންނަނީ އެބެ އެކުރީވަރައް ގޯސްކަމެއް އެކަމަކު ލުތުފީ އާއި އަޅާބަލާއިރު މުޖުތަމައުގަ ލުތުފީ މާއިއްޒަތްތެރިކޮއް އެގެންގުޅެނީ
މަ މިއު މަ
15 July 2019
ތެދެއް ލުތުފީ މާ ނުބައި ކަން. އެއީކީ މި މީހާ ދިފާއު ކޮށް އޭނާގެ ނަން ތިހާ މާތްކޮށް ކިޔާވަރުވާ ކަމެއް ނޫން. އެ ބޭބެޔޯ، އެ ކުރެއްވީ އޯ. ލުތުފީ އަށް ވެސް ބޭބެ ކިޔަންވީނު
ބީކޭކޭ
14 July 2019
މަގުމަތިން ފޮށުނު މީހާގެ މައްސަ ކޯޓުގަ އަދި އޭނަޔައް ހަދާނެގޮތެއްވެސް ނޭންގެ!! އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައިއިސްކޮށް އުޅުނު އަހްމަދު އަހްމަދު އަދީބު ހުރީ މިނިވަންވެފަ! މީމިގައުމުގެ ހާލަތު!
ފެންވަރު
14 July 2019
ރަނގަޅު ޙުކުމެއް އައިސްފިއްޔާ މިކަހަލަ މީހުންނަށް ރަނގަޅު ފިލާވަޅެއް ލިބޭނެ!
އަލީ ރާޖާ
14 July 2019
އެ އަންހެންމީހާ ވަރިހަމަދޯ ސޯޝަލް މީޑީއާގަ އެހެން މީހުންގެ އަބުރު ކަތިލާ ހަމަ އޭނަ ކަހަލަ އެހެން އަންހެނުންނަށް ޖަނަވާރަށް ގޮވިޔަސް.
މަ މިއު މަ
15 July 2019
އެއީ އެހެން ކަމެއް، އެއް ކުށަކީ އަނެއް ކުށް ކެންސަލް ކުރާ ކަމެއް ނޫން. އެ އަންހެން މީހާ ކަމެއް ކުރިޔަސް އެއީ އެހެން މައްސަލައެއް، ކަލޭ ދާންވީނު ތި މައްސަލަ ހިފައިގެން؟
މަރޭމިތުރު
14 July 2019
ތިދައުވާތައް ތީ އެންމެ ދައުވާއެއް. ތިގޮތައް ހަތަރު ފަސްދައުވާ ނުކުރެވޭނެ އެކަކުގެ މައްޗައް އެއްކުށަކަށް!
ޙިނި
14 July 2019
ކުރެވޭނެ. ޤާނުނު ކިޔާލަބަ.
ލީން
15 July 2019
މަރޭ މިތުރާ، ރަނގަޅަށް އާޓިލަލް ކިޔާލާ. އެންމެ ކުށެއްނޫނޭ އެނަ ކުރީ. 1 ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި 2. ހަޑި ހުތުރު އަމަލު ކުރުމުގެ ދައުވާ 3 އާންމު ތަނެއްގައި ނުވަތަ ތަންތަނުގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާ 4 ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާ އެވެ.
މަ މިއު މަ
15 July 2019
ކަލެއަކަށް ގާނޫނެއް ނޭނގޭދޯ. އެހެންވީމަ ބަހެއް ނުކިޔާ ހުރޭ. އެއް އަމަލުން ކިތަންމެ ކުށެއް ކުރެވިދާނެ، އަދިވެސް މަދު، ޖިންސީ ފުރައްސާރަ ކިޔާ ކުށެއް އެތާ ނެތް. މި ކުށް އުފައްދާ 4 ދައުވާ އުފުލަން އެބަ ޖެހޭ. (ގާނޫނުގަ އެހެން ނެތްނަމަ)
ޕަރސަން
15 July 2019
މަރޭމިތުރާއަށް މާބޮޑަށް ކަންކަން އިނގެނީ.
މަރޭމިތުރު
15 July 2019
ހަޑިހުތުރު ބަސްކިޔުމާއި ހަޑިހުތުރުބަސް ބޭނުންކުރުމަކީ ދެކަމެއްތަ؟ ހެހެހެ