ޚަބަރު / މަސްވެރިކަން

ގާއިމްކުރަންވީ ގޭދޮށު މަސް ފެކްޓަރީ! ކަންނެލި ޖަގަހަ!

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ބައެެއް މެމްބަރުން.---ފޮޓޯ: މަޖިލިހުގެ އިދާރާ

ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" އާއި މާ ކަނޑުގައި "ކަންނެލި ޖަގަހަތައް" ގާއިމްކުރަން ގޮވާލާ ގަރާރުތަކެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މަސްވެރިންނަށް ފަހިވާ ގޮތަށް މަޖިލިހަށް ހުށަހެޅި ގަރާރުތަކުގެ ތެރޭގައި މަސް ފެކްޓަރީތައް ގާއިމްކުރަން ގޮވާލުމުގެ އިތުރުން ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމްތައް ހެދުމާއި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރުމާ ބެހޭ ގަރާރެއް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ބޭރު ބޯޓުފަހަރު އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދިނުމާ ގުޅޭ ގަރާރަކާއި ބޭރުގެ މަސް ބޯޓުފަހަރު ދިވެހި މަސް ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ވެސް ގަރާރެއް ހުށަހެޅި އެވެ.

ބަހުސް ފެށުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަސްވެރިކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ފަސް ގަރާރުގައި މުޅިން ވެސް ހިމެނެނީ މަސްވެރިކަމުގެ ބިލަށް ހުށަހަޅާ އިސްލާހުތައް ކަމަށެވެ. އެއީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް ހުށަހަޅާ ކަންތައްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގޭދޮށު މަސް ފެކްޓަރީ!

ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި މި ގަރާރުގައިވާ ގޮތުން މަސްވެރިކަމަކީ އިގްތިސާދުގެ މުހިންމު ސިނާއަތަކަށް ވާ އިރު، އެ ސިނާއަތް ފުޅާކޮށް އެ މަސައްކަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައިދޭން ޖެހޭ ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަކީ ސަރުކާރާއި އެމްޑީޕީގެ ވައުދެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ގަރާރުގައި އެދުނީ ރަށްރަށުގައި ގާއިމްކުރާ މަސް ބަންދުކުރާ ޕްލާންޓުތަކުގައި ބޭނުން ކުރާނެ ވަސީލަތްތައް ކަނޑައަޅައި އެތަންތަން ގާއިމްކުރަން ކައުންސިލްތަކުން ބިން ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަށެވެ. އަދި އެ ވިޔަފާރީގައި ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް ބައިވެރިވެވޭނެ އުސޫލުތައް ހަދައި، މަސްވެރިން އަތުން މަސް ގަނެ، ޕްރޮސެސް ކުރާނެ ޕްލާންޓްތައް ތަރައްގީކޮށް ހިންގަން ފުރުސަތު ހުޅުވާލަން ވެސް ގަރާރުގައިވެ އެވެ.

ބޮޑު ދާ ޖެހުން ހުއްޓުވުން

ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަމުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން އާންމުވެފައިވާތީ އެކަމުގެ ސަބަބުން ކަންނެލީގެ ސްޓޮކް މަދުވަމުން ދާ ކަމަށެވެ.

ކަންނެލީގެ ސްޓޮކް މަދުވެ ރާއްޖޭގެ އިގްތިސާދަށާއި މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވަމުންދާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެހެންވެ ގަރާރުގައި އެދިފައި ވަނީ މަސްވެރިކަމުގައި ރާއްޖެ އިން ގެންގުޅޭ އުސޫލުތައް ކުރިއަރުވާ އެ އުސޫލުތަކާ ހިލާފަށް އިންޑިއާގެ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރުމަށެވެ.

ކަންނެލި ޖަގަހަތަކެއް!

ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމާއި ބޭރު ކަނޑުގައި މަސްވެރިކަން ކުރާ މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން އޮފްޝޯ ޕްލެޓެފޯމްތަކެއް ގާއިމުކޮށްދިނުމަށް ގޮވާލި ގަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެވެ.

އެ ގަރާރުގައި ބުނަނީ ރަށްރަށާ ދުރަށް ދުއްވައިގެން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި އޮފްޝޯ ޕްލެޓް ފޯމުތަކެއް ނޫނީ "ކަންނެލި ޖަގަހަތަކެއް" ގާއިމުކޮށްދިނުމަށެވެ.

ޖަގަހަތަކުގައި އައިސް އާއި ތެޔޮ އަދި މަސްވެރިކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިއްޖެ ނަމަ އެނބުރި ރަށަށް ދާން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ބޭރުގެ ބޯޓުތަކަށް މަސް ގަތުމުގެ ހުއްދަ!

ދިވެހި މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ މަގްސަދުގައި ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް، ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމުގެ ހުއްދަ ދޭން ބާރުއަޅާ ގަރާރު ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދެވެ.

އެ ގަރާރުގައި އެދިފައި ވަނީ ދިވެހި މަސްވެރިން އަތުން މަސް ގަތުމަށް ހަތަރު ފަރާތަކާ އެކު ވެފައިވާ އެއްބަސްވުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބާތިލް ކުރުމަށެވެ. އަދި އޭގެ ބަދަލުގައި ބޭރުގެ ބޯޓުފަހަރު ރާއްޖެ ސަރަހައްދަށް ވަދެ، މަސް ގަތުމާ ގުޅޭ ދިރާސާއެއް ހަދައި އެފަދަ ފަރާތްތަކަށް ހުއްދަ ދޭން އެދިފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް މަސް ގަނެވޭނެ ގޮތްތައް ބަލައި އެ ފަރާތްތަކަށް ވެސް މަސް ގަނެވޭނެ މަގު ފޯރުކޮށްދޭން ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭން ބޭރުގެ މަސްބޯޓްތަކުން ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރުން މަނާކުރަން ގޮވާލާ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އެ ގަރާރަށް ބަހުސް ހިނގަމުން ދިޔަ ވަގުތު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް މަޖިލިހުގައި އިންނެވި އެވެ.

46 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 0%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިފްކޯ

16 July 2019

ހަމަ އަގު ހޯދަދޭން ވާހަކަ ދައްކާއިރު ދުނިޔޭގެ ބާޒާރުގައި މަސްގަންނަ އަގަށްވުރެ ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަންނަކަން އިއްޒަތްތެރި މެންބަރުންނަށް ނޭނގެނީބާ؟ މިފްކޯ ބަނގުރޫޓުވެ އަދި އެސްޓީއޯ ބަނގުރޫޓުވުމާ ދިމާލަށް އެދަނީ އެކަމާ ހެދިކަން ނޭނގެނީބާ؟ މިކަހަލަ ތާކުން ތާކުން ނުޖެހޭ ކަންތައްތަކުގެ ސަބަބުން ދިވެހި ދަޅުމަހަށް ތައިލެންޑް އާއި އެއްހަމައެއްގަދި ވާދަ ނުކުރެވެނީ

The name is already taken The name is available. Register?

ވާލުސޮރު

16 July 2019

ރައްޔިތު މީހާއަށް އެއްޗެއް ލިބޭ ހިޔާލުތަކަށް މޮޑެލްއަށް ޕީޕީއެމް ކުދިން ޖޯކު ޖަހަނީ ހިތަށް ދަތިވެގެން، މިމީހުންގެ ވެރިކަމުގައި ކޮންމެ މެމްބަރަކާ ބޮޑެއްގެ ޖީބު ފުރޭ ގޮތެއް ހަދައިގެން ސަޕޯޓަރުން ތިބީ އިންޑިޔާއޭ ޗައިނާއޭ ލާދިނީ އޭ ކިޔައިގެން މައުލޫއިން ބޭރު ޓޮޕިކެއް ދީގެން ސަމާލުކަން ގެއްލުވާލާފަ

The name is already taken The name is available. Register?

ޙަމްދާ

16 July 2019

ނެގުނު ވެރިކަމުގަ އިހަވަންދޫގަ އެޅި ގަރުދިޔަ ފެކުޓޮރީ އާއި ރިހާކުރު ޚާނާ އަލުން ހުޅުވަމާ

The name is already taken The name is available. Register?

ނެގުނުކަތީބު

16 July 2019

ކޮންމެ ގެއެއްގައި ކަންނެއްލި ޖަގަހަޔާކާއި މަސްފެކުޓްރީއެއް މިހާރުވެސް އެހުރީ. މަދީ ހަމައެކަނި ނަންބޯޑެއް.

The name is already taken The name is available. Register?

އިސްމާލި

16 July 2019

މޮޅު ތަންކޮޅަކީ މި ގަރާރުތައް މި ހުށައަޅަނީ ވެސް ނަޝީދުގެ ބޯއީސް ކޮޅު. އެމީހުން ލައްވާ ހުށައަޅުއްވާފައި، ދެން ރައީސްގެ ތޮފި އަޅައިގެން ރިޔާސަތުގައި އިށީނދެ އެންމެ ފުރަތަމައަށް މި ބުނަނީ، ތިޔަ ކަންކަމަކީ މިހާރު އޮތް މަސްވެރިކަމުގެ ބިލުގައި ހުރި ކަންކަމޭ. މި ޖަހާ ސަކަރާތެއް ނޭނގެނީ ހަމައެކަނި އެމް.ޑީ.ޕީ ކުދިންނަށް.

The name is already taken The name is available. Register?

ކަނބިލި

16 July 2019

މިއީ ހުވަފެނެއްގައި އުޅޭ ބައެއްބާ؟ އިކޮނޮމިކްސް ކިހާވަރަކަށް އެނގޭބާ؟ އެކްޓިވިސްޓުންނަކަށް ނޭގޭނެ ސަރުކާރު ހިންގާކަށް. އެކަން ދޫކޮށްލަންވީނު ޓެކްނޯކްރާޓުންނަށް. ތިޔަހެން އުޅެން ހަދައިގެން މިހާރު އޮތް މަސްވެރިކަމުގެ ސިނާއަތުވެސް ނެތި ގޮސް މަސްވެރިކަން ހަލާކުވާނީ

The name is already taken The name is available. Register?

ފފފފފ

16 July 2019

އޮފްޝޯ ޕްލެޓް ފޯމަކީ، ބިލިއަން ޑޮލަރު. އަރަބި ގައުމުތަކުގައާއި، އިގްތިޞާދީ ގޮތުން ކުރިއަރާފައިވާ، ކަނޑުގެ ރިސޯސަސްނަގާ އޭގެން އިންތިހާއަށް ނަފާހޯދައިގެން މުއްސަނދިވެގެން ބޮޑެތި މާސިންގާ އިންވެސްޓްމަންޓްތައް އެގައުމުތަކުން ކުރިއެއްކަމަކު، 200 މިލިއަން ޑޮލަރުގެ ހޮސްޕިޓަލެއް އަޅާލީމަވެސް، 2 ލައްކަ މީހުން ނުކުމެ ވަގަށް ގޮވާ ގައުމެއްގައި ތިފަދަ ކަމެއް ކުރާނެ މީހެއްނުވާނެ. އަބުރު ސަލާމަތް ކުރަން އެދޭނެ ކޮންމެ މީހަކުވެސް.

The name is already taken The name is available. Register?

ލކފޖފހފ

16 July 2019

މަޖިލިހުގަ ތިބެގެން ހަމަ މޮޔަގޮވަނީ.

The name is already taken The name is available. Register?

ޜއދދސ

16 July 2019

ސިލޯނަށް މަސްކިރަން ދިޔަ އޮޑިފަހަރު މިހާރު ލެފީތޯ؟

The name is already taken The name is available. Register?

ހޖހފ

16 July 2019

ފައްކާ ކޮމެންޓެއް.

The name is already taken The name is available. Register?

ހަލުވިދާ

16 July 2019

ފުރަތަމަ ރަނގަޅު ކޮލިޓީގެ ކަންނެއްޔެއްގެ ބައިނަލްއަގުވާމީ އަގުތައް ނޭނގޭ ބަޔަކު ކިހިނެތްތޯ ހަމައަގު ހޯދަދޭނީ! ބޭރުބޯޓުފަހަރުގެ މަސްވެރިކަން ނިމުމަކަށް ގެންނައިރު ބޭރުބޯޓުން މަސް ގަނެވޭގޮތް ހެދީމާ، ބޭރުބޯޓުން ސިއްރުން ދާ ވެސް ޖެހޭނެ ނޫންތޯ؟ މިއުޅެނީ މަސްވެރިކަން ފުރިހަމައަށް މޮނިޓަރ ނުކުރެވިގެނެއް ނޫންތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454