ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބަލަހައްޓަވަނީ. މުއައްސަސާތައް ޒިންމާދާރު ކުރުވާނެ ކަމަށް އޭނާ ވިދާޅުވި. --- ފޮޓޯ: މަޖިލިސް
23 ޖުލައި 2019 - 15:41
މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަރީމާތައް ހިންގާފައި ރެކެން ރައްޔިތުންގެ މަޖިލިހުގައި ދޮގު ހަދައިގެން ނުވާނެ ކަމަށާއި މެމްބަރުން ތިއްބެވީ ދޮގު ފަޅާ އަރުވާ ނުލާ ގޮތަށް ނޫން ކަމަށް މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓަކަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހު ހިންގާފައިވާ ބޮޑެތި ޖަރީމާތައް ބަލަން ޖެހިފައިވަނީ 19 ވަނަ މަޖިލިހަށް ކަމަށެވެ. އެހެންވެ، މުއައްސަސާތަކާއި ވުޒާރާތަކުގެ ވެރިން މަޖިލިހަށް ހާޒިރުކޮށްގެން ސުވާލު ކުރަން ޖެހޭ ނަމަ، އެކަން ކުރާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވި ގޮތުގައި މަޖިލިހަށް ވަރަށް ގިނަ އިން ހާޒިރުކޮށް ހަދާތީ، ބައެއް ތަންތަނުގެ ވެރިންގެ ފަރާތުން މަޖިލިހަށް ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ.
އެ ޝަކުވާތަކާ ގުޅިގެން އީވާ ދެއްވި ހަމައެކަނި ޖަވާބަކީ ވެރިން ކެތްތެރިވެވަޑައިގަތުމެވެ.
"އެމީހުންނަށް މިވަގުތު އަދި ކުޑަކޮށް އުނދަގޫވިޔަސް. އަދި ދޮގު ހަދާ ކަމަށް ސާބިތުވަންޏާ އެކަމާ ދޭތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ފަރާތުން ފިޔަވަޅު އަޅަން ފޮނުވާނަން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ ޖަރީމާތައް ހިންގާފައި ނުވަތަ އެ ޖަރީމާތަކުގައި ބައިވެރިވެ ނުވަތަ ޖަރީމާތައް ހިންގުމަށް ބާރު އަޅައި ޖަރީމާތައް ފޮރުވުމަށް މަސައްކަތްކޮށްދީފައި ތިބި މީހުންގެ މައްސަލަތައް 19 ވަނަ މަޖިލިހުން ބަލަން ފެށީމަ، އެއިން ރެކެން ވެގެން މަޖިލިހަށް ދޮގު ހަދައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ހުރިހާ މުއައްސަސާތަކަށް މެސެޖް ގޮސްދާނެ ކަމަށް،" އީވާ ވިދާޅުވި އެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ ކަމަށް ވިދާޅުވެ، އީވާ މިސާލު ނެންގެވީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު، އެ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފާ ދެމެދު ހިންގި މުއާމަލާތަކުންނެވެ.
މާލިއްޔަތު ކޮމިޓީގައި އަޝްރަފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭސީސީން ހަދާފައިވާ އެސްކްރޯ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލަ އޭސީސީ އަށް ހުށަހެޅުމުން އެކަމާ ހިތްހަމަޖެހި ވަޑައިނުގެން ނަސީރު ގުޅުއްވައިގެން ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެރަސް މަތީގައި ބައްދަލުކުރައްވަން ނަސީރު އެދިވަޑައިގަތުމުން އެކަން ވެސް ކުރެއްވި ކަމަށް އަޝްރަފް ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ވިދާޅުވީ މިނިވަން މުއައްސަސާތައް މީގެކުރިން ޒިންމާދާރު ނުކުރެވި އޮތީ މަޖިލިސް "ނިދާފައި އޮތުމުން" ކަމަށެވެ. އަދި 18 ވަނަ މަޖިލިސް ހިނގަމުން ދިޔަ ގޮތުގެ ސަބަބުން ހިތު ހުރިހާ ގޮތަކަށް މިނިވަން މުއައްސަސާތަކުގެ ވެރިން ކަންކަން ކުރައްވަމުން ގެންދެވި މަންޒަރު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވެސް ވިދާޅުވީ އާ މަޖިލިހުން މުއައްސަސާތައް ޒިންމާދާރު ކުރުވާނެ ކަމަށެވެ.
"ހަތިމް ބާއްވައިގެން ތެދު މައުލޫމާތު ހޯދުމަށް ކުރަން ޖެހޭ މަސައްކަތެއް ކުރުމުގައި ރައީސްގެ އެއްބާރުލުން ލިބޭނެ ކަމާ މެދު އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީގައި ދޮގު ހެދި ކަމަށް ބުނެ، އޭނާގެ މައްސަލަ ވެސް ތަހުގީގުކޮށް ދިނުމަށް އެދި މަޖިލިހުން ވަނީ ފުލުހުންނަށް ފޮނުވައިފަ އެވެ. ނަޝީދު މިއަދު ވިދާޅުވި ގޮތުގައި ޝަރީފް އޮޅުވާލެއްވީ އެމްއެމްޕީއާރުސީ އަށް ލިބިފައިވާ ނޮޓް ނެގޯޝިއަބްލް ޖަހާފައިވާ ޗެކްތަކެއް ވެސް އެސްއޯއެފަށް ޖަމާކޮށްދިން މައްސަލައިގަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލާގައި ބީއެމްއެލްގެ ދިފާއު ބިނާކޮށްފައި އޮންނަނީ "ނޮޓް ނެގޯޝިއަބްލް" ޖަހާފައިވާ އެއްވެސް ޗެކެއް އެސްއޯއެފަށް ޖަމާކޮށްފައި ނުވާނެކަމުގެ މައްޗަށެވެ. މާލިއްޔަތު ކޮމިޓީގައި ޝަރީފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޗެކްތަކާ މެދު ބީއެމްއެލުން އަމަލްކުރީ ގާނޫނާއި ގަވާއިދާއި އަދި ބޭންކްގެ އުސޫލުތަކާ ވެސް އެއްގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަފްލަ
25 July 2019
ކަމަނާ މެންގެ 3 އަހަރު ވެރިކަމުގަ ކިތައްޖަރީމާ ހިންގި ތޯ؟މިހާރު އިބޫގެ ވެރިކަމުގަ ހިލޭ އެހީގަ ލިބުނު ކިތައް ބިލިއަން ރުފިޔާ ވީ ނުވީއެއްނޭނގި ގެއްލިއްޖެ ތ؟ ތަޙްގީގެއް ކުރަން ކެރެނެ ތޯ ގުދޯ ގުދޯ ގޮވުމުން ހައްތަހާ ބޭޒާރު ކަމަނާ ވާނީ
ފާޓަރޭ
24 July 2019
ޖަރީމާ ހިންގާފައި ދޮގު ހަދާ މީހުންގެ ވާހަކަ ދައްކަމާ. އެމްބަސީއަށް ލުތުފީ ވަތް ތާރީޚާބެހޭ ގޮތުން ދެ ރައީސުން ބުނި ތާރީޚު ދިމައެއްނުވޭ. އެކަމާ ޚަތިމުގަ އަތްލާފަ ހުވާކުރުވަންވީނު އެތަނުން ކާކުތޯ ރަގަޅަށް ކިޔަނީ؟ ކޯލިޝަން ޕާޓްނަރުންނާ މަހަކު 1 ފަހަރު ބައްދަލުކުރާނެ ވާހަކައިގެ ދޮގުގެ ވާހަކަވެސް އަދި ދައްކަންވީނު.
މޯލްޑިވިއަން
24 July 2019
މަނީލޯންޑްރިން ގާނުނު ހަދާފައި ހުރި ބޮޑެތި ބާގަނދުތައް ލާގެން ބޮޑުން ވައްކަން ކުރާގޮަތަށެވެ. މިހާރުވެސް ރާޢްޖޭން ކިތައް މިލިއަން ޑޮަރު ބޭރުކޮށްފިތޯ ކަސްޓަމްސް އާޢި ސުވާލުކޮށްބަލާށެވެ. ޑިކްލެއަރނުކޮށް ކަވަގަން ބޭރުކުރާ ޑޮލަރު އަތުލައި ގަނެވުނީ ކިތައް މިލިއަންތޯ ކަސްޓަމްސް އާއި ސުވާލުކޮށްބަލާށެވެ. އެއާޕޯޓުން މަނީލޯންޑުރަނިކޮސް މަހަކަު އެތައްކޭސްއެއް ކަސްޓަމްސްގެ އޮފިސަރުން އަތުލާގަނެއެވެ
މިގޭ
24 July 2019
ކުރިން ކަލޭމެން ކުރި ކަންތަކުން ރެކެފައި މިހާރު ރެކޭ ވާހަކަ ނުދައްކާ ދުވަހެއް އެބައޮތްކަން ލާދީނީ މީހުނަށް އެނގޭތަ
ޙުސެންޔ
24 July 2019
އީވާ ގެ އާއިލާއަށް ވަން މމޕރސ ގެ ލާރިންވެސް ރެކެން ނޫޅެނެ ކަމަށް ހީކުރަން.
ބަނާނާ
24 July 2019
އީވާ ހަދާ ދޮގުތަކޯ؟ އާއިލީ ވެރިކަމާ ދެކޮޅަށް ނުކުމެ އާއިލީ ވެރިކަމެއް ތިކުރަނީ ހަމަ ތެދުވެރި ކަމުންތަ؟ ތި ގޮނޑީގަ އިށީން ގޮތް ހަނދާންކޮށްބަލަ!
ޗަކޮއި
25 July 2019
ކަލޯމެންގެ ވިސްނުން ތަންކޮޅެއް އަދި ހަނީ ވިސްނާލެއް، އާއިލީ ވެރި ކަން ރަނގަޅަށް ދިފައިންކޮށް ބަލަ! އަދި ހަމަ ވިސްނުން ސިކުނޑިއަށް ނުވިސްނެނިއްޔެ ބުނެވެން އޮތީ
ޝިޢުބު
24 July 2019
ކޮން ފޮންޏެއް ކަނޑާކަށް ޕްރޮފެޝަނަލްކޮށް ކަންކަން ކޮށްބަ/ ރަނގަޅު ޤާނޫނެއް ހަދާބަ ވަކި މީހަކު އިސްތިސްނާ ނުވާގޮތަށް އޭރުން ނުޖެހޭނެ ބޭކާރު ތަޅާތަށް
ސަޒަން
24 July 2019
ޒާތީ ނުވެބަލަ ތި އޭ މައްސަލައަކީ ޔާމީންގެ 7 އަހަރަކީ ގައުމު ދޮވެލި 7 އަހަރު އެއްވެސް ކަމެއް ސާބިތެއްނުވާނެކަމަށް ޔާމިން ބުނާއިރު އޭނާ ހަމަހިކުރަނީތަ ބޭނުންވައތަރަކަސް ސަރުކާރު ދޮވެލާ ވަކިބަޔަކަސް ކަންކަން ނިއްމާދީފައި އެގޮތައް ހުރެވޭނޭކަމަށް ..... ޔާމީންޖެހޭނީ ޖަލައްލާން އެއީ އޭނާއަސްވެސް ވިސްނައިދޭންޖެހޭނެ އެގޮތައްކަންކަންކުރީމާ އަދުލު އިންސާފު އަރާހަމަކުރާނެކަން! ކެއީ ވަކިހައްދެއްވެސްނެތި ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް!
ނުކާމީހާ
25 July 2019
ނިކާމީހަކީ ކޮބާ!
ސިއްދީޤް
24 July 2019
މޑޕ މީހުން އެންމެ ގިނައިން ތެދުހަދަނީ. ވީމާ މޑޕ މީހުންނަށް ސިއްދީޤުގެ ލަޤަބު ދޭންވީ. އަންނި ސިއްދީޤް، އީވާ ސިއްދީޤް.....
ސޯބެ
24 July 2019
ކަލޭގެ މާލީ ބަޔާނުގެ ޖަރީމާގެ ވާހަކަ ދައްކަބަލަ!
އަންނި2
25 July 2019
އަންނި އަކުއުންޓުގަައި މިލިއަނުން ފައިސާހުރީ ކީއްވެ!