ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ކ) އަދި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
24 ޖުލައި 2019 - 12:35
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ކަމަށާއި އެކަން ހުއްޓާލެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރަށްރަށުގައި "ގޭދޮށު މަސް ފެކްޓަރީ" ގާއިމު ކުރުމަށް ގޮވާލާ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ހުށަހެޅުއްވި ގަރާރަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރު ހިންގުމަށް ޖާގަ ދިނުމަށް މަޖިލިހުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ބޮޑު ސުޕާ މެޖޯރިޓީއެއް އޮތް މަޖިލީހުގެ ކަމަކީ ސަރުކާރަށް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭތީ އެކަން ފޫބެއްދުމެވެ.
ޝިޔާމް ވިދާޅުވީ، މި މަހާ ހަމައަށް އައި އިރު، މި އަހަރަށް ފާސް ކުރި 30 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ބަޖެޓުގައި ޖަހާފައި އޮއްވައި އެ އަށްހެދި ގޮތެއް ބަލަން ޖެހޭ ކަމަށެވެ.
"އެއީ (ކުރީގެ) ރައީސް (އަބްދުﷲ) ޔާމީންގެ ބަޖެޓެއް ނޫން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބަޖެޓެއް. އަޅުގަނޑަކީ އެ ބަޖެޓަށް ވޯޓު ދިން މީހެއް،" ޝިޔާމް ވިދާޅުވި އެވެ.
ގައުމު ދަނީ އަނދިރި ހިސާބަކަށް ކަމަށް ވިދާޅުވެ، ޝިޔާމް މިސާލެއްގެ ގޮތުގައި ނެންގެވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަށެވެ. އޭނާ ވިދާޅުވީ ވަކި ގައުމަކަށް ބަރޯސާވެގެން މުޅި ގައުމުގެ އިގްތިސާދު އިނދަ ޖައްސަމުންދާ ތަން މިހާރު ފެންނަ ކަމަށެވެ. އަދި މިނިވަން ދުވަހެއް ބޯމަތިވަމުން އަންނަ އިރު، މިނިވަން ކަމެއް ރާއްޖޭގައި އޮތްތޯ ސުވާލު އުފެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އުޅެތީ އެކަމާ ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، އެ ފެރީތަކުން ދަތުރު ކުރާނީ ދިވެހި ރައްޔިތުން ނޫން ކަމަށެވެ. އަދި އަގުހެޔޮ ފެރީތަކަށް ދިވެހި ރައްޔިތުންގެ މުދާ އެރުވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފެރީތަކުން އަންނާނީ އުނގު ވިޔަފާރި ކުރާ އެހެން މީހުން. އައިސް މި ގައުމުގައި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިސޯރު ކުރާނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާންގެ ގަރާރަށް ބަހުސް ކުރައްވަމުން ފަޒުލް ވެސް ވިދާޅުވި ގޮތުގައި ފެންނަމުން ދަނީ ސަރުކާރާއި އެމްޑީޕީގެ މަޖިލިހުގެ މެމްބަރުންނާ ގުޅުމެއް ނެތް ތަނެވެ. އަދި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކާ މެދުގައި ގުޅުން އޮތްތޯ ވެސް ސުވާލު އުފެދިފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރެއްގެ މަގްސަދަކީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަންކަން ކުރުމެވެ. ސަރުކާރަށް ނުވަ މަސް ފުރޭ އިރު، ތަރައްގީގެ މަސައްކަތެއް ނުހިނގާ ކަމަށާއި ހަމައެކަނި ފެންނަނީ "ގަރާރުތަކެއް" ހުށަހަޅައިގެން އުޅޭ ތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދިވެސް ޕްލޭނިންގައި. އަޅުގަނޑު ހިތަށް އަރަނީ ޕްލޭނިންގައި ކިތައް އަހަރު ދުއްވާލާނެބާއޭ،" ރައްޔިތުންގެ ލާބަ އަށް އެއްވެސް މަޝްރޫއެއް ނުހިންގާ ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ކިޔުއްވައި ފަޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް ވަކިން ހިނގާ ތަނާއި ސަރުކާރު ވަކިވެފައި އޮންނަ ތަން ފެންނަމުންދާ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި ސަރުކާރައި މަޖިލިސް ވަކި މިސްރާބަކަށް ދާ ތަން ފެންނަ ކަމަށް ވިދާޅުވި އެވެ. ޖުޑިޝަރީ އިސްލާހުވާން ބޭނުންވާ ފަދަ އިން މިފަދަ ކަންކަން ހައްލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްތާޛު ސޮބާ
25 July 2019
ސަރުކާރު ހިންގަނީ ކެނެރީގެއިން، އީވާއާއި ނަސީދު ދެމީހުން މަޖިލީހުގެ މޭސްތިރިން ކަމުގައި ތިބެގެން
ކަލޭމެން
24 July 2019
ކަލޭމެން މިހާރު ތިޔަކަހަލަ ވާހަކަދެއްކީމާ ރައްޔަތުން ބަލައެއްނުގަންނާނެ! ބާރުއޮތްއިރު ކަންކަން ކުރިގޮތް ހަނދާންވޭތަ؟ ހުރިހާ މުއައްސަސާއެއްގެ ތެރޭގައިވެސް އެއްކަލަކަންތައް! ފުރަތަމަ އެކަމުން ސަލާމަތްވާންއެބަޖެހޭ އުތަ! އެހެންކަމުން ގައުމު ހަމަމަގައް އެޅެންދެން ކަލޭމެންގެ ވާހަކަތައް އިހަށް ބަހައްޓާ!
ވއަވސ
25 July 2019
ބަޔަކުމީހުން ކުރިގޯސްކަންތައް ތަކުރާރު ކުރަން އައިސަރުކާރެއްބާ! ނޫނީ އަޞްލާޙުކުރަން އައި ސަރުކާރެެއްބާ!
ލޮނުމެދުފަޓާސް
24 July 2019
އޭފަޒުލް ކަލޭ ލަދެއް ނުގަނޭތަ، މަޖިލިސް އިންތިޚާބުގެ ބަހުސް އަށް ވާހަކަ ދައްކަން އަރާފަ ހެދި ރޯބުހުތާނު ދޮގު ނިކަން ބަލާލަބަލަ، ކޮންތާކުންނޭ ތަޢުލީމު ޙާސިލުކުރީ، އޮސްޓްރޭލިއާއިންނޭ ނާހަމަ ތެދެއްތަ.
ރާށުމީހާ
24 July 2019
ތިބައިމީހުން މަޖިލީސް އޮތީކިހެނެއްތަ?ފަސްއަހަރުކުރީކީއްތަ.ދެންކޮންވާހަކައެއްތަތިކިޔަނީ.
ޙެކް
25 July 2019
ބަލަ މަޖިލިސް ވެސް ކުރީ ސަރުކާރު ހުރިހާ ކަމެއް ގޯސް ވީމަ ދޯ މިސަރުކާރު ގެނައީ...މި އެނގެނީ މި ކުފޫ ހަމަ ނުވާކަން.....
ނުވާނެ
24 July 2019
ޢެއީ ބަރުލަމާނީ އަށް ދާން ވާ އިރަށް ޕްރެކްޓިސް.
ބަނާނާ ސަރުކާރު
24 July 2019
ހަގީގަތުވެސް މަޖުލިހުން މިހާރު ސަރުހިންގަނީ މިކަމާ ދެކޮޅުހެދިޔަސް މިއީ ފެންނަމުންދާ މަންޒަރަކީ ކުންފުނިތަކާ ވަޒީރުންނާ މުއައްސަސާތަކާ ފަޑިޔާރުންނާ އާއްމު ރައްޔިތުންވެސް ޖަވާދާރީ ވާންމިޖެހެނީ މަޖުލިހަށް ރައީސްގެ ޒިންމާއަކީ ކޮބައިކަންނޭގޭ ކެބިނެޓެެއޮތަސް ރައީސަށް ސިޔާސަތު އެކުލަވާލެވެނީ މަޖުލިހުން ނިންމާ ސިޔާސަތެ ދައުލަތާ ސަރުކާރާ ރައްޔިތުންގެ ޒިންމާއަށް ﷲގަންދީ ހުވާކުރީ ރައީސް އިބޫ. އިބޫ ޒިންމާވާކަމެނެތްތަނުގަ މަސްއޫލިއްޔަތެވެސް.
މަރޭމިތުރު
24 July 2019
މަޖިލީހާއި ނުލައި ކިހިނެތްތަ ސަރުކާރެއް ހިންގާނީ! މަޖިލިސް ނެތިއްޔާ ގާނޫނޭ ގައުމުން ނެތިދާނީ!.............. އަޅުގަނޑު ދެކޭގޮތުގައި މަޖިލީހަކާއި ނުލައި އެއްވެސް ސަރުކާރެއް ހިންގުމަކީ މިހާރަކު ކުރެވޭނެ ކަމެއްނޫން. އަދި މަޖިލިސް ނެތި ހިންގާ ސަރުކާރުތަކަކީ ހުދުމުހުތާރު ސަރުކާރުތަކެއް.
ސައިމާ
24 July 2019
އަދި އެމެމްބަރުން ކީއެއްޗެއް ދޭހަނުވިޔަސް ރައްދުދޭތި.. މަޖިލީހާނުލާ ހިންގާވާހަކައެއްނޫން އެބުނީ.. ބަރުލަމާނީ ނިޒާމުގަ އޮންނަގޮތަށް މަޖްލީހުން އަމަލުކުރަމުންދާވާހަކަ އެބުނީ.. މިގައުމުގައި އަދި ޔަގީނަށްވެސް އޮތީ ރިޔާސީ ނިޒާމެއް.
މަޖިލިސް
24 July 2019
މަރޭ ކަލޭ ހަނުހުރޭ....މިތާމިހިނގަނީ ކަލޭގެ އިހުތިސާސްއިން ބޭރުގެކަންތައްތައް. އިންޑިޔާގެ ކަންތަކާ ބެހެވޭތޯބަލާ..
ބޮޑުމީހާ
24 July 2019
ހަގީގަތުގައިވެސް ސަރުކާރުން ފާސްކުރި 30 ބިލިއަން ރުފިޔާއަށް ވީ ގޮތް ބަލަންވެއްޖެ. ޕްރޮޖެކްޓެއް ހިންގީކީނޫން، މުސާރަ ބޮޑުކުރީކީނޫން، ނުވިތާކަށް ބިލިއަނުން ހިލޭ އެހީ ލިބިއްޖެ. އަނެއްކާ ސްޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާ ވާހަކަ އަޑުއިވިފައޮތީ. މިހާރު ނޫހުން މިކަންތައްތައް ސާފުކޮށްދީ
ޑރ.ފަޒުނާ އަހުމަދު/ސ.ހިތަދޫ/ކޭޕޫޓައުން
24 July 2019
ކުޑަކޮށްވެސް ލަދުގެ ކަންފުޅެއް ހުރިބައެއްނަމަ ހިސާބަ އަކުރުތަކުން ޖަހާފައިވާ 30 ބިލިއަން ރުފިޔާގެ ވާހަކަ ދައްކާނީ އޮރިޔާން ހާލުގައި ތިބެ، ވޭތުވެ ދިޔަ 7 އަހަރުތެރޭގައި ހިންގާފައިވާ އެކި އެކި ޖަރީމާތަކުގެ ސަވަބުން ހަމަ އެކަނި ރާއްޖޭގެ ކޯޓުތަކުން ކޮށްފައިވާ ހުކުންތަކަށް ދައުލަތުން 3.9 ބިލިއަން ރުފިޔާ! މިއަހަރު މިހާތަނަށް ޗައިނާއަށް 4.8 ބިލިއަން ރުފިޔާ، މިހާރުވެސް ކޯޓުތަކުގައި ހުރި މައްސަލަތަކަށް 4.3 ބިލިއަން ރުފިޔާ. އަލުން އަބުރުގެ ގާނޫއެބަޖެހޭއަން
ޑާޑާ
24 July 2019
ތިކަމާ އުޅެވޭނީ އަނެއްކާވެސް ފަސްއަހަރުފަހުން، ޔާމީނުގެ ވެރިކަމުގަ ހިންގި ހުރިހާ ޖަރީމާއެއް، ދަވާލިހާ ފައިސާއެއްގެ ކަންތައް ބެލޭވަރު މިވީ ފަސްއަހަރު ފަހުން، އެހެންވީމަ ދެންވެސް ވާނީ ހަމަ އެހެން.
ސަންގައްޕާ
24 July 2019
ދެންއެއްވެސް މީހަކު މާމޮޅުވާކަހަ ދައްކާނެކަމެއްނެތް. އަދިވެސް މިފެންނަނީ ބައާވާތަކުން ސަރުކާރު ވައްޓާލުމުގެ ހިތިނަތީޖާގެ އަސަރު. މިވެރިންވެސް ބަލާނެ ވެރިކަން ދެން ނުވެއްޓިއޮންނާނީ ކޮންކޮންހަމަޔަކުން ކުޅެގެންތޯ. ރީތި އޮމާން ވެއްޓެއް އަށަގެނުވުމަށް ވަގުތުނަގާނެ ހަޖަމު ކުރަންޖެހޭނީ. ކެޔޮފީންޏެއްގެ ދަށުގައި ތިބެގެން ވިއަސް ދެގެދޭތެރޭގައި ވިއަސް ކުރާގޮތަކަށް ކުރަން ދިވެހިންގެ އައުލަބިއްޔަތު އޮވެއްޖެނަމަ އެއީ އޮންނަންޖެހޭގޮތް.
ރަންނަ
24 July 2019
މިސްކިތު ހުޅުޖެހިމީހާވެސް އުޅުނީ ތިހެން. އެންމެފަހުން އެންމެ ކުރިމަތީ ސޯޓުބޭލުނީ