ޗަލެކާރާ ރާމަސުވާމީ އޭނާގެ ދަރިފުޅު ސިރީޝް ރާމަސުވާމީގެ ފޮޓޯއެއް ދައްކާލަނީ. ޗަލެކާރާ ރާމަސުވާމީ ތުހުމަތު ކުރާ ގޮތުގައި އޭނާގެ ދަރިފުޅު މަރުވީ ރިސޯޓްގެ އިހުމާލުން. ފޮޓޯ: މުހައްމަދު ނަސީމް/މިހާރު
04 އޯގަސްޓް 2019 - 11:50
ވިލުރީފް ރިސޯޓު ގައި އިންޑިއާގެ ޓޫރިސްޓަކު މަރުވި މައްސަލައެއްގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކޮށް، އެ މައްސަަލަ އަލުން ބަލައިދޭން އެދުމުން މުރާޖައާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ވިލުރީފްގައި 2016 ވަނަ އަހަރު މަރުވި ސިރީޝް ކުމާރު ރާމަ ސުވާމީގެ ބައްޕަ ރާމަސުވާމީ ޗަލެކާރާ "މިހާރު" އަށް ބުނީ އޭނާ މިހާރު ރާއްޖެ އަށް އައިސް އުޅެނީ ދަރިފުޅުގެ މަރުގެ ތަހުގީގު އަލުން ފަށައިދޭން އިންޑިއާ ސަރުކާރުން ރާއްޖޭގެ އިދާރާތަކަށް ހުށަހެޅުމުން އެކަން ގޮސްފައިވާ ހިސާބެއް ބެލުމަށް ކަމަށެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީއާ އެކު މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖަވާބެއް މިހާރު ލިބިފައިވާ ކަމަށް ބުންޏެވެ.
ރާމަސުވާމީ ބުނި ގޮތުގައި ދަރިފުޅުގެ މަރުގެ މައްސަލައިގެ ތަހުގީގު އަލުން ފަށާފައިވާކަން ފުލުހުން ވަނީ ސިޓީއަކުން އޭނާ އަށް ކަށަވަރުކޮށްދީފަ އެވެ.
ސިރީޝް ކުމާރު މަރުވީ، ލޭމައްޗަށް ގޮސް ހިތްހުއްޓިގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ވެ އެވެ. އެކަމަކު، އޭނާގެ ބައްޕަ ތުހުމަތު ކުރަނީ ދަރިފުޅު މަރުވީ ރިސޯޓުން އެ ކަމަށް ފަރުވާ ނުދީ ލަސްވެގެން ކަމަށެވެ.
ފުލުހުން ބުނީ ވިލުރީފް ރިސޯޓްގައި އިންޑިއާގެ ރައްޔިތަކު މަރުވި މައްސަލައެއް ފުލުހުން އޭރު ބެލުމަށް ފަހު، މައްސަލަ ފައިލްކޮށްފައި ވަނިކޮށް، އާއިލާ އިން އެ މައްސަލަ އަލުން ބަލައިދޭން އެދުމުން އެކަން ރިވިއު ކުރަން ފަށާފައިވާ ކަމަށެވެ. ރިވިއުކޮށް ނިމުމުން އެ މައްސަލަ އަލުން ހުޅުވަން ފެނިއްޖެ އަލުން މައްސަލަ ބަލާނެ ކަަމަށް ވެސް ބުންޏެވެ.
ދަރިފުޅު މަރުވުމުގައި ރިސޯޓްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ވެސް ރާމަ ސުވާމީ އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ރާއްޖޭގެ ލޯ ފާމަކާ އެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އޭނާގެ ލޯޔަރު ފައްޔާޒް ޝާތިރު ވިދާޅުވީ އަންނަ ހަފްތާގައި މައްސަލަ ކޯޓަށް ވެއްދޭވަރު ވާނެ ކަމަށެވެ.
ދަރިފުޅުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށްދޭން މިހާ ފަހުން އެދުނީ ކީއްވެތޯ އެހުމުން ރާމަސުވާމީ ބުނީ ކުރިން އެކަމާ ނޫޅެވުނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެހީތެރި ނުވީމާ ކަމަށެވެ.
"ދެން އަޅުގަނޑަށް ޖެހުނީ ކޯޓަށް ދާން އެމްބަސީއާ ދެކޮޅަށް. އަދި ހައި ކޯޓުން އަމުރެއް ނެރުނީ އެ މައްސަލަ ބަލައިދޭން އެދި ދިވެހި ސަރުކާރަށް ހުށަހަޅަން. ދެން އެހިސާބުން އަހަރެން ރާއްޖެ އަށް އައީ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އިންޑިއާ ހައިކޯޓުން އެ އަމުރު ނެރުނީ ޖޫން ތިނެއްގަ އެވެ. އަދި އެއަށް ފަހު އިންޑިއާ އެކްސްޓާނަލް މިނިސްޓްރީން އެމްބަސީ އަށް އެކަމާ ގުޅޭ ލިޔެކިއުންތައް ފޮނުވި ކަމަށާއި އެހެން ނަމަވެސް އެކަމުގެ ޖަވާބެއް އޮތީ ނުލިބި ކަމަށް ބުންޏެވެ އަދި އޭގެ އެއް މަސްފަހުން އޭނާ ރާއްޖެ އަށް އައުމުން ރާއްޖޭގެ ކަމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދާ ބައްދަލުކުރެވޭނެ އިންތިޒާމް ވެސް އެމްބަސީން ހަަމަޖައްސައިދިން ކަމަށާއި މައްސަލަ ބަލަން ފެށީ އެހިސާބުން ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮރީން
05 August 2019
ޟި ކޮމެންޓް ތަކުން ބޮޑަށް ފެނނަނީ ޒާތީ ގޮތް ރާއްޖެއަކަދް ޗައިނާއަކަސް އިނޑިއާ އަކަސް އެ ރައްޔިތަކަށް އިނސާފު ހޯދާން މަސައްކަތް ކުރުމުގ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަން އޮނަނާންވާނެ
ކަނބިލި
05 August 2019
ރައްޔިތުން މަޖްލިސްގެ ޖަލްސާއެއް ތިޔަ ކަމަށް ޚާއްސަކޮށް، މިދައުރުގެ އެންމެ މުހިންމު ކަމަކަށް ތިޔަ މައްސަލަ އެޖެންޑާކުރުން މުހިންމު
ހޮޓްކިންގ
04 August 2019
ލެބޯޓްރީގައި މަސައްކަތްކުރި އިންޑިއާމީހާ އެޗްއައިވީ ހުރިލޭމީހަކުގަޔަށް އަޅާފައި މައްސަލަފެންމަތިވުމުން ފިލާރައްކާވީކަމާ، ސްކޫލްގައިކިޔަވާ އެތައް އަންހެންކުދިންނާބެހި ބައެއްކުދިން ބަލިވެބައިންދާފައިއިންޑިއާ ޓީޗަރުން ފުރައިގެން ދިޔަކަން މިއަދުކާކުތޯ ހަނދާންހުރީ.
މުހައްމާ
04 August 2019
މަގޭ ޅަ ދަރިއަކު ގޮވައިގެން ތި ރިޒޯޓަށް ގޮސް ހުއްޓާ އެ ކުއްޖާފުޅު ހުން އައިސްގެން ކުޑަކުދިންނަށް ދޭ ޕެނެޑޯލް ހޯދަން އުޅެގެން ތިތާ ހުރި ކުލިނިކަކު އެޔެއް ނެތް.ދެން ކައިރީގަ އޮތް މީދޫއަށް ދެވޭ ގޮތެއް ވެސް ހަދައެއް ނުދިން. އެރެއިން އެރެއަށް ފުރައިގެން އަންނާކަށް ޓިކެޓެއް ނުލިބުނު. އަނެއް ދުވަހު އެތައް ބަޔަކަށް ގުޅައިގެން އެޗް.އާރް ޑިޕާޓުމަންޓުން ޕެނެޑޯލް ލިބުނީ. އެތާޔޯ އެ އެއްޗެއް ހުންނަނީ. އެންމެންވެސް ހީކުރީ ކުލިނިކުގަކަމަށް ބޭސް ހުންނާނީ. ތިހާ ރޫޑް, ފަރުވާ ކުޑަ ބަޔަކު އުޅޭ ހޮޓަލެއް ނުދެކެން. މީ ރިޒޯޓެކޯ!
ކަނބިލި
04 August 2019
އެޖެންޑާ 19 ގެ ދަށުން ތިޔަ މައްސަލަ ބަލައި މިލިޔަން ޑޮލަރުން ބަދަލު ހޯދައިދޭންވާނެ ކޮންމެހެންވެސް. މި 5 އަހަރު ތެރޭގައި އިންޑިއާމޯހުންގެ ކަންކަމަށް އިސްކަންދީގެން ރާއްޖޭގައި އޮތް މުއްސަނދިކަން އެމީހުންނަށް ދެވޭތޯ ބަލަންވާނެ
ދާދޭ
04 August 2019
ކީއްކުރަންތޯ ތިޔަމައްސަލަ އަލުން ބަލަންތިފަށަނީ. ފައިސާކޮޅެއް ލިބޭއިރަށް މައްލަ ސާބިތު ނުވާކަމަށް ނިންމަނީ. ޑޮކްޓަރެއްގެ އިހްމާލު އޮތްކަމެއް. ސަރުކާރުން ބަދަލުދޭން ނިންމާނީ.
މަރޭމިރުތާ
04 August 2019
މިހާރު ސޮއިކުރަން އުޅޭ އެއްބަސް ވުމުގެ ދަށުން މުޅި ރިސޯޓް އެއްކޮށް އިންޑިޔާ އަށް ގެންގޮސްގެން ތިޔަ މަައްސަލަ ބަލާ ހުކުމް ކޮށްލަބަލަ!
މައިބަދަ ސޮހުލު
04 August 2019
ކޮއްކޯ މިގައުމުގެ ދެއަންހެނެއްގެ ޒިންދަގީ ކަލޭމެންގެ ގައުމުގަ ދުއްވާލައިގެން އެމީހުންގެ އުމުރު އެދަނީ އިންސާފު ނުލިބި. އެކަމަކު މިފަހަރު ކަލޭމެންނަށް މިގައުމުގެ ސަރުކާރުން މިލިއަނުން ބަދަލުދޭނެ
އަލިހަންޑޯ ޓޮލޭޑޯ
04 August 2019
ކޮބާތޯ މަރިޔަމް ރަޝީދާއާއި ފައުޒިއްޔާ ޖާސޫސުކުރުމުގެ ތުހުމަތުގައި އިންޑިޔާއިން ހައްޔަރުކޮށް ދިން އަނިޔާ؟ މި މައްސަލާގައި ބަދަލުހޯދައިދިނުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރޭތޯ؟ ކިތައް ދިވެހިން އިންޑިޔާގެ ހޮސްޕިޓަލްތަކުގެ އިހްމާލުން މަރުވެފައިވޭތޯ؟
ރާއްޖެ
04 August 2019
މިއީ އިންޑިއާގެ އަޅު ސަރުކާރެއް.