އަޟްހާ އީދުގެ އުފަލުގައި ލ. ގަމުގައި ބޭއްވި މާލި ޕެރޭޑެއް: އީދު ކުޅިވަރުތަކުގެ ތެރޭގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ލިބިފައިވޭ.-- ފޮޓޯ: އަހްމަދު ހަމްދޫން/ މިހާރު
18 ސެޕްޓެމްބަރ 2016 - 19:14
އީދު ބަންދުގައި މަޖާ ނެގި އެތައް ހާސް ބައެއްގެ ސިފަ ގެއްލިފައިވާކަން މިއަދު އެނގޭނެ އެވެ. ލިބުނު ބޮޑު ބަންދުގައި އެއްބަޔަކު ރަށުން ބޭރަށް ގޮސް ގިނަ ވަގުތު ހޭދަކުރީ މޫދުގަ އެވެ. އަނެއް ބަޔަކު އެކި ކުޅިވަރުތަކުގަ އެވެ. މި ސަކަރާތުގައި އެއްބަޔަކަށް ލިބުނީ ބޮޑެތި އަނިޔާ އެވެ. އަވިން ގައިގެ ހަންގަނޑު އެނދުމާއި ތަންތަނަށް ތަދުވެ ހަލާކުވުން ފަދަ އެތައް ކަމެކެވެ. އަނެއް ބަޔަކު އީދުގެ މަޖާ ހަނދާން ހުންނާނީ ޖެހި ފެނާއި ކުލަތަކުންނެވެ.
އީއެންޓީ ޑޮކްޓަރު މައުރޫފް ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އީދުގައި ފެން ކުޅި ކުޅުމުގެ ތެރޭގައި ކަންފަތްމަތީ ފެން ޕެކެޓުން ޖެހުމުގެ ސަބަބުން ކަންފަތުގެ ތޫރި ފެޅިފައިވާ ދެ މީހަކާ މިއަދު ދިމާވި އެވެ.
މައުރޫފް ވަނީ، މި އަނިޔާ ލިބުނު މީހަކަށް ލިޔެދެއްވާފައިވާ ބޭސް ސިޓީއެއް ޓުވީޓްގައި ހިމަނުއްވައިފަ އެވެ.
ބޭސް ސިޓީގައިވާ ގޮތުން އެ މީހާގެ ކަނާތް ފަރާތު ކަންފަތުގެ ތޫރި ވަނީ ވަރަށް ބޮޑަށް ފެޅިފަ އެވެ. ބޭސް ބޭނުންކުރުމަށާއި ކަންފަތް ނުތެންމުމަށް ލަފާ ދެއްވައި އަދި މަސްދުވަސް ފަހުން އަލުން ޑޮކްޓަރަށް ދައްކަން ބޭސް ސިޓީގައި ލިޔުއްވާފައިވެ އެވެ.
Saw 2 patients today with ruptured ear drums due to water bags hitting on ear. During Eid. Sad for a happy occasion! pic.twitter.com/Yxk4sX5XC1
— Dr. Mauroof Hussain (@drmauroof) September 18, 2016
ޑރ. މައުރޫފްގެ ޓްވީޓް
ކަންފަތު ތޫރި ފަޅައިގެންދާ ސަބަބުތަކުގެ ތެރޭގައި އިންފެކްޝަން އުފެދުމާއި ކަންފަތަށް އެއްޗެއްހި ކޮއްޕުމާއި މާ ގަދަ އަޑުތައް އިވުމާއި ކަންފަތް މަތީ މާ ބާރަށް ޖެހުން ހިމެނޭ ކަމަށް ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މަޝްހޫރު ވެބްސައިޓެއް ކަމަށްވާ ވެބްއެމްޑީގައި ބުނެފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުން ތޫރި ފަޅައިގެން ގޮސްފައިވާ ނަމަ ނޭފަތުގައި ހިފެހެއްޓުމަށް ފަހު ނޭވާލާން ބާރު ލުމުން ކަންފަތުން ވައި ނިކުންނަކަން އިހްސާސްވާނެ އެވެ.
އީދު ކުޅިވަރުތަކުގެ ތެރޭގައި ބައެއް ރަށްރަށުގައި ސަމާސާ ވިހަވެ، އެކި ވަރުގެ ހަމަނުޖެހުންތައް ވެސް ހިނގި އެވެ. މީގެ އިތުރުން، އައްޑު އަތޮޅު މީދޫގައި އީދު މާލި ހަދަން ގައިގައި ކަފަ އޮޅައިގެން ހުއްޓާ، ކައިރީގައި ހުރި ކުއްޖަކު ލައިޓަރެއް އެޅުމުން ރޯވެ 15 އަހަރުގެ ކުއްޖަކު ވަރަށް ބޮޑަށް ފިހިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
21 August 2018
ކޮންމެކަމެއް ކުރާއިރުވެސް ހިތާމަވެރިކަމެއް ދިމާވެދާނެ! ފުޓްބޯޅަ ކުޅޭއިރި ފައިވެސް ބިންދައިގެންދޭ... މަހަށްގޮސް އުޅެނިކޮށް ކަނޑަށްވެސް ވެއްޓޭ! ހިނގާފަ މަގުމަތީ އުޅޭއިރުވެސް ހިތާމަވެރި އެކްސިިޑެންޓްތަށްވެސް ހިނގާ! އެހެންވީމާ އެކަމެއް ކުއްވެރިކޮށް ހުޓުވުމުގެ ބަދަލުގައި އޮތީ އެކަންކަމަށް ރައްކާތެރިވުން!
ފައިސަލް
19 September 2016
މަޖާ ނެގުމުގައި ހައްދު ފަހަނަ އެޅުމުގެ ނަތީޖާ މިފެންނަނީ. އީދު ފާހަގަ ކުރަންވާނީ ރަގަޅު ގޮތުގައި.
މުހައްމަދު
19 September 2016
އިސްލާމީ ޢީދެއް ފާހަގަކުރަން ލިބޭ ފުރުސަތުގައި އެއޮތް ލިބޭ ހުރިހާ ދުވަހެއް އިސްލާމްދީނާ ގުޅުމެއް ނެތް ގޮތަށް ދިވެހިން ކަންކަންކުރާތީ ވާގޮތް މީ. ތިމަންނަމެންނަކީ މުސްލިމުންކަމާ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން އީދު ފާހަގަކުރަނީ ކިހިނެތްކަން އެއްވެސް ވަރަކަށް ދިވެހިން ވިސްނާބާ؟ އީދު ފާހަގަކުރަން ޖަންގަލިވައްތަރަށް ގައިގަ ކުލަޖައްސާ، ކަޅުނަސްލުގެ މީހުންނަށް މަލާމަތްރައްދުވާފަދަ ގޮތަކަށް ގައިގެ ހަމުގެ ކުލަބަދަލުކޮށް، ބިރުވެރިވައްތަރަށް ހެދުންއަޅާ، ނުވެސް ދަންނަ އުމުރުން ދުވަސްވީ މީހުންނާ އަންހެނުންގަޔަށް އެއްވެސް އިހްތިރާމަކާ ނުލާ ކުލައާ ފެންޖަހާ މިއީ ކޮންފަދަ ޖާހިލިއްޔަ ވައްތަރުތަކެއްތަ؟ ނަމަވެސް މިއީ ގިނަ ދިވެހިންތަކެއް ވަރަށް ހިތްހަމަޖެހޭ ކަންތައްތަކެއް. ބޭރުގައުމެއްގައި އުޅޭ ދިވެއްސެއްގެ ހައިސިއްޔަތުން ވަރަށް ދެރަވޭ ދިވެހިރާއްޖޭގެ ހާލަތާމެދު.
ޝާޒްލީ
19 September 2016
މިއީ ހައްދެއްނެތި ކަންކަން ކުރަން އުޅުނީމަ ވާގޮތް! ފެން ކުޅި ކުޅުމުގެ ނަމުގައި ފަށާ، އެންމެފަހުން ނިމޭއިރު މުޅިން އެހެން ކުޅިއެއް ކުޅެވިގެން މިއޮންނަނީ މީހާގެ މުޅި ހަޔާތް ބަރުބާދުވެފައި!
ޒަބީބު
19 September 2016
ކޮންމެކަމެއގައިވެސް ހައްދެއް އޮންނަންވާނެއެވެ. ހައްދުފަހަނައަޅާދިއުމުން ކުރިމަތިވާނީ ތިކަހަލަ ގެއްލުންތަކާއެވެ.
ޒުމްރާ
18 September 2016
އީދަކީ ހަދިޔާ ގެ އުފާވެރި ދުވަސް ކޮޅަކަށް ހަދަމާ.
ޖަމަލު
18 September 2016
ފެންކުޅި އަކީ މުސްލިމުންގެ މާތްވެގެންވާ ޢީދު ދުވަހު، ދުނިޔޭގެ އެތަން މިތާންގާ ފެނަށް ޖެހިފައިވާ މީހުންނަށް ކުރެވޭ ވަރަށް ބޮޑު މަލާމާތެއް. ފެން އިސްރާފް ކުރުންމީ އަސްލު
ނިހާން ހުސައިން މަނިކު
18 September 2016
ސާބަހޭ ބުނެވޭނީ. އެންމެން ހެދިފަ އީދޭކިޔާފަ އަންހެން ފިރިހެނުން މަސްހުނުވެ. އިންޑިޔާގެ ދިވާލީ ފާގަކުރިހެން ހީވަނީ ހާއްސަކޮށް އަތޮޅުތަކުގައި
ޟިރޫ
19 September 2016
ހޯލީ ހެން ހީވަނީ