ރިޕޯޓް / އެމްޑީޕީ

ހަމައެކަނި ޕާޓީގެ މީހުންނަށް މޮޅު ގޮތް!

އެމްޑީޕީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުން މުޒާހަރާއެއްގައި: ސަރުކާރުގެ ވަޒީފާތައް އެމްޑީޕީއަށް ނުލިބުމުގެ ޝަކުވާ ބައެއް މީހުން އެބަ އޮތް

"ދެން މި މީހުން ވެސް ވާނީ ހަމަ ހުދު ފޮއްްޗަށް. ދެން އަވަހަށް މަގާމު ދިނީމާ ނިމުނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީއަށް ބަދަލުވުމުން ނުރުހި ހުރި އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ. އޭނާ ތުހުމަތުކުރި ގޮތުގައި އެފަދަ އެތައް ބަޔަކު މިހާރު ވެސް ވަނީ ސަރުކާރަށް އެތެރެ ވެފަ އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ގައި ވެއްޓުނު އިރު އެކަމުގައި ޒިންމާވާން ޖެހޭ ކަމަށް އެ ޕާޓީގެ ހަރަކާތްތެރިން ގަބޫލުކުރާ އެތައް ބަޔަކު މި ސަރުކާރުގައި ތިބުމުން ކުރިން ވެސް ގެންދިޔައީ މިފަދަ ހިޔާލުތައް ފާޅުކުރަމުންނެވެ. އެކަމަކު މިހާރު އެވާހަ އަނެއްކާވެސް ވައިގައި ހިފީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. އެއް ކަމަކީ އެމްޑީޕީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ބައެއް މީހުން "ވަރަށް ނިކަމެތި ހާލުގައި" އުޅޭ ވާހަކަ ސޯޝަލް މީޑިއާގައި އާއްމުވުމެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ އެކަކީ މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށް ލުމަށް ފަހު ނުރައްކާތެރި ހަމުގެ ބައްޔެއް ޖެހުމުން މިނިވަންވި އިބްރާހީމް ރަޝީދެވެ. އޭނާ ވަރަށް ނިކަމެތި ހާލެއްގައި މަގުމަތީގައި އެކަނި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން އެކްޓިވިސްޓުންގެ ފާޑުކިއުން އަމާޒްވީ ސަރުކާރަށެވެ.

ދެވަނަ މީހަކީ އެމްޑީޕީގެ "ފްލެގްމޭން" އެވެ. އޭނާ ވެސް ބަލި ހާލުގައި ބާޒާރުމަތީ އެކަނި އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން އެ ޕާޓީގެ އެކްޓިވިސްޓުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެވާހަކަ ވައިގައި ހިފައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހިސާބަށް ދިއުމުން ދެއްވީ ވަރަށް ފިނި ޖަވާބެކެވެ. ވިދާޅުވީ އެމްޑީޕީއަށް މަސައްކަތް ކޮށްދިން އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޕެޕާ ސްޕްރޭ ޖެހި އެންމެނަށް ކޮންމެވެސް ގޮތެއް އޮތުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް އަނެއްކާވެސް އެވަނީ ވަރަށް ލަދުވެތި ވާހަކައަކަށް. ތިމަންނާ އެވެނި ކަމެއް ކުރީމޭ. އެހެން ހެދީމޭ. ތިމަންނައަށް ނެތޭ އެއްވެސް ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެން އިންނެވި ޖަލްސާއެއްގައި ނަޝީދު މިހެން ވިދާޅުވުމުން އެ ވާހަކަފުޅާ މެދު ޚިޔާލް ފާޅުކުރި އެމްޑީޕީގެ ގިނަ މީހުން ހިތްހަމައެއް ނުޖެހުނެވެ. އެމީހުން ދެކޭ ގޮތުގައި ޕާޓީއަށް މަސައްކަތް ކޮށްފައިވާ ބައެއް މީހުންނަށް ވަނީ ހައްގު ނޫން މަގާމުތައް ދީފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ޕާޓީގެ އެންމެންނަށް ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި

އެމްޑީޕީގެ މީހުންނަށް ވެސް ގިނަ ވަޒީފާތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން، މިހާރުގެ ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދެވި އެއް ވާހަކައަކީ ސިޔާސީ މަގާމުތައް ގިނަ ކަމުގެ ވާހަކަ އެވެ. އޭރު ވައުދުވަމުން އައީ މަތިބަރު ނޫން ސަރުކާރެއް ހިންގާނެ ކަމަށެވެ.

ޕާޓީއަށް މަސައްކަތް ކޮށްދިން މީހުންނަށް ގޮތެއް ހޯދައި ނުދީގެން މީހުން ކުރި ޝަކުވާއަށް ނަޝީދު އެފަދަ ޖަވާބެއް ދެއްވި އިރު ސަރުކާރުން ވަނީ ގިނަ އެކްޓިވިސްޓުންތަކަކަށް ވަޒީފާ ވެސް ދީފަ އެވެ. މިނިސްޓްރީތަކުގައި އުފެއްދި "އެގްޒެކެޓިވް ޑިރެކްޓަރުންގެ އިތުރުން" ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ލީ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރުންނާ ހަމައަށެވެ.

އެނގިފައިވާ ގޮތުގައި ރައީސް އޮފީހުން ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ފޮނުވި އެކްޓިވިސްޓުންގެ އަދަދު ވެސް 100 އަށް ވުރެ ގިނަ އެވެ.

ނަމަވެސް ޕާޓީ އެކްޓިވިސްޓުންނަށް މޮޅު ގޮތް ނުވެގެން ކަންބޮޑުވުން ފާޅުކުރާ ސަބަބެއް އެބަ އޮތެވެ. އެމީހުންގެ ޝަކުވާއަކީ ވަޒީފާތައް ބެހުމުގައި އިންސާފެއް ނެތުމެވެ. ބޮޑެތި އަނިޔާ ލިބި ބޮޑެތި ގުރުބާނީތައް ވީ މީހުންނަށް ވުރެ އެހެން ބަޔަކު އިސްވުމުވެ.

"ފްލެގްމޭން މެން، ނައީމާ ދައްތަމެންނަށް ވަޒީފާ ނުދީ ދެން ކޮން ބަޔަަކަށްތޯ އެމްޑީޕީ އިސްވެ އޮންނަ ސަރުކާރަކުން ގޮތެއް ހޯދައިދޭންވީ؟ އެކަމަކު ބަލާ ރަށްރަށުގައި އެބަ ތިބި ވެރިކަން ބަދަލުވި ފަހުން އެމްޑީޕީއަށް ވަން މީހުންނަށް ވެސް މަގާމު ދީފައި،" އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އަބްދުއް ރަހީމް ބުންޏެވެ.

އެއް ބައެއްގެ ނަޒަރުގައި ނަޝީދު ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެވެ. ސިޔާސީ ގޮތުން ވަކި ޕާޓީއަކަށް މަސައްކަތްކޮށްދޭ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ސިޔާސީ ހަރަކާތްތަކަކީ އެމީހެއްގެ ފިކުރަށް ހިންގާ ކަމެކެވެ. އެހެންކަމުން ވަކި ވަޒީފާއެއް ލިބޭނެކަމުގެ ޔަގީންކަމުގައި، ކޮންމެ ފަހަރަކު މުޒާހަރާއަށް ނުކުތަސް، އެހެން ނުވާ ފަހަރު ގިނަވެދާނެ އެވެ.

އެމްޑީޕީގެ އާންމު ބައެއް މެމްބަރުންގެ ޝަކުވާތަކެއް ހުއްޓަސް، އެ ޕާޓީއަށް ނިސްބަތްވާ އެކްޓިވިސްޓުންނަށް ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ވަޒީފާ ދެމުންނެވެ. އަދި ރަށްރަށުގެ އިސް ބައެއް އެކްޓިވިސްޓުންނަށް ހާއްސަކޮށްގެން މަގާމުތައް އިއުލާންކޮށްފައި ވެސް އެބަ ހުއްޓެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ދެތިން މީހެއްގެ ހާލަތު ބަޔާންކޮށް، ކަންބޮޑުވުން ފާޅުކުރިޔަސް، ގިނަ މަގާމުތަކެއް އެމްޑީޕީއަށް ހާއްސަނުކުރެއެކޭ ބުނެވޭކަށް ނެތެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ނޫޅުނަސް، އެމްޑީޕީއަށް އެކި ގޮތްގޮތުން، އެ ބައެއްގެ ދާއިރާގެ ތެރެއިން މަސައްކަތްކޮށްދިން އެތައް ބަޔަކު ވެސް ސަރުކާރުގެ ވަޒީފާތަކުން ފެނެ އެވެ. އެއީ ވެސް ހަގީގަތުގައި، އެމްޑީޕީއަށް ސަރުކާރުން ދޭ ސްލޮޓް ތެރެއަށް ވަންނަ ވަޒީފާތަކެވެ.

ދެން އޮތީ ކުރީ ސަރުކާރު ބަދަލުކުރަން ދެއްކި ވާހަކަތަކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކްޓިވިސްޓުންނާއި ޕީޕީއެމްއަށް އެހެން ގޮތްގޮތުން މަސައްކަތްކޮށްދިން އެތައް ބަޔަކަށް، އަލުން ވަޒީފާ އުފައްދައިގެން ނަމަވެސް، ދިނެވެ. އެކަމާ ދެކޮޅަށް އަޑު އުފުލީ މިހާރު ސަރުކާރުގައި ތިބި މީހުންނާއި، އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީންނެވެ. ޔާމީން ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެ، އާ ބަޔަކަށް ވެރިކަން ދިނީ އެ ހުރިހާ ކަމެއް ރަނގަޅުކުރާށެވެ. ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވެސް، އެ ބައެއްގެ ނިސްބަތުން ސަރުކާރުގައި ހިއްސާކުރާށެވެ.

ކޯލިޝަންގައި ހިމެނޭ ބައެއް މީހުން ބުނާ ގޮތުގައި ސަރުކާރުގެ ހުރިހާ ވަޒީފާތަކެއް އެމްޑީޕީއަށް ލިބިގެންނުވާނެ އެވެ. އެންމެން ގުޅިގެން ކުރި މަސައްކަތާއި، އެއްބަސްވެވުނު ކަންކަމަށް އެމްޑީޕީގެ އާންމު މެމްބަރުން ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށް، އެ މީހުން ދެކެ އެވެ.

އެކަމަކު ކޮންމެ ފަހަރަކު ވެސް ވެރިކަމުގެ މައި ޕާޓީން ކޯލިޝަންގެ އެހެން ޕާޓީތަކާއި މީހުންގެ މަތިން ހަނދާން ނައްތާލުމަކިީ، ރާއްޖޭގެ އާ ޑިމޮކްރަސީގެ އެއް ސިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެސް ވީ އެހެންނެވެ. އަދި ޔާމީންގެ ވެރިކަމުގައި ވެސް ފެނުނީ އެ މަންޒަރެވެ. ދެން މިހާރު އަނެއްކާވެސް އެމްޑީޕީގެ ބައެއް މީހުން އިއްވަމުން އެ ގެންދަނީ ހަމަ އެ އަޑެވެ.

47 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 5%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާ

10 September 2019

ވޯޓުދޭންޖެހޭ އިތުރު ސަބަބެއް ނެތެވެ.

The name is already taken The name is available. Register?

ނެގުނުކަތީބު

09 September 2019

ހުރިހާ ދިވެހިންނަށް ދޭވަރަށް ސަރުކާރުގެ ވަޒީފާތަށް އުފައްދާނީ ކިހިނެއް؟ މިޔަށްވުރެ ފުޅާ ވިސްނުންތަކެއް ސަރުކާރުތަކުން ގެންގުޅެން ވެއްޖެ! އެއްވެސް މީހަކު މިވާހަކަ ދައްކާކަށް ބޭނުމެއް ނުވާކަހަލަ! ސަރުކާރުގެ މަޒީފާއަކީ 4/1 މަސައްކަތް ކޮށްގެން ބޮޑު މުސާރައެއް ނުވަތަ ކުޑަ ކުޑަ މަސައްކަތަކުން ރަނގަޅު އެއްޗެއް ލިބޭ ވަޒީފާއެއް! ނަމަވެސް ރިސޯޓްތަކާއި ޢާއްމު ވަޒީފާ ތަކަކީ ރެސްޓް ނެތި ގިނައިރު މަސައްކަތް ކުރަންޖެހޭ. ވީމާ ދަޢުލަތުގެ މަސައްކަތް ކުރާ މިންވަރު

The name is already taken The name is available. Register?

އައްލާ

09 September 2019

ބަލަ ދައުލަތުން ތިޔައްވުރެ މާރަނގަޅުވާނެ ރިސޯޓް ތަރއްގީ ކޮއްގެން ރުފިޔާ ހޯދިއްޔާ ނިކަމެތި ރައްޔަތުން ގޯތިނުދީ އަޅުވެތިކޮއްގެން ފުލެޓްގެނަމުގައި ގެސްޓް ހައުސް އަޅައިގެން ބޮޑުއަގުގަ ވިއްކުމައްވުރެ މަކަރާ ހީލަތުން މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރު މިއަދު މިއޮތީ ރައްޔަތުންނައް މުސީބާތަކައް ވެފައި ކުރާ ހުރިހާ މަސައްކަތެއް ސަރުކާރަށް މަސައްކަތެއް ކުރިޔަސް ފެންކޮޅުއް ބޯލިޔަސް މިޖެހެނީ ޖިޒީދައްކަން މީއަޅުވެތިކަން ޑިމޮކްރަސީއޭ ކިޔާފަ ލަދެއްނެތީމަ

The name is already taken The name is available. Register?

އަގަގޮއްވި

08 September 2019

ލިޔެފައި ނެތް ވާހަކައެއް މީ ! ލިޔުމަށް ތާއިދުކުރި މީހާވެސް ފާހަގަނުކުރާ ކަމެއް ! ކޮބައިތޯ ކޯލިޝަން ނުވަތަ އެމްޑީޕީ ސަރުކާރާ ދެކޮޅަށް ފާޅުގައި ހަރާކާތް ހިންގާ ހެދުނުއެއްޗެއް ހަދާފައި އުޅެނިކޮށް ދައުރު ބަދަލްވެ ކުރީސަރުކާރުގެ ސިޔާސީ ވަޒީފާ އޮޓަމެޓިކުން ގެއްލުނު މީހުނަށް މިސަރުކާރުން އަލުން ދެކޮޅުނުޖެހޭ ގޮތައް ވަޒީފާ ހަމަޖައްސާފައިވާ ވާހަކަ ! އެއީ އެމްޑިޕީ މީހުންތޯ ! ގާދޫކޮލުން އިސްލާމްދީން ބޭރުވެގެންދާނޭ ތަރައްގީ ނެތޭނޭ ސޯލިހެއް ނުހޮވޭނޭޔޯކިޔާ

The name is already taken The name is available. Register?

ހެހެ

08 September 2019

ދެން މިނޫން ކޮން ގޮތެއް ވާނެ ކަމަށްތަ ވޯޓްދިނީ؟

The name is already taken The name is available. Register?

ސޭބޫ

08 September 2019

މިސާލަކައް ހަފުސީ މޫސާ ވަސީމް އިމާދުއްދީން ޕްރިންސިޕަލް މުޖާހިދު ޕާޓީއައް ސޮއިކުރީ އެމްޑީޕީ މަގުމަތީ ތެޅިތެޅި ބަލިވި ފަހުން

The name is already taken The name is available. Register?

ނޫސްކިޔާ މީހާ

08 September 2019

މަށަށް މިހާރު ނޫހުގެ ސަޅިކަމަކީ މީ! އޮންލައިން އަހަރެންކިޔާ ހައެއްކަ ނޫހުގެ ހުރިހާ ނޫހަކީވެސް އެއްކޮޅަށް ޖެހި ހުސްވެފައި ހުންނަ ނޫސްތައް! އެކަމަކު މިހާރު ނޫސް ވަކި ކޮޅަކަށް ވައި ނުޖަހާ ވަރަށް ހަމަހަމަ ކަން ފާހަގަކުރެވޭ! ގުޑް! ކީޕްއިޓް އަޕް މިހާރު ޓީމް! ހަގީގަތުގައި ވެރިކަމުގައި ތިބޭ މީހުން ބާލަން، ވެރިކަމަށް އަންނަން އުޅޭ މީހުން ގިނައިން، ކޮންމެ ފަހަރަކުވެސް ހަދަނީ ބޮޑެތި ދޮގުތައް! އެގޮތަށް މައުމޫނު ބޭލީ! ޔާމީނު ބާލަން ހެދި ދޮގުތަކުތެރޭގައި އެންމެ ވައިގާ ހިފީ އެމްއެމްޕީއާރުސީ ގެ ޚިޔާތް! އެކަމުގައި ބްރޯ ޔާމީނުގެ އިތުރުން 100 އެތަށް މީހުންނެއް ބާނާފައިވާއިރު ޝަރީއަތް ކުރަނީ ހަމައެކަނި އެ ފައިސާ ލޮންޑަރ ކުރިއޭ ކިޔާ ޔާމީނާ ދެކޮޅަށް! އެކަމަކު ޔަގީނުވެސް އަދި ސަރުކާރަށް އެއީ އެފައިސާކަމެއް ސާބިތުކޮށް ނުދެވޭ! މައި ބަޖެޓް ހުސްވެއްޖެ! ސަރުކާރު ފިނިހަކު ދުވެލީގައި! ވީމާ މިހާރު ގައުމާ ދޭތެރޭ އެހެން ގޮތަކަށް ވިސްނަން ވެއްޖެ!

The name is already taken The name is available. Register?

އިބްރާ

10 September 2019

ބަޖެޓް ހުސްވީ ލޯންޑަރ ފައިސާ ހޯދަން ކުރާ މަސައްކަތަށް

The name is already taken The name is available. Register?

އައިސްތު

08 September 2019

ވަޒީފާ ދޭންޖެހޭނީ މޑޕ ނޫނީ ކޯލިޝަން މީހުންނަކަށް ނޫން. ތަޢުލީމީ ޤާބިލް މީހުންނަށް. މިކަން މިހެން ނުވާހާ ހިނދަކު ވެރިކަން ބަދަލު ކޮށްލަކޮށްލާ ދިވެހިން ތިބެން ޖެހޭނީ.

The name is already taken The name is available. Register?

އިންސާފް

08 September 2019

މިރާއްޖޭގެ ސަރުކާރަކީ ހަމައެއް ގެންގުޅޭ ސަރުކާރެއްނޫން. ވެރިމީހާ ބަދަލުވުމާއިއެކު ހުރިހާކަމެއް އޮޅާލާނެ. މިހާރު މިވާގޮތަކީ ކޮންމެ 5 އަހަރަކުން މިކަމެއް މިއޮންނަނީ. އެކްޓިވިސްޓުންނަށާއި ގާތްމީހުންށް މަގާމުތައްވެސް އުސޫލެއްނެތި ދިނުން މިއޮންނަނީ. ޕާޓީ ފިކުރަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް މަގާމެއް ދޭކަށް ނުޖެހޭނެ. ކަންކަން ބަދަލުކޮށްލާގޮތުން ސަރުކާރަށް މަ އިތުބާރެއްމުކުރަން.

The name is already taken The name is available. Register?

އިބްރާ

10 September 2019

ތިކަން އެންމެ ބޮޑުކޮށް ކުރަމުންދަނީ އެމްޑީޕީގެ ނާގާބިލް ސަރުކާރުން. ކޮންއެއްޗެއް މަދުވެގެންތޯ ރަތްޔިތުންގެ ޖީބުތަށް ފުރޭގޮތަށް ސަރުކާރު ހިންގާލަން ނޭނގިގެން މިއުޅެނީ. ވިޔަފާރިތަށް ބަނގުރޫޓް ވާން ގާތްވެއްޖެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

08 September 2019

ޤައުމުގެ އިގްތިސޯދުވެސް އިންޑިޔާގެ ބެލުބުގެދަށަ. މިއޮތީވާ ސަރުކާރެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454