ނައިބު ރައީސް ފައިސަލް ނަސީމް، ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް
20 ސެޕްޓެމްބަރ 2019 - 11:16
އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުންނަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު މައްސަލަ އަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމާއި ދީނުގެ ނަމުގައި ހައްދު ފަހަނައެޅުން ހުއްޓުވުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ކަމާ ގުޅޭ ވެރިންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅު ކުރުމާއި ތަހައްމަލު ކުރަން ދަންނަ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުޖްތަމައު ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދު ފަހަނައެޅުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ނައިބު ރައީސް ކަމާ ގުޅޭ އިދާރާތަކުގެ އިސް ބޭފުޅުންނާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކައުންޓަ ޓެރަރިޒަމް އަދި ތަހައްމަލުކުރާ މުޖުތަމައެއް ގާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނޭ އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި އިދާރާތަކުގެ ވެރިން ކޮމެޓީގައި ކުރައްވާ މަސައްކަތްތަކުގެ އިތުރުން އެ އިދާރާތަކާއި ވުޒާރާތަކުން މިހާރު މިކަމާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އަދި ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
20 September 2019
ދީނަ ފުރަސްސާރަ ކުރާ މީހުން ހަރުކައްޓެ ނުވޭތަ. ތިއުޅެނީ ދިވެހިން މޮޔަހައްދަން.
ރަދީފުއްދީނުލް އަކްބަރު
20 September 2019
ފޮނުނުކަނޑާ ތި ހަދާއެއްޗެއް ހަދާބަލަ. މުޅި ރާއްޖެ މިއޮތީ ހަދާނެއެއްޗެއް ހަދަން ކަލޭމެންނަށް ހިތަކަށްދީފާ.
ހެއްވަ
20 September 2019
ކިހާ ދެރަކަމެއް. ކަލޭމެންގެ ސަރުކާރުގަ ތިބީ ހަރުކަށި ދީނަށް ފުރައްސާރަކުރާ މިނިވަންކަމާއެކު ކޮންމެ ކަމެއް ކުރުމަށް އެދޭ މީހުން އެމީހުން އެނގޭނީވެސް ކަލޭމެންނަށް ކެނެރީގެ ނަޝީދު އެ ކޮންކަހަލަ މީހެއްތަ. އެ މީހުންނަށް ފިޔަވަޅު އަޅާބަލަ
ހިތހުން
20 September 2019
ނުކެރޭނެޢަޅާކައް އެއީނުދައްކާވާހަކައެއް
ހަކީމް
20 September 2019
ދީނަށް ފުރައްސާރަ ކުރާމީހުންގެ އާޙިރު ހިތަށްއަރާފައި ހަމްދަރުދީވަން އަދި ދީނަށް އެނބުރި ރުޖޫއަވުމަށް އެދެން. އެކީގައި ކިޔަވާ އުޅުނު ވަރަށް ގިނަ ރަށްޓެހިންނަށް ވަނީ މަގު ގެއްލިފަ. ދިމާވީމަ ދައްކާނެ މާގިނަ ވާހަކަތަކެއް ނޯވޭ ... ވަރަށް ދެރަ.
ހަބީބާ ހުސޭނު
20 September 2019
ރައީސް ނަޝީދުކައިރިން ހިއްވަރު ހޯދާ ލަފާހޯދައިގެން އަޅުގަނޑުމެންގެ އިސްލާމްދީނަށް ހާމަކަންބޮޑުކޮށް ސޯޝަލް މީޑިޔާގަ އަދި މުޖުތަމައުގަ އަމަލު ކުރާ މީހުން ނުހުއްޓުވެނީ ދިވެހި ދައުލަތުގެ މަތީ ފަނޑީގައި މިދެންނެވުނު މީހުންގެ ނުފޫޒް ގަދަވީމަ! މިއަދުވެސް މަޖިލީސް ގޭގައި ރަލުގެ ކަންކަން ކުރާކަން ފުލުހުންނަށް އަދި ސެކުއުރިޓީ މީހުންނަށް ސާފުކޮށް އެނގޭނެ! މަޖިލީސް ވެބްސައިޓް މެދުވެރިކޮށް ކުރެވޭ ހަޑިހުތުރު މުއާމިލާތްތަކާއި ބެހޭ ރިޕޯޓެއްގެ އިންތިޒާރު!
ދޮންވެލި
20 September 2019
ދީނީ މިނިވަން ކަމަށް ގޮވާ ދީނައް ފުރައްސާރަ ކުރާ މީހުންގެ ލިސްޓް އެއް ސަރުކާރުގަ އޮންނަން ވާނެއެވެ.
4 ޖީ ތުއްތުބެ
20 September 2019
ބުނެ! ދަތިތަށް ފޫ އަޅުވާލާނަން؟