ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބު ޖާބިރު އަދި ކުރީގެ ރައީސް މައުމުން.
20 ސެޕްޓެމްބަރ 2019 - 13:17
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ހަވާލުކޮށްފައި ނުވާތީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ ނުބަލަން ނިންމުމުން ހެއްކާ އެކު އަނެއްކާ ވެސް އެ މައްސަލަ ޖާބިރު ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.
ޖާބިރު "މިހާރު" އަށް މިއަދު ވިދާޅުވީ މައުމޫން ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުއްވީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އަދި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން ފުލުހުން މައްސަލަ ނުބަލަން ނިންމީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
އެހެންވެ، ގިނަ އަދަދެއްގެ ހެއްކާ އެކު، އިއްޔެ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެކަމަކު އެ ހެކިތަކާ ބެހޭ އިތުރު ތަފްސީލެއް ޖާބިރު ނުދެއްވަ އެވެ. ޖާބިރު ވިދާޅުވީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރަށް އެއްޗެއް ވިދާޅު ނުވެވޭނެ ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު ބަލައިގެންފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
އޭނާ ކުރިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް 29 މިލިއަން ރުފިޔާގެ އެ ވާހަކަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފަ އެވެ. އެމްއާރުއެމުން ބުނި ގޮތުގައި، ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.
އޭނާ ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ. އެ ފައިސާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއާ ހަވާލުވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްރާދު
23 September 2019
ދޮގު ހެކި ހުށަހަޅައިގެން ފައިސާ ދީގެން އޮޅުވާލައިގެން މިދުނިޔޭގައި ކޮންމެ ފަދަ ބޮޑު ނުބައި ޖަރީމާއެއްވެސް ހިންގިދާނެ ! ޢެކަމަކު މަޙްޝަރުގައި ރޯކުރެވޭ އަލިފާން ގަނޑު ނިއްވާކަށް ކާށިދޫ ކަނޑުން ފެންހޮޅި ގުޅައިގެން އެއްވެސް މީހަކު ނާންނާނެކަން ހަނދާންކުރާތި !
ޞިއްދީގު
21 September 2019
ޖާބިރޫ ޖާބިރޫ ބަލަ ދޮގު ނުހަދަބަލާށެވެ. ކިނބިގަސްދޮށުގެ ރެޖިސްޓްރީއެއް ކަލޭ އަތަކު ނޯންނާނެ އެވެ
އަލް އަދުލު
21 September 2019
ތިހާ ގަމާރުކަން ބޮޑު ގާނޫނީ ތަކެއް ނުދެކެމެވެ. ދެމީހެއްގެ ދެމެދުގައި ގިނގާފައިވާ މަދީނާ މައްސަލައެއް ފުލުހުން ތަޙްޤިޤު ކުރާކަށް ނުޖެހޭނެ އެވެ. ތިމައްސަލަ ހުށަހަޅަން ޖެހެނީ ސިވިލް ކޯޓަށްކަން ޖާބިރާއެކު ތިއުޅޭ ލޯޔަރުންނަށް ރޭކާ ނުލާކަމާމެދު ހައިރާން ވާން ޖެހެއެވެ. ފުލުހުން ތަހުގީގު ކުރަން ޖެހޭނީ ޖިނާއި މައްސަލަތައް ކަން ހަމަ ނޭގެނީހެއްޔެވެ؟
ކޮކްޓެއިލްރައީސް
21 September 2019
"29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި" ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރޫ ތިޔަ ފައިސާ ހަވާލުކުރީ ފާރިޝް އަށްކަމަށް މީގެ ކުރިން ކަލޭ ވަނީބުނެފަ، އަދި ކަލޭ ތިބުނާ ދުވަސްވަރު މައުމޫނުއާ ފާރިޝް ތިބީ ރައީސް މީހާގެ ދައުވަތެއްގަ ހުރަގޭގަ، މީ ކީކޭ ކިޔާ ފިރިހެނެއްތަ.
ވަދާ ދުއްވުން
20 September 2019
ހިބަރުވަދު ދުއްވިމީހުންނަ އިގޭނީ ކޮންއިރަކު ނެގިލާރިކަން ޖާބިރު ތެދުބަހުން ވާހަކަދައްކާނަމަ ރައްޔިތުންނަ ގަބޫލުކުރެވޭނެ ކިހިނެތް ހިގިކަމެއްކަން ޖާބިރު އޮޅުވާލަނީ ރިޔާސީ އިންތިހާބަށް މައުމޫނުބެގި ލާރިއެއްނޫންތީކީ ތިއީ ހަނދުކޭތައިގަ ހިބަރުވަދުގަ ޖެހުނު12މީހުންގެ އުޖޫރަ. ތިއީ ޖާބިރުގެ ލާރިއެއްވެސްނޫން ތިއީ އަވައްޓެރި ބޮޑުބޭބެ ޖާބިރު ކުންފުނި މެދުވެރިކޮށް މައުމޫނަށްދިން ލާރި ޖާބިރު ރާއްޖެދޫކޮށް ދާންޖެހުނީ ކޮންކަމަކާ ރޔާމީން ޖާބިރާކޮންދުޝްމަންކަމެ.
ފާތުމަ
20 September 2019
މައުމޫނު ހާދަ ދޮނޭ! އަދި ހާދަ އޮމާނޭ!
ޢަބްދުﷲނާފިޒް
21 September 2019
މީނާތަ ކޮންމެވެސް ރަށެއްގަ މޫނުގަ ފުއްޖަހައިގެން ކުޑަކަކޫ މައްޗަށް ތިރިވެ އިނީ، ހީހީހީ އެވީޑިއޯ ފެނުނީމަ މަގާތަށް ހާދަ ހިންޏެއް އާދެޔޭ.
އަލިދޫ ދަރަނި
20 September 2019
ޖާބިރު ޖައްސާ ފޭކު
ހަފުސް
20 September 2019
ހަމަޔަގީނުންވެސް އެނގޭ އެއްޗަކީ މައުމޫން އަކީ ޖާބިރުހާ ބޯގިޅި ބޭފުޅެއްނޫންކަންއަމުދުން ޖާބިރުކަހަކަ މީހެއްގެ އަތުން މޯގޭޖް ކުރައްވާފަ ނު ނަންގަވާނެ
އުޖޫރަކުޑަމީހާ
20 September 2019
ކަލޯގަބުރުސްތާނާހަވާލުވާންވީނޫންތޯ
ބޮޑުމީހާ
20 September 2019
މައުމޫނަކަސް ދަރަންޏަށް ނަގައިފިއްޔާ ދޭންވާނެ
ޑާޑާ
21 September 2019
ނުނަގާފިއްޔާ ދޭކަށް ނުޖެހޭނެނު، ދަރަންޏަކީ އަދާކުރަންޖެހޭނެ އެއްޗެއް ކަމާމެދަކު އެއްވެސް ފަރާތަކުން ޝައްކެއް ނުކުރެ، މިކަލޭގެ އެބުނާ 29 މިލިއަން ރުފިޔާ މައުމޫނު ނެންގެވިތޯ........؟
ކޮކްޓެއިލްޑާޑާފިޒު
21 September 2019
މާތްކަމުން އެކަހަލަ ކަމެއް ކުރަން ނޭނގޭނެ ވާހަކަތަ ތިބުނަނީ..